ލައިފްސްޓައިލް / ކެބިން ކްރޫން

އަންހެން ކެބިން ކްރޫންގެ ސްކާޓާއި ހީލްސް ދޫކޮށްލައި ހަރުވާޅާއި ސްނީކާޒް އަށް

ޔުކްރޭންގެ އެއާލައިނެއްގެ އަންހެން ކެބީން ކްރޫން ގަޔަށް ބާރު ކުރު ސްކާޓާއި ހައި ހީލްސް ދޫކޮށްލައި އަތް ދިގު ޖެކެޓާއި ހަރުވާޅާއި ސްނީކާޒް ޔުނިފޯމެއްގެ ގޮތުގައި ބޭނުން ކުރަން ތައްޔާރުވެއްޖެ އެވެ.

ރަސްމީ ކުލައަކަށް އޮރެންޖާއި ހުދު ކުލަ ބޭނުންކުރާ ޔުކްރޭންގެ އަމިއްލަ އެއާލައިނެއް ކަމަށްވާ ސްކައިއަޕް އެއާލައިންސްގެ ޔުނިފޯމަށް މި ގެނައި ބަދަލަށް މި މަހުގެ 22 އިން ފެށިގެން ރަސްމީކޮށް އަމަލުކުރަން މިހާރު ވަނީ ނިންމައިފަ އެވެ. މިކަމާ ގުޅިގެން އަންހެން ކެބިން ކްރޫން ވަނީ ކުންފުނިން ގެނައި އާ ބަދަލަށް މަރުހަބާ ކިޔައި، އެކަމަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

ކެބިން ކްރޫއެއްގެ ގޮތުގައި މަސައްކަތް ކުރާތާ ހަތް އަހަރުވީ އެލެގްޒަންޑްރީނާ ޑެނިސެންކޯ ބުނި ގޮތުގައި މިފަދަ ބަދަލަކަށް އިންތިޒާރުކުރެވޭތާ އެތައް ދުވަހެއްވެއްޖެ އެެވެ. އޭނާ ބުނި ގޮތުގައި މަސައްކަތުގެ މާހައުލުގައި އަންހެނުން ހަދަން އަޅާނެ ހަރުކަށި އުސޫލުތަކަށް ގެންގުޅުމަކީ މި ޒަމާނަށް ނުވެސް ފެތޭ ކަމެކެވެ.

"އެހެންވެ ވަރަށް އުފާކުރަން އަހަރެމެންގެ އެއާލައިނުން މި ގެނައި ހެޔޮ ބަދަލަށް. އުންމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި އިތުރު އެއާލައިންތަކުން ވެސް މިފަދަ ބަދަލުތައް ގެންނާނެ ކަމަށް." އެލެގްޒެންޑްރީނާ ބުންޏެވެ.

ސްކައިއަޕް އެެއާލައިންސްގެ ޔުނިފޯމަށް ގެނައި ބަދަލާ އެކު ޔުނިފޯމްގައި ހިމެނެނީ އޮރެންޖް ކުލައި ޖެކެޓަކާއި ހަރުވާޅަކާއި ޖެކެޓްގެ އެތެރެއިން ލާ ހުދު ޓީޝާޓަކާއި ފަށުވި ސްކާފަކާ އެކު ހުދު ކުލައިގެ ނައިކީ ސްނީކާޒްއެކެވެ. އަދި ބޮލުގެ އިސްތަށިގަނޑު ބާރުކޮށް ހުޅި ޖަހާފައި ނުވަތަ ގަތާފައި ބެހެއްޓުމުގެ ބަދަލުގައި މިހާރު ބާރުކޮށް އައްސާފައި އަދި ގަތާފައި ވެސް ބެހެއްޓޭނެ އެވެ.

މި ބަދަލުތަކާ ބެހޭ ގޮތުން ސްކައިއަޕްގެ މާކެޓިން ޑިޕާޓްމަންޓްގެ ހެޑް މަރިއާނާ ގްރައިގޮރަސް ވިދާޅުވީ އަންހެނުން ކެބިން ކްރޫންގެ ޔުނިފޯމަށް ގެނައި ބަދަލަކީ ގިނަ ދުވަސްތަކެއްގެ ރިސާޗްތަކަށް ފަހު ގެނައި، ޒަމާނާ ގުޅޭ ވަރަށް ހެޔޮ ބަދަލެއް ކަމަށެވެ.

"ކެބިން ކްރޫންގެ ވަޒީފާ ވަރަށް ޗާކު މަސައްކަތެއްގެ ގޮތުގައި ދެކެވުނަސް އެއީ ވަރަށް ފިޒިކަލް މަސައްކަތެއް. އެހެންވީމަ އެ މީހުންގެ މަސައްކަތަށް ފަސޭހަވާނެ ގޮތަށް ޔުނިފޯމް އޮތުމަކީ ވަރަށް މުހިއްމު ކަމެއް،" އޭނާ ވިދާޅުވި އެވެ. "އާ ބަދަލަކީ އަންހެން ކެބިން ކްރޫންނަށް ހަމަ ނޭވާލާން ލިބުނު މަގުފަހިވި ބަދަލެއް."

އަންހެން ކެބިން ކްރޫންގެ އިތުރުން ފިރިގެން ކެބިން ކްރޫންގެ ޔުނިފޯމަށް ވެސް ބަދަލުތަކެއް ގެންނަން ސްކައިއަޕުން އޮތީ ނިންމައިފަ އެވެ. އެގޮތުން މިހާރު ގަމީހުގެ މަތިން ބޭނުންކުރާ އަތްކެނޑި ޖެކެޓްގެ ބަދަލުގައި ގިރުވާނެ ނެތް ޓީޝާޓަކާ އެކު ލުއި ސޫޓެއް ބޭނުން ކުރާނެ އެވެ. އަދި ކަޅު ކުލައިގެ ސްނީކާޒް ލެވޭނެ އެވެ.

ދެހާސް ސޯޅައިގައި އުފަންވި ސްކައިއަޕް އެއާލައިންސް ރަސްމީކޮށް އޮޕަރޭޓް ކުރަން ފެށި އެއާލައިނެކެވެ. ސާޅީސް މަންޒިލަކަށް ދަތުރުކުރާ އެއާލައިންގެ ފްލީޓްގެ އަދަދަކީ 14 އެވެ. އެ އެއާލައިންގެ މަސައްކަތްކުރާ މީހުންގެ އަދަދު 500 އަށް އަރަ އެވެ.

9 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 0%
icon angry icon angry 9%
icon wow icon wow 5%
icon inlove icon inlove 23%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެއަރމޯލްޑިވްސް ކްރޫ

13 October 2021

ކެބިންކުރޫންނަކީ ވަރަށް ގިނައިން ހިނގަންޖެހޭ ބުރަކޮށް އުޅޭބައެއް، މަސައްކަތު މާހައުލުގައި ހައިހީލްސް އަށް އަރަން ޖެއްސުމަކީ ދެވޭ އަނިޔާއެއް، މަގޭ ފައިގެ ކުޑަހުޅު ހަލާކުވީ ތިކަމަކާހުރެ< ސްކައިއަޕް އިން އެޅި ވަރަށް ސަޅި ޕޮޒިޓިވެ ފިޔަވަޅެއްތީ

The name is already taken The name is available. Register?

މީމުޝީން

13 October 2021

އަހަރެން ސްކޫލްގަ އުޅުނު އިރު އޭރު ބުރުގާ ޔުނިފޯމްގެ ގޮތުގަ ނެތް އިރު، 1988ގައި ހަރުވާޅުލާން ހުއްދަދިނީ ހަމައެކަނި ޕާކިސްތާން އެމްބެސެޑަރގެ ދަރިފުޅަށް އެކަނި. އެއީ ރާއްޖޭގެ ސްކޫލެއްގައި ފުރަތަމަ ހަރުވާޅުލީ އަންހެން ކުއްޖަކީ. 3 ނޮވެމްބަރު 1988ގެ ފަހުން ބުރުގާ ހުއްދަވީ 1989ގަ. މަވެސް ބުރުގާ ނާޅަންޏާ ސްކާރޓް. ބުރުގާ ނޭޅިޔަސް ހަރުވާޅުލެވޭ ގޮތަށް ޔުނިފޯމް އޮތް ހަމައެކަނި ސްކޫލަކީ އީޕީއެސް ތާރީހުގަވެސް. މިހުންނަނީ ތައުލީމ މިނިސްޓްރީން ނުވިސްނާ ކަންކަން

The name is already taken The name is available. Register?

އޮރެންޖްބެރީ1

13 October 2021

ދިވެހި އަންހެނުންނަކީ އާއްމުކޮށް މިހާރު ސްކާރޓް ލާ ބައެއް ނޫން. ލަނީ މަޖުބޫރީ ހާލަތުގަ ސްކޫލް ޔުނިފޯމްގަ ނޫނީ ކެބިންކުރޫ ނުވަތަ ޓުއަރިސްޓު ހޮޓެލް/ރިސޯޓް އަދި ސައިހޮޓާ (ހާބަރު ކަޑައެއް ހުރޭ ވަރަށް ކުރު ޔުނިފޯމެއް ލާން މަޖުބޫރުކޮށްފަ). ބުރުގާ ނާޅަންޏާ ހަރުވާޅުލާން ހުއްދަނުދޭ.

The name is already taken The name is available. Register?

789654

13 October 2021

ހުސް މީޑިއާ ސްޓަންޓް. ހައިހީލްސް އަކީ ބަޔަކު އާދޭސްކޮއްގެން އަންހެނުން އަރާއެއްޗެއްނޫން. އަމިއްލަޔައް ރީތިވެގެން އެއަށް އަރާ ބަޔަކު އަރަނީ. ކޮންމެ ގެއެއްގަ ފައިވާން އަލަމާރި ފުރެންދެން ހީލްސް ގަނެފަ ހުންނަނީ ފިރިމީހާ ނޫނީ ކުންފުނިން މަޖުބޫރުވެގެނެއްނޫން. ހީލްސްއަށް އެރުން މަނާ ވަޒީފާގަ އުޅޭ މީހުން ކުންފުނީގެ ގަވައިދާ ހިލާފައްވެސް އެއަށް އަރާ.

The name is already taken The name is available. Register?

ބަނބޫ

12 October 2021

ދެން ބުރުގާއެޅީމާ ވަރަށް ފުރިހަމަވާނެ.

The name is already taken The name is available. Register?

888890

13 October 2021

މަށަށް ހީވީ، ދެން ބުރާ ނެގީމަ ވަރަށް ފުރިހަމަވާނެޔޭ އޮތްހެން. ހިހިހި.

The name is already taken The name is available. Register?

ބްލަޑީ ގުޑް

12 October 2021

ރާއްޖޭގެ މަންތާ އެއަރ ކެބިންކުރޫއިން އަދި ސީޕްލޭންތަކުގައި ގެންގުޅޭ ޔުނިފޯރމް ދުނިޔޭގެ ސަމާލުކަމަށް ގެނެސް އެގޮތަށް އެހެންމީހުންވެސް ބަދަލުކުރަން މަސައްކަތްކޮށް ރަނގަޅު ދިމާލަކުން އެވޯޑެއްވެސް ހޯދަން ޖެހޭ

The name is already taken The name is available. Register?

މެހެބޫބު

12 October 2021

މޯލްޑިވިއަން އިން މިކަމާއުޅެބަލަ

The name is already taken The name is available. Register?

ޏަނޮ

13 October 2021

މީތަ ނުވެފަ އޮތް ކަމަކީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454