ޚަބަރު / ދަނގެތީގައި މީހަކު މަރާލުން

މަހުމޫދުގެ މަރު: ސާލިމް ކަންތައް ކުރި ގޮތް ކުޅުވައިފި

ސާލިމް (ހުދު ގަމީހެއްގައި) ގޮވައިގެން ފުލުހުން މިއަދު ދަނގެތީގެ މަގެއްގައި ހިނގާފައި ދަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

17 އޮކްޓޯބަރ 2021 - 17:43

63 comments

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކޮށްފައިވާ ބަންގްލަދޭޝްގެ މުހައްމަދު ސާލިމް ކަންތައް ކުރި ގޮތް ފުލުހުން މިއަދު އޭނާ ލައްވައި ކުޅުވައިފި އެވެ.

އެ ރަށު ނެދުންގޭގައި އުޅޭ އުމުރުން ދުވަސްވީ މީހަކު ބެލުމަށް ގެނެސްފައި ހުރި ސާލިމް އިއްޔެ ހައްޔަރުކޮށް، އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ކޯޓުން މިއަދު 15 ދުވަސް ދީފައިވާއިރު، ސާލިމް ގޮވައިގެން ފުލުހުން މިއަދު ވަނީ ޝައްކު ކުރެވޭ ބައެއް ތަންތަނަށް ގޮސްފަ އެވެ. އޭގެ ތެރޭގައި ސާލިމް ދިރިއުޅުނު ނެދުންގެ އާއި މަހުމޫދު މަރާލައި ގޯންޏަކަށް ލައި ވައްޓާލާފައިވާ ފެން ވަޅު ހުންނަ ގެ ހިމެނެ އެވެ. އެ ވަޅު ކައިރި އަށް ވެސް ސާލިމް ގެންގޮސް ފުލުހުން ވަނީ އޭނާ އަމަލުކުރި ގޮތް ކުޅުވައިފަ އެވެ.

މަހުމޫދު މަރާލައި ވައްޓާލާފައި އޮތީ، ސާލިމް ދިރިއުޅުނު ނެދުންގެއާ އެއް މަގެއްގައި މާދުރު ނޫން ހިސާބެއްގައި ހުންނަ ފަޅު ގެއެއްގެ ފެން ވަޅަށެވެ.

ނެދުންގޭގެ ފާރުމަތިން ސާލިމް އެރި ގޮތް އޭނާ ފުލުހުންނަށް މިއަދު ކިޔައިދެނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އިތުރުން ނެދުންގޭގެ ފާރުމަތިން އެރި ގޮތް ވެސް ސާލިމް ކިޔައިދިނެވެ.

"ފުލުހުން އޭނާ ގޮވައިގެން ދިޔައިރު ބައެއް ވާހަކަތައް ދިޔައީ ފުލުހުންނަށް ކިޔައި ދެމުން. އަތުން ކުރާ އިޝާރާތްތަކުން އެކަން އެނގޭ،" ދަނގެތީގައި ހަރަކާތްތެރިވާ "މިހާރު" ގެ ސީނިއާ ފޮޓޯ ޖާނަލިސްޓް ނިޝާން އަލީ ކިޔައިދިނެވެ.

މަހުމޫދުގެ މަރާއި ސާލިމްއާ ގުޅުން ހުރި ވަރާ ގުޅޭ ގޮތުން ފުލުހުން އަދި މީޑިއާގައި ވާހަކައެއް ނުދައްކަ އެވެ. އެހެންވެ، ތަހުގީގުގައި އޭނާ މި ކަމަށް އެއްބަސްވި ނަމަ އެއްބަސްވި ވަރެއް އަދި ނޭނގެ އެވެ. އެކަމަކު މަހުމޫދު ގެއްލުނު ރެ އާއި ސާލިމްގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވޭ ކަންކަން ބައެއް މީހުން ވަނީ ފުލުުހުންނަށް ކިޔައިދީފަ އެވެ. އޭގެ ތެރޭގައި ނެދުންގޭގެ ތެރެއިން އާދަޔާ ހިލާފު އަޑުތަކެއް އިވުމާއި އެ ގޭގެ ފާރުމަތިން ބޯ ދިއްުކުރި މީހަކަށް ފެނުނު ކަމަށް ބުނާ ބައެއް މަންޒަރުތައް ހިމެނެ އެވެ.

މަހުމޫދު މަރައިލި މައްސަލައިގެ ތުހުމަތަށް ސާލިމް ހައްޔަރު ކުރުމުން ދަނގެތީގެ ބައެއް މީހުން ތިބީ ހައިރާން ވެފަ އެވެ. ސަބަބަކީ އެއީ ވަރަށް މަޑުމަޑުން ހުންނަ މިފަދަ ކަމަކަށް އަރައިފާނެ ކަމުގެ އެއްވެސް ކަހަލަ ނިޝާނެއް މީގެ ކުރިން ފެނިފައިވާ ބިދޭސީއަކަށް ނުވުމެވެ. ދުވަސް އެއްކޮށް ހޭދަކުރަމުން އައީ އޭނާ ބަލަން ހަވާލުވެފައި ހުރި އުމުރުން ދުވަސްވީ މީހާގެ ހިދުމަތުގައި ކަމަށް ދަނގެތީގެ މީހުން ބުނެ އެވެ.

63 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 73%
icon angry icon angry 7%
icon wow icon wow 3%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސެން

19 October 2021

ތިއޮތީ ދެން ތަހުގީގުކޮށްނިމިފައި ކަމަށް ބަލާ!! ތިޔަވާހަކައެއް ދެން ނުދައްކާނެ

The name is already taken The name is available. Register?

47546785

18 October 2021

މީހުން މެރުން ، މަސްތުވާތަކެތީގެ މައްސަލަތައް އަދި އެނޫންވެސް އެފަދަ ކޮންމެކަމެއް ވާއިރައް ގާނޫނުތަކުގެ މައްސަލައޭ ބުނާމީހުން ވިސްނަންޖެހޭނެ އެމީހުންގެ ވިސްނުންއެހުރި ފެންވަރުގަ އެދަރަޖައިން ވިސްނައިގެން ކަންކަން ސާބިތުކުރަން ގާނޫނުތައް ހަދައިފިއްޔާ އެހެންބުނާ މީހުން މާދަމާ ވެސް ކުށެއް ނުކުރިޔަސް ޖަލައް ލެވިދާނެކަން.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

18 October 2021

ތިޔާއި ފުލުހުން ތޯ؟؟ ޖިންސް އަދި ޓީޝާޓް ލައިގެން މަގުމަތީ ބޯއިސް ހެން އުޅޭ ކުދިންކޮޅެއް މިފެންނަނީ.ޕްރޮފެޝަނަލް ކަމެއް ނެތް.އެހެން ނޫން ތޯ.

The name is already taken The name is available. Register?

ސަމީމު

17 October 2021

ޕީޖީ ބުނާގޮތައް އެގެންދަނީ ، އެގޮތަށްގެންދިޔައިމަ އަވަހަށް ޝަރީއަތްކޮށް ނިންމާލެވޭނެޔޯ، އެހެންމީހެއްގެބޮލުގައަޅުވާފަ.

The name is already taken The name is available. Register?

ބޮރުކު

17 October 2021

އަންހެނަކަށް ފެނިގެން މީހަކަށް މަރަށް މަރު ހިފުމަށް ހުކުމް ނުކުރެވޭނެ. އިސްލާމީ ޝަރީއަތުގައި އޮންނާނީ ރަގަޅަށް.

The name is already taken The name is available. Register?

ބުރޯސް

18 October 2021

އިސްލާމީ ޝަރީއަތުގަ އޮންނާނީ ރަނގަޅަށް. އަންހެނަކަށް ފެނުނަސް، ކުއް ކުރި މީހާ އިއުތިރާފް ވެއްޖެ ހިނދަކު އެ އަންހެން މީހާގެ ހެކި ނެގުން މުހިއްމެއް ނުވާނެ.

The name is already taken The name is available. Register?

ކަމާލު

18 October 2021

ދެން އިއުތިރާފު ނުވަންޏާ އަންހެން މީހާގެ ހެއްކަކީ އިސުލާމީ ސަރިއަތުގަ ބުރަދަނެއް ހުރި އެއްތޯ! މިޒަމާނުގަ މީހަކުމާރާފަ އަމިއްލަޔައް އިއުތިރާފުނުވާނެ އަދި އަމުދުން ރާވައިގެން މީހުން މަރާފަރާއްތަކުން އެފަދަ މީހުނައް އަދަބުދެވެނީ ފޮރިންސިކު ހެކިތަކުގެ އެހީގަ

The name is already taken The name is available. Register?

ނީވް

17 October 2021

އެ ބިދޭސީ މީހާއާ މަހުމޫދާ ރަށުތެރޭގައި އާއްމުކޮށް އޮންނަނީ ކޮން ގުޅުމެއްބާ؟ އެ ދެ މީހުން އެކަކު އަނެކަކު ދަންނަނީ ކިހާ ވަރަކަށްކަން އެ ރަށުގެ އެއްވެސް ބަޔަކު ކިޔައިދީފިތަ؟ ރަށުގަ އުޅޭ އެމީހުން ނަފްރަތުކުރާ މީހުންގެ ލައްކަ ގިނަ ވާހަކަ އެބަހުރި ލިއެފަ ނޫސްތަކުގައި.

The name is already taken The name is available. Register?

ބޮޑުމީހާ

17 October 2021

ދޮން މީހަކު ނުގެނެސް މިކަން ބެލޭނެބާ؟ އެހެންނޫނަސް ސިޔާސީ މީހެއް ނޫންވީމަ ދޮންމީހަކުވެސް ނުގެންނާނެތާ

The name is already taken The name is available. Register?

މިސްކިތު ހުޅު

17 October 2021

ބުދަ ދުވަހުގެ ރޭ ވާރޭ ވެހި ވެހި އޮއްވާ، މެޗް ބަލަން އިނދެފަ 23:00 ޖެހިއިރު ފޯނެއް އައިސްގެން ބޭރަށް ނުކުތް ގޮތަށް ހަބަރެއް ނުވެ، އަނެއް ދުވަހު ހެނދުނު 9:00ށް ކެފޭއަށް ސައި ބޯން ނައީމަ 10:30ގަ ހޯދަން ނުކުމެ މެންދުރު 14:30ގަ މަރާލާފަ އޮއްވާ ފެނުމާއެކު، ލަސްތަކެއް ނުވެ ޔަގީންކަމާއެކު މަރާލީ ވޮލެޓުގަ ހުރި 20،000 ރުފިޔާ ފޭރެން ކަމަށާއި، މަރާލީ ތޮއްޑޫ ދެ މީހުން ކަމާއި މިހުރިހާ ތަފްސީލްތައް އާއިލާއިން ބުނީމަ އާދަޔާޚިލާފް ނުބައި ވަހެއް ދުވާ!

The name is already taken The name is available. Register?

ސަކީނާއްތަ

17 October 2021

ހޯމްމިނސްޓަރު އިމްރާނާއި އަދި ސީޕީ ހަމީދު އަށް ރައްޔިތުން ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްނުދެވޭކަމުގައިވާނަމަ އިސްތިއުފާދީ. މި ދެބޭކަލުން މަގާމް އާއި ހަވާލު ވިފަހުން ފުލުހުންގެ މުއައްސަސާއަށް އައި އެއްވެސް ކުރިއރުމެއް އަދި ލިބުނު ރައްކާތެރި ކަމެއް ނެތް.

The name is already taken The name is available. Register?

ޢަރުތަ

17 October 2021

ދެން އެ ދެމަޤާމު ހުސްކޮށް ބާއްވާނީތަ، މިބުނީ ސަކީނާއްތަ ތިބުނާ ރައްޔިތުން ބޭނުންވާ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދެވޭނީ ކާކަށްހޭ އެޔެއްވެސް ބުނެބަލަ، އޭރުންތާ އެނގޭނީ ސަކީނާއްތަ ތިކިޔާލަވަޔާ ޖަހާ ބެރާ ދިމާވަންޏާވެސް.

The name is already taken The name is available. Register?

ސާލިމު

17 October 2021

އަދުވެސް ސާލިމުމެން ކަހަލަ މީހުން ގިނަ ކުރަންވީތަ1، ކީއްވީތަ ބޭރު މީހުން ގަވައިދާ ޙިލާފަށް އުޅުނަސް ނުހުއްޓުވެއްވީ، ސަރުކާރުގެ ބޭނުނަކީ ދިވެހިން ފެލުންތަ ހަމައެކަނި، އެންމެ ކުޑަ ފިހާރައިނން ފެށިގެން އެންމެ އާދައިގެ މީހާވެސް ޓެކްސް ދައްކައިގެން މިއުޅެންޖެހެނީ....... ވެރިކަރަކަން ކުރުމުގައި އޭރަށްވުރެ މިހާރު ގޯސް...... ކުރިން ކޮްމެކަމެއް ހިނގާއިރަށް ވެރިމީހާގެ ބޮލުގައި ، މިހާރަު އެއްވެސްކަމެއް އުފުލަންޖެހޭ ވެރިއެއް ނެތް.

The name is already taken The name is available. Register?

ޭެސަޅިބައިސާ

17 October 2021

ކުޑަފިހާރަޔަކުން ޓެކްސް ދައްކާހެނެއް ހިޔެއްނުވޭ

The name is already taken The name is available. Register?

ބޭބެ

17 October 2021

ސާލިމު ގަވާއިދާ ޙިލާފަށް އުޅޭ މީހެކޭ ބުނީ ކާކު. ބަންގްލަދޭޝް މީހުން ރާއްޖޭގައި ގިނަވަނީ ދިވެހިންގެ ސަބަބުން. އެމީހުން ގެނެސް ދޫކޮށްލަނީ ވެސް ދިވެހިން. ވިސާނެތް މީހުން ލައްވައި މަސައްކަތް ކުރުވަނީ ވެސް ދިވެހިން. ކޮންމެ ބައެއްގެ ތެރޭގައި ވެސް ތެދުވެރިންގެ އިތުރުން މުޖުރިމުން ވެސް އުޅޭނެ.

The name is already taken The name is available. Register?

ޚޯކޯ

18 October 2021

ބޭބެގެ ނަމުގައި ކޮމެންޓްކޮށްފައިވާ މީހާޔަށް އެނގޭތަ ބަންގާޅީން މިހާރު ރާއްޖެ އަންނަ ގޮތް. ދިވެހިން ބަންގާޅީން ނުގެންނަތާ އެތައް ދުވަހެއް ވެއްްޖެ. ބަންގާޅީ އެޖެންޓުން ތިހުރިހާ ކަމެއް މިހާރު ކުރަނީ. ތިފާޑަށް ބަންގާޅީންްނާމެދު މާބޮޑަށް ލޯބިވާ ބަޔަކު މިގައުމުގައި އުޅޭތީ ހިތުހުރިިގޮތަކަށް ބަންގާޅީން އުޅެނީ. ހީވާގޮތުން މިބޭބެ މިއީ ބަންގާޅީޔަކާ އިދެގެން އުޅޭ މީހެއް ނޫނީ ބަންގާޅީން ކާންދިނީމަ ކައިބޮއި އުޅޭ މީހެއް. މިކަހަލަ ލައްކަ ގިނަ މީހުން އުޅޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454