13 ނޮވެމްބަރ 2025 - 13:33
ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު އޭ330-200 އިން އައްޑޫ ގަމަށް ފުރަތަމަ ފަހަރަށް މިއަދު ފްލައިޓެއް ބާއްވައިފި އެވެ.
އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ އޭ330-200 އިން ގަމަށް މިއަދު ދަތުރުކުރީ އަމިއްލަ ފަރާތަކުން ޗާޓަރު ކޮށްގެން ކަމަށެވެ. އަދި މި ދުވަސްވަރު މާލެ އާއި ގަމާ ދެމެދު ކުރާ ދަތުރުތަކަށް ޑިމާންޑް ބޮޑު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"A330 ގެ ޑިމާންޑު ގަމަށް މި ދުވަސްވަރު ބޮޑު ކަމަށް ފެނުނީމާ ޗާޓަރު ފްލައިޓެއް މި ބޭއްވީ. ޑިމާންޑު ބޮޑު ހިސާބުތައް ބަލާފައި މީގެ ކުރިން ވެސް ބޮޑެތި ބޯޓުފަހަރު ބާއްވާފައި ވާނެ. އެ އުސޫލުން ޑިމާންޑު ވަރަށް ބޮޑަށް އިތުރުވީމާ މި ފަހަރު ވެސް މި ބޭއްވީ،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދުގައި ޝެޑިއުލް ދަތުރުތައް ކުރާ މޯލްޑިވިއަންގެ އޭ330-200 އިން މާލެއިން ގަމަށް ފުރަތަމަ ފްލައިޓް ބޭއްވީ މިއަދު ހެނދުނު 9:36 ގަ އެވެ. އަދި ގަމުން މާލެ އަށް މެންދުރު ފަހު 12:49 ގައި ވަނީ ފްލައިޓެއް ބާއްވައިފަ އެވެ.
މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓުން ގަމަށް ފްލައިޓެއް ބޭއްވި އިރު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު ޖަލްސާއަށް އެ ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ރަށްރަށުން މާލެ އަންނަން ފަށައިފަ އެވެ. ރޭ ވެސް އައްޑޫން ވަރަށް ގިނަ ބަޔަކު މާލެ އައިސްފައި ވެ އެވެ. އަދި އެހެން ރަށްރަށުން ވެސް ރެއިން ފެށިގެން ޕީއެންސީގެ ޖަލްސާ ވަނީ މީހުން މާލެ އަންނަން ފަށައިފަ އެވެ.
ރާއްޖެ އޮތީ ކޮން ފިކުރެއްގައި ކަމާއި ދިވެހިން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަން ވަރަށް ބޮޑަށް އެ ޖަލްސާއިން ސާފުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަނަނަ
14 November 2025
އަފީފް ދީދީ މީ ބަޣާވަތް ކޮށްފަ ފިލައިގެން ސިޝެލްސް އަށް ދިޔަ މިހާރު އޮނަރަބަލް ބާޣީ ދޯ!
އޮނަރަބްލް އަފީފު ދީދީ
14 November 2025
މާލެ ގޭން ދަތުރަށް ގެއްލުންނުވެ މިހާރުވެސް A-330 ބޯޓް ހަފުތާއަކު 2 ދުވަހު (މިސާލަކަށް އާދީއްތަ ބްރާސްފަތި 2 ދުވަހު) ބޭއްވިދާނެކަން މަތީގައިދެންނެވި ކަންތަކަށް ބަލާލުމުން އިގޭ. މިކަމަށް މޯލްޑިވިއަންގެ ދެކުނު ދަތުރުތަކަށް (ފުވައްމުލައް ނުހިމަނާ، ކޮޅުމަޑުލުން އައްޑުއަށް ހިމެނޭ ޑޮމެސްޓިކް ރޫޓިން) މާލެ ގޭން ދަތުރަށް A-330 އޮންނަ ދުވަސްތަކު ޑޮމެސްޓިކް މަންޒިލްތަކަށް ދެވޭނީ އައްޑޫގައި ޓްރާންސިޓް ވެފައިކަމަށް ހަމަޖައްސާ އެގޮތަށް ރޫޓިން ބަދަލު ކުރެވިދާނެ.
ފަރަންޖީ
14 November 2025
ތިފައިސާ މޯލްޑިވިއަނަށް ލިބޭނެބާ؟ ނޫނީ އެހެން ހުރިހާ ތިކަހަލަ ސިޔާސީ ދަތުރުތަކަށް ވީހެން ޕާޓީ އުވާލިޔަށް ފައިސާ ދައްކާނެ މީހަކު ނުވާނީބާ؟
ފަހުދު.
14 November 2025
އޮނަރޭ ހުރީ ހޭލާހެން ހާދަހީވެޔޭ
ޢެޑްމުންޑޯ
14 November 2025
"ޑިމާންޑް ބޮޑު ހިސާބުތަކަށް ބަލާފައި މީގެކުރިންވެސް ބޮޑެތި ބޯޓް ފަހަރު ބާއްވާފައިވާނެ " މިއަށްވުރެ ބޮޑު ހަމަނުޖެހޭ ދޮގެއް ހަދާނެތޯ ބަޔަކު ، ޚަބަރުގައުވެސް އެއޮތީ ފުރަތަމަ ފަހަރަށް މޯލްޑިވިއަން ބޮޑު ފްލައިޓް ގަމަށް ޖެއްސިވާހަކަ ، ގަން ނޫނީ އެވަރުގެ ބޮޑު ފްލައިޓެއް ޖެއްސޭނެ އެއަރޕޯޓެއް ނޯންނާނެ ، އިހަކަށް ދުވަހު މާފަރާއި ހަނިމާދޫ ގެ ބޮޑު ރަންވޭތަށް އެނިމުނީ ، ވީއިރު ކޮން ދުވަހަކުތޯ ޑިމާންޑް ބޮޑުވެ މިވަރުގެ ފްލައިޓެއް ބޭއްވީ ރާއްޖޭގެ ރަށަކަށް ؟؟؟؟؟؟
2025
14 November 2025
ޢެންމެންނަށް އެނގޭ ބޮޑު ސިއްރު ސީދާ ޖަލްސާއަށް..... ބޮއިހަލަކި
އޮނަރަބްލް އަފީފު ދީދީ
13 November 2025
މިދަންނަވާބަދަލަށް މާލެއިން ދެކުނަށް (ފުވައްމުލައް ފިޔަވާ، ތިމަރަފުއްޓާއި އައްޑުއާއި ދޭތެރޭހުރި އެއާޕޯޓްތަކަށް) ކުދިބޯޓްތައް ނުބާއްވާ Male GAN ދަތުރަށް ހަފުތާއަކު 2 ދުވަހަށް A330 ޝެޑިއުލްކޮށް، ދެކުނުގެ އެއަރޕޯޓްތަކަށް އައިސް ގޮސްވުމަށް އައްޑޫގައި ޓްރާންސިޓް ވާންޖެހޭގޮތަށް ފްލައިޓް ރޫޓިންގ ބަދަލުކޮށް ދެކޮޅަށް ފުލްލޯޑް ލިބޭތަނަކަށްނޫނީ (މިސާލަކަށް ފުވައްމުލައް ފަދަ) އާދިއްތަ ބުރާސްފަތި 2 ދުވަހު މާލެއިން ޑިރެކްޓް ދަތުރު ނުބާއްވާގޮތަށް ހަދާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
13 November 2025
ޕައިލެޓުންނާއި ކުރޫ އަދި ގުރައުންޑް ސްޓާފުންނަށާއި އެއަރޕޯޓް ޗާޖެސްތަކަށް ކުރާޙަރަދު ކުޑަކުރަން ފުވައްމުލައް ފިޔަވާ ތިމަރަފުއްޓާއި އައްޑުއާއި ދޭތެރޭހުރި ޑޮމެސްޓިކް އެއަރޕޯޓްތަކަށް އާދީއްތަ ބްރާސްފަތި 2 ދުވަހު މާލެއިން ޑިރެކްޓް ދަތުރުނުކޮށް މާލެއިން އެތަންތަނަށްގޮސް އައިސްވުމަށް GAN International Airport ގައި ޓްރާންސިޓްވެފައި އޭނާ ދާންބޭނުންވާ މަންޒިލްތަކަށް ދަތުރުކުރެވޭގޮތަށް ފްލައިޓް ރޫޓިންގތަކަށް ބަދަލުގެނެސް މިކަން ޓްރައިކޮށްލުން މުހިންމު.
އޮނަރަބްލް އަފީފު ދީދީ
13 November 2025
މަތީގައިދެންނެވި ބަދަލުތަކާއިއެކު މާލެ އައްޑޫ ދަތުރުތަކަށް އާދީއްތަ ބްރާސްފަތި ދެދުވަހު ތަރުޙީބު ލިބިއްޖެނަމަ މިދެންނެވި 2 ދުވަހަކީ ދެކުނުގެ ޓްއަރިޒަމް ކުރިއެރުވަން GAN International Airport އާއި ޗާއިނާގެ ގުއާންގޒޯގެ Baiyun International Airport ގުޅާލަން މޯލްޑިވިއަންގެ A-330 މާލެ-ގޭން-ގްއާންގޒޯ ގެ ދަތުރުތައް އޮންނާނެ 2 ދުވަސްކަމަށް ނިންމިދާނެ. މިއީ ވާދަވެރިކަމެއްނެތި މޯލްޑިވިއަން އަށް ލިބޭނެ މުޅިން އާމަންޒިލަކަށް ވާނެ. ކީއްވެ މިކަން ބަލާނިލަންވީ؟
އޮނަރަބްލް އަފީފު ދީދީ
13 November 2025
ދެކުނުރީޖަންގެ ޑޮމެސްޓިކް ދަތުރުތަކުގެ ޝެޑިއުލްތަކަށް މިބަދަލު ގެނައުމުން މާލޭ އެއަރޕޯޓް ޓްރެފިކް މައްސަލަތަކަށްވެސް ލުއިލިބިގެންދާނެ. ޢަދި ދެކުނުގެ ހުރިހާ ޑޮމެސްޓިކް އެއަރޕޯޓްތަކާއި GAN International Airport ނުގުޅިގެން ދިމާވާމައްސަލަ ހައްލުވެ ކަނެކްޓިވިޓީ ހަމަޖެހި މޯލްޑިވިއަން އަށް އިތުރު ވީލްބޭސްޑް ކުދި ބޯޓްތައް ނުހޯދާ މިހާރުހުރި ބޯޓްތައް އޮޕަރޭޓްކޮށްގެން އެތެރޭގެ ޓިކެޓްވެސް ބޮޑުތަނުން އަގުހެޔޮކޮށް ވަރަށް ރަނގަޅަށް މިކަންކަން ކުރެވިދާނެ.