ލ. ގަމުގައި ކުރިއަށް ގެންދިޔަ "ރޭސިން ޗެމްޕިއަންޝިޕް - ލާމު އެޑިޝަން" ގައި ދުއްވި ސައިކަލަކާ އެކު މޫދަށް ވެއްޓި ޒުވާނެއްގެ ހާލު ސީރިއަސްވެއްޖެ އެވެ.
ފުލުހުން ބުނީ ސައިކަލެއް ކޮންޓްރޯލުން ނެއްޓި ދުއްވަން އިން މީހާއާ އެކު މޫދަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ހެނދުނު 10 ޖަހަނިކޮށް ކަމަށެވެ.
އެ ހާދިސާގައި އަނިޔާވީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
ފުލުހުން ބުނި ގޮތުގައި އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން އޭނާއަށް ފަރުވާދެމުން އަންނަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. އެކަމަކު އެ ހޮސްޕިޓަލުން ފޯނަށް ޖަވާބު ނުދޭތީ އެ ޒުވާނާއަށް ލިބުނު އަނިޔާގެ ތަފްސީލު ސާފެއް ނުވި އެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.