ފޯކައިދޫ ބޭރުތޮށިލުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
31 އޯގަސްޓް 2021 - 16:03
ށ. ފޯކައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބޭރުތޮށި ލުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 52.7 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން 39،995 ކިއުބިކް މީޓަރުގެ އާ ހާބަ ބޭސިން ފުންކުރުމާއި މިހާރު ބޭނުން ކުރަމުންދާ ހާބަރުގެ 1،800 ކިއުބިކް މީޓަރު ފުން ކުރުމާއި 4،000 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެ އެވެ. އަދި ބޭރުތޮށި ލުމާއި އެއްގަމު ތޮށި ލުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.
މީގެ އިތުރުން ޕޭވްމަންޓެއް ހަދައި ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެ އެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި އުމްރާނީ ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގަމުންނެވެ. މީގެ ތެރެއިން ގިނަ މަޝްރޫއުތައް މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަމީލުބެ
01 September 2021
الحمد لله