ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ހިޔާ ފްލެޓުތަކުގެ ފިނިޝިންނަށް ހޭދަވާ ހަރަދު ޕީޕީއެމްގެ ސަރުކާރެއްގައި ދޭނެކަމަށް ވިދާޅުވި. ފޮޓޯ/މަޖިލިސް
01 ނޮވެމްބަރ 2021 - 16:57
ހިޔާ ފްލެޓުތައް ލިބުނު މީހުންގެ އަތުން، އެ ފްލެޓުތަކުގެ ފިނިޝިން މަސައްކަތަށް ހޭދަވި ފައިސާގެ ވަކި އަދަދެއް ޕީޕީއެމް/ޕީއެންސީ ސަރުކާރެއްގައި އަނބުރާ ދޭނެ ކަމަށާއި އެ ކަމަށް ކުރި ހަރަދުގެ ސްލިޕްތައް ފޮރުވާފައި ބަހައްޓަން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވީ، 2023 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ޕީޕީއެމްގެ ވެރިކަމެއް ފަށައި، ބޯހިޔާވަހިކަމުން ބޮޑުކޮށްފައި ހުރި އަގުތައް ކުރިން ވެސް ނިންމާފައި އޮތް ވަރަށް (6،500ރ. އަށް) ކުޑަކޮށްދޭނެ ކަމަށެވެ.
"ރައްޔިތަކު ބޯހިޔާވަހި ކަމަށް ވަންނަންވީމާ، އެ ބޯހިޔާވަހި ކަމަކަށް ވަދެވޭނެ ގޮތެއް ވެސް ނެތް ދައްކަންޖެހޭ ފައިސާ ބޮޑުވީމާ. ރައްޔިތު މީހާ އަށް ސަބްސިޑީ ދޭންވީމަ [މި ސަރުކާރުން] ކަންތައް ބޮޑުވޭ އެބަ،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހިޔާ ފްލެޓުތަކަށް ވަނުމަށް މި ސަރުކާރުން ނުކޮށްދިން ފިނިޝިން މަސައްކަތުގެ ހަރަދު ވެސް ދެން އަންނަ ޕީޕީއެމްގެ ސަރުކާރެއްގައި އަނބުރާ ދޭނެ އެވެ.
"އަޅުގަނޑުމެން މި އެދެނީ މިހާރު ހިޔާ ފްލެޓުގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް، މިހާރު ހިޔާ ފްލެޓުތަކަށް ވަނުމަށް އެ ކުރި މަސައްކަތަށް ދިޔަ ހަރަދު އޭގެ ސްލިޕްކޮޅު ފޮރުވައިގެން ތިއްބަވާށޭ،" ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އޭރު ނިންމައިފައި އޮތް ގޮތަށް އެތަނަށް ދިޔަ ހަރަދު ހިފެހެއްޓިފައި ހުރި އަގެއްގެ ތެެރެއިން އަޅުގަނޑުމެން އިރާދަކުރެއްވިޔާ، އެ އަގުތައް އަނބުރާ އިޔާދަކޮށްދޭނަން."
ހިޔާ ފްލެޓުތަކުގެ ޕްރޮޖެކްޓު ހަވާލުކުރި އިރު އެތަނުގެ ފިނިޝިންގެ މަސައްކަތް ހިމަނާފައެއް ނުވެ އެވެ. އެހެންވެ ފްލެޓުތައް ލިބުނު ފަރާތްތަކުން، އެތަންތަނުގެ ފިނިޝިންނަށް ބޮޑު ހަރަދެއް ކުރަންޖެހޭނެ އެވެ.
ކުލީގެ ގޮތުއި 8،500ރ. ދެއްކުމަށް ފަހު ފިނިޝިންގެ މަސައްކަތް ކުރުމުގެ ތަނަވަސްކަން ނެތް ކަމަށް ބުނެ ކުލި ކުޑަކޮށްދިނުމަށާއި ކޮންމެ ޔުނިޓެއްގެ އިންޓީރިއާ ފިނިޝިން އަށް ޖެހޭ އަގުގެ ޖުމްލަ އަގުން، އެއްލައްކަ ރުފިޔާ މާފުކޮށްދިނުމަށް ހިމަނައި "ހިޔާ ޔޫނިއަން"ގެ ފަރާތުން ސަރުކާރަށް ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.
ނަމަވެސް ފްލެޓުތަކުގެ ކުލި މިހާރަށްވުރެ ކުޑަކޮށްދެވެން ނެތް ކަމަށް ސަރުކާރުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިކާ
02 November 2021
ތިޔަސޮރަކީ އަޑުގަދަކޮށްގެން ރުއްގަސް ގިނަކުރަންއުޅޭ މީހެއްކަން ވަރަށް ރީތިކޮށް އެނގޭ! ނައިފަރަށް އުފަންވީތީ ނައިފަރުގަ އަގުނުކުރެވޭ ޝަހުސުން އުފެދުނީތީ ނައިފަރަށް ހުރި ހުތުރެއް ތިޔަ ޝިޔާމަކީ! ޒިންމާދާރު އިއްޒަތްތެރި މަގާމަކަށް ހޮވުނީމަ ދުނިޔޭގަ އުޅުނު އެންމެ ގޮތެއްނެތްމީހުންގެ ފޮޓޯކޮޕީ ހިފާގެން މަޖުލީހުގަ ކޮންބޭކާރު ވާހަކައެއް! ތިޔަސޮރުގެ ސަރުކާރުގަ ރައްޔިތަކަށް އެއްޗެއްލިބުންއޮތީ ތިޔަކަހަލަ މީހުން ކައފަ ބާކީއޮތްނަމަ!
އަދުނާނު
02 November 2021
ބެއަސް ނުބެއަސް މަސްވެރިންނަށް ދޭންބުނި ފައިސާގެ ފުއްދިއްޔާ މާރަނގަޅުވާނެ.
ކައްކާ
02 November 2021
މި މީހުން ގެ ސަރު ކާރެއް ވުޖޫދަކަށް ދެނެއް ނައަންނާނެ ކަން ޔަޤީން@ މޮޔާ އިން ދައްކާ ފޭކު ސްޓޯރީ ގެ ހުވަފެނީ ވާހަކަ ދޯ؟
1234
02 November 2021
ބުނަންވީނު މި ފަސްއަހަރު ދިވެހިން ކެއިން ބުއިމަށް ކުރިޚަަރަދުވެސް ވެރިކަން ލިބުނީމާ ދޭނަމޭ ؟
ބޮޑުރިޔާ
02 November 2021
ބަޔަކަށް ހެއޮއެދޭ ސަރުކާރަކުން ކޮށްދެންހެޔޮވާވަރުކަމެއްނޫން މިއޮތީ ޕީޕީއެމް ސަރުކާރުން ކޮށްދީފަ ބިން އޮވެމެ ދިވެހިން ދިރި އުޅެން ދައުލަތުގެ ބަޖެޓުން ބޮޑު ހެދައެއްކޮށްފަ އަޅާއި ދީފަހުރި ފުލެޓް މިހުރީ ފިނިސިންވެސްނުހިމަނާ އެގްރިމެންޓްހަދާފަ ފިނިސިން ނިންމަން އެގްރިމެންޓްގައި އޮތްނަމަ އެހެދިބަޔަކު އެކަންވެސްކުރާނެހެން ހީވަނީ ތިމާމެން ހޭވި ހަޑި އެހެން މީހުންގެ ބޮލަށް ނުކަނޑާލަ އިނގޭ
ކަޑަ
02 November 2021
ކަޑަ ވީމާ ތި ކަހަލަ ހަޑި އަނގަ ހޭވޭނޭ. ރައީސް ޔާމީނު ފެނުނަސް ރަކި ވޭ ދޯ
ބަބޫ
02 November 2021
ބަލަ ދޮންކަލޯ މިސަރުކާރުން ލޯނުވެސް ނެގި ފިނިޝިން ނިންމަން. ކޮބާ އެލާރި. ކުރީސަރުކާރުން އޮތީ ނިންމަން ބޭނުނުވާބަޔަކަށް ނިންމާފަދޭގިތަށް. އަމިއްލަ ޑިޒައިނަށް ހަދަން ބޭނުންވާމީހުނަށްވެސް އެ ފުރިސަތު ލިބޭގޮތަށް. އެޗްޑީސީގަ އެބަހުރި ހުރިހާ ދޮރަކާ މުށިތަށް. އެމީހުން ވިއްކަންވެސް ވިއްކާ. ކުރީގެ ސަރުކާރޭ ކިޔަން އަނގަ ހުޅުވަން ލަދު ގަންނަންޖެހޭ
އަލީ އަލީ
02 November 2021
ދެބޯގެރި ދުއްވުން ކުރިއަށް. ދެން އޮތީ ތިން ބޯ ގެރި ދުއްވުން! އިންތިޒާރުކޮށްލައްވާ
ސައިޚް
02 November 2021
މާތްކަލާކޯ، ދިވެހިން މޮޔަނުވާތި، މީ ހަމަ ވެރިކަމުގެ ދަހިވެތިކަމުގަ ރައްޔިތުން ގުނބޯ ހައްދަން ދައްކާވާހަކަ، ޕީ.ޕީ.އެމް. ގެ ވެރިކަމެއްގަ ރައްޔިތަކަށް ލިބޭނެ އެއްވެސް އެއްޗެއް ނޯންނާނެ، ކުއްޔެއްވެސް ކުޑަ ނުވާނެ، ގަބޫލުކުރޭ ރައްޔިތުން، އެމީހުންނަށް ބާރެއްލިބުނިއްޔާ ކުލިވެސް ބޮޑުކުރާނެ، މިހާރުދީފަ އޮތް އަގުގަވެސް ނުދޭނެ، މަކަރާހީ،ލަތުން ރައްޔިތުން ގުނބޯ ހައްދަންނޫޅޭ، ޗަކޮޔާ،
ޞބބވވ
02 November 2021
ހަހަަހަހހހަ. މިކަންހަނދާނެއް ނުހުންނާނެ ވެރިކަން ލިބުނީމަ. ކޮންމެބަޔަކު ވެރިކަމަށްއަޔަސް މިގައުމުގަ ރައްޔިތުން ގަނަ ތެޅެންޖެހޭނީ. ވެރިކަމަށް އަރަން ރައްޔިތުން ޅޮސްއުނދޯޏަށް އެރުވީމަ ހެދިފަތިބޭނެ ދިވެހިން
ައަހާ
02 November 2021
ސިޔާސީ މީހުންނަކީ މިގައުމުގް ހަލާކުން. މަޖްލީހާއި މިނިވަން މުވައްސަސާތައް އުވާލަބަލަ. ކީއްކުރާ ތަންތަނެއް. ވާކަމެއްހަރާން. ބައިތުލްމާލު ހުސްކުރުން ފިޔަވާ
އާރީ
02 November 2021
ޔާމީން ސަރުކާރުގަ ޔަގީންވެފަ އޮތް ފުލެޓް މިސަރުކާރުން ނުދިން މީހުންނަށް އޮތީ ކޮންގޮތެއްތޯ. ސިޔާމް ޖަވާބު ދީބަލަ ފުލީސް.