ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ސަރުކާރުން ހުރަސްނާޅާނެ ކަމަށް ވިދާޅުވި.-- ފޮޓޯ: ރައީސް އޮފީސް
15 ސެޕްޓެމްބަރ 2021 - 18:49
ދައުލަތުން ކުރާ ކަންކަމަށް ފާޑުކިޔައި، މިނިވަންކަމާ އެކު ހިޔާލު ފާޅުކުރާ އެއްވެސް މީހަކަށް ސަރުކާރުން ހުރަހެއް ނާޅާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް އަބަދު ވެސް ސަރުކާރުން އިހުތިރާމު ކުރާނެ ކަމަށް ރައީސް ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ޑިމޮކްރަސީގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ހިތާބުގަ އެވެ.
އެ ހިތާބުގައި ރައީސް ވިދާޅުވީ، ރައްޔިތުންނަށް ފުރިހަމަ އަށް އެ ހައްގު ލިބެދެވޭ ކަން ސަރުކާރުން ކަށަވަރުކުރާނެ ކަމަށެވެ.
"ކޮންމެ ހާލަތެއްގައި ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ، ޑިމޮކްރެސީން ކަށަވަރުކޮށްދޭ ހައްގުތައް އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިދިނުމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުން ކުރާ މަސައްކަތްތައް ދެފުށް ފެންނާނެ ގޮތަށް ހާމަކުރުމާއި މައުލޫމާތު އާންމުކުރުމަކީ ޑިމޮކްރެސީގެ ހަމަތައް ހިފެހެއްޓުމަށްޓަކައި މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ޑިމޮކްރެސީގެ އެންމެ ވަރުގަދަ އަސާސަކީ ދައުލަތް ހިންގާނެ ބަޔަކު ކަނޑައެޅުމުގައި ބައިވެރިވުމުގެ ފުރުސަތު މިނިވަންކަމާ އެކު ހުޅުވައިލެވިފައި އޮތުމާ އެކު، ރައްޔިތުންގެ ބައިވެރިވުން އޮވެގެން ދައުލަތުގެ ވެރިން ކަނޑައެޅުމެވެ. އަދި އެ މަގްސަދު ހާސިލުވާނީ އެ ގައުމެއްގެ ދުސްތޫރީ އޮނިގަނޑުގައި ކަނޑައެޅިފައި އޮންނަ މުއްދަތުތަކުގައި އިންތިހާބުތައް ބާއްވައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ޑިމޮކްރަސީން ކަށަވަރުކޮށްދޭ އެންމެ އަސާސީ އިންސާނީ ހައްގަކީ ދިރިހުރުމާއި ރަނގަޅު ކާނާ ކައިބޮއެ އުޅުމުގެ ހައްގު ކަމަށް ވާތީ، މި ހައްގުތަށް ހޯދުމަށް ރައްޔިތުން ގަދައަޅައި، އެއް އަޒުމެއްގައި، ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އިގުތިސާދީ ގޮތުން ރާއްޖެ އަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށްޓަކައި މަސައްކަތް ކުރުމަށް ވެސް ރައީސް ބާރު އެޅުއްވި އެވެ.
މި ހިތާބު ނިންމަވައިލައްވަމުން ރައީސް ވިދާޅުވީ، ދައުލަތް ހިންގުމުގެ ކަންކަމަށް ފާޑުކިޔުމަށް ލިބިފައިވާ ހައްގުގެ ބޭނުން ފުރިހަމަ ގޮތުގައި ބޭނުންކުރުމަށްޓަކައި، ޑިމޮކްރަސީގެ ހަރުދަނާ އުސޫލުތަކާއި ހަމަތައް ދެމެހެއްޓުމުގައި ރައްޔިތުން ސާބިތުވެ ތިބޭނެ ކަން ޔަގީން ކުރައްވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކަމު އެކަމު
16 September 2021
ހިޔާލު ފާޅު ކުރުމޯ!!! ބަލަ މެދުއިރުމަތީގެ ހިޔާލީ ފޮލާތަކެއް އަޑުއަހައިގެން ގަބޫލު ކޮއްގެން ސަލާމަތް ނުވެވިގެން އުޅޭ ބައިގަޑެއް އެބައުޅޭ މިހާރުވެސް. އަދިއަދައް ދާންވެސް މިއުޅެނީ އެކަމަކުން ސަލާމަތް ނުވެވިގެން!
ގަންބީރު
16 September 2021
ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެތެރެއިން ނާޖާއިޒު ފައިދާ ނަގައި މިގައުމުގައި ދީނީ ގޮތުން އެކިފިކުރުތައް އުފައްދައިގެން އުޅޭ މުއްލާއިން ހުއްޓުވާ. މިހާރު މިގައުމުގައި ހިނގާ އެންމެ ގޯސް އެއްކަން. މިކަން ހުއްޓުވާ. ހުއްޓުވާ. މައުމޫނުހެދިގޮތަށް ހަދާ. ހުއްޓުވާ.
އެކަމު
15 September 2021
ކޮންމެވެސް ބަޔަކު ހުރަސް އަޅާތީތާ ވަކި ކަމަކާ ގުޅިގެން ކުރި ކޮމެންޓްތައް ނުފެނިގެން މިއުޅެނީ.
ސީޒަން ޖެކުހަން
15 September 2021
ޚިޔާލުފާޅުކުމުގެ މިނވަންކަން މިހާރުވެސް މިއޮތީ ހައްދުން ބޭރުގާ. ހައްދުގެތެރެއަށް އެއަނބުރާގެންނަންޖެހޭ. އެކަމަކު ވެރިޔާ އިބޫ ސޯލިހަށް އޯކޭއިއްޔާ މަމިބުނާއެއްޗެއްގެ އެއްވެސް ބޭނުމެއްނެތް.
ޖަމަލު
15 September 2021
ނާޅާ. އެކަމު ކިޔާ އެއްޗަކަށް އަޅައެއް ނުލާ
އޮނަރަބްލް އަފީފު ދީދީ
15 September 2021
ޤައްޔޫމްގެ ވެރިކަމާއިހަމައިން "ރައީސުލް ޖުމްހޫރީއްޔާގެ ހެޔޮފުޅުކަމުން" ކޮށްދޭކަންކަމަށް ނިމުންއަތުވެއްޖެކަންނޭގޭ ދިވެއްސަކުނެތް. # ސޯލިޙް ތިއުޅުއްވަނީ އަނެއްކާވެސް "މައުމޫނީއްޔަޒަމް" ނުވަތަ އޭރުގައިއެއޮތްފަދަ "ހެޔޮފުޅުކަމުން" ކަންކަން ކޮށްދިނުމާއި އަދަބުނުދިނުމާއި މައާފުކޮށްދިނުމުގެ ސަޤާފަތް އަލުންގެންނާން. # ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ކަށަވަރުކޮށްފައިވާ ކަންކަމަކީ "ތިމަންމަނިކުފާނު ދެއްވާއެއްޗެއްކަމަށް ހީވާގޮތަށް" ވާހަކަ ދެއްކުމަކީ ކުށެއް.
ޖަމަލުފޮޑި
16 September 2021
ތީ ތެދެއް. ތީގެ “ހެޔޮފުޅު ކަމުން” ކެންޑެން އުޅުނު ޕައިލެޓުން ގެންގޮސްގެން މުސާރަ ބޮޑު “ކޮއްދިނީ” އިހައްދުހު. އެއީ އޭނައް ކުރެވޭނެ ކަމެއްތަ ގާނޫނު ތަކެއްގެ މަތިން ފުންމާލައިގެންގޮސް!
ބޯހަލާކުވޭ
15 September 2021
އެއްގޮތަކަށްވެސް ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ސަރުކާރުން ހުރަހެއް ނާޅާނެ
1828
15 September 2021
ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ސަރުކާރުން ހުރަސް ނޭޅީމައި ނިމުނީ ތޯ؟ ރައްޔިތުންނަށް ލިބިގެންވާ ހައްޤެއް ބޭނުންކުރުމުން، އެ އަޑު އެހުމުގެ ޤާބިލްކަންވެސް ހުންނަންވާނެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އަހައި އެއަށް ޖަވާބުދާރީވާންވެސް ސަރުކާރާއި ޖެހޭނެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭންވެސް ސަރުކާރަށް ޖެހޭނެ.
މީޑިޔާ
15 September 2021
މިވެރިކަން ކަޑަ ރައިސް ޔާމިންގެ ދައުރުގަ ރައްޖެ ދިޔައީ ތަރައްގީ ވަމުން
ޝޮކްތެރަޕީ
15 September 2021
އެހެންވީމަ އިންޑިޔާ އައުޓް. ހަމަމިހާރުން މިހާރައް އިންޑިޔާ ސިފައިން ބާލާ ރައްޖޭގެ ދާހިލީކަންކަމުގެ ތެރެޔައް އިންޑިޔާ ވަނުން ހުއްޓުވާ.