ރިޕޯޓް / ޖިނާއީ އަދުލުގެ ނިޒާމު

އިޖްރާއީ ގޯސްތަކުން މީހުން ދޫވުން: މިހާރު ތިބީ ދޫ ދޭކަށް ނޫން!

ފުލުހުން މައްސަލައެއް ތަހުގީގު ކުރަނީ: މުޖްތަމައުގެ ހައްގު ވެސް މުހިންމު -- ފައިލް ފޮޓޯ: މިހާރު

މަސްތުވާތަކެތީގެ މައްސަލަތަކުގައި މިގޮތަށް އެތައް ބަޔަކު ދޫވެއްޖެ އެވެ. ހެކި ނެތުމަށް ވުރެ ބޮޑަށް މިފަދަ މައްސަލަތަކުގައި ގިނައީ އިޖްރައާތާ ހިލާފްވުމުގެ މައްސަލަތަކެވެ. މީހަކު ފާސްކުރުމުގެ ކުރިން ހޯދަންޖެހޭ ހުއްދައެއް ނުހޯދުން ނުވަތަ ލިޔުމުން އޮންނަންޖެހޭ ކަމެއް ލިޔުމުން ނެތުމުން ނުވަތަ ލިޔުމެއްގައި އޮންނަ މީހެއްގެ ނަން ދިމާނުވުން ފަދަ ކަންކަމެކެވެ. މިފަދަ ކަންކަމުގެ ސަބަބުން މީހުން ދޫވާ ދޫވުމުން ކޮޮންމެ ފަހަރަކުހެން ފާޑުކިޔުން އަންނަނީ ކޯޓުތަކަށާއި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލަށެވެ.

ކިތަންމެ ބޮޑު ކުށެއްގެ ތުހުމަތު ކުރެވުނަސް، ގާނޫނީ ގޮތުން ކޮންމެ މީހަކަށް ވެސް ލިބިދެވޭ ހައްގުތަކެއް އޮވެ އެވެ. އެހެންވެ، މައްސަލާގެ ކުޑަބޮޑުމިނަށް އެކަނި ބަލައިގެން ހިތުހުރި ގޮތަކަށް ކަންކަން ކުރަން ފުރުސަތެއް ދައުލަތަކަށް ވެސް ނުދެވޭނެ އެވެ. އެކަމަކު އޭގެ އަނެއްކޮޅުން ބަލާއިރުު ޖިނާއީ މައްސަލަތަކަކީ މުޖްތަމައުގެ ހައްގުތަކެއް ވެސް އެކުލެވޭ މައްސަލަތަކެކެވެ. އެހެންވީއިރު، މަދު ބައެއްގެ އިހުމާލުގެ ސަބަބުން މުޖްތަމައުގެ ހައްގު ގެއްލިގެންދާ ދޫކޮށްލަންވީތޯ އެއީ ވެސް އުފެދޭ ސުވާލެވެ.

ދާދިފަހުން ވެސް ފެނިގެން ދިޔައީ މިފަދަ މައްސަލަ އެކެވެ. އަތުލައިގަނެވޭ ތަކެތީގެ މަައުލޫމާތު ހިމެނޭ ލިސްޓެއް ތުހުމަތު ކުރެވޭ މީހާ އަށް ދޭން ލާޒިމް ކޮށްފައި ވަނިކޮށް އެ އިޖްރައާތު ފުރިހަމަ ނުކުރުމުން މަސްތުވާތަކެތީގެ މައްސަލައެއް ކްރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލައިފަ އެވެ. އެ މައްސަލަ އިސްތިއުނާފް މަރުހަލާއަށް ގެންދަން ދައުލަތުން ވަނީ ނިންމައިފަ އެވެ. މިއީ އިޖްރާއީ މައްސަލަތަކުގެ ސަބަބުން މީހުން ދޫވެގެންދާ މައްސަލާގައި އެޅި މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުން

އިޖްރައާތާ ހިލާފްވުމުން މީހުން ދޫވާ މައްސަލަތަކާ ގުޅިގެން ސުޕްރީމް ކޯޓުން މިދިޔަ އަހަރު ނިންމާފައިވަނީ އިޖްރައާތާ ހިލާފްވާ ކޮންމެ ފަހަރަކީ މުޅި މައްސަލައަށް އަސަރުކޮށް، މުޅި މައްސަލަ ސާބިތުނުވެ އަދި ދައުވާލިބޭ މީހާ ސަލާމަތްވެގެން ދާންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ޖިިނާއީ އިޖްރައާތުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ އިޖްރައާތުތަކުގެ ތެރޭގައި މައްސަލައަށް އަސަރުކުރާ ފަދަ އިޖްރައާތުތަކާއި އަސަރު ނުކުރާނެ އިޖްރައާތުތައް ހުންނަ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އިޖްރައާތާ ހިލާފްވުމާއި ގާނޫނަކާ ކަނޑައެޅިގެން ހިލާފްވުމާ އެއީ ތަފާތު ދެ ކަމެކެވެ. އެގޮތުން ގާނޫނާ ހިލާފްވުމަކީ މަނާ ކޮށްފައިވާ ކަމެއް ކުރުން ކަމަށާއި އެކަމަކު އިޖްރައާތާ ހިލާފްވުމަކީ ކުރަން ލާޒިމް ކަމެއް އެ ނޫން ގޮތަކަށް ނުވަތަ އެންމެ ފުރިހަމައަށް ނުކުރުން ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، އިޖްރައާތުގައި ބަޔާންކުރާ ކަންކަން ފުރިހަމައަށް އަދާ ނުކުރިޔަސް، އެއީ އަސާސީ ޚިލާފްވުމެއް ނޫން ނަމަ، އެކަން ކޯޓުތަކުން ބަލައިގަނެވިދާވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

"އެކަން ކުރަން އޮޮތްގޮތް ނޫން ގޮތަކަށް ނުވަތަ އެންމެ ފުރިހަމަ ނޫން ގޮތަކަށް އެކަން ކޮށްފި ނަމަ ނުވަތަ އެފަދަ ގޮތަކަށް އިޖްރައާތެއް ހިންގައިފި ނަމަ ނުވަތަ އެކަމެއް ކުރަން އޮތް މުއްދަތުގެ ފަހުން އެކަން ކޮޮށްފި ނަމަ، އެފަދަ ކަންކަން ބެލެވޭނީ އެއީ އިޖްރާއީ ހިލާފެއް ކަމަށެވެ. އެކަމުގެ ސަބަބުން އެ މައްސަލައެއްގައި ސުވާލު އުފެދިފައިވާ މުޅި ޖިނާއީ އިޖްރައާތު އެއީ ޣައިރު ގާނޫނީ އިޖްރައާތަކަށް ވެގެން ނުދާނެ އެވެ." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ބުނެފައިވެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް --- ފޮޓޯ/މިހާރު

ހުކުމުގައިވާ ގޮތުން ޖިނާއީ އިޖްރައާތެއް އޮތުމުގެ ބޭނުމަކީ މުޖްތަމައުގެ ހައްގާ އެކު، ތުހުމަތު ކުރެވޭ މީހާގެ ހައްގުތައް ވެސް ހިމާޔަތްކޮށް، ބެލެންސް ކުރެވޭނެ ނިޒާމެއް ބޭއްވުމެވެ. އެހެންވުމުން ޖިނާއީ އަދުލުގެ ނިޒާމު މަގްސަދު ހާސިލްވާނީ އެ ދެ ހައްގު ލިބިދިނުމުގައި ވެސް ހަމަހަމަކަން އޮވެގެން ކަމަށާއި ދިމާވާ ކޮންމެ އިޖްރާއީ މަައްސަލައެއްގެ ސަބަބުން މީހުުން ދޫވާން ފެށުމުން އޭގެ ނުބައި އަސަރު މުޖްތަމައުގެ ތެރެއިން ފެންނަން ފަށާނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

"މުޖްތަމައުގެ ހައްގާއި ތުހުމަތުން ބަރީއަވުމަށް މަސައްކަތް ކުރުމުގައި ތުހުމަތު ކުރެވޭ މީހާގެ ހައްގަކީ އޭގެ ހައްގުވެރިންނަށް އެއް ހަމައެއްގައި އެއްވަރަށް އޭގެ ހައްގުވެރިންނަށް ލިބިދެވެންޖެހޭ ދެ ހައްގެވެ. މުޖްތަމައުގެ ހައްގު މުޖްތަމައުއަށް ލިބިދިނުމަށް މާ ބޮޑަށް މަސައްކަތް ކުރެވޭ ނަމަ، ތުހުމަތު ކުރެވޭ މީހާގެ ހައްގަށް އުނިކަން އަންނާނެ އެވެ. ތުހުމަތު ކުރެވޭ މީހާގެ ހައްގު އޭނާއަށް ލިބިދިނުމަށް މުޖްތަމައުގެ ހައްގަށް ރިއާޔަތް ނުކުރެވި، މަސައްކަތް ނުކުރެވޭ ނަމަ، މުޖްތަމައުގެ ހައްގަށް އުނިކަން އަންނާނެ." ހުކުމުގައި ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ނިންމިިޔަސް، އިޖްރާއީ އާދައިގެ ކަންކަމުގަައި ވެސް ދަށު ކޯޓުތަކުން އެތައް ބަޔަކު ދޫކޮށްލާފައިި އެބަހުއްޓެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ސުޕްރީމް ކޯޓުގެ އެ ނިންމުމުގައި ބުނާ ރަނގަޅު ކުރެވޭނެ އިޖްރައާތުތަކާއި ރަނގަޅު ނުކުރެވޭނެ އިޖްރައާތުތަކަކީ ކޮބައިކަން ތަފްސީލުކޮށް އެނގެން ނެތުމެވެ. މިސާލަކަށް ދޭންޖެހޭ ލިޔުމެއް ދެވިފައި ނެތުން ނުވަތަ ލިޔުމުން ހޯދަންޖެހޭ ހުއްދައެއް އަނގަބަހުން ހޯދުން ފަދަ ކަންކަމަކީ ރަނގަޅު ކުރެވޭނެ އިޖްރައާތެއްތޯ ނޫންތޯ މުޅިއަކުން މިހާތަނަށް ސާފެއް ނުވެ އެވެ.

އެހެންކަމުން މިހާތަނަށް ވެސް ކޯޓުތަކުން އަމަލުކުރާ ގޮތަކީ އިޖްރާއީ މައްސަލައެއް ދިމާވެއްޖެ ނަމަ، އެ މައްސަލައެއް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުމެވެ. ތަހުގީގު މަރުހަލާގައި އަމަލުކުރާ ގޮތް އެކަންޏެއް ނޫނެވެ. ދައުވާ ކުރުމާއި ޝަރީއަތުގައި ހެކި ހުށަހެޅުމުގެ މަރުހަލާގައި ވެސް މިފަދަ ކަމެއް ދިމާވެއްޖެ ނަމަ، ކޯޓުތަކުން އެގޮތަށް ނިންމާފައި އެބަހުއްޓެވެ. އެހެންކަމުން، މިއީ އަވަސް ގޮތެއްގައި ހައްލު ހޯދަންޖެހޭ ކަމެކެވެ.

މިހާރު ތިބީ ދޫ ދޭކަށް ނޫން

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ގާނޫނުގައި ބުނާ އަސާސީ ކަންކަމާ ހިލާފް ނުވާނަމަ، އިޖްރާއީ ކަންކަމުގެ ސަބަބުން އެއްވެސް މައްސަލައެއް ކޯޓުން ބޭރުވެގެން ނުވާނެ އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވެސް ދައްކަވަނީ ސުޕްރީމް ކޯޓުގެ ނިންމުމެވެ. އެ ނިންމުން އެގޮތަށް އޮއްވާ އެ ނިންމުމަށް ރިއާޔަތް ކުރުމެއް ނެތި، ކޯޓުތަކުން މައްސަލަތައް ނިންމާ ނަމަ، އެކަން ހުއްޓުވަން އިސްތިއުނާފް މަރުހަލާއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުން އެ އޮތީ ނިންމާފައި އަސާސީ ހައްގަކާ ނުގުޅޭ ކަމެއް ނަމަ، އެއީ މުޅި މައްސަލަ ބޭރުކޮށްލަންޖެހޭ ސަބަބެއް ނޫނޭ. އެހެންވީމަ އެއާ ހިލާފަށް ފަނޑިޔާރަކު ނިންމާ ނަމަ، އަޅުގަނޑުމެން މިދަންނަވަނީ އެ ނިންމުމެއް ގޯހޭ. ސުޕްރީމް ކޯޓުން އެ އޮތީ ގޮތް ކަނޑައަޅާފައޭ. އެ ނިންމުމަކާ ހިލާފް ނިންމުމެކޭ ތިއީ. އަޅުގަނޑުމެން ދާނަމޭ އިސްތިއުނާފަށް." ޝަމީމް ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ގިނަ މައްސަލަތަކުގައި އިޖްރާއީ ކަންކަމުގެ ސަބަބުން މައްސަލަތައް ކޯޓުތަކުން ބޭރުކޮށްލާފައި ހުުއްޓަސް، ޝަމީމް ވިދާޅުވި ގޮތުގައި އެފަދަ ކޮންމެ މައްސަލައެއް ދައުލަތުން އިސްތިއުނާފެއް ނުކުރާނެ އެވެ. އެގޮތުން އެ މައްސަލައެއްގައި ހިމެނޭ މަސްތުވާތަކެތީގެ ބަރުދަނާއި ވަށައިގެންވާ ކަންކަމަށް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދިމާވި އިޖްރާއީ މައްސަލައަކީ މަތީ ކޯޓުތަކުން ގޮތް ނިންމާފައި ހުރި ކަންކަން ކަމަށްވާ ނަމަ، އެ މައްސަލަތައް ވެސް އިސްތިއުނާފް މަރުހަލާއަށް ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެބަހުރި މިކަހަލަ އެ ނޫން މައްސަލަތައް ވެސް. އެކަމަކު އެންމެ ގްރާމެއް ނުވަތަ ދެ ގްރާމްގެ މައްސަލައެއްގައި އިޖްރާއީ ކަމެއްގައި އިސްތިއުނާފަށް ދިއުމުގެ ބޭނުމެއް ނެތް. އޭރު އަނެއްކާ ބަންދު ވެެސް ކުރަން ޖެހޭނެ." -- ޝަމީމް

"އެބަހުރި މިކަހަލަ އެ ނޫން މައްސަލަތައް ވެސް. އެކަމަކު އެންމެ ގްރާމެއް ނުވަތަ ދެ ގްރާމްގެ މައްސަލައެއްގައި އިޖްރާއީ ކަމެއްގައި އިސްތިއުނާފަށް ދިއުމުގެ ބޭނުމެއް ނެތް. އޭރު އަނެއްކާ ބަންދު ވެެސް ކުރަން ޖެހޭނެ." ޝަމީމް ވިދާޅުވި އެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނެއް ވުޖޫދަށް ގެނައީ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ހައްގާ އެކު މުޖްތަމައުގެ ހައްގުތައް ވެސް ހިމާޔަތް ކުރެވޭނެ ނިޒާމެއް ގެނައުމަށެވެ. އެހެން ނަމަވެސް ބޮޑެތި އެތައް ތުހުމަތުތަކެއް ކުރެވޭ ބަޔަކު ޖިނާއީ އިޖްރައާތުގެ ސަބަބުން ދޫވެގެން ގޮސް، މުުޖްތަމައުގެ ހައްގުތަކަށް ލިބޭ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދަން އެބަ ޖެހެ އެވެ. މިކަމުގައި މިހާރު އުފެދިފައި ހުރި ސުވާލުތަކުގެ ޖަވާބު އިސްތިއުނާފް މަރުހަލާއިން ލިބޭނެ ކަމަށް ބެލެވެ އެވެ.

26 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަޑިތަކުރު

24 November 2021

މީހަކު ހައްޔަރުކުރާއިރު ޔުނިފޯމުގައި ނެތީމަވެސް އިޖްރާޢަތް ފުރިހަމަނުވެގެން ކުށުގެ ވެށިންހައްޔަރުކުރާ މީހާވެސް ދޫވެދާނެއެވެ. އަނެއްކޮޅުން ބޮލުގައި ތޮފިނެތިގެން ނޫނީ ޔުނިފޯމުގައި ރުލެއް ހުރެގެންވެސް ޔުނިފޯމު ފުރިހަމަނުވާކަމަށް ވެދާނެއެވެ. އެހެނޭ ކިޔާފައި އެމީހާކުރީ ކުށަކަށްނުވެ ނުވަތަ އެމީހާ ކުށެއްނުކުރާކަމަށް ވެގެންނިމެންޖެހޭބާވައެވެ. އިޖްރާޢަތެއް ފުރިހަމަ ނުކުރިއްޔާ ނުކޮށްގެން އަޅާފިޔަވަޅެއް އެމީހަކާމެދު އަޅާށެވެ. ކުށްވެރިޔާ ދޫކުރާނީކީ ނޫނެވެ.

The name is already taken The name is available. Register?

ކަލްބެ

24 November 2021

ސްޕްރީމް ކޯޓުން ކޮންމެ އެއްޗެކޭ ބުންޏަސް، ހާދަ ލާރިއެކޭ!! ޑްރަގް މައްސަލަ ނޫން މައްސަލަތައް ތިބުނާ ގޮތައް ނިންމިދާނެ. އެކަމަކު ޑްރަގް ވިއްކާމީހުން ހާދަ ލާރިއެއް ގެންގުޅެޔޭ.

The name is already taken The name is available. Register?

ބިލް ކުލިންޓަން

24 November 2021

ޝަމީމުމީ ފޮނިކެނޑުމުން އެއްވަނަ.

The name is already taken The name is available. Register?

ނަހޫ

24 November 2021

މިގައުމުގައި މިހާރު ރަނގަޅަށް ހިނގާ އެއްވެސް ކަމެއް ނެތް. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ހިތްދަތިކަން. އާ ތަޖުރިބާ އަކަށް ވެރިކަމުގެ ހުންގާން 2023 ގައި ބަދަލު ކުރަންޖެހޭ.

The name is already taken The name is available. Register?

އިހަށް އުހަށް

24 November 2021

ތަހުގީގު ހިންގަން ތިބި ފަރާތްތަކުގެ ގާބިލް ކަމާއިމެދު ސުވާލު އުހެދޭ

The name is already taken The name is available. Register?

ކުޗީ

24 November 2021

ގާބިލު ކަމެއް ނޫން މިއީ އެމީހުން ގަސްތުގައި ކުރާ ކަމެއް. މިކަން ކަމުގައި އުޅެފަ ތިބި މީހުންގެ ދުލުން އެހެރީ މިކަން ކުރާ ގޮތް ކިޔާދީފަ. ބޮޑެއް ހަތްޔަރު ވާއިރަށް މިނިސްޓަރުން، މެމްބަރުން، ކޮމިޝަނަރުން ފެށިގެންގޮސް ކޯޓުގަ އިންނަ ކާތިބު ގެ ފޯނަށް ދަންދެން އެހެރައަންނަނީ ފުލުފުލުގަ ފޯނުތަށް. ކޮންމެވެސް ދިމާލަކުން ބާގަނޑެއް ނެތިއްޔާ ހަދައިގެންވެސް އެމީހަކު ޖެހޭ ދޫކޮއްލަން.

The name is already taken The name is available. Register?

ފަލަސުރުހީ

24 November 2021

ޝަމީމާ ޖައްސާލައިގެން އަގުވައްޓާލެވޭތޯ ކޮމެންޓު ތަކުގަވެސް އެބަ އުޅޭ ބަޔަކު. ވައްތަރީ ގޭންގު ތަކުން މިހާރު ސޯޝަލް މީޑިއާ އެކްޓިވިޒަމްވެސް ފަށަނީހެން. ވިސްނަން ޖެހޭނެ އެމީހުން ހުރިހާ ގޭމެއްވެސް ޖައްސާނެކަން.

The name is already taken The name is available. Register?

ހިމަސުރުޚީ

24 November 2021

ޝަމީމާ ޖައްސާލަނީ އެއްނޫން. ޤައުމުގަ މިހާތަނަށް ނުހިނގާފަދަ ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގި މީހާގެ ޤާނޫނީ ވަކީލުކަން ކޮށްފަ އައިސް އޭނާ އާ އެކު ޣައިބުގައިވާ އެއްބަސްްވުމެއް ހަދާ މިނިވަންކޮށް އަބަދު އުުންސުރު ހަމަނުވެފަ ހުންނަ މީހެއް

The name is already taken The name is available. Register?

ފާރިޝް

24 November 2021

ރަނގަޅު. މިގައުމުގައި ސަރުކާރުގަ ގިނައީ ކަންކަން ކުރަން ބޭނުންވެގެން ކުރާނެ ގޮތް ހޯދާނެ މީހުންގެ ބަދަލުގައި އެކަން ނުވާނެގޮތެއް ދައްކަން ބޭނުންވާ މީހުން. ކަންކަން ކުރުމަށް ގޮތް ހޯދަން އުޅޭ މީހުން ފެނުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް.

The name is already taken The name is available. Register?

ވޯލް

24 November 2021

ކުޑަ ވިއަސް ބޮޑު ވިއަސް، 1 ގުރާމު ވިއަސް 1000 ގުރާމުވިއަސް ކުށްކޮށްފިޔާ އެއް އުސޫލަކުން އަމަލު ކުރަންޖެހޭ. މިއަދު 1 ގުރާމް އޮގެން ދޫދިނީމާ މާދަން 1000 ހިމައިގެން އުޅޭނީ.

The name is already taken The name is available. Register?

ޗޮސްބެ

24 November 2021

އެއްގްރާމް ގެންގުޅޭ މީހަ އަތުގަ އެވަރަށް ލާރި ނުހުންނާތީ އިޖްރާތެއް ނޯންނާނެ. 100 ކިލޯ ވިއްކާމީހަގެ އަތުގަ ވަރަށް ފައިސާ ހުންނާނެ. އެހެންވީމަ އިޖްރާތް ވަރަށް ބޮޑުވާނެ. އެއީނު މިވާގޮތަކީ؟

The name is already taken The name is available. Register?

ހަސަންފުތާ

24 November 2021

ތީ ބޮޑު އަނގައެއް. އެއްވެސް ކަމެއް ވާ މީހެއް ނޫން. އަބަދުވެސް ފޮނި ވާހަކަ ދައްކާނީ

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

24 November 2021

މީނާ މިފެންނަނީ .. ބޭރަށް ހިގާހެން ދެދަޅަޔަށް ނޫސްތަކުގެ ހެޑުލައިން އަށް އަރާ "އުންސުރޭ ފަންސްރޭ " ކިޔާ ކަންކަމުން ބޯދަމައި ގަނެ އަމިއްލަޔަށް ޕްރޮމޯޓް ވާތަން ! ދެން ބުނޭ މިއޮތީ "ޗިަކަން އޯ އެގްސިޗްވޭޝަން އައިސްފައޭ" ވަރަށް ސަލާމް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454