ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އަތޮޅުތަކުގެ ސިއްހީ ހިދުމަތް ދަށަށް ދާތީ މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި. ފޮޓޯ: މަޖިލީހުގެ އިދާރާ.
08 ސެޕްޓެމްބަރ 2021 - 12:31
އަތޮޅުތަކުގައި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ހާލަތާއި ހިދުމަތުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަށަށް ދާ ކަަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިިފި އެވެ.
ހދ. ނޮޅިވަރަމްގައި ކޮވިޑް-19 ފެތުރިފައި ވާއިރު، އެ ރަށުގައި ސިއްހީ ހިދުމަތް ދޭނެ ވަސީލަތްތައް ނެތުމުން އެ ވަސީލަތްތައް ފޯރުކޮށްދޭން ގޮވާލައި ނޮޅިވަރަމް ދާއިރާގެ އެމްއެންޕީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ކުއްްލި މައްސަލައިގެ ބަހުސްގައި މެމްބަރުން ވިދާޅުވީ އަތޮޅުތަަކަށް ބޭނުންވާ މެޝިނަރީ އާއި އިންސާނީ ވަސީލަތްތައް ނެތުމުގެ ދަތިކަން ވަރަށް ބޮޑު ކަަމަށެވެ.
ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވީ މިހާރުގެ ސަރުކާރު އައުމަށް ފަހު، މިވީ ދެ އަހަރުގެ ތެރޭގައި ވެސް ފުވައްމުލަކުގެ ސިއްހީ ނިޒާމު އިތުރަށް ރަނގަޅު ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ މުޅި ރާއްޖޭގައި ވެސް ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.
"ހާއްސަކޮށް ރަށްރަށުގައި ޑޮކްޓަރުންގެ ދަތިކަން އިންތިހާ އަށް ބޮޑު. މިހާރު ހެލްތު މިނިސްޓްރީން އެ ކަންތައްތައް ކުރައްވަމުން ގެންދަވާ ގޮތުން ކޮންމެ ދުވަހަކު މި ޖެހެނީ އާސަންދައިން ފްލައިޓްތައް ޗާޓަރު ކޮށްގެން، ހަމަ ކަމެއް ވާއިރަށް [އެ މީހަކު] މާލެ ގެންނަން،" ހުސައިން ވިދާޅުވި އެވެ
އޭނާ ވިދާޅުވިގޮތުގައި ސިއްހީ ހިދުމަތް ދިނުމުގެ ކަންތައްތައް ރަނގަޅަށް ކުރެވޭ ނަަމަ ދައުލަތުން ކުރަން ޖެހޭ ހޭދަ ވެސް ކުޑަވާނެ އެވެ.
މިފަދަ ކަންތައްތަކަށް [އެމްބިއުލާންސް ގަތުން ފަދަ ކަންތައްތަކަށް] ފިނޭންސް މިނިސްޓްރީން ހުއްދަ ނުދީ، އެހެން ނަމަވެސް ސިޔާސީ ވަކި ބޭނުމަކަށް، ވަކި މީހަކަށް ވޯޓް ހޯދައިދިނުމުގެ ގޮތުން މިލިއަނުން ބިލިއަނުން ރުފިޔާ ހަރަދުކުރުމުގެ ހުއްދަ ދިނުން އެއީ އަޅުގަނޑު ކުށްވެރިކުރާ ކަމެއް.--- ހަސަން އަފީފް
ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ ރާއްޖޭގައި ކޮވިޑް ކޭސްތައް އަނެއްކާވެސް އިތުރުވާން ފަށާފައި ވާއިރު ރަށްރަށުގައި ދޭން ޖެހޭ ސިއްހީ ހިދުމަތްތައް ލިބެން ނެތުމަކީ ކަންބޮޑުވެވަަޑައިގަންނަވާ ކަމެއް ކަމަށެެވެ. ވަރަށް ގިނަ ރަށްރަށުގައި އެމްބިއުލާންސް ނެތް އިރު ވެހިކަލްތައް ގެންނަން އެސްޓީއޯއާ ހަވާލު ވެސް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިފަދަ ކަންތައްތަކަށް [އެމްބިއުލާންސް ގަތުން ފަދަ ކަންތައްތަކަށް] ފިނޭންސް މިނިސްޓްރީން ހުއްދަ ނުދީ، އެހެން ނަމަވެސް ސިޔާސީ ވަކި ބޭނުމަކަށް، ވަކި މީހަކަށް ވޯޓް ހޯދައިދިނުމުގެ ގޮތުން މިލިއަނުން ބިލިއަނުން ރުފިޔާ ހަރަދު ކުރުމުގެ ހުއްދަ ދިނުން އެއީ އަޅުގަނޑު ކުށްވެރި ކުރާ ކަމެއް،" އަފީފު ވިދާޅުވި އެވެ.
ސިއްހީ ހިދުމަތް ރަނގަޅުކުރަން ފައިސާ ހަރަދު ނުކޮށް އެެހެން ކަންތައްްތަކަށް ފައިސާ ހަރަދުކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހާއްސަކޮށް ރަށްރަށުގައި ޑޮކްޓަރުންގެ ދަތިކަން އިންތިހާއަށް ބޮޑު. މިހާރު ހެލްތު މިނިސްޓްރީން އެ ކަންތައްތައް ކުރައްވަމުން ގެންދަވާ ގޮތުން ކޮންމެ ދުވަހަކު މި ޖެހެނީ އާސަންދައިން ފްލައިޓްތައް ޗާޓަރުކޮށްގެން، ހަމަ ކަމެއް ވާއިރަށް [އެ މީހަކު] މާލެ ގެންނަން--- ހުސައިން މުހައްމަދު ދީދީ
ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ސިއްހީ ދާއިރާގެ އިންފްރާސްޓްރަކްޗާ ރަނގަޅުކުރަން ސަރުކާރުން ބޮޑު ހަރަދެއް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ރަނގަޅު ހިދުމަަތްތައް ދެވޭ ތަނެއް އަދި ނުފެންނަ ކަމަށެވެ. އޭނާ ވިދާޅުވީ އިންފްރާސްޓްރަކްޗާއާއި މެޝިން ހޯދުމަކުން ނުފުދޭ ކަމަށެވެ.
"އިންސާނީ ވަސީލަތްތައް ބިނާކުރަން އެބަޖެހޭ. ޑޮކްޓަރުން އިތުރަށް ހޯދަން އެބަ ޖެހޭ. އަދި އެ ތަންތަނުގައި ހިދުމަތް ދޭ ޓެކްނިކަލް، މެޑިކަލް ދާއިރާގެ މީހުން އިތުރަށް ހޯދާފައި އެ ދާއިރާ އަށް ނެރެ، އެ ތަންތަނުން ހިދުމަތް ދޭން ޖެހޭ،" އިލްޔާސް ވިދާޅުވި އެވެ.
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑް) ވިދާޅުވީ އޭނާގެ ދާއިރާގެ ރަށްރަށުގައި އެމްބިއުލާންސް ނެތިގެން، "ރަށުޕިކަޕް" ގައި ބަލިމީހުން އުފުލާ މަންޒަރު ފެންނަ ފޮޓޯތައް ގިނަގިނައިން ލިބިވަަޑައިގަންނަވާ ކަމަށެވެ. އެއީ ބަލަން އުނދަަގޫ މަންޒަރެއް ކަމަށާއި އެކަން ހެލްތު މިނިސްޓްރަށާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާ ވެސް ހިއްސާ ކުރައްވާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ދަނީ އެއް ރަށަަށް ވުރެ އަނެއް ރަށުގެ ހާލަތު ނިކަމެތިވަމުން. އަދި ހާއްސަ ގޮތެއްގައި ސިއްހީ ހާލަތު މި ދަނީ ނިކަމެތިވަމުން،" މޯޑް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ބައެއް ބޮޑެތި ބަލިތަކަށް ބޭނުންވާ ބޭސްތައް ވެސް ރަށްރަށުން ނުލިބޭ އިރު އެ ބޭސްތައް ހޯދަން ޖެހެނީ ވަރަށް އުނދަގުލުންނެވެ.
އެމްޑީޕީގެ މެމްބަރުން މި ވާހަކަ ދެއްކެވީ ހދ. ނޮޅިވަރަމްގައި ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، އެ ބަލި ޖެހޭ މީހުންނަށް ފަރުވާދޭން ބޭނުންވާ ވަސީލަަތްތައް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައި އެކަން ހައްލުކޮށްދޭން ގޮވާލައި ހުށަަހެޅި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ. ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު ހުށަހެޅުއްވި އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 32 މެމްބަރުންގެ އިއްތިފާގުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
08 September 2021
ދުވަހުން ދުވަހަށް އިންތިޒާރު ކުރުމެއްނެތި ނަމްބަރު ނަގައިގެން އޯޕީޑީގައި އިންނަވާ ޑޮކްޓަރަށް ސްޕެޝަލިސްޓަށްދެއްކުމަށް ކުރާންޖެހޭކަންކަމުގެވާހަކަ ގެނެސްދެއްވުމަށް ރައީސް ސޯލިޙް ވަނީ އައްޑޫ ކައުންސިލުގެ ފަރާތުން އެދިވަޑައިގެންފަ. # މިކަމަށްޓަކާ އިންޑިޔާގެ އެމްބަސީގެއެހީވެސްހޯދައިގެން އިންޑިޔާގެ ހޮސްޕިޓަކްތަކުގެ ސުޕަރ ސްޕެޝަލިސްޓުން އޭއީއެޗް އަށް މަހަކު 4 ފަހަރަށް ނަމަވެސް ވިޒިޓް ކުރާފަދަ ޕްރޮޤްރާމަކަށް ސަރުކާރާއި އެމްބަސީގެ ފަރާތުން އެދެންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
08 September 2021
ސަރުކާރުން އޭއީއެޗްގެ ސީއީއޯއަކަށް ޑރ މުޙައްމަދު ސޯލިޙް އިސްކުރެއްވުމުން އެކަމަށް މަރުޙަބާކިޔާ އެތައް ކޮމަންޓެއް ކުރީ އުއްމީދެއްއޮތުމުން. # އަދި ޑރ ސޯލިޙް އާއި އެކު އިކްއިޓޯރިއަލް ހޮސްޕިޓަލަކީ އިންޑިޔާގެ Kokilaben Dhirubhai Amabani Hospital and Medical Research Institute ، އެސްޓަރ ސީއެމްއައި ހޮސްޕިޓަލް، All India Institute of Medical Science ނުވަތަ ދި ކްރިސްޓިއަން މެޑިކަލް ކޮލެޖް ފަދަ ތަނަކާއިގުޅިގެން މަސައްކަތްކުރާނެ ތަނެއްކަމަށް ހީކުރެވުނު.
އޮނަރަބްލް އަފީފު ދީދީ
08 September 2021
އެކަން ކުރާން ސަރުކާރު ބޭނުން ނުވާނަމަ ހިދުމަތް ދާނީ ދަށަކަށް ނޫންތޯ. # ސައުދީ، އޯޕެކް އަދި ކުވެއިތު ފަންޑުން އެހީއާއި ލޯނު ހަމަޖެހި ލިބުނު ފައިސާ މާލޭގެ ކަންކަމަށް ބޭނުންކޮށްފައި ސަރުކާރުން ބޭނުންވީ އައްޑޫސިޓީގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ ބަދަލުގައި އައްޑޫގެ ލެންޑްމާކެއްގެ ގޮތުގައިހުރި ނުލާހިކުރީތި Equatorial Convention Center ހަލާކުކޮށް އެތަން ހޮސްޕިޓަލަކަށް ހަދާން. މިހާރު އޮތީ އެތަނުގެ ސައިޒު ކުޑަވެ އިތުރު ޖާގައަށް ބޭނުންވެފައި.
ޙިނކަދިފަތު ސަޓަނި
08 September 2021
ޢަޅެފަހެ މިގައުމު އިންޑިޔާގެ މުށުތެރެއިން ސަލާމަތްވެ ދިވެހިން އަމިއްލަ ގައުމުގައި ބޭސްފަރުވާ އެއްލިބޭނީ ކޮންދުވަހަކުންތޯ ހިތައްއަރާ.
ސިނަ އައްޑޫ.
08 September 2021
ރައީސް ޔާމީން ނިންމަވާފައިއޮތްގޮތް އިގޭނަމަ އަފީފު ތިގޮތަށް ވާހަކަ ނުދައްކަވާނެ. އިކްއިޓޯރިއަލް ހޮސްޕިޓަލަކީ މުސްތަޤުބަލުގައި އައްޑޫގައި އިމާރާތް ކުރަން ނިންމާފައިވާ އިންޓަރނޭޝަނަލް ހޮސްޕިޓަލުގެ ކުޑަކުދިންނާއި ބެހޭ ކުލިނިކްގެ ގޮތުގައި ހިންގާން ނިންމާފައިވާ ތަނެއް. އަސްލު ހޮސްޕިޓަލް އަޅާން ނިންމާފައިވަނީ ހިތަދޫ ކޯއްޓޭއާއި ދިމާލުން ބިން ހިއްކުމަށްފަހު އެތަނުގައި ހުޅުމީދޫ ބުރިޖް ފެންނަ ހިސާބުގައި.
ޑޮކްޓާރ. ބަނާނާ
08 September 2021
ކަލޯގަޔާ އައްޑޫ ގައި ނިކަން ވަރުގަދަ ހޮސްޕިޓަލެއް ހުޅުވައިފިޔޯ! ޑަކުތަރަށް ދައްކަން ދިޔައީމާ ނަންނޯޓްކުރެވެނީ 400 ނުވަތަ 300 މީހުންގެ ކިޔޫގެ ފަހަތުގައި! އަތޮޅުގައި މުސްކުޅިންގެ ބޮޑު އާބާދީއެއް އޮތްއިރު މީކީއްކުރަން ސަރުކާރުގެ ބަޖެޓުން ހޭދަކޮށް އިމާރާތް ކޮއްފައިވާ ތަނެއްކަން ނޭގޭތީ ހިތާމަކުރަން! ނަސީމް ބެޔަށް ވަރަށް ސަލާމް !
ކުސީ
08 September 2021
މިހާރުދެން ތި މޮޔަގޮވަނީއެއްނުންތަ. ހަސަންކުރުސީ ބުނީ ކެރެފާއާއި ހަވާލުކުރީމަ ހައިސްޕީޑްގަދާނެއޭ. ކުރުސީމެންކުރިކަމަކީ ހެލްތު ދުއްވައިގަތީމަ ބުރަކިޖައްސާލީ. އިބޫއަށް ލަނޑުދޭން.
ތުރީތޮޕް
08 September 2021
ޜާއްޖޫގަ ކިތައްމެ ފެންވަރު ރަނގަޅު ވިޔަށް މެންބަރުން ވަޑައިގަންނަވާނީ ބޭރުގައުމުތަކަށް ބޭސްކުރަން. ފައިސާ ސަރުކާރުން ނޫނީ ކޮންމެވެސް ހެޔޮއެދޭފަރާ ތަކުން މެންބަރުންނަށް ދެއްވާނެ.
އަމާކީތީފަރަށް
08 September 2021
އަނެއްކާވެސް ވަނީ ބޭސްފަރުވާއަށް ސަލާންޖަހަން ޖެހިފައި. ޚާއްޞަ ޑޮކްޓަރަކަށް ދައްކަން ސަރުކާރު ހޮސްޕިޓަލްތަކުން އެޕޮއިންޓްމަންޓެއް ހަމަޖެހެނީ ތިންހަތަރުމަސް ކިޔޫގަ އިންނަންޖެހޭގޮތަށް. މިއީ ބަލިމީހަކަށް ބަލި އިތުރުވެގެން ދާނެކަމެއް. އަމިއްލަ ކްލިނިކަކަށް ދިޔައިމަ މިޖެހެނީ އަމިއްލަ ޖީބުން 350 ރުފިޔާ ދައްކަން. އާސަންދައިން ދެނީ 100 ރުފިޔާ. މީ ކޯޗެއްތޯމިހާރު؟ އެކަމަކު އެބަބުނޭ ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާ އާސަންދަ ލިބޭނެޔޭ. ހުސްދޮގު.
ށަވިޔަނި
08 September 2021
ޢިންޑިޔާ ގެ ތައްޕާހުން ސަލާމަތެއް ނުވާނެ.
ރިބޫން
08 September 2021
އިއްޔެެ މިމީހުން ގޮވީ ސަރުކާރު ހިންގަނީ ބަރާބަރަށޭ..މިއަދު މީ ސަރުކާރަށް ބަވާދުވަސް؟؟
ބޭނުމީގޮނޑި
08 September 2021
ތިއީ ބޮޑުވަޒީރުގެ ޓީމުން ރައީސުގެ ޓީމުކޮޅަށް ޖަހާ ގޯލުތައް. ތިއިން ޕާޓީއަށް ކުރާނެ އިތުރު ފައިދާއެނެތް. ޕާޓީއާއި ރައްޔިތުން ހަލާކުވެގެންވެސް ތިމާ ބޭނުން ގޮނޑި ލިބޭތޯ ކުރެވޭ މަސައްކަތް. އާންމު ރައްޔިތެއްގެ ހައިސިއްޔަތުން ބުނާނަމަ ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިއެރުން ލިބެމުން އެބަދޭ. މީގޭ ކުރިން ރަށްރަށުން ލިބެންނެތް އެތައް ޚިދުމަތެއް އެބަލިބޭ. ރަށްރަށަށް އެމްބިއުލާންސް ހޯދުމުގެ މަސައްކަތްވެސް ކުރިއަށް އެބަދޭ
ހަސަންކިރުސީ
08 September 2021
ރޫހާނީ ފެކަޝަނުން އެންމެ ފަހުން ރޫހާނީ މިނިސްޓަރަކާވެސް ޖެހިގަތީ އޮތަ. ގޯހެއް ނޫން. އެހެން ނޫންތޯ ވާނީ. އިހައްދުވަހު ރޫހާނީ ލީޑަރު އަރާ ބުނީ ކޮން އުކުޅަހު ބަގާވާތެއްހޯ. މިއޮއް ހުރިހާ ދުވަހު ރޫހާނީ ފެކްޝަނުން ގޮވަމުން އައީ އެ ފަތިވަރު. އަދި ބުނާނެ ބަރުލަމާނީ ގޯހޭވެސް. ލޮލް