ލ. އަތޮޅު ކައުންސިލްގެ މެމްބަރުން، ނައިބު ރައީސް ފައިސަލް ނަސީމާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
27 ސެޕްޓެމްބަރ 2021 - 16:30
ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް އަވަސް ކޮށްދޭން ލ. އަތޮޅު ކައުންސިލުން، ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހުގައި މިއަދު އެދިއްޖެ އެވެ.
ސިއްހީ ހިދުމަތްތައް ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ވަނީ ރާއްޖޭގެ އެންމެ ބޮޑު ރަށުގައި ކެންސަރު ހޮސްޕިޓަލެއް އަޅަން ނިންމައި، އެކަމުގެ ތައްޔާރީތައް ފަށައިފަ އެވެ. މިއީ، ވަކި ބައްޔަކަށް ހާއްސަކޮށްގެން ފަރުވާ ދިނުމަށް ރާއްޖޭގައި އިމާރާތްކުރާ އެންމެ ފުރަތަމަ ހޮސްޕިޓަލެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ލ. އަތޮޅު ކައުންސިލުން ވަނީ އެ އަތޮޅުގެ ރަށްރަށުގައި ހިންގަން ހަމަޖައްސާފައިވާ މަޝްރޫއުތައް އަވަސް ކޮށްދިނުމަށް އެދިފަ އެވެ. އޭގެ ތެރޭގައި، ގަމުގައި އިމާރާތްކުރަން ހަމަޖައްސާފައިވާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް އަވަހަށް ފެށުމާއި ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ރަށްރަށުގެ ކަންކަން އަވަސްކޮށްދިނުން ހިމެނެ އެވެ.
ލ. އަތޮޅުގައި ހަދަން ހަމަޖައްސާފައިވާ ދެ ކޯޒްވޭގެ އަމަލީ މަސައްކަތާއި ގައުމީ ޔުނިވާސިޓީގެ ކެމްޕަސް އިމާރާތްކުރުމުގެ ޕްރޮޖެކްޓު އަވަސް ކޮށްދިނުމަށް ވެސް އެ ކައުންސިލުން ނައިބު ރައީސްގެ އަރިހުގައި އެވެ.
ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދުނުއިރު، އެ މަޝްރޫއު ގަމުގައި ކުރިއަށް ގެންދަން ދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރުން ނުރުހެ އެވެ.
އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ސިއްހީ ހިދުމަތް ކުރިއަރާފައި ނެތް ތަނެއްގައި ކެންސަރު ހޮސްޕިޓަލެއް އިމާރާތް ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެ ކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށް ރާއްޖޭގެ އިސް ޑޮކްޓަރުންތަކެއް މިދިޔަ މަހު ނައިބު ރައީސް ފައިސަލްއާ ވެސް ބައްދަލުކުރި އެވެ.
އެ ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގެންނެވި، ކެންސަރު ބަލީގެ ހާއްސަ ޑރ. މުހައްމަދު އަމްރު އަހުމަދު "މިހާރު" އަށް ވިދާޅުވީ ކެންސަރު ހޮސްޕިޓަލެއް ރާއްޖެއަށް މުހިންމު ކަމަށެވެ. ނަމަވެސް ވަސީލަތްތައް ހުރިގޮތުން އެފަދަ ހޮސްޕިޓަލެއް އެޅުން އެންމެ ބުއްދިވެރީ މާލޭ ސަރަހައްދުގައި ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ކެންސަރަކީ ހަށިގަނޑުގެ ވަކި ތަނެއްގައި އުފެދެން ނުޖެހޭ ވަރަށް ސެލްތަކެއް އުފެދި ދިމާވާ މައްސަލައެކެވެ. މިކަން ހަށިގަނޑުގެ ކޮންމެ ދިމާލަކަށް ވެސް ދިމާވެދާނެ އެވެ. ކެންސަރުގެ ބާވަތްތައް އެހާ ގިނައީ ވެސް އެހެންވެ އެވެ. އަދި ކެންސަރަށް ފަރުވާ ދިނުމަށް އެ ބައްޔަށް ހާއްސަ ޑޮކްޓަރުންގެ އިތުރުން ހަށިގަނޑުގެ އެ ބައެއްގަައި ކެންސަރު އުފެދޭ ސަރަައްދަކަށް ހާއްސަ ޑޮކްޓަރުންގެ ލަފާ ވެސް ބޭނުންވަނީ އެހެންވެ އެވެ.
ރާއްޖޭގައި ކެންސަރަށް ފަރުވާ ހޯދާ 2،000 އަށް ވުރެ ގިނަ މީހުން ތިބިއިރު އެ އެންމެންނަށް ފަރުވާ ދޭން ތިބީ އެންމެ ތިން ޑޮކްޓަރުންނެވެ.
"މަލްޓި ސްޕެޝަލްޓީ ޑިޒީސެސް މިއީ. އަޅުގަނޑުމެން އެބަ ބޭނުންވޭ ހުރިހާ ސްޕެޝަލިސްޓުންގެ ކޮންޓްރިބިއުޝަން. މިސާލަކަށް ބްރެއިންގެ ޓިއުމާއެއް ވެއްޖެއްޔާ އެ ބޭނުންވޭ ނިއުރޯސާޖަންއެއް،" ޑރ. އަމްރު ވިދާޅުވި އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކެންސަރު ހޮސްޕިޓަލު ހަދަން އެންމެ ރަނގަޅީ ހުޅުމާލެ އެވެ. އޭރުން މާލޭ ސަރަހައްދުގައި ގާއިމްވެފައި ހުރި ފެންވަރު ރަނގަޅު ވަސީލްތަކާއި ޑޮކްޓަރުންގެ ބޭނުން ވެސް އެ ތަނަށް ހިފޭނެ ކަމަށް ޑރ. އަމްރު ވިދާޅުވި އެވެ. ނަމަވެސް އެ ހޮސްޕިޓަލުގެ ހުރިހާ ކަމެއް މިހާރު ވަނީ ނިންމައިފަ އެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާއާ ގުޅިގެން ކަމަށް ވާތީ އެ ކަންތައް ބަދަލު ކުރަން ސަރުކާރަށް ދަތިވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންދީދީ
28 September 2021
ބަލަ މާލެ ހުޅުމާލޭގައި ތި އަޅަން މާ ރަންގަޅު
އޮނަރަބްލް އަފީފު ދީދީ
28 September 2021
ދަރަންޏަށް ލޯނު ނަގައިގެން ދައުލަތުން ހަދާ ފުލެޓްތަކަށް ކ.އަތޮޅު މާލެނޫން ރަށްރަށުގެ މީހުނަށް ފޯމުލުމަށް ފުރުސަތުނުދޭން ގޮވާ އަޑުތަކާއި "މާލޭ މީހުނަށް ބިން ދިނުމަށް" ގޮވާ އަޑުތަކާއިހެދީ އަހަރުމެނަށް ސޯޝަލް މީޑިއާ ބޭނުންކުރަން އުދަގޫވާހިސާބަށް ހިގައްޖެ. # އަކަކިލޯމީޓަރު ހަމަނުވާ ކ.އަތޮޅު މާލެއަށް ނުކަތާވަރަށް މީހުނާއި ވެހިކަލް ޖަމާވެ ކުނިބުންޏާއި ދުމުން ރަށް ތަޢައްޔަރުވެ ބޮޑު ސްލަމްއަކަށް ވެފައިވާއިރު ތިތަނުގައި ހޮސްޕިޓަލް އަޅަނީ ކީއްކުރަން؟!!
ވޯޓްލީއްތަ
28 September 2021
ވެރިކަމަށްޓަކައި ވައުދެއްވެދާނެ އެކަމު މީ ފުކެއް ބިޑުވަރު
ދިސްވޭއިން
28 September 2021
ޑޮކްޓަރުން އަންގަނީ ލާމު އަތޮޅު ކިއެއްކުރަން ރާއްޖެތެރޭގައި ކެންސަރު ހޮސްޕިޓާ އަޅައިގެން އެކަން ކާމިޔާބު ނުވާނޭ ކަމަށް ދެން ޑޮކްޓަރުންގެ ލަފައަކީ ހުޅުމާލެ މަމެން ގަބޫލުކުރާނީ ޑޮކްޓަރުން ދައްކާ ވާހަކަ..
މޮޔަ ވޭ.
28 September 2021
މިހިރަ ގަމާރު ގޮވަމުން ކޮމެއްޓް ކުރާ ކަލޭގެ އަކަށް ނޭގޭ ދޯ ހުރިހާ ގޮތަކުންވެސް ކ.އަތޮޅު މާލެ އަށް ވުރެލް ލ.އަތޮޅު ހޮސްޕިޓަލު އަޅަން ރަނގަޅުކަން.
ލަގޮނޑި
28 September 2021
އަވަސް އަރުވާލުމަކޯ ޝައިތޯނީ އަމަލެއް ނޫންތަ، އަޅެފަހެ؟ ކޮންމެވެސް ކަމެއް، ދެކޮޅު ނުޖެހޭނެކަން އެނގިދާނެތީ ހަމަ ތިޔަ އުޅެނީ.
ބޮޑުމީހާ
28 September 2021
މި ގައުމުގެ ޑޮކްޓަރުންނަށް ވާގޮތަކީ އައިޖީއެމްއެޗް އަދި ކްލިނިކްތަކުގަ ވެސް ތިބެންޖެހޭނީ އެމީހުން އެކަނި ކަމަށް ހީވެފަ އޮންނަނީ. ބަލަ ކެންސަރު ހޮސްޕިޓަލާއިއެކު ލާމަށްވެސް ކޮލިޓީ އެތައް ޑޮކްޓަރުންނެއް ދާން. އެހެންނޫނަސް ޕްރޮޖެކްޓެއްގެ ފީސިބަލް ބަލަން ޑޮކްޓަރުން މީ ކޮންބައެއް! ފުރާނައެއް ސަލާމަތްކުރެވޭތޯނުން މިމީހުން އުޅެންވީ
ވިސްނާތި
27 September 2021
ތިޔާ ކެންސަރު ހޮސްޕިޓާ ފީސްބްލް ވާނީ ހުޅުމާލޭގައޭ ހުޅުމާލޭގައޭ ހުޅުމާލޭގައޭ ހުޅުމާލޭގައޭ ހުޅުމާލޭގައޭ ހުޅުމާލޭގައޭ
އަފުރާސިޔާބު
27 September 2021
2013 ވަނައަހަރު ގްލޯބަލް ހޮސްޕިޓަލޭކިޔާ އިންޑިއާގެހޮސްޕިޓަލަކަށް ފަރުވާއަށް ދިއައިން. ދިޔައިރު އަދި ކިރިޔާ ހޮސްޕިޓަލް ހުންނަ މަގުހަދައި ތާރު އަޅަންފެށީ. ތިބޭނެ ތަނެއް ހޯދަން ބެލިއިރު ހޮސްޕިޓަލްފެންނަ ހިސާބުގައި ކުއްޔަށްދޭ އެންމެތަނެއް ހުރީ. ހޮޓާގަނޑެއްހާ ހިސާބުނެތް. މީހަކުކުރެން މިހިސާބު މިހާނިކަމެތިކޮށް އޮތީ ކީއްވެހޭ އެހީމާބުނީ މިސަރަހައްދު ތަރައްގީގުރަން ސަރުކާރުން ރާވާފައި އޮތީމާ މަސައްކަތް ފެށުނީއޭ މިހާރު. މިހާރު ބަލާބަލަ ފްލެޓްތައްބައިވަރު.
ހަސަންކަލޯ.
27 September 2021
މާލެއިން ބޭރަށް ކަމެއް ހިގައިދާނެހެން ހީވީމާ މާލޭ ގޮލާމެން ވަރަށް ކަންބޮޑުވެއްޖެ. އެކަމަކު މިމީހުން ބުނާނެ އެހެން މީހުނާއި ދިމާލަށް ރަށަށްދާށޭ. ރަށަށް ދެވޭނީ މިފަދަ ކަންކަން އަހަރުމެން ރަށަށްވެސް ގެންގޮސްގެންކަން ތިގޮލާ މެނަށް ނޭގޭތީ އަހަރެން ކަންބޮޑުވަނީ.
ޑރ އައްމާރު
27 September 2021
ޑރ. އަމްރު ނޫނީ ކެންސަރަށް ފަރުވާކުރެވޭ އަދި ކުރަން އެނގޭ ޑރ އެއް ދުނިޔޭގަ ނެތީތަ؟ ޑޮކްޓަރުން ލިބޭނެ ތިމީހުން ނުދިޔަޔަސް. ލާމުގަ ތިތަން އެޅުމަކީ ހަމަ ސަތޭކައިގެ ނިންމުމެއް. ދެން ކަށީގެ ހޮސްޕިޓާ އައްޑޫގަ އަޅާފަ ހިތުގެ ހޮސްޕިޓާ ފުވައްމުލަކުގަ އަޅާފަ ކިޑްނީ ހޮސްޕިޓާ ކުޅުދުއްފުށީގަ އަޅާ އެކި ސްޕެޝިއަލިޓީ ހޮސްޕިޓާތައް ރާއްޖޭގެ އެކި ހިސާބަށް ފަތުރާލަންވީ
ޖުހާ.
27 September 2021
އެގޮތަށް އުޅޭ މީހުންވެސް އުޅޭނެ. ކ.އަތޮޅު މާލެ ނޫން ތަނެއްގައި އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ހީކުރުމަކީމޮޔަކަމެއް. ތިޔަ ރަށުގެ މުޤައްދަސްކަން ދެން މާގިނަދުވަހަކު ދެމި ނޯންނާނެ. ތިކަން ބަދަލު ކުރާނަން.