ޗައިނާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއްގައި އެމަނިކުފާނާ ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ.
26 އޮކްޓޯބަރ 2021 - 16:45
ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންގް ލިޝިން މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފި އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ ޗައިނާ ސަފީރު ނަޝީދު އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވި ކަމަށެވެ. ވާންގް މަޖިލީހަށް ކުރެއްވި ޒިޔާރަތުގައި، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވި އެވެ. އެ ޒިޔާރަތުގައި ދެބޭފުޅުން ދެއްކެވި ވާހަކައިގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ޗައިނާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއްގައި އެ މަނިކުފާނާ ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ.
ވާން މަޖިލީހަށް ކުރެއްވި ޒިޔާރަތުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާ ވެސް ބައްދަލުކުރެއްވި އެވެ.
ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ވަން ލިޒިން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޮނަރަބަލް އީވާ ޢަބްދުﷲގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި pic.twitter.com/GhGctQTuhm
— People's Majlis (@mvpeoplesmajlis) October 26, 2021
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ޗައިނާއިން ގައުމުތަކަށް މާލީ ގޮތުން އެހީތެރިވުުމުގައި ގެންގުޅޭ ސިޔާސަތަަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. އެ ގައުމުން ގައުމުތަކަށް ދޭ ލޯނުތަކުގެ އިންޓަރެސްޓް ބޮޑުކަމަށް ވިދާޅުވެ، އެއީ "ދަރަނީގެ ދަންތުރައެއް" ކަމަށް އެ މަނިކުފާނު މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވި އެވެ.
ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ވަން ލިޒިން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޮނަރަބަލް އީވާ ޢަބްދުﷲގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި pic.twitter.com/GhGctQTuhm
— People's Majlis (@mvpeoplesmajlis) October 26, 2021
ރާއްޖޭގައި ކުރިން ހުންނެވި ޗައިނާގެ ސަފީރު ނަޝީދުގެ އެ ވާހަކަފުޅުތަކަށް ތަކުރާރުކޮށް އެކި ފަހަރު މަތިން ރައްދު ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްތާ
26 October 2021
ޗައިނާ ސަފީރު ކައިރިންވެސް ބަރުލަމާނީއަށް އެހީ ހޯދާނެ. އެކަމުގައި ކޮންމެ ހައްދަކަށް ދާންވެސް ތައްޔާރަށް ހުންނާނީ.
ސީޒަން ޖެކުހަން
26 October 2021
އަނެއްކާ މޮޔައަނގައެއް ނުތަޅާނެކަމަށް އުންމީދުކުރަން.