މިނިސްޓަރު ރުކުގައި.
18 ސެޕްޓެމްބަރ 2020 - 21:45
ސްރީ ލަންކާގައި ކާށި ލިބުން ދަތިވެ، އަގު އުފުލެމުންދާތީ އެކަމާ ގުޅޭ މައުލޫމާތު އެ ގައުމުގެ ސްޓޭޓް މިނިސްޓަރަކު ރުކުގައި އޮންނަވައިގެން މިއަދު މީޑިއާތަކާ ހިއްސާކުރައްވައިފި އެވެ.
ރުކަށް އަރަން ލަންކާ މީހަކު އުފެއްދި ހާއްސަ އާލާތެއް ބޭނުން ކުރައްވައި "ރުކަށް އަރުއްވައި" ކުރުނބާ ވެސް އެޅުއްވި ނޫސް ކޮންފަރެންސް ބޭއްވީ ލަންކާގެ ކޮކޮނަޓް، ފިޝްޓެއިލް ޕާމް، ޕަލްމައިރާ އެންޑް ރަބާ ޕްރޮޑަކްޓް ޕްރޮމޯޝަންގެ ސްޓޭޓް މިނިސްޓަރު އަރުންދިކާ ފެނަންޑޯ އެވެ.
މިނިސްޓަރު މީޑިއާތަކާ ބައްދަލުކުރެއްވީ ނިގަމްބޯ ސިޓީގެ ޕުއްޓަލަމް ޑިސްޓްރިޓްގެ އަވަށެއް ކަމަށްވާ ޑަންކޮޓޫވާގަ އެވެ. އެ ނޫސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ކާށީގެ ޑިމާންޑް ދުނިޔޭގައި މިހާރު ވަރަށް ބޮޑަށް އުފުލެމުންދާތީ ލަންކާގައި ވެސް ކާށީގެ އަގު އުފުލި، ޒަރޫރީ ބޭނުންތަކަށް ވެސް ކާށި ހޯދުން ދަތިވެފައިވާ ކަމަށެވެ. އަދި މިކަމާ ހެދި މިހާރު ރުކަށް އަރާ މީހުން ހޯދުން ވެސް ދަތިވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރުކުރާ އުފެއްދުން ކަހަލަ މަސައްކަތްތަކަށް ވެސް ބުރޫ އަރާފައިވާ ކަމަށް ވިދާޅުވި އެވެ.
އަރުންދިކާ ވިދާޅުވީ ލަންކާ އަށް މި ވަގުތު އޮތް އެއް ހައްލަކީ ދުނިޔޭގައި ކާށީގެ ޑިމާންޑް ބޮޑުވަމުންދާތީ ލަންކާ އަށް ދިމާވެފައިވާ ތާށިކަން ކުޑަކުރަން ކާށީގެ އެކްސްޕޯޓް މި ވަގުތަށް މަޑުޖައްސައިލުން ކަމަށެވެ. އަދި ރުކަށް އަރާ މީހުންނަށް އަރާ ކޮންމެ ރުކަކަށް 100 ރުޕީސްގެ އަގެއް ދޭންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
މިއަދުގެ ނޫސް ކޮންފަރެންސްގައި ދައްކައިލި ރުކަށް އަރާ މެޝިނާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެ ބޭނުންކުރާނީ ހާއްސަ ފިޔަވަޅުތަކެއްގެ ދަށުން ކަމަށާއި މެޝިން ރަސްމީކޮށް ބޭނުންކުރުމުގެ ހުއްދަ ސަރުކާރުން ވަރަށް އަވަހަށް ދޭނެ ކަމަށެވެ. އެ މެޝިން އިންނަނީ ރުކުގެ ވަށައިގެން ދެ ޅާނބު ލައިފައި އިންނަ ގޮތަށް އަދި ރުކަށް އަރާ މީހާ ގޮނޑިއެއްގައި އިށީނދެގެން އިންނަ ކަހަލަ ގޮތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކީމް
20 September 2020
މިއީ ތިޔަ ރުކައް އަރާ ހާނެސް ގެ އިސްތިހާރެއް ... ހާނެސް ހަދާ ކުންފުނިން މީނައަށްވެސް މިއޮތީ އޮޅުވާލާފަ ...
ވިސްނާފައި
19 September 2020
ދަނޑުވެރި ކަމަށް ދޫކުރާ މެދުމިނުގެ ފަޅުރަށަކަށް ވެސް 21 އަހަރު ތެރޭގައި 70 މިލިޔަނަށް ވުރެ ބޮޑު އިންވެސްޓެއް ހިނގައެވެ. 21އަހަރުގެ ކުއްޔާ އެހެނިހެން ފީތަކާ (ބައެއްފަހަރު ބޮޑެތި ޖޫރިމަނާ) އުމްރާނީ ގޮތުން ކުރަން ޖެހޭ ޚަރަދާ ރަށް ހިފުމަށް ދައްކާ ފައިސާ އާއެކުގައެވެ. އަދި ރަނިންކޯސްޓް ނުލައެވެ.އިންވެސްޓް ކަވަރުވާން 18 އަހަރު ބޭނުން ވެއެވެ.ރުކެއް ހެދި ބޮޑުވެ ކާށި ލިބެން ވެސް 7 އަހަރު ވޭސްޓް ވެއެވެ. ސުވާލަކީ 21 އަހަރަށް ވޯތް ތޯއެވެ
ޒުލްހާމް
24 September 2020
ރަނގަޅަށް ބަލަހައްޓައފިފިނަމަ 4 އަހަރުން ކާށީ ލިބޭނެ..
ހިޔަޅުބޯ
19 September 2020
ރާއްޖޭގެ ބޮޑެތި އަދި ކުދި ފަޅުރަށް ތަށް ތިޒޯޓް ހަދަންދީ ރުއްކަޑާ ހުސް ކޮށްފި އެވެ. ނުވިތާ ކަށް މީހުން ދިރިއުޅޭ ރަށް ރަށުން 500 ރުފިޔާއަށް ރުކެއް މަގުން ރުއްތަށް ގަނެގެން ގޮސް ބަގީޗާ ހައްދަނީ އެވެ. ދެން ކޮންވާކައެއް ދަެްކާކަށް..
ބޯނުގޮވީ ކިރިޔާ
19 September 2020
ޔާމީނު ސަރުކާރުގައި ދަނޑުވެރިކަމަށް ބިޑް ކުރި ތަނުން 13 ހެކްޓަރ ފަޅު ރަށެއް ކުއްޔަށް ނަގަން އުޅުނީމެވެ. އެކަމަކު އެއީ ޕްރިންސް މުހައްމަދަށް ނޫނީ ވާވަރުގެ ކަމެއް ނޫނެވެ. ނިކަން ބަލާށެވެ. އެވަރުގެ ރަށެއްގެ އަހަރީ ކުއްޔަކީ ( ޓްރެސް ފަންޑާ އެލު) އަހަރަކު /260000ރުފިޔާ އެވެ. އެކުއީޒިޝަން (ނޮން ރެޕަންޑްބަލް) ފީއަކީ މިލިޔަނެއް ވަރެވެ. 5އަހަރު ތެރޭ މަދު ވެގެން 10 މިލިޔަން އިންވެސްޓް ކުރަން ޖެހެއެވެ. 10 މިލިޔަންގެ %80 އެމީހާގެ އަތުގާ ހުރުން..
ދަނޑު ހައްދާ ހާލު
19 September 2020
އެތަނުން ފަޅު ރަށެއް ނެގި މީސް މީހުން އެތިބީ ބޯގޮވާ ފައެވެ.ދަނޑުވެރިކަމަށް ރަށް ކުއްޔަށް ދީފައި ދަނޑެއް ކޮށަން ވިޔަސް ހުއްދަ ނަގަން ޖެހެއެވެ. ގަހެއް ކަޑާލުމުގެ ހުއްދަ ނަގަން 3 މަސް ވެއެވެ. ދަނޑުހައްދާ ސާމާނު އެހާ އަގު ބޮޑެވެ. 3 ދަނޑު ހައްދާފި ނަމަ ދެ ދަނޑު ހަލާކުވަނީ ފެންބޮޑު ވެގެންނެވެ. ހައްދާ އެތިކޮޅު މާކެޓް ކުރަން އެހާ އުދަގުލެވެ. ބަރަބޯ ކިލޯއެެއް 7 ރުފިޔާ އެވެ.ކަރާ 10ރ އެވެ. މިރުސް ދަނޑު ބަލި ޖެހިފައެވެ.
ތާރީޚް
19 September 2020
ރާއްޖަޭގެ ރުއްދަޑުތަކާ ހަވާލުވެގެން ތިއްބަވާ ބަންގާޅު ބޭފުޅުން ރާއްޖޭގެ ކާށިކޮޅު ބޭރުކުރަން ފަށާފާނެ ހޭއަރާ ތިބޭތި
ރަބަރު
19 September 2020
ނަޝީދު ކާރިން ދަސްކޮށްގެން ކުރިކަމަކަށް ތިވާނީ. ނަޝީދު މޫދު އަޑީގައި މަޖިލިސް ބޭއްވީމަ.
ރަދީފްއޮފިޝިއަލް
18 September 2020
ސާބަހޭ މަހައްތިޔާ.ކޮހޮމަދޭ.
ވަތަނާބެ
18 September 2020
ދެން އަހަރެމެންގެ ނަޝީދު މިހެން ނޫޅެފިއްޔާރަނގަޅު.
ވަހީދު
18 September 2020
ރާއްޖޭގެ ފަޅުރަށްރަށާއި އެރަށްރަށުގެ ރުއްތަކާއި ހަވާލުވެ ތިއްބަވަނީ ބަންގާޅު ބޭފުޅުން.
ހަވީދު
19 September 2020
ދިވެހި ބޭފުޅުން ބޭނުންވަނީ ކޮންމެވެސް ބައިސާއެއް ކަނޑަން ކޮފީގަ ތިބެން. މަސައްކަތެއް ކުރުވޭނީ މަސައްކަތް ކުރަން ބޭނުން ބޭފުޅުން ލައްވާ ދޯ؟
ސޯނަމް
19 September 2020
ފަޅުރަށުގައި ހުރެގެން ރުކަށް އަރައި ރަށް ބަލަހައްޓަދޭނެ ދިވެއްސަކު ހޯދަދޭންވީ އެއްނުން ކޮމެންޓް ނޮކޮށް.
ބަނގާޅީ ބޮންދު
19 September 2020
ކީއްކުރާނީ..ދިވެހި ޒުވާނުންގެ ހިތް ވަނީ "އާސްމާނުގައި" ވިއްޔާއެވެ. ފަޅުރަށެއްގައި މަސައްކަތެއް ކުރަން ދިވެއްސަކޔ ލިބޭނީ 65 އަހަރު ވެފައި ތިބި ދިވެހި ބޭފުޅުން ވިއްޔާއެވެ. އެވެސް ހެދުނު ގޮސްފައި ހަވީރު އަނބިމީހާ ގާތަށް ނިދަން ދެވޭ ގޮތަށެވެ.
މައް ދިވެއްސެއް މަމީ
19 September 2020
ތިބޭފުޅާގެ ފަޅުރަށުގާ ތިބީ ވެސް ބަންގާޅުން ނޫން ކަމެއް ނޭގެއެވެ.ހަމަ ޔަޤީނުން ވެސް ބަންގާޅުން ކުރާ ޒާތުގެ މަސައްކަތެއް ތިބޭފުޅާ ނުކުރާނެއެވެ.އަދި ދަރިޔަކު ވެސް ނުކުރާނެއެވެ. ބަލަ ބަންގާޅު ލޭބަރުން ނަކީ މި ޤައުމުގެ ތަރައްޤީގެ ބައިވެރިން ނެވެ.