އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ގޮސް ތިބި ބައެއް މީހުން މަޑުކޮށްލައިގެން-- މިހާރު ފައިލް ފޮޓޯ
12 ސެޕްޓެމްބަރ 2021 - 12:55
ކ. މާފުށީ ނެރު ކައިރި އަށް މަހަށް ނުކުމެ އުޅުނު ޑިންގީއެއްގައި ލޯންޗަކުން ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ. ހުކުރު ދުވަހުގެ ރޭ 9:15 ހާއިރު ޑިންގީގެ ފަހަތަށް ލޯންޗެއް އަރާ ހިނގި އެ ހާދިސާގައި ޑިންގީގައި އިން މީހާއަށް އަނިޔާވެ ފަރުވާ އަށް ފުރަތަމަ ގެންދިޔައީ މާފުށީ ހެލްތު ސެންޓަރަށެވެ. އެކަމަކު އެ މީހާގެ ހާލަތު ގޯސްކަމުން އެ ސެންޓަރުން އިމަޖަންސީގައި އޭނާ މާލެ ގެނަ އެވެ.
އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓުގައި އެ މީހާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވެ އެވެ. މާލެ ގެނައި އިރު ވެސް އޭނާގެ ނޭފަތުން ލޭ އާދެ އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ އެ މީހާ އޮތީ އަދިވެސް ވަރަށް ސީރިއަސް ހާލަތެއްގައި ކަމަށާއި އެހެންވެ އޭނާއަށް ފަރުވާ ދެނީ އައިސީޔޫގައި ކަމަށެވެ. އެކަމަކު އެ މީހާއަށް ލިބުނު އަނިޔާގެ ސީދާ ތަފްސީލެއް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯއެއިޑް
12 September 2021
ކުޑަކުޑަ މާލޭގަ ހިގާ އެކްސިޑެންޓްގައިވެސް މިނެޓަކުން ބަލިމީހާ ހޮސްޕިޓާލަށް ގެންދެވުނަސް ފުރާނަ ސަލާމަތްވާގޮތެއްނުވޭ. އެމްބިއުލާސުގައި ތިބޭ އެކަމަށްވަނީ އެކަމަށް ތަމުރީނު ލިބިފައިތިބިކަމަށް ބުނާ ބަޔަކު، އެކަމަކު ބަލިމިހާ އެކިކޮޅުކޮޅަށް ފުރޮޅާ ޑޮކްޓަރެއްގެ އައްމަށްޗަށް ދެވޭއިރު އޮންނަނީ ދެވަރުން އެއްވަރުވެފަ. ބަލިމީހާ އެކްސިޑެންޑް ސީންއަކުން ނަގާއިރު އަތާ ފައިގަ ހިފާ ހިއްލާލަނީ ކަނދުރާ އަކަށް ނުބަލާ!