ޚަބަރު / ރ. މަޑުއްވަރި

މަޑުއްވަރީން ބޭނުންވަނީ ފުއްސަރުގައި އެއާޕޯޓެއް އަޅަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރ. މަޑުއްވަރީ ކައުންސިލްގެ މެމްބަރުންނާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރ. މަޑުއްވަރީން،  ފަޒީނާ އަހުމަދު، މިހާރު

09 ސެޕްޓެމްބަރ 2021 - 20:57

23 comments

ރ. އަތޮޅުގެ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ އެ އަތޮޅު ފުއްސަރު ފަޅުގައި އެއާޕޯޓް އެޅުން ކަމަށް މަޑުއްވަރީ ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް މިއަދު ހުށަހަޅައިފި އެވެ.

ފުއްސަރުގައި އެއާޕޯޓެއް އަޅައިދޭން މި އެދުނީ އަލިފުށީގައި އެއާޕޯޓެއް އަޅަން ނިންމައި އެ މަސައްކަތް ހަވާލުކުރުމުން ބައެއް ރަށްތަކުން ހިތްހަމަނުޖެހުން ބޮޑުވެފައި ވަނިކޮށެވެ.

ށ. އަތޮޅާއި ރ. އަތޮޅަށް ކުރެއްވި ދަތުރުގެ ފަހު މަންޒިލެއްގެ ގޮތުގައި މަޑުއްވަރީއަށް މިއަދު ހަވީރު ވަޑައިގެން ރައީސް ވަނީ އެ ރަށު ސްކޫލްގެ މަލްޓިޕާޕަސް ހޯލް ހުޅުވައިދެއްވައިފަ އެވެ. އޭގެ ފަހުން ކައުންސިލާ ބައްދަލުކުރައްވައި ރަށަށް ބޭނުންވާ ކަންކަން ހުށަހަޅަން އެދިވަޑައިގަތުމުން ދަތުރުފަތުރުގެ ދަތިކަން ހުށަހެޅި އެވެ.

ކައުންސިލުން ބުނި ގޮތުގައި ރ. އަތޮޅަށް އެންމެ ފައިދާ ބޮޑީ ދެކުނު ބިތުގައި އެއާޕޯޓް އެޅުމެވެ.

ރ. އަތޮޅު އިފުރުގައި އެއާޕޯޓެއް އަޅާފައި އޮތަސް މަޑުއްވަރީއަކީ އަތޮޅުގެ އެންމެ ދެކުނު ބިތުގައި އޮންނަ ރަށަށް ވާތީ އިފުރާ ދުރު ކަމުގެ ކަންބޮޑުވުންފާޅުކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރ. މަޑުއްވަރީ ސްކޫލުގެ މަލްޓި ޕާޕަސް ހޯލު މިއަދު ހުޅުވައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ފުއްސަރުގައި އެއާޕޯޓް އެޅުމަކީ ރައްޔިތުންނަށް ފައިދާ ބޮޑު ގޮތް ކަމަށް ބާރުދޭން ކައުންސިލުން ދެއްކީ އެ ރަށާ ކައިރީގައި ރިސޯޓްތައް ތަރައްގީކޮށްފައި އޮތުމެވެ. އެެހެންވެ ޓޫރިސްޓުން ގިނަ އަދަދަކަށް ދާ ސަރަހައްދަކަށް އެއާޕޯޓް ބަދަލުކުރަން ވިސްނިއަސް ފުއްސަރަކީ އެންމެ ރަނގަޅު މަންޒިލް ކަމަށް މަޑުއްވަރީ ކައުންސިލުން ދެކެ އެވެ.

ކައުންސިލަރުން ވިދާޅުވި ގޮތުގައި ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އެޅުމަކީ އެ ރަށްތަކުގެ ރައްޔިތުން ވެސް ދެކޭ އުއްމީދެކެވެ. އަދި މަޑުއްވަރީއާ ކައިރި ރަށްތަކަށް ދަތުރުފަތުރުކުރުމުގައި ފަސޭހަ ހޯދެން އޮތީ ފުއްސަރުގައި އެއާޕޯޓު އަޅައިގެން ކަމަށް ކައުންސިލުން ބުންޏެެވެ.

"އެއާޕޯޓުގެ އިތުރުން ވެސް މިވަގުތު ހުރި ހުރިހާ ކަންބޮޑުވުމެއް ހުށަހެޅިން," ކައުންސިލްގެ ރައީސް އަބްދުﷲ ސޯދިގު ވިދާޅުވި އެވެ.

މަޑުއްވަރީއަށް ކޮށްދޭން ސަރުކާރުގައި އެދުނު ކަންކަން

ބިމުގެ ދަތިކަން ކުރިމަތިވެ ގޯތި ދޫނުކުރާ އެ ރަށުގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދޭން ފްލެޓް އެޅުން

މަޑުއްވަރީގެ އިހްތިސޯސްގެ ތެރޭގައި އުފުލަންދޫ ހަމަޖައްސައިދިނުން

ދެކުނު ފަރާތު ބަނދަރުގެ ބޭރު ތޮށި ބޭނުންކުރެވޭ ގޮތް ހެދުމާއި ރަށުގެ އުތުރު ފަރާތު ބަނދަރު މަރާމާތުކުރުން އާބާދީއާ އެކަށޭނެ މިންވަރަށް ކަރަންޓުގެ ހިދުމަތް ފުޅާކުރުމާއި ރަށުން ހިއްކެން އޮތް އެންމެ ބޮޑަށް ބިން ހިއްކައި އިންޖީނުގެ އާއި ކުނިކޮށި ރީލޮކޭޓްކުރުން

ޕްރިންސިޕަލަކު ނެތުން ފަދަ މަޑުއްވަރީ ސްކޫލަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުން

މަގުތައް ތާރު އަޅައިގެން ހަދައިދީ ޒަމާނީ ފުޓްބޯޅަ ދަނޑެއް ގާއިމްކުރުމާއި ސިއްހީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުން

ކައުންސިލްގެ ރައީސް ސޯދިގު ވިދާޅުވި ގޮތުގައި ކައުންސިލުން ހުށަހެޅި ކަންކަން ރައީސް އަޑުއެއްސެވި އެވެ. "އެއްވެސް ކަމަކަށް ނޫނެކޭ ވިދާޅެއް ނުވޭ, ރައީސް ވިދާޅުވީ ދެކުނު ބިތުގައި އެއާޕޯޓެއް އޮންނާނެއޭ. ވަކި ދުވަހެއް, ވަކި މުއްދަތެއް ދަންނަވަން ދައްޗޭ."

23 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 14%
icon angry icon angry 0%
icon wow icon wow 29%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަރުކެހި

11 September 2021

ކުޅުދުއްފުށީގައި އެބައޮތް އެއާރޕޯޓެއް ދަތުރުކުރަނީ ހަނިމާދޫއިން ބޭކާރުހަރަދު ނޮކޮއް ސިއްހީނިޒާމު ގާއިމްކޮއްބަލަގަ ކުދި އާބާދީ ބޮޑެތިރައްތަކައް ބަދަލުކުރީމަ ނިމުނީ

The name is already taken The name is available. Register?

ޢއަރ ޕި

10 September 2021

ޢެއަރޕޯޓް އަހަން ވީ ކޮންމެ ގޯއްޗެއް ކުރިމަތީ ގައި.އެތާ ގައި އިންޖީނުގެއަކައި ފެން ޕްލާންޓަކާއި ޓާޝަރީ ހޮސްޕިޓަލް އަކާއި ޕީއެޗއދީ ފެންވަރަށް ކިޔަވާދޭނެ ޔުނިވާސިޓީ އެއް ވެސް އަލާން ވާނެ. ޜައްޔިތުންގެ ލާރި އެއް ނު ރައްޔިތު މީހާ ބޭނުން ހުރިހާކަމެއް ފުއްދައި ދޭން ޖެހޭނެ.

The name is already taken The name is available. Register?

ކޮރަލް

10 September 2021

އެހެން ރަށް ރަށް ބާކީ ކޮށް އެމްޑީޕީގެ ސަޕޯޓަރުން ގިނަ ރަށް ތަކަށް ބޮޑެތި ޕްރޮޖެކްޓް ދިނުމަކީ ވޯޓް ދޭ އިރު ވިސްނާލަން ޖެހޭ ކަމެކެވެ.

The name is already taken The name is available. Register?

ޙަބީބު.

10 September 2021

ތިގެން އެއްވެސްތާކު އެއާޕޯޓު އަޅާނިކމެއްނެތް ބޮދުތޮއްޓާ ބަނދަރެއް އިންޖީނުގެޔާ މިސްކިތާ ވެސް އަޅާނިކަމެއްނެތް ބެކާރު ހަރަދު ނުކޮއް ބ އަތޮޅު ގޮއެދޫ ބިމުގަ 50 ބުރީގެ 20 ޓަވަރު އަޅާފަ 5000 ހަމަނުވާ އާބަދީތައް ގެންގޮސް އެތާ ވަޒަންވެރިކުރުވާ ކޮންމެ ރަށެއްގަ ކޮންސަކަރާތެއް މިޖަހަނީ މިރާއްޖެޔައް ބެނުންވަނީ މިކަންކުރެވޭނެ ފިރިހެންވަންތަ ވެރިޔެއް

The name is already taken The name is available. Register?

ޖަމަލު

10 September 2021

ކޮބައިތަ މިތާ ދުނިޔޭގެ ޖެހޭ ހުރިހާ މުސީބާތެއް މާލެ މީހުންނާ މަތިކުރާ ގްރޫޕް. މިއެއަރޕޯަޓް އަޅާނީ ކޮންބައެއްގެ ޓެކްސް ފައިސާއިންތޯ

The name is already taken The name is available. Register?

އެކުން

10 September 2021

އަތޮޅުގެ އެއް ރަށުން އަނެއް ރަށްތަކާ އެއްގަލަކަށް ނޭރޭ. އެވަރުގަ ތިބޭ ބަޔަކު މާލެ ސަރަހައްދުގަ ކަންކަން ކޮށްދޭތީ ކިހާ ވަރަކަށް ކަންބޮޑުވާނެ. އަމިއްލަ އަތޮޅު ތެރޭ އެއްވެސް ހަމަޖެހުމެއް އެކުވެރިކަމެއް ނެތް. އެހެންވެ އެންމެން މާލެ ސަރަހައްދަށް ގެންދަންވީ ނޫނީ ކޮންމެ އަތޮޅެއްގެ 1 ރަށަށް އަތޮޅުގެ އެންމެން ބަދަލުކުރަންވީ. އޭރުން ހުރިހާ ރަށެއްގެ އެންމެން ހަމަހަމަވާނެ. ތިރަށް މިރަށް އަޅާކިޔޭކަށް ނޯންނާނެ.

The name is already taken The name is available. Register?

އާދަނު2

10 September 2021

މުޅި ޤައުުމުގައި އެއާޕޯޓް!

The name is already taken The name is available. Register?

ކުޅަނދުމާގިނައީ

10 September 2021

އަހަރެން ބޭނުމީ އަހަރެމެން ގޯތި ގިފިލި ވަޅުދަށުގަ އެއާޕޮޓެއް އަޅަން. އޭރުން ހާޖަތައް ދާންވީމާ އިދިހެނި ބައްތެއްލާގަ ދެވޭނެ.

The name is already taken The name is available. Register?

ނަސީ

10 September 2021

މީއަޅެ އެރޕޯޓް ދޮންބެތަ ، ގައުމައް ކާޑުކޮޅުނުގަނެވިގެން އުޅޭ ބަޔަކައް ދެން ކޮންއެރޕޯޓްއެއްއެޅޭނީ

The name is already taken The name is available. Register?

ރިޒޯޓު ވސ ރައްޔިތުމީހާ

09 September 2021

ބަލަގަ ކައުންސިލް މޮޔަވީތަ. ޢެއަރޕޯޓު އަޅަނީ ރިޒޯޓު ތަކަށް ގެސްޓުމް ގރނދާކަށްނޫނޭ. އެއަޕޯޜޓު އޮތަސް ނެތަސް ތިޔަ މަހުޖަމުންތައް އެމީހުންގެ ވިުަފާރި ކުރިއަރުވާނެ. ސަރުކާރުން އެއަރޕޯޜޓު އަޅަނީ ނިކަމެތި އަދި އެކަހެރި ވެފައިވާ ރައްތަކުގެ ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަ ކުރުމަށް. ތިޔަ ބުނާ ރިޒޯޓުތައް ހުރި ތަންތަނަށް ސީޕުލޭނު މިހާރުވެސް ދޭ. ޢެހެންވީމަ އެއަރޕޯޓު އަޅަންވީ ހަމަ އަލިފުށިގަ. އޭރުން ރާ އަތޮޅު އަދި ށަވިޔަނީގެ.ދެކުނުބިތް ކުރިއަރާނެ.

The name is already taken The name is available. Register?

އަލިފުށި މީހާ

10 September 2021

އަލިފުއްޓައް އެއާރޕޯޓެއް ބޭނުންނުވޭ. އެއަރޕޯޓްއަކަށްވުރެ ސީޕްލޭން ޑޮކްއެއް އެޅިއްޔާ މާ ސަޅީވާނެ. އަލިފުށީ ރައްޔިތުން މޮޔަވީތޯ ޓަވަރ އެއް އަޅައިގެން ދެން އުޅޭ ފާޑެއްދޯ. ލަދުން ބޯ ހަލާކުވާވަރުވޭ...

The name is already taken The name is available. Register?

ރޮއީސް

09 September 2021

މަޑުއްވަރި މީހުނަށްވެސް އެދެވިދާނެ. އެކަމަކު ރ. އަތޮޅު ރައްޔިތުން މާނަކުރަނީ ކިހިނެއްބާ؟ ހަސަދަވެރިކަމުން ފޯވެފަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454