ޚަބަރު / ޕޮލިސް ކޮމިޝަނަރު

އަނިޔާގެ ތުހުމަތު: ކޮމިޝަނަރު ވިދާޅުވީ "މިއީ އެ ދުވަހެއް ނޫން" ކަމަށް!

"މިއަދަކީ އެ ދުވަހެއް ނޫން ފުލުހުންގެ ޔުނިފޯމު އަޅައިގެން ހުންނަ އޮފިސަރަކު އާއްމު ރައްޔިތަކާ މެދު އެއްވެސް ހާލަތެއްގައި މުޒާހަރާގައި ނޫނަސް އިހާނެތި ބަހެއް ބުނުން. އިހާނެތި އަމަލެއް ހިންގުން، މީހަކަށް އަނިޔާކުރުން."

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު"އާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ފުލުހުން ހިންގާ ކަންކަމުގައި ޖަވާބުދާރީ ކުރުވައި ފިޔަވަޅު އެޅޭ އުސޫލު އެ މުއައްސަސާގައި ހަރުދަނާވެފައިވާ ކަމަށް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުޒާހަރާތަކާއި އެއްވުންތައް ރޫޅައި މީހުން ހައްޔަރުކުރުމުގައި ފުލުހުން އަދިވެސް އިސްކުރަނީ އަނިޔާވެރި ކަމެވެ. ބޭނުންކުރަނީ ހާލަތާ ނުބައްދަލު ބާރެވެ. މި އަމަލުތަކަށް ފިޔަވަޅެއް ނާޅަ އެވެ؛

މި ފަހުން މާލޭގައި އިދިކޮޅުން ބޭއްވި އެއްވުންތަކާ ގުޅިގެން ވެސް މި ތުހުމަތުތަކުގެ އަޑު ގަދަވި އެވެ. އެޗްއާރުސީއެމާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގު ވެސް އެބަ ކުރެ އެވެ. އެކަމަކު ކުރިއެކޭ އެއްގޮތަށް ފުލުހުން އަނިޔާވެރި، ލާއިންސާނީ އަމަލުތައް ގަސްތުގައި ހިންގަފާނެ ކަމަކަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ގަބޫލެއް ނުކުރައްވަ އެވެ.

އޭނާ ވިދާޅުވީ "މިއަދު އޮތީ ފުލުހުންގެ އެފަދަ އަމަލުތައް ޓޮލަރޭޓްކުރާ މުއައްސަސާއެއް" ނޫން ކަމަށެވެ. އެކަން ތަންކޮޅެއް ކުރިން ފުލުހުންގެ ތެރޭގައި އޮތަސް ހެޔޮބަދަލެއް އަތުވެއްޖެ ކަމަށް ވިދާޅުވި އެވެ.

"މިއަދަކީ އެ ދުވަހެއް ނޫން ފުލުހުންގެ ޔުނިފޯމު އަޅައިގެން ހުންނަ އޮފިސަރަކު އާއްމު ރައްޔިތަކާ މެދު އެއްވެސް ހާލަތެއްގައި މުޒާހަރާ ނޫނަސް އިހާނެތި ބަހެއް ބުނުން. އިހާނެތި އަމަލެއް ހިންގުން، މީހަކަށް އަނިޔާކުރުން. އެއީ އަޅުގަނޑުމެން ޓޮލަރޭޓް ކުރާ ކަމެއް ނޫން،" ހަމީދު ވިދާޅުވި އެވެ.

މާލޭގައި، "ދޭތިން އެކައްޗަށް" ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބޭއްވި މުޒާހަރާ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ދުވަސްތަކުގައި އެ މުއައްސަސާ އިން ވާނީ އެކަން ދައްކުވައި ވެސް ދީފަ އެވެ. އަނިޔާއެއްގެ ތުހުމަތުވެއްޖެ ނަމަ އޮންނަ އުސޫލްތަކުގެ ތެރޭގައި މައްސަލަ ބަލައި ގޯހެއް ފާހަގަވެއްޖެ ނަމަ ފިޔަވަޅު އަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

މުއައްސަސާގައި މިހާރު އޮތީ އެފަދަ ކަމެއް ހިންގައިފި ނަމަ ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ކަން ވެސް ފާހަގަކުރެއްވި އެވެ.

ހަމީދު ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު މ. އުޖާލާގޭގައި ފުލުހުންގެ ފަރާތުން ހިނގައިދިޔަ އަނިޔާވެރި އަމަލަށް ފަހު ފިޔަވަޅު އަޅައި މިހާތަނަށް މުޅި ނިޒާމު އާ ގާނޫނަކާ ވެސް އެކު މިއޮތީ ބަދަލުވެފަ އެވެ. މި ފަހުން ޅ. ނައިފަރުގައި ފުލުހުންގެ ފަރާތުން ހިންގައިދިޔަ ކަމެއްގައި ތިން ފުލުހަކު ވަޒީފާ އިން ވަކިކުރި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ ވާޖިބު އަދާކުރުމުގައި އެންމެ ކޮމްޕިޓެންޓް، ޒަމާނީ ވަސީލަތްތައް ހުރި ތަންތަނުގައި ވެސް ސްޓޭންޑަޑްސްތަކާ ހިލާފުވުމަކީ އޮންނާނެ ފުރުސަތެއް ކަމަށެވެ. މިފަދަ ކަމެއްގައި ކަށަވަރު ކުރަން ޖެހޭ ކަމަކީ އޮންނަ އިޖުރާއަތުގެ ތެރެއިން ޖަވާބުދާރީ ކުރުވައި ފިޔަވަޅު އެޅުން ކަމަށާއި އެކަން ފުލުހުންގެ މުއައްސަސާގައި ހިނގާ ކަމަށް ވިދާޅުވި އެވެ.

ޣައިރު ގާނޫނީ މުޒާހަރާތަކެއް"

މި ފަހުން ބާއްވާ މުޒާހަރާތައް ފުލުހުން ރޫޅާލާތީ ކަންބޮޑުވުންފާޅުކުރާއިރު ގިނަ އެއްވުންތައް ބާއްވަނީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވި އެވެ.

އޭނާ ހަވާލާދެއްވީ 2006 ގައި ގާނޫނަށް ގެނައި އިސްލާހަށެވެ. އެ އިސްލާހުގައިވާ ގޮތުން ނަމަ މާލެ ސަރަހައްދުގައި މުޒާހަރާ ބޭއްވޭނީ ކުރިން ހުއްދަ ހޯދައިގެން ކާނިވާ ސަރަހައްދުގައި އެކަންޏެވެ. މިއީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށާއި ބަދަލުކުރާނެ ކަމަށް މި ސަރުކާރުން ބުނެފައި އޮތަސް އަދިވެސް އަމަލުކުރަމުން އަންނަނީ އެ އިސްލާހަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ އެ އިސްލާހު ދިފާއުކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

ކޮމިޝަނަރު ވިދާޅުވީ އޭރު ގެނެވުނު ބަދަލުތަކާ އެކު ގާނޫނު އެގޮތަށް އޮތަސް ފުލުހުންގެ މުއައްސަސާއަކީ ޑިމޮކްރެޓިކް ހަމަތަކާއި އިންސާނީ ހައްގުތަކަށް ތަބާވެގެން ކުރިއަށްދާ މުއައްސަސާއަކަށްވާތީ ޑިމޮކްރެޓިކް ހައްގުތައް ކުރިއަށް ގެންދަން ޖާގަ ދޭ ކަމަށެވެ.

މުޒާހަރާއެއް ކޮންޓްރޯލްކުރަން ފުލުހުން ހަރަކާތްތެރިވަނީ: މުޒާހަރާތައް ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާ ކަމުގެ ތުހުމަތު ފުލުހުން ދޮގުކުރޭ. -- ފޮޓޯ/މިހާރު

ހަރުކަށިކޮށް މުޒާހަރާތައް ހުއްޓުވަން އުޅޭ ނަމަ މިހާރަށް ވުރެން މާ ހަރުކަށިކަން ފުލުހުންގެ ފަރާތުން ފެންނާނެ ކަމަށް ވިދާޅުވި އެވެ. ފާއިތުވެދިޔަ ތަނުގައި އެކަން ފެނިފައި ހުރި ކަމަށް ވިދާޅުވި އެވެ.

"ޖުމްލަކޮށް ދަންނަވާ ނަމަ މިހާރު ހިނގާ މުޒާހަރާތަކަކީ ގާނޫނާ އެއްގޮތަށް ކުރިއަށް ގެންދެވޭ މުޒާހަރާތަކެއް ނޫން. އޭގެ ސަބަބުން އާއްމުންގެ މަސްލަހަތު ނަގާ ލެވޭ ކަމަށް ވަންޏާ ފުލުހުންގެ ދައުރެއް އެބައޮވޭ." ހަމީދު ވިދާޅުވި އެވެ.

ދާދި ފަހުން ޕީޕީއެމުން ބޭއްވި މުޒާހަރާއެއްގައި ޗެނަލް 13 ގެ ކެމެރާމަނަކަށް ލިބުނު އަނިޔާގެ ވާހަކަ ސޯޝަލް މީޑިއާ އާއި މީޑިއާގައި ދައުރުކުރި ކަން ފާހަގަކުރައްވައި ވިދާޅުވީ އެ ތުހުމަތުކުރި ވީޑީއޯ ބެއްލެވި ކަމަށެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އެ ވީޑީއޯ ބަލަމުން އަންނައިރު, ފުލުހުންގެ އެތެރޭގެ ތަހުގީގެއް ވެސް އަންނަނީ ހިންގަމުންނެވެ.

"އަޅުގަނޑުމެންނަށް މިހާރު ފާހަގަކުރެވޭ ކަމަކީ އެ ހާދިސާގައި ސާފުކޮށް އަދި އަޅުގަނޑުމެންނަށް ދަންނަވަން ނޭނގުނަސް ހަތް ސިކުންތުގެ އެ ވީޑީއޯ ކްލިފުން ފެންނަ އެއްޗަކީ އަދި މުޅި މަންޒަރެއް ނޫން."

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތަކާ މެދު އިހާނެތިކޮށް އޮންނަ އުސޫލްތަކާއި މިންގަނޑުތަކާ ހިލާފަށް އަނިޔާވެރިކަން ދައްކާ ފުލުހަކާ މެދު ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު"އާ ވާހަކަ ދައްކަަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިިހާރު

ކޮމިޝަނަރު ވިދާޅުވި ގޮތުގައި މިގޮތަށް ފުލުހުން ފިޔަވަޅު އަޅާއިރު ޕްރޮފެޝަނަލް މިންގަނޑުން ނޫސްވެރިން ބޭރުވުމުން އެ ނޫސްވެރިއަކާ މެދު ނުވަތަ މީޑިއާއަކާ މެދު އަޅާ ފިޔަވަޅެއް ނުފެނެ އެވެ. ބައެއް މުޒާހަރާތަކުގައި ބައެއް ނޫސްވެރިން އަޅައިގެން ތިބޭ ފާހަކީ ހަމަޖެހުން ނަގާލަން ބޭނުންކުރާ ލައިސަންސަކަށް ހަދާ ކަމަށާއި މީޑިއާ ކައުންސިލްގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮޑީ ވޯން ކެމެރާއާ އެކު ބޮޑު ބަދަލަކާއި އިތުބާރެއް

ކޮމިޝަނަރު ވިދާޅުވީ ތުހުމަތުތަކުން ސަލާމަތްވާން އެންމެންނަށް ވަރަށް އަވަހަށް ކުއްލިއަކަށް ފެނިގެންދާނެ އިންގިލާބީ ބަދަލަކަށް ފުލުހުން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެއީ ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފެށުމެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުންނަށް 1400 ބޮޑީ ވޯން ކެމެރާ ހޯދުން މިހާރު އޮތީ ޓެންޑާ މަރުހަލާގަ އެވެ.

"މި ކެމެރާ ފުލުހުން އެޅުވީމަ ނޫސްވެރިން ވެސް މުޒާހަރާތަކުގައި އެ އަމަލުކުރައްވާ ގޮތާ ތަފާތުކޮށް އަމަލުކުރައްވާނެ. މުޒާހަރާކުރާ ފަރާތުން ވެސް އެ މީހެއްގެ އަމަލުތައް ވަގުތުން ރެކޯޑު ކުރެވެމުންދާކަން އެނގި ހުރެ ތަފާތުވާނެ އަމަލުކުރާ ގޮތް،" ހަމީދު ވިދާޅުވި އެވެ.

ފުލުހަކު ބޮޑީ ކެމެރާއަކާ އެކު ބްރިޖު ސަރަހައްދުގައި. ފުލުހުންނަށް 1400 ބޮޑީ ވޯން ކެމެރާ އަންނަނީ ހޯދަމުން. -- ފޮޓޯ/ ޕޮލިސް

"ފުލުހުން ވެސް އަމަލުކުރާ ގޮތް އަދި ބުނާ ބަސް ވެސް ތަފާތުވާނެ. މީގެ ސަބަބުން ޖުމްލަ ގޮތެއްގައި މަސައްކަތުގެ ތެރެއިން ރައްޔިތުންގެ އިތުބާރާއި މުއައްސަސާއަށް ހެޔޮ އަސަރެއް ކުރާނެ."

ކޮމިޝަނަރު ވިދާޅުވި ގޮތުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމުން ފުލުހުން އިތުރަށް ޖަވާބުދާރީ ކުރުވުމާއި ފިޔަވަޅު އެޅުމުގެ އިތުރުން ފުލުހުންގެ އޮފިސަރަށް ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންދާނެ އެވެ.

"ވަޒީފާގައި ހުންނަ އިރު ދޭތެރެ ދޭތެރެ އިން މި އަންނަ ތުހުމަތު, މީހަކާ ދިމާލަށް އެއްޗެއް ބުނީ, ބޭއިންސާފުން އަމަލެއް ހިންގައި އަނިޔާވެރިވީ ކަމަށް މި އޮންނަ ޝަކުވާތަކަށް ހައްލެއް ލިބިގެންދާނެ،" ހަމީދު ވިދާޅުވި އެވެ.

10 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަންޑޭލާ

29 September 2021

ރަގަޅުވާހަކައެއް ކަމަށްވެސް ވެދާނެ. އެކަމަކު ބުނަން މިއުޅެނީ އަހަރެމެން ދިވެހިން އެއްމެ ކަންބޮޑުވަނީ ތިމުއައްސަސާގެ ނާގާބިލްކަން ބޮޑުކަންގޮސްފައިވާތީ. އެކަން ރަގަޅުކުރޭ.

The name is already taken The name is available. Register?

ކަދަހާ

27 September 2021

މސ ހަމީދު ދަށްކަނީ ކަޑަވާހަކައޭ ކުރިޔެ ކޭ މިހާރެކޭ ހަމަ އެއްގީ ދާއިން ަމަލުކުރަނީ ޕޮލިހުން.

The name is already taken The name is available. Register?

2222

27 September 2021

ބަދަލުވީ ކޮންކަމެއްބާ؟ ޤާނޫނުގެ ނަންބަރު އެކަނި. ފުލުހުންކުރާ މަސައްކަތަކަށް ބަދަލެއް ނާދޭ. ފުލުހުން މަސައްކަތްކުރާ ގޮތަކަށް ބަދަލެއް ނާދޭ. މަގުތައް އަމާނެއް ނުވޭ. ވައްކަން މަދެއް ނުވޭ. މަސްތުވާތަކެތި ބޭނުންކުރުން މަދެއް ނުވޭ. ހަމަތިބީ އެއްބައެއް އެއް ވިސްނުމެއް. ހުރިހާކަމެއްވެސް ހިނގަނީ ކުރިނ

The name is already taken The name is available. Register?

އިމަނާ

27 September 2021

އަދިވެސް ވަރަށް އަނިޔާވެރި، ޖުރިމަނާކުރުންވެސް މިއީ މިބައިމީހުން ހަމަޔާއި އުޞޫލު އޮތްތާ ބާއްވާ ހިންގާ ޖަރީމާއެއްކަމަށް އަހަންނަށް ސިފަވަނީ. މިއީ ދައުލަތަށް ނުހައަްގުންވެސް ހޯދަންޖެހޭ ފައިސާއަކީ ތޯއްޗެ. ނަހަމައާއި، ނާއިންސާފާއި، ނުބައްދަލް ބާރު މިއީ މިމުއައްސަސާގެ ކުރަލީ އާދައެއް ކަންނޭގެ.

The name is already taken The name is available. Register?

މާކު

27 September 2021

ޖޫރިމަނާ ކުރަނީ އެބައިމީހުން އަމިއްލަ އަށް ހަދައިގެން އުޅޭ ގާނޫނަކަށް އަދި ގަވާއިދަކަށްވެސް ނޫން. ރައްޔިތުން ވޯޓުލައިގެން ހޮވާ ނަމުން އިއްޒަތްތެރި މެންބަރުން ކުރާކަމެއް. ތަންފީޒު ކުރަންޖެހޭނީ ފުލުހުންކަމަށް ލިޔަނީވެސް އެ މެންބަރުން. ތަންފީޒުކުރަންޖެހޭނީ ސިފައިންކަމަށް ލިޔެލަދޭށޭ ބުނެބަލަ

The name is already taken The name is available. Register?

ފުލުހު މީހާ

27 September 2021

ބަދަލުކުރަން އަބަދުވެސް ކުރާކަމަކީ ދަށުރޭންކުތަކުގެ ފުލުހުން ބަދަލުކޮށް ފިޔަވަޅު އެޅުން. ތަންތާ ތިބޭ ވެރިންނަކީ ހަމަ އެއްބައެއް. ފާއިތުވެދިޔަ 14-13 ވަރަކަށް އަހަރު ތަންތާ ވެެރިންނަށް ތިބެނީ ހަމަ އެއްބައެއް. ރިފޯމްގެ ނަމުގަ ކޮމާންޑްތަކާ ޑިޕާރޓްމަންޓް، ޔުނިޓް ތަކުގެ ނަން ބަދަލުކުރުމަކުން ނުފުދޭނެ. ވެރިންވެސް ބަދަލުކުރަންޖެހޭނެ. އަބަދު އެއްބަޔަކު ލަނީ އެކްސްޕީރިއަންސޭ ކިޔާފަ. ޖެހެނީ އެއްތާކު. އަދިވެސް ހަމަ ކޯހެއް އޮތަސް ދާނީ ވެރިން،

The name is already taken The name is available. Register?

ސަސި

27 September 2021

ދިވެހި ފުލުހުން ބަދަލެއްނުވާނެ، މާގަޓުވެފަ މަވަރު ބަޔަކުނެތިގެން އުޅޭބައެއް. ރީތި ބަހުން ވާހަކަ ދައްކަން ދަސްކޮށްދޭންވީ އެހަށް.

The name is already taken The name is available. Register?

މާކު.ޖޭ

27 September 2021

ތިވެސް އަބަދު މީހުން ދައްކާ ވާހަކައެއް! ދުވަހަކު ރަނގަޅުވި ކަމަކަށްނުވޭ. އަސްލުވާގޮތަކީ ތިމާމެން ހިތްހަމަ ނުޖެހޭ ނޫނީ އުފާވާ ޒާތުގެ ނުބުނެފިއްޔާ ނޫނީ ތިމާ ތާއިދުކުރާ ވެރިކަމެއް ނޫނިއްޔާ ދެން ފުލުހަކަށް ރީއްޗަށް ވާހަކަ ދެއްކޭ ކަމަކަށްނުވޭ! ތީ ޔުނީފޯމާ މެދު އޮންނަ ޒާތީ ކަމެއް. ބަޔަކު ދައްކާ ވާހަކަ ހަޑިވެގެނެއް ނޫން.

The name is already taken The name is available. Register?

ކޮކަޑި

27 September 2021

ގިނަ ދިވެހިންނަކީ ތިބުނާ ގޮތަށް މާ ގަޓުވެފަ ތިބޭ ބައެއް. ދިވެހިންގެ ތެރެއިން ފުލުހުން ހޮވަންޏާ އެ މިޒާޖުގެ މީހުންތާ ތިބޭނީ. އޮރަންޖަކުން އާފަލު ދިޔައެއް ނާންނާނެ. ހުރިހާ މައްސަލައެއްގެވެސް އަސްލަކީ ކުދިން ތަރުބިއްޔަތު ކުރާގޮތް. ދަރިން ބޮޑު މިކުރަނީ ތިމާނޫން އެންމެންނަށް އިހުތިރާމު ކުޑަކުރަން ދަސްކޮށްދީފަ. ދެން އެކުދިން ބޮޑުވެގެން ފުލުހަކަށް ވިޔަސް ސިވިލް ސާވަންޓަކަށް ވިޔަސް އެހެން މަސައްކަތެއް ކުރިއަސް އެމީހުންގެ ފަރާތުން އިހުތިރާމެއް ނުފެންނާނެ.

The name is already taken The name is available. Register?

ޔާރާ

27 September 2021

މިބައި މީހުންނަށް އޮޅިގެންވެސް ތެދުތެދަށް ވާހަކަ ދައްކަން ފަސޭހަ ނުވާނެ. މިބައި މީހުންގެ މަކަރުވެރިކަން ބަލާލީމަވެސް ސާފުވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454