އެމްޑީޕީގެ އޮފީހުގައި ބޭއްވި ދިދަ ނެގުމުގެ ހަރަކާތުގެ ތެރެއިން-- ފޮޓޯ: އެމްޑީޕީ
02 ސެޕްޓެމްބަރ 2021 - 20:57
އޭނާ އަށް ހަމަލަދީ ޒަހަމް ކޮށްލި ނަމަވެސް އެކަން ކުރި އެމްޑީޕީގެ އޮފީހުގެ މުވައްޒަފު މުހައްމަދު ޖަޒީލް ޖަލަށް ލާން ނޭދޭ ކަމަށާއި ބޭނުނަވަނީ ފަރުވާ ކަމަށް ހަމަލަ އަމާޒުވި މަރިޔަމް ޒުބައިރު (މަންދީ) މިރޭ ބުނެފި އެވެ.
އެ އޮފީހުގައި މިއަދު މެންދުރުފަހު ހިންގި މާރާމާރީގައި އެ ތަނުގެ ސެކްރެޓޭރިއޭޓުގެ އިސް މުވައްޒަފު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ މަންދީގެ ބޮލުގެ ފުއްކިބައިގައި ޗޭނުގަނޑަކުން ޖަހައި ބޯފަޅާލާފައި ވެ އެވެ. އޭނާގެ އިތުރުން އެ އޮފީހުގައި މަސައްކަތްކުރާ އިތުރު މީހަކަށް ވެސް އެ ހަމަލާގައި އަނިޔާ ވި އެވެ.
މި މާރާމާރީގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ފަހު، ހޮސްޕިޓަލުން ގެ އަށް ދޫކޮށްލުމުން ކުރި ޓުވީޓެއްގައި މަންދީ ބުނީ، ޖަޒީލަކީ ގޯސް މީހެއް ނޫން ކަމަށާއި އޭނާ އަށް ބޭނުންވަނީ ފަރުވާ ކަމަށެވެ. އެހެންވެ، ޖަޒީލް މިރޭ ގެންގޮސް އެކަނި "ގޮޅިއަށް" ނުލުމަށް މަންދީ އެދުނެވެ.
"މިއަދު އަޅުގަނޑަށް އަނިޔާގެ ސަބަބުން މި އަޅާ ވޭނަށް ވުރެ ޖަޒީލް ގައިގަ މިރޭ އަޅާ ވޭން ބޮޑުވާނެކަން އަޅުގަނޑަށް އެނގޭ،" މަންދީ ބުންޏެވެ.
"އަޅުގަނޑު ނޭދެން ޖަޒީލް ގެންގޮސް ގޮޅިއަކަށް ލާ، އެތައް ދުވަހެއް ވަންދެން ބޭއްވުމަށް ފަހު، ޖަލު ގޮޅިއަކަށް ހުކުމް ކުރާކަށް. އޭނާ އަށް ފަރުވާ ބޭނުންވޭ. މި ކަހަލަ ކުއްޖެއް ނެތް އާއިލާއެއް މަދުވާނެ. މި ކުދިންގެ މައިންބަފައިންނާ އާއިލާތަކުން ސަފާ ކުރާވަރު އަޅުގަނޑަށް ފެނޭ."
ނަމަވެސް އެމްޑީޕީގެ މެއިންޓަނެންސްގެ މަގާމުގައި ހުރި ޖަޒީލް "މިހާރު" އަށް ބުނީ، އޮފީސް ތެރޭގައި އޭނާ އަށް އެކި ގޮތްގޮތުން ޖެއްސުންކޮށް، ދިމާކުރާތާ ހަ މަހަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ. މިއަދު މާރާމާރީ ހިންގީ ވެސް ކެތް ނުކުރެވިގެން ކަމަށް އޭނާ ބުނެ އެވެ. އެ މައްސަލަ ޕާޓީގެ އިސްވެރިންގެ ސަމާލުކަމަށް އެކަން ގެނަޔަސް އެއްވެސް ކަމެއް ހައްލުވެފައިވާ ނުވާ ކަމަށް ވެސް ޖަޒީލް ބުންޏެވެ.
ޖަޒީލް ބުނާގޮތުން، އޭނާގެ ދެ ފިރިހެން ކުދިންނަށް ވެސް އެމްޑީޕީގެ އޮފީސް ތެރޭގައި ފުރައްސާރަކޮށްފައި ވެ އެވެ.
މަސައްކަތަށް މިއަދު ނުކުތީ ވެސް، މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ނިންމާފައި ގެއަށް ދަނިކޮށް، ގާބުރިއެއް އެއްލައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދުމަށް ގޭގައި މަޑުކުރުމަށް ފަހު ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް އެ ހާދިސާގެ މައުލޫމާތު އެނގޭ ބައެއް މީހުން ބުނީ މަންދީ އަށް ހަމަލާދިނީ މުސާރަ ކުޑަކުރުމުން ކަމަށެވެ. އެކަން ޖަޒީލް ވަނީ ދޮގުކޮށްފަ އެވެ.
"މިހާރު ޕާޓީގެ މަސައްކަތުގައި އުޅޭތާ 12 އަހަރުވީ މި. ދުވަހަކު ވެސް ރުފިޔާގެ ކަމެއްގައި ޝަކުވާ ނުކުރަން. މިހާރު ވެސް ތިން އަހަރުގެ އިތުރު ގަޑީގެ ފައިސާ ނުދީ އެބަހުރި. އެކަމަކު އެ ވާހަކައެއް ނުދައްކަން،" އެންމެ ކުރިއްސުރެ ފެށިގެން އެމްޑީޕީ އަށް ތާއީދު ކުރާ ޖަޒީލް ބުންޏެވެ.
މަންދީ އަށް ހަމަލަދިނީ އެމްޑީޕީގެ އޮފީސްތެރޭގައި ޖެއްސުމާއި ފުރައްސާރަ ބޮޑުވެގެން ކަމަށް ޖަޒީލް ބުންޏަސް އެކަން އެނގޭ ބައެއް މީހުން އެ ވާހަކަ ދޮގުކުރެ އެވެ. އެ މީހުން ބުނާ ގޮތުން ޖަޒީލަށް "ފަރުވާ" ބޭނުންވާއިރު އެ ކަން ނުކޮށް ހުރުމަކީ ރުޅިގަދަވެ، އަތް އިސްކުރުމުގެ މައިގަނޑު މައްސަލަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަތީފު2323
03 September 2021
ފަރުވާއެއް ނޫން. އޭނަ އަށް ބޭނުންވަނީ ބުލީ ނުކުރުން. މަންދީމެން ނިކަމެތިންނާއި، އެމީހުންގެ އަނބިދަރިންނަާ ދިމާލަށް އަވަގުރާން ގޮވާފަ މިހާރު ތިކިޔަނީ ފަރުވާއޭ
މަރުމޯލް
03 September 2021
ތިޔަޕާރޓީގެ މިކަހަލަ ފަރުވާ ބޭނުންވާ މީހުން ވަރަށްގިނަވާނެ ، އެންމެ މަތިނަފެށިގެން ތިރިއަށްވެސް އެފަރުވާ ބޭނުންވެފައިވަނީ
ހުސެންދީ
03 September 2021
އެބުނާ ފަރުވާއަކީ އަންނި ފެކްޝަނަށް ތާއީދު ކުރުން
ނނނނ
02 September 2021
މަންދީގެ ޓްވީޓުން ޖަޒީލް އެ ބުނަނީ ތެދެއްކަން އެބަ އިނގޭ. ބުލީސް
ޑިސްއޮނަރަބަލް ޑީޑީ
02 September 2021
މިގައުމުގާ ފުރައްސާރަކަށްނުވޭ ފިރިހެނަކަށް ކިތަންމެގޯނާއެއްކުރިޔަސް. ފުރައްސާރަކަށްވަނީ އަންހެނަކަށް ފުރައްސާރަކޮށްފިއްޔާ. ޖެންޑާމިނިސްޓްރީގެ ނަން އަންހެނުންގެ މިނިސްޓްރީއަށް ބަދަލުކުރަންވީނޫންތޯ؟
ހުސެންް
03 September 2021
މިހާރު އަންހެނުންނަށް ބާރުދީދީ ހައްދުން ނެއްޓިއްޖެ. ދެޖިންސު އުފައްދަވާފައިވަނީ ތަފާތުކޮށް. ވީމާ، ނުޖެހޭ ހަމަހަމަ ކުރާކަށް. އަންހެނަކަށް ކަމެއް ވެއްޖެއްޔާ ހީވާނީ ތަނެއްގަ ހުޅުރޯވެގެން އުޅޭހެން. މިގައުމުގެ ކޯޓުތަކުގަވެސް، ހާއްސަކޮށް ފެމެލީ ކޯޓުގަ އޮންނަނީ އެމީހުނަށް ހިމާޔަތްދީފަ. އެމީހުނަށް ފޭވަރ ކޮށް ޝަރީއަތް ނިމޭނީ.
މުރާސިލް
02 September 2021
ވަކި ކަމެއްގައެއް ނޫނެވެ. ހުރިހާކަމަކުން ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ (އެމްޑީޕީ) ތިޔަ ވަނީ ފެއިލްވެފައެވެ. ޕާޓީގެ ރައީސާއި ޤައުމުގެ ރައީސާއި ބާރުތަކުގެ މައްސަލާގައި ތަޅާފޮޅަނީއެވެ. ޕާޓީ އޮފީސްތެރޭގައި އިދާރީ މުއައްޒަފުން ތަޅާފޮޅަނީއެވެ. މިވަރުންވެސް ހަމަ މިއީ ހެޔޮވެރިކަންކުރާ، ޑިމަކުރަސީގެ އެންމެ ރިވެތި ނަމޫނާ ދައްކާ ޕާޓީހެއްޔެވެ؟ މިއޮޑިއެއް ނުފެތޭނެއޭ ވިދާޅުވެ ބޭފުޅާގެ އަމަލުތަކުގެ ސަބަބުން އޮޑިފެތެމުންދާ މަންޒަރު ހުރިހާ ދިމާއަކުން ފެނެއެވެ.
ގަދަހަސަނު
02 September 2021
ރޫހާނީ ލީޑަރުގެ ބަހަކީ ކޮބާ އެމްޑީޕީ އޮފީހުގެތެރޭގާ މިވަރުކަންތައްގަނޑެއް ހިނގައިގެންދިޔައިރު؟
ނިރު
02 September 2021
އެމްޑީޕީގެ ދެރައީސުން ބާރުތަށް ޖަމާކުރުމަށް ހަގުރާމަކުރަނީ މެދުންނާ ތިރިން ފައިސާއާ ފުރައްސާރަ ކުރުމާ މާރީ ހިންގަނީ.. އޮޑީގެ ފަށަން ރަގަޅަށް ބިންދާގެން ހިގައްޖެ. ދެންޖެހޭނީ އޮޑި ކަނޑު ފައްތާލަން ދުވަސް ގަޑަކަށްފަހު ޑައިވިން ސްޕޮޓަކަށް ބޭނުން ކުރެވިދާނެ ކަނޭގެ
ގަނީ
02 September 2021
ތި މަންދި އެއްގެ ޓްވިޓަރ ބަމައިލީމަ އިގޭނެ އެއި ކިހާފެންވަރެއްގެ އަގަޔެއް އޮތް އަންހެނެއްކަން. މަގަބޫލު ކުރަން ޖަޒީލް އެބުނިވާހަކަ.
ސީޒަން ޖެކުހަން
02 September 2021
މިކަމުގާ ކުއްވެރިވާމީހުންނަށް ހައްގު އަދަބުދެވެންޖެހޭނެ. މައްސަލައުޅެނީ އެކޮޅުގާކަމަށްވަންޏާ އެކޮޅަށް އަދަބުލިބެންޖެހޭނެ. މިކޮޅުގާކަމަށްވަންޏާ މިކޮޅަށް އަދަބުދެވެންޖެހޭނެ.
ނީވީން
02 September 2021
މިޤައުމުގަ އެއްވެސްކަމަކަށް ހައްޤުލިބޭތަ؟