ބެންގަލޫރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން ހާލުގައި ޖެހިފައިވާ މީހުންނަށް ސިފައިން އެހީވަނީ. --ފޮޓޯ:އޭއެފްޕީ
24 ނޮވެމްބަރ 2021 - 11:44
ބެންގަލޫރު (ނޮވެމްބަރު 24) - ވޭތުވެދިޔަ ތިން ދުވަހު ވަރަށް ބޯކޮށް ވާރޭވެހި އިންޑިއާގެ ޓެކްނޮލޮޖީ ހަބް ބެންގަލޫރުގައި ވަރަށް ބޮޑަށް ފެންބޮޑުވެ މީހުންގެ ގެދޮރަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ބެންގަލޫރުގެ އެކި ސަރަހައްދުތަކުގައިވާ ކޯރުތައް ފުރި ބަންޑުންވެގެން މަގުތަކުގައި ވެސް ފެންބޮޑުވެ މީސްމީހުންގެ ދެގޮރުގައި ވަނީ ދިރިނޫޅެވޭ ވަރަށް ފެންބޮޑުވެފަ އެވެ. ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ސިފައިން ވަނީ ނުކުމެފަ އެވެ.
ބެންގަލޫރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން ހާލުގައި ޖެހިފައި ތިބި ބައެއް ގެއެއްގެ ސިޑި މަތީގައި. --ފޮޓޯ:އޭއެފްޕީ
ފުލުހުންނާއި ސިފައިން ވަނީ، ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމަށް، ވައި ޖަހާފައިވާ ކަނދުފަތިތައް ބޭނުންކޮށްފަ އެވެ. ރިކްޝާތަކާއި ބަސްތައް ދުއްވަން ޖެހިފައި ވަނީ ކާކޫތާ ފެނުގަ އެވެ.
"އަހަރެމެން މި ތިބީ ގެއަށް ވަދެވޭނެ ގޮތެއް ނެތިފައި. ގޭ ދޮރުމަތީ ވަނީ ފެންބޮޑުވެފައި،" ބެންގަލޫރުގައި ދިރިއުޅޭ މީހެއް ކަމަށްވާ ރަތުނައްމާ ބުންޏެވެ. "އަހަރެމެން ކާން ބޭނުންކުރާ ހުރިހާ އެއްޗެއް ވެސް ވަނީ ގޭތެރޭގައި. ރޭ 10 ޖެހީއްސުރެ މި ތިބެނީ ގެއަށް ނުވަދެވިފައި."
ބެންގަލޫރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން ހާލުގައި ޖެހިފައިވާ މީހުންނަށް ސިފައިން އެހީވަނީ. --ފޮޓޯ:އޭއެފްޕީ
ވޭތުވެދިޔަ ދުވަސްތަކުގައި އިންޑިއާގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި 30 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ދެކުނުގެ ކެރަލާ އަށް މިދިޔަ މަހު ކުރި ވިއްސާރައިގައި ވަނީ 42 މީހުން މަރުވެފަ އެވެ. މި މަހު ކުރީކޮޅު ޗެންނީ އަށް ކުރި ވިއްސާރައިގައި ވަނީ މަގުތަކުގައި ފެންބޮޑުވެ އެތައް ބައިވަރު ގަހެއް ވެއްޓިފަ އެވެ.
ތަޖްރިބާކާރުން ބުނަނީ ކުރިން މޫސުން ލަފާކުރަން ވެސް ނޭނގޭ މިންވަރަށް ވާރޭވެހި ފެންބޮޑު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.
ބެންގަލޫރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން ހާލުގައި ޖެހިފައިވާ މީހުންނަށް ސިފައިން އެހީވަނީ. --ފޮޓޯ:އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެންގަ
24 November 2021
ބެންގަލޫރުގައި ވަރަށް ދިވެހިންވެސް އުޅޭ ދޯ