އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ޕީޕީއެމް/ޕީއެންސީ ވަގުތީ ގޮތުން ހިންގަވާ ލީޑަރު އަބްދުއްރަހީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
04 ސެޕްޓެމްބަރ 2021 - 00:39
މި ސަރުކާރު ވެރިކަމަށް އައީ އިންޑިއާއާ ގުޅިގެން ކަމަށާއި އޭގެ ފަހުން ލިބުނު ކުރިއެރުމެއް ނެތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން "އައްޑަނަ" ގެ ނަމުގައި ބޭއްވި ޖަލްސާގައި، އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގަވާ ލީޑަރު އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދަމަހައްޓަން ރައްޔިތުން މަސައްކަތް ފަށަން ޖެހޭ ވަގުތު އައިސްފައިވާ ކަމަށާއި އެކި މަޝްރޫއުތައް ހިންގުމުގެ ނަމުގައި އިންޑިއާ މީހުން ގެންނަނީ ރާއްޖެ އަޅުވެތިކުރަން ކަމަށެވެ.
އޭނާ ވިދާޅުވީ އެކަމާ ދެކޮޅަށް މަސައްކަތް ނުކޮށްފި ނަމަ، ފަލަސްތީނު ރައްޔިތުން އުޅެމުންދާ ހާލަތަށް ރާއްޖެ ވެއްޓިގެންދާނެ ކަމަށެވެ.
"މިއަދު ބްރިޖް އެޅުމުގެ ނަމުގައި މަގު ހެދުމުގައި ނަމުގައި އެ އަންނަ މީހުންނަކީ މާދަމާ ދިވެހި ރައްޔިތުން ގޯތި ގެދޮރުން ނެރެ، ބޭރު ކުރާނެ މީހުން. އެ މީހުންނަކީ އަޅުގަނޑުމެންގެ މިނިވަންކަން ނަގާލާނެ މީހުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ވަކި ގައުމެއް ތަފާތުކުރުމެއް ނެތި ރާއްޖެއަށް ފައިދާ ހުރިގޮތުގައި ހާރިޖީ ސިޔާސަތު ބައްޓަން ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ސިޔާސީ ބައެއް ބޭފުޅުން ނުކުމެ، ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރީގެ ސަރުކާރު ނިމުމަކަށް ގެނައީ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ޒިންމާ މި ސަރުކާރުގެ ކޯލިޝަންގެ ހުރިހާ ޕާޓީތަކުގެ ލީޑަރުން އުފުލަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާ ހިސާބަށް މި ގައުމުގެ ދިއުމުގެ ޒިންމާ ނަގަން ޖެހޭނީ ހަމައެކަނި އެމްޑީޕީއަކުން ނޫން. މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނެ މިއަދު ވެރިކަން ހިންގާ ކޯލިޝަންގެ ކޮންމެ ބައިވެރިއަކު ވެސް. ކޮންމެ ލީޑަރަކު ވެސް. އެންމެން ނަންގަވަން ޖެހޭނީ އެއްވަރަކަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ސަޕޯޓަރުން މި ސަރުކާރާ ދެކޮޅަށް އަޑުއުފުލަނީ.---ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
އަބްދުއްރަހީމް ވިދާޅުވީ ގައުމުތައް އަމިއްލަ ފައިމައްޗަށް ތެދުވާން މަސައްކަތްކުރާ ނަމަ އެހެން ގައުމުތަކުން އެ ގައުމެއް އަޅުވެތި ކުރަން މަސައްކަތްކުރާނެ ކަމަށެވެ. އިރާގާއި ލީބިއާ އާއި މިސްރުގައި ކަންކަން ހިނގީ އެފަދަ ގޮތަކަށް ކަމަށާއި އެ ގައުމުތަކުގެ ރައްޔިތުންނަށް ލިބުނު ކުރިއެރުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގައި ވެސް މިހާރު ކަންކަން ހިނގަނީ އެގޮތަށް ކަމަށާއި އިންޑިއާއާ ގުޅިގެން މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ލިބުނު ކުރިއެރުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކާނިވަލުގައި "އައްޑަނަ" ނަމުގައި ބޭއްވި ޖަލްސާގެ ތެރެއިން.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ސަލާމަތާބެހޭ ކަންކަން ރާއްޖެއަށް ބެލެހެއްޓޭނެ ކަމަށާއި އިންޑިއާގެ ސިފައިންނާއި ހެލިކޮޕްޓަރާއި މަތިންދާބޯޓުތައް ރާއްޖެއަށް ބޭނުންނުވާ ކަމަށެވެ. އަދި އިންޑިއާއާ ދެމެދު ހަދާފައިވާ ސިއްރު އެގްރިމެންޓްތައް އުވާލައި، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އޭނާ ގޮވާލެއްވި އެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާއާ ގުޅުން ހީނަރުވެ، އިންޑިއާގެ ވާދަވެރި ޗައިނާއާ ގާތް ގުޅުމެއް އުފެއްދި އެވެ. ޗައިނާއިން ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ހިންގުން އެއީ ދަރަނީގެ މަޅިއެއް ކަމަށް މިހާރު ސަރުކާރު ހިންގާ އެމްޑީޕީން ބުނި ނަމަވެސް ޕީޕީއެމް/ޕީއެންސީން އެގޮތަކަށް ނުދެކެ އެވެ. ޔާމީންގެ ވެރިކަން ވެއްޓި އެމްޑީޕީގެ ސަރުކާރު އައުމާ އެކު އިންޑިއާއާ ގުޅުން ބަދަހިވެ އެ ގައުމުން ވެސް ރާއްޖޭގައި އެކި މަޝްރޫއުތައް ވަނީ ހިންގަން ފަށައިފަ އެވެ. އެކަމަކު ޕީޕީއެމް/ޕީއެންސީން ދެކޭ ގޮތުގައި އިންޑިއާ އިން މަޝްރޫއުތަކުގެ ނަމުގައި އުޅެނީ ރާއްޖޭގެ ކޮންޓްރޯލް ހޯދައި އަޅުވެތިކުރާށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނަފާ
05 September 2021
ތަންދޫރީ ކައިގެން ހިންދީ އެއްޗެހި ބަލައިގެން އެގައުމަށް ބޭސްފަރުވާއަށް ދެވޭތީ އިންޑިއާއަށް އަޅުވެތިވެފަ އެއްބަޔަކު ތިބެނީ. އަމިއްލަ ގައުމުގައި ބޭސްފަރުވާ ކުރެވޭނެ ގޮތް ހަދައިދޭން 25 ބުރީގެ ހޮސްޕިޓަލް އަޅާ މީހުން އެމީހުންނަށް ކަމަކުނުދޭ. އިންޑިއާގެ ދަށުނުވެ އުޅެވޭތޯ ބަލާ މީހުން އެމީހުންނަށް ކަމަކުނުދޭ. ޒަމާންވީ ރަހްމަތްތެރިކަމޭ ކިޔައި މިގައުމުގެ ހުރިހާ ދިމާއަކުން ދިއަ ފެލާއިރު އެމީހުންނަށްވުރެ ބޮޑު ގައުމެއްގެ ރައްޓެހި ކަމެއްވެސް ބޭނުމެއްނުވޭ.
ކަމަނަ..
05 September 2021
އިންޑިއާ މީިހުންނައް ރާއްޖެ މީނޯޕޭ ޓޮއިލެޓެއް ފަދަ.... ދިވެިންނައް ބޭސް ފަރުވާ ކުރަން އިނޑިއާ ދިއުމައް ވުރެ ފަސޭހަ ވާނެ ހަނދައް ދިއުންވެސް
ށަވިޔަނި
05 September 2021
ދިވެހިރާއްޖެފަދަ ވަސީލަތްތައް މަދު ގައުމަކަށް އިންޑިއާ ނޫން އެހެން ގައުމަކާއެކުވެސް އެކަނި ގުޅުން ބޭއްވުން ރަނގަޅެއްނޫނެވެ. އިންޑިއާ ލަންކާ ޗައިނާ ޕާކިސްތާނު ބަންގްލަދޭޝް ތައިލޭންޑް މެލޭޝިއާ ސިންގަޕޫރު އިންޑޮނޭޝިއާ ޖަޕާނުގެ އިތުރުން އިޒްރޭލު ފިޔަވައި ދުނިޔޭގެ ހުރިހާ ގައުމުތަކާއެކު ހަމަހަމަ ގުޅުމެއް ބާއްވަންޖެހެއެވެ. މައުމޫނުގެ ވެރިކަމުގައި ޚާރިޖީ ގުޅުން އޮތީ އޮންނަންވާ ގޮތަށެވެ.
ޖަބުރޯލް މޯޑޭ ގެ 10 ވަނަ ފަންގިފިލާ
04 September 2021
ކަދުރޭ އާ ގުޅިއްޖެއްޔާ ހުދަންބަރަކަށް ވެ ފަތު އަޑު ކިޔާފައި ކުރިއެރުން ލިބިދޭ
މުފަ އްކިރު
04 September 2021
އިންޑި އާ މެދު ޕީޕީ އެމް ދެކޭގޮތަކީ ހަގީގަތް. އެއ އީ އޮޅުވާލެވޭނެ ކަމެ އް ނޫން.
ދިވެހިވަންތަ ދިވެހިން
04 September 2021
މިސަރަހައްދުގެ ޤައުމުތައްކުގެ ފަގީރުކަން ނައްތާލަން ޗައިނާ ކުރާ މަސައްކަތަ ދިވެހިން އެއްބާރުލުން ދޭންޖެހޭ. ރައްޖޭގެ ތަރައްގީޔަ ވަރައް އެހީވި ޤައުމެއް ޗައިނައަކީ. ކުރިއްއޮތްތާގަ ޗައިނާޔާ ގުޅުން ވަރައް ވަރުގަދަ ވާނެ އިންޝާﷲ
ގަރުސާއީ
04 September 2021
ވަރަށް ރަގަޅު ވާހަކައެއް. ޗައިނާގެ އެހީގަ މިހާރު އެއޮތީ ލަންކާގެ ފަގީރުކަން ނައްތާލާފަ. ﷲ ގެ ރަހްމަތްފުޅުން އެގޮތަށް ރާއްޖެ އަށް އެހީވާން ޗައިނާޔާއެކު ކުރިޔަށް ނުދެވުނުކަން ނަސީބެއް.
ބަރުސާއީ
05 September 2021
ޗައިނާއަށްވުރެ އިންޑިއާއިން މިގައުމު ދަރުވާ ގޮތޯ ގިނަ މީހުންނަށް ރަގަޅީ. އެއީ ކުޅޭ ތަންތަންކޮޅާ ޕާކާ ހަދައިދީފަ އަދަދު ނޭނގޭ ވަރަށް ސިއްރުން އެގައުމުގެ ސިފައިން ބައިތިއްބާފަ، ޒަމާންވީ ރަހްމަތްތެރިކަމޭ ކިޔާފަ ނޭވާނުލެވޭ ވަރަށް ލޯނު ދީފަ ތަންތަން ނުހަދާ އެތައް އަހަރެއްވަންދެން މިގައުމުގަ ތިބޭ އިންޑިއަން ސްޓައިލޯ އެމީހުންނަށް ރަގަޅީ.
އެޔާޕޯޓް
04 September 2021
އިންޑިޔާ އަކީ އަބަދުވެސް ރައްޖޭގެ ކުރިއެރުމައް ތަރައްގީއައް ހުރަސްއަޅާ ޤައުމެއް. ހަސަދަވެރިވާ ޤައުމެއް
ޝޮކްތެރަޕީ
04 September 2021
އިންޑިޔާގެ ސަބަބުން މިސަރަހައްދުގެ ކުރިއެރުން ހުއްޓިފަވަނީ. ރައްޖެ ވަރައް ބާރުމިނުގަ ކުރިއަރަމުން ދަނިކޮއް އިންޑިޔާއިން ވަދެ ވެރިކަން ވައްޓާލީ.
ޝިރާނީ
04 September 2021
އިންޑިޔާއިން ހިލަވެލި ނުދިން ރައިސް ޔާމިންގެ ދައުރުގާ. ރައިސް ޔާމިން ދިވެހިންނަ ހިލަވެލި ވިއްކީ އިންޑިޔާއިން ވިއްކިވަރައްވުރެ އަގުހެޔޮކޮއް ދިވެހިންނަ މިކަންނުވެސް އެގޭ
އެމެރިކާ
04 September 2021
ސިރީލަންކާގަ އެހެރީ ޗައިންނާއިން އަޅާދިން ބިލްޑިންތަ ބުރިޖުތަ ހައިވޭތަ ބޮޑެތި ޑަވަރުތަ ފެންނަން . އިންޑިޔާއިން ބޮޑެތި ލޯނު ދީފަ އިންޑިޔާގެ ކުންފުނިތަކައް ހަވާލުކޮއްފަ މަސައްކަތް ނުފަޝާތާ 8 އަހަރުވަނީ. 1 ބިލިޔަން ޑޮލަރު އިންޑިޔާއަ ދައްކަންޖެހޭ ސިރީލާންކާއިން މަސައްކަތެ ނުފަޝާ ލޯނު ދައްކަންޖެހޭ.