ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގަމުން އަންނަ ޑރ. އުސާމާ ކްލިނިކް.-- ފޮޓޯ: ފޭސްބުކް
02 ނޮވެމްބަރ 2021 - 14:15
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޑރ. އުސާމާ ކްލިނިކް ހިންގުމަށް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަނުވަނީސް އެ އެއްބަސްވުން ބާތިލުކުރަން ނޯޓިސް ފޮނުވުމުން، އެމްއޭސީއެލްއާ ދެކޮޅަށް އެ ކްލިނިކުން ދައުވާކޮށްފި އެވެ.
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައިގެ ދައުވާގައި ބުނީ، ޑރ. އުސާމާ ކްލިނިކް ހިންގާ ކުންފުނި، ބަޔޯ ބިޒް މޯލްޑިވްސްއާއެކު އެމްއޭސީއެލް އިން ހަދާފައިވާ ތިން އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަނުވަނީސް "ޓާމިނޭޝަން ނޯޓިސް" ފޮނުވާފައި ވަނީ އެއްބަސްވުމުގެ ހަމަތަކާ ހިލާފަށް ކަމަށެވެ.
އެހެންވެ، އެ "ޓާމިނޭޝަން ނޯޓިސް" އަކީ އެ އަށް އަމަލުކުރަން ނުޖެހޭ ބާތިލު ނޯޓިސްއެއް ކަމަށް ކަނޑައަޅައި ދިނުމަށް ދައުވާގައި އެދިފައި ވެ އެވެ. އަދި އެކަން ހުއްޓުވަން ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް ކޯޓުގައި އެދުނެވެ.
ޑރ. އުސާމާ ކްލިނިކް ހިންގަން ތިން އަހަރު ދުވަހުގެ މުއްދަތަކަށް އެއްބަސްވުމެއް ހަދާފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު 15 ގަ އެވެ. އެ އެއްބަސްވުމަށް އަހަރެއް ވެސް ނުވަނީސް، "ޓާމިނޭޝަން ނޯޓިސް" ފޮނުވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު 30 ގަ އެވެ. އެ ނޯޓިސް ފޮނުވުމަށް ފަހު އެމްއޭސީއެލުން ވަނީ ހަމަ އެ ދުވަހު، ކްލިނިކް ހިންގަން އެހެން ބަޔަކު ހޯދަން ވެސް އިއުލާނުކޮށްފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގަމުން އަންނަ ޑރ. އުސާމާ ކްލިނިކް.-- ފޮޓޯ: ފޭސްބުކް
ވެލާނާ އެއާޕޯޓުގައި އިމަޖެންސީ ފަރުވާ ދިނުމަށް ގާއިމު ކޮށްފައިވާ ޑރ. އުސާމާ ކްލިނިކްގެ ވެރިޔާ ޑރ. އުސާމާ އަލީ އުމަރު މި ދައުވާއާ ގުޅޭ ގޮތުން "މިހާރު" އަށް ވިދާޅުވީ، އެއްބަސްވުން ބާތިލުކުރަން ނިންމައި، އެމްއޭސީއެލުން ނޯޓިސް ފޮނުވީ މަގުބޫލު އުޒެއް ނުދައްކާ ކަމަށެވެ. އޭނާ ވިދާޅުވީ އެ އެއްބަސްވުން ބާތިލުކުރަން ނިންމި ސީދާ ސަބަބެއް މިހާތަނަށް ވެސް ސާފުކޮށްދީފައި ނުވާ ކަމަށެވެ.
"ކްލިނިކް ހިންގަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމްއޭސީއެލުން މައްސަލަތައް ޖައްސަން ފެށި. އޮކްސިޖަންއެއް ނެތޭ، ނޫނިއްޔާ މަދޭ އެ ކަހަލަ އެއްޗެހި ކިޔައިގެން. އެކަމަކު އެއްވެސް އެއްޗެއް ދުވަހަކު ވެސް މަދުކޮށެއް ނުހުންނާނެ،" އޭނާ ވިދާޅުވި އެވެ.
އުސާމާ ވިދާޅުވިގޮތުގައި، އޭނާގެ ކްލިނިކެއް އެއާޕޯޓުގައި ހިންގަން ބަޔޯ ބިޒް އިން ބީލަން ކާމިޔާބުކުރީ އެ ފަހަރު ކުރިމަތިލީ ހުރިހާ ފަރާތްތަކުގެ ތެރެއިން އެންމެ އަގު ހެޔޮ ބީލަމެއް ހުށަހަޅައިގެންނެވެ. އެ ކްލިނިކުން ހުރިހާ ހިދުމަތްތައް ވެސް ދެމުން އައީ ވަރަށް ކުޑަ އަގެއްގައި ކަމަށް ވިދާޅުވި އެވެ. ނަމަވެސް، އެ ކްލިނިކުން ރަނގަޅު އާމްދަނީއެއް ނުލިބޭ ކަމަށް ބުނެ އެމްއޭސީލުން މައްސަލަ ޖެއްސި ކަމަށް އުސާމާ ވިދާޅުވި އެވެ.
ޑރ. އުސާމާ ކްލިނިކް ހިންގަން ތިން އަހަރު ދުވަހުގެ މުއްދަތަކަށް އެއްބަސްވުމެއް ހަދާފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު 15 ގަ އެވެ. އެ އެއްބަސްވުމަށް އަހަރެއް ވެސް ނުވަނީސް، "ޓާމިނޭޝަން ނޯޓިސް" ފޮނުވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު 30 ގަ އެވެ. އެ ނޯޓިސް ފޮނުވުމަށް ފަހު އެމްއޭސީއެލުން ވަނީ ހަމަ އެ ދުވަހު، ކްލިނިކް ހިންގަން އެހެން ބަޔަކު ހޯދަން ވެސް އިއުލާނުކޮށްފަ އެވެ.
"އަޅުގަނޑުމެން ކޮންސަލްޓޭޝަން އާއި ފިޓު ފްލައި ފޯމު ވެސް ދެމުން އައީ މުޅިން ހިލޭ. އެކަން ވެސް އެމްއޭސީއެލުން މައްސަލައަކަށް ހެދި. އެ މީހުން ބޭނުންވީ އެ ހިދުމަތްތަކުން ވެސް ފައިސާ ނަގަން،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ އެ ބޭފުޅުން މިތަން އެހެން ބަޔަކަށް ދޭން ބޭނުން ވެގެންހެން އެކި ކަހަލަ މައްސަލަތައް ޖައްސަމުން އައިސް، ޓާމިނޭޝަން ނޯޓިސް އެންމެ ފަހުން އެ ފޮނުވީ."
ޓާމިނޭޝަން ނޯޓިސްގައި އެމްއޭސީއެލުން ބުނެފައި ވަނީ ބަޔޯ ބިޒްއާ އެކު ހެދި އެއްބަސްވުމުގެ 8.2 ވަނަ މާއްދާއާ ހަވާލާދީ، ދެ ފަރާތުން ބޭނުންވެއްޖެ ހަލާތެއްގައި ހަތަރު މަހުގެ މުއްދަތެއް ދިނުމަށް ފަހު، އެ އެއްބަސްވުން އުވައިލެވޭނެ ކަމަށެވެ. އެހެންވެ، ޖެނުއަރީ 30، 2022 ގެ ނިޔަލަށް އެ ތަން ހުސްކުރަން ވަނީ އަންގައިފަ އެވެ.
"ކްލިނިކް ހިންގަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމްއޭސީއެލުން މައްސަލަތައް ޖައްސަން ފެށި. އޮކްސިޖަންއެއް ނެތޭ، ނޫނިއްޔާ މަދޭ އެ ކަހަލަ އެއްޗެހި ކިޔައިގެން. އެކަމަކު އެއްވެސް އެއްޗެއް ދުވަހަކު ވެސް މަދުކޮށެއް ނުހުންނާނެ،"---ޑރ. އުސާމާ
މި މައްސަލައާ ގުޅޭ ގޮތުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖާ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް "މިހާރު" އަށް ވިދާޅުވީ މިއީ މިހާރު ކޯޓުގައި ކުރިއަށް ގެންދާ މައްސަލައަކަށް ވާތީ މި ވަގުތަށް އެއްވެސް ކޮމެންޓެއް ދެވެން ނެތް ކަމަށެވެ. ނަމަވެސް، މި މައްސަލައިގައި ކޯޓުން ގޮތެއް ނިންމުމުން ކޮމެންޓްކުރާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުއްލާ އުމަރު
03 November 2021
ތިޔަ އެއްބަސްވުމާ ދޭތެރޭ އެއްޗެއް ބުނާކަށް ނޭނގޭ. އެކަމަކު ތިޔަ އުސާމާއަކީ ވަރަށް އީގޯ ބޮޑު ރުންކުރު ޑީލްކުރަން އުނދަގޫ މީހެއް.
ހަލާކުކޮށް
02 November 2021
ރާއްޖޭގައި ކުއްޔަށްދޭމީހުން ހަދަނީ މީހުންގެ ހައްގުތަކަށް އަރައިގަންނަ އެއްބަސްވުންތައް. އެއިން މީހުން ކުރަމުންދާ މަސައްކަތް ހަލާކުކޮށް ނާޖާއިޒް ފައިދާނެގުން ކަމަކީ.
ބެއްޔާ ގެ ހުތާ
02 November 2021
މައްސަލައާ ގުޅޭ ގޮތުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖާ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް "މިހާރު" އަށް ވިދާޅުވީ މިއީ މިހާރު ކޯޓުގައި ކުރިއަށް ގެންދާ މައްސަލައަކަށް ވާތީ މި ވަގުތަށް އެއްވެސް ކޮމެންޓެއް ދެވެން ނެތް ކަމަށެވެ. އެބޭފުޅާ އަށް ކޮމެންޓު ކުރަން ވަރަށް އުދަގޫ ވާނެ މާލޭގަވެސް އުސާމާ ކުލިނިކު ހިންގަނީ އެބޭފުޅާގެ ގޭގަ
ދޮން ހަސަނު
02 November 2021
އެހެން ވިއްޔާ ތިވާނީ އެބޭފުޅާޔަށް ދެންޖެހޭ ނޫނީ ދޭންބުނި ލާރިއެއް އުސާމާ ނުދީ އޮތީކަމަށް،
ކެކެކެެކެ
03 November 2021
ހަހަހަހަހަ، ހުވާތަ؟
ނުތާހިރު
02 November 2021
28.10.2021 ގައި އެ ކްލިނިކަށް ވަނިން. އެތަނުގެ އެއަރކޯންތަކުގައި ހިރަފުސް ހަރުލަމުންގޮސް މުޅިންހެން ހުރީ ބެދިފައި. ޙިތަށް އެރި އެތަނަށް ވައްދާ ހާލުބޮޑު ބަލިމީހުން ފުރައިގެންދާއިރު އިތުރު ބައްޔެއް ޖެހިގެން ނޫންބާއޭ ފުރައިގެންދާނީ. އަހަރެން އެތަނަށް ވަނީ ހާލުބޮޑުކޮށް އޮތް އަހަރެންގެ ބައްޕަ ގޮވައިވެން. މި ހިރަފުހުގެ ވާހަކަވެސް އުސާމާ ދޮގުކުރާނެ ކަންނޭނގެ. އެކަމަކު އެހެރީ ސީދާ ލޮލަށް ފެންނަން. ހިތާމަ ހުރި ކަމެއް.
ހޭޓާ
02 November 2021
ވަރަށް ފޫހި މީހެއް މި އުސާމާއަކީ.
ޙަބީބު.
02 November 2021
ހެޔޮނުވާނެ މިފަދައަނިޔާ ދޭކައް މީކޮންކަހަލަ ބައެއް އަޅެފަހެ އެއާޕޯޓުގަ ކުލިކިކް ހިންގަނީ ފައިދާހޯދާކައްނޫން އެންމެކުޑައަގަކައް ހުށައެޅީމަބީލަން ކާމިޔާބުވީ އުސާމާ ކުލިނިކައް މިއަދު އުސާމާ ބޭރުކޮއްފަ އެންމެބޮޑުއަގަކައް ކާކައްދޭންބާ މިއުޅެނީ
އާދު
02 November 2021
ކަޓް ނުލިބޭތީ ކަމައް ވާނީ
ދިވެހި ޑޮކްޓަރު
02 November 2021
ދިވެހި ޑޮކްޓަރުން ޖޭ ވަނީ އުސާމާ ޔާ. ތީ ހަމަ ރޯމާދުވާލު ކޮރަޕްޝަންގެ އަމަލެއް ހިންގާފަ އޮތް. ޥަކިމީހަކަށްދޭންވެގެން
ވައިޒް
02 November 2021
ތި އުސާމާއަކީ ރައްޖޭގެ ހުރިހާ ބޮޑެތިމީހުންނާއި ގުޅުން ހުރި ވަރަށް ރާއްޖޭގައި އުޅެން ދައްނަ ފިސާރި ކުޅަދާނަ މިހެއް. ބަލާބެލުމަށް އެމްސީއެލްމިކަމުގައި ރަގަޅީ.
އަސްތާ
02 November 2021
އެހެންވެ އޭނަދެކެ ޖޭ ވާ މީހުން ވަރަށް ގިނަވާނެ.
ޢެފްރިކާ
02 November 2021
ޢުަސާމާ އަމިއްލަ ގައުމަށް ދޭ ބަލަ ކްލިނިކް ހިންގަން. މި ގައުމު މިހުންނަށް ޥެސް މި އުޅެނީ ވިޔަފާރި ކުރަން އުދަގޫވެގެން