ދުނިޔެ / އިމެނުއަލް މެކޮން

އޯކަސް އެއްބަސްވުމާ ގުޅޭ ގޮތުން ހެދީ ދޮގު: މެކްރޯން

01 ނޮވެމްބަރ 2021 - 10:56

2 comments

އެމެރިކާ އާއި އޮސްޓްރޭލިޔާ އަދި އިނގިރޭސި ވިލާތާ ދެމެދު ގާއިމުކުރި އަސްކަރީ އެއްބާރުލުމާ ގުޅޭ (އޯކަސް) އެއްބަސްވުމާ ބެހޭ ގޮތުން، އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން އިތުރުފުޅު ހެއްދެވި ކަމަށް، ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން އިއްޔެ ވިދާޅުވެއްޖެ އެވެ.

އެ ތިން ގައުމުގެ މެދުގައި ގާއިމުކުރި އޯކަސް އެއްބަސްވުމާ ގުޅިގެން، އެ ތިން ގައުމާއި ފަރަންސޭސި ވިލާތާ ދެމެދު މައްސަލަ އުފެދުނީ، ފަރަންސޭސި ވިލާތުގައި އުފައްދާ ސަބްމެރިންތަކެއް ގަތުމަށް ހަދާފައި އޮތް އެއްބަސްވުން އޮސްޓްރޭލިޔާ އިން އުވައިލުމުންނެވެ. އޭގެ ބަދަލުގައި އޯކަސް އެއްބަސްވުމުގެ ދަށުން، އެމެރިކާގައި ބަންނަ ސަބްމެރިންތަކެއް ހޯދުމަށް، އެމެރިކާ އާއި އޮސްޓްރޭލިޔާ އިން އެއްބަސްވުމުންނެވެ.

އޯކަސް އެއްބަސްވުން ގާއިމުކުރި އިރު، ފަރަންސޭސި ވިލާތުގައި އުފައްދާ 12 ސަބްމެރިން ގަތުމަށް، އޮސްޓްރޭލިޔާ އާއި ފަރަންސޭސި ވިލާތާ ދެމެދު އޮތީ، 37 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުމެއް ހަދައިފަ އެވެ.

މި މައްސަލައިގައި ދެ ގައުމުގެ ގުޅުން ގޯސްވެފައި ވަނިކޮށް، ދެ ގައުމުގެ ވެރިން ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވީ، އިއްޔެ އިޓަލީ ވިލާތުގެ ރޯމްގައި ނިމިގެން ދިޔަ، އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމުގެ ވެރިންގެ މަހާސިންތާގެ ހަވާސާގަ އެވެ.

ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމަށް ފަހު، އޮސްޓްރޭލިޔާގެ ނޫސްވެރިއަކު މެކްރޯންއާ ކުރެއްވި ސުވާލަކީ، އޮސްޓްރޭލިޔާގެ ބޮޑުވަޒީރަށް އިތުބާރު ކުރެއްވޭ ހެއްޔެވެ؟ ޖަވާބުގައި މެކްރޯން ވިދާޅުވީ، "އޭނާ ކަންތައް ކުރައްވާ ގޮތް ބަލަން ތިބެމާ ހެއްޔެވެ."

"ކަލޭމެންގެ ގައުމާ މެދު އަހަރެންގެ ހިތުގައި ވަރަށް ބޮޑަށް އިހްތިރާމް އެބަ އޮތް. އަދި ތި ގައުމުގެ ރައްޔިތުންނާ މެދު އަހަރެންގެ ހިތުގައި ވަރަށް ގާތް ގުޅުމެއް އަދި ވަރަށް ބޮޑު އިހްތިރާމެއް ވެސް އެބަ އޮތް. އަހަރެން މި ބުނަނީ، އަހަރެމެންގެ މެދުގައި އިހްތިރާމް އޮންނަ އިރު، ކަލޭމެން ވެސް ތެދުވެރިވާން ޖެހޭނެޔޭ. އަދި ކަލޭމެން މުއާމަލާތުކުރަންވާނީ ވެސް، އެ ގުޅުމާ އެކަށޭނަ ގޮތަކަށޭ،" މެކްރޯން ވިދާޅުވި އެވެ.

ފަރަންސޭސި ވިލާތާ އެކު އޮސްޓްރޭލިޔާ އިން ހެދި، ސަބްމެރިން ގަތުމުގެ އެއްބަސްވުން އުވާލައި، އެމެރިކާގެ ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ސަބްމެރިން ބަންނަން، އޮސްޓްރޭލިޔާ އިން ނިންމުމުން، ފަރަންސޭސި ހާރިޖީ ވަޒީރު އެކަން ސިފަ ކުރެއްވި، ރައްޓެއްސެއްގެ "ބުރަކައްޓަށް ވަޅި ޖެހުން" ފަދަ ކަމެއްގެ ގޮތުގަ އެވެ.

އެ މައްސަލައިގައި ފަރަންސޭސި ވިލާތް ހިތްހަމަ ނުޖެހި، އޮސްޓްރޭލިޔާ އާއި އެމެރިކާގައި ތިއްބަވާ ފަރަންސޭސި ވިލާތުގެ ސަފީރުން ވެސް ވަގުތީ ގޮތުން އަނބުރާ ގައުމަށް ގެނަ އެވެ.

ދެ ބޭފުޅުން އިއްޔެ ރޯމްގައި ބައްދަލުކުރެއްވުމަށް ފަހު އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ އޭނާ ފަރަންސޭސި ރައީސްގެ އަރިހުގައި ދޮގެއް ނުހައްދަވާ ކަމަށެވެ. އެހެނެއް ކަމަކު، އޮސްޓްރޭލިޔާގެ ދިފާއީ ނިޒާމަށް މިހާރު ބޭނުންޖެހިފައިވާ ކަންކަމަށް ބަލާއިރު، އޮސްޓްރޭލިޔާ މިހާރު އެންމެ ބޮޑަށް ބޭނުމަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ސަބްމެރިން ކަމަށް، ފަރަންސޭސި ރައީސަށް ދަންނަވާފައިވާނެ ކަމަށް ވިދާޅުވި އެވެ.

ބޮޑުވަޒީރު ވިދާޅުވީ، އޯކަސްގެ އެއްބަސްވުމާ ގުޅިގެން ހީނަރުވި ދެ ގައުމުގެ ގުޅުން އަލުން ބަދަހިކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.

އޯކަސް އެއްބަސްވުމަށް ފަހު، އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި މެކްރޯން ވެސް މިދިޔަ ހުކުރު ދުވަހު ވަނީ ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވައިފަ އެވެ.

އޯކަސް އެއްބަސްވުމުގައިވާ ގޮތުން، އޮސްޓްރޭލިޔާގައި އަމިއްލަ އަށް ބަންނަ ސަބްމެރިންތައް ނިއުކްލިއާ ހަކަތައިން ދުއްވުމަށް ބޭނުންވާ ޓެކްނޮލޮޖީ އެމެރިކާ އިން އޮސްޓްރޭލިޔާ އަށް ދޭނެ އެވެ. މިއީ އެމެރިކާގެ ނިއުކްލިއާ ޓެކްނޮލޮޖީ ބޭރުގެ ގައުމަކަށް ދޭ ފުރަތަމަ ފަހަރެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިމަނުއެލް މެކްރޯން

03 November 2021

މިބޭފުޅާއަކައް އަކައް ނޭނގޭދެއްތޯ ދިވެހިންގެ ގޮތެއް؟ ދިވެހިން އިންޑިޔާގެ ޓްރިވަންޑްރަމް އައް ދިޔަފަހުން އެވެރިންނައް ކޮންޓްރެކްޓްތައް ބާތިލްކޮއް ވަލުދޮރާށިން ގެއްލުމުގެ ފައިސާ ހޯދަން ދަސްވީ. ލަންކާ، ޔޫއޭއީ، ޔޫކޭ އަދި ތައިލަންޑްވެސް ވަރައް އަވަހައް ކަންކަން ދަސްކޮއް މިކަން ފަށައިފި. މިހާރު ދިވެހިންކޮޅެއް އޮސްޓްރޭލިޔާ އައްގޮސް، އެވެރިންނައްވެސް ކޮންޓްރެކްޓް ތަކުން ނާޖާއިޒް ފައިދާ ނަގަން ތި ކޮއްތިދިނީ!

The name is already taken The name is available. Register?

އެހެ

02 November 2021

ޗައިނާއާ ދިމާކުރަން އެމެރިކާއިން ކޮންމެ ހައްދަކަށްވެސް ދާނެ. އޮސްޓްރޭލިއާ ބާރުވެރިކުރުވަނީ އަމިއްލަ އެދުމަށްޓަކައި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454