ރިޕޯޓް / ބޯހިޔާވަހިކަން

މާލޭގެ މީހުންނަށް ދޭން މި ދައުރުގައި އެންމެ ފްލެޓެއް ވެސް އެޅިދާނެބާ؟

ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެެ ފަސް އަހަރުގެ ދައުރު ނިމެން ދެން އޮތީ މަދު މަސްތަކެއް. އެންމެ ބޮޑު ވައުދެއްވި، ބޯހިޔާވަހިކަމުގެ ވައުދު އޮތީ ކޮޅެއްގައި ނުޖެހި.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް--

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަބޫލުފުޅު ކުރައްވާ ހަގީގަތެއް އެބަ އޮތެވެ؛ މާލޭގެ ރައްޔިތުން ބޯހިޔާވަހިކަމަށް ޖެހިފައިވާ މިންވަރާއި އެ މީހުން އުފުލަމުންދާ ތަކުލީފުތަކުގެ ވާހަކަފުޅު ދެއްކުނު މިންވަރާ އަޅާބަލާއިރު އެކަން ހައްލުކުރެއްވުމަށް އެމަނިކުފާނަށް ވެސް ކުރެއްވުނު މަސައްކަތްޕުޅު ކުޑަ ކަމެވެ. މިއީ މާލޭގެ ރައްޔިތުން ވެސް ގަބޫލުކުރާ ހަގީގަތެކެވެ. މި ދައުރު ނިމެން ބާކީ ދެން އޮތީ ދޮޅު އަހަރެއްހާ ދުވަހެވެ. އަޅަން ބުނިހާ ފްލެޓެއްގެ މަސައްކަތް ދަނީ ލަސް ދުވެލީގަ އެވެ.

އެކަމަކު ރައީސް ވިދާޅުވަނީ މާލޭގެ ރައްްޔިތުންނަށް ދިމާވެފައި އޮތް ބޯހިޔާވަހި ކަމުގެ މައްސަލައިގެ ނުތަނަވަސްކަން އެމަނިކުފާނު ފިލުއްވައިދެއްވާނެ ކަމަށެވެ. މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައި ވެސް ރައީސް ދެއްވީ މި ޔަގީންކަމެވެ. މި ދައުރު ނިންމަވާލައްވާނީ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް، ރޯނުދަމާ އަދި ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށް ފަހު ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ މިހާރު ވެސް ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށާއި އިތުރު 2000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ފަށާނެ ކަމަށް ވިދާޅުވިފަ އެވެ. އެކަމަކު އެ މަސައްކަތް ވެސް ފެށޭނެ ދުވަހެއް ނޭނގޭއިރު މި ސަރުކާރުން ނިންމީ އެންމެ 7،000 ހައުސިން ޔުނިޓް އަޅާކަށެއް ނޫނެވެ.

ކުރިން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ މާލޭގައި 13،000-15،000 ފްލެޓް އެޅުން ކަމަށެވެ. އެކަމަކު މިހާރު ފަށާފައި ހުރި މަޝްރޫއުތައް ވެސް އެހާ ލަސް ކަމުގެ ޝަކުވާ ބޮޑުއިރު މި އަދަދަށް ފްލެޓް އެޅުމުގެ މަސައްކަތް ކުރެވޭނެތޯ ވެސް ސުވާލު އުފެދެ އެވެ.

މީގެ ދެ އަހަރު ކުރިން އަސްލަމ (ވ) އާއި އޭރުގެ ހައުސިން މިނިސްޓަރު އާތިފާ އަދި ސައިނޯ ހައިޑްރޯ ގްލޯބަލްގެ ނައިބު ރައީސް، ހުޅުމާލޭގައި 1،700 ހައުސިން ޔުނިޓްތަކުގެ ބިންގާ އަޅުއްވައިދެއްވަނީ: މި މަޝްރޫއުގެ ފަންޑު ހަމަނުޖެހޭތީ އަދިވެސް މަޝްރޫއު ނުފެށޭ-- މިހާރު ފައިލް ފޮޓޯ

މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް:

- އިންޑިއާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިން ހަދާ 2000 ފްލެޓް

- އިންޑިއާގެ ޖޭއެމްސީ ކުންފުންޏާ ހަވާލުކޮށްގެން ހަދާ 2000 ފްލެޓް

- ދިވެހި ކުންފުންޏެއް ކަމަށްވާ އެޕޯލޯ އިން ހަދާ 1000 ފްލެޓް

- ހުޅުމާލޭގައި 1،700 ހައުސިން ޔުނިޓު އަޅަން ބިން އެޅި. ފަންޑު ހަމަނުޖެހޭތީ މަޝްރޫއު އަދި ނުފެށޭ

ބޯހިޔާވަހިކަމުގެ ވައުދު ވާނީ ބިލާހަކަށް؟

މި ސަރުކާރުގެ މަޝްރޫއުތައް ލަސްކަމަށް އިދިކޮޅުން ތަކުރާރުކޮށް ބުނަމުންދެ އެވެ. ވަކިން ހާއްސަކޮށް ރައްޔިތުންނަށް ވައުދުވި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް "ބިމުން މައްޗަށް" ނާރާ ކަމަށް ބުނެ ފާޑުކިޔުން ވެސް އިތުރެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައަށްވާއިރު އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން އެބައޮތް ކަމަަށެވެ. މަސައްކަތްތައް ލަސްވެފައި، ދައުރު ނިމޭއިރު ވެސް ގެދޮރުގެ މަސައްކަތްތައް ނިމޭނެ ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

"ސަރުކާރުން ފްލެޓަށް ވައުދުވިތާ ތިން އަހަރުވެއްޖެ. އެކަމަކު އެއްވެސް ވައުދެއްގައި އެ ވިދާޅުވާ އަދަދަކާ ގާތަށް ވެސް ފްލެޓެއް/ ގޯއްޗެއް ވެސް ނުދެވޭ. މިއަދާ ހަމައަށް އައިއިރު ވެސް އެކަން ނުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް،" އެންމެ ފަހު ދެ ސަރުކާރުގައި ހަތް އަހަރު ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަސައްކަތް ކުރުމަށް ސަރުކާރުގައި އެދެމުން އައި ނަމަވެސް އެ ކަންކަމަށް ވެސް ނުބަލާ ކަމަށެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއެއް--. ފޮޓޯ:ނިޝާން އަލީ/މިހާރު

މި ސަރުކާރުން ކުރާ ކަމަކީ އެތައް އުއްމީދެއް ރައްޔިތުންނަށް ދިނުން ކަމަށާއި އެއްވެސް ވަރެއްގެ ހަގީގީ ކުލަވަރެއް ނުފެންނަ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔުން އަމާޒުކުރެއްވި އެވެ. ސަރުކާރާ މެދު ހިޔާލުތަފާތުން އޮތް ނަމަވެސް އޭނާ ވިދާޅުވަނީ ގެދޮރުގެ މައްސަލައިގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ގެނެވޭނީ ސަރުކާރަށް. ކައުންސިލުން ވެސް މިއޮތީ ސަރުކާރަށް އެއްބާރުލުން ދޭން ގެދޮރުގެ މައްސަލައިގައި. ސަރުކާރުން އަޅުގަނޑުމެންނާ ހަވާލުކުރާ ކަމެއްވިއްޔާ ނޫނީ ކުރާ ކަމެއްގައި ވިއްޔާ ފުރިހަމަ އެއްބާރުލުން ލިބޭނެ -- މުއިއްޒު

މުއިއްޒު ވިދާޅުވި ގޮތުގައި މިހާރު ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށް ދަނީ ކުރިން ފެށިފައިވާ މަޝްރޫއުތަކެވެ. އާ މަޝްރޫއުއަކަށް ހިނގަނީ ހަމައެކަނި އެޕޯލޯއާ ހަވާލުކޮށްގެން އަޅާ 1000 ފްލެޓްކަމަށް އޭނާ ވިދާޅުވެ އެވެ.

"އަލަށް ފެށުނީ އެންމެ މަޝްރޫއުއެއް. އެއީ އެޕޯލޯއާ ހަވާލުކުރި 1000 ފްލެޓްގެ މަޝްރޫއު. ދެން އެ ވިދާޅުވާ 5000 ޔުނިޓަކީ ވެސް ކުރިން ފެށިފައި ހުރި މަޝްރޫއުތަކެއް. އާ ނަމެއް ދީފައި ވިނަރެސް ކިޔަސް."

"މިހާރު މިދާ ސްޕީޑުގައި ދާކަމަށްވާ ނަމަ، ހިޔެއް ނުވޭ ދެބައި ކުޅަ އެެއްބައި ވެސް ނިމޭނެހެން. އެކަމަކު މަސައްކަތްތައް އަވަސްކޮށް، މިކަމަށް ދޭ ސަމާލުކަން އިތުރުކޮށްފިއްޔާ ނިމިދާނެ. އެކަމަކު އަވަސްކުރުމުގެ ކުލަވަރެއް ނުފެނޭ"

އޭނާ ވަނީ ކައުންސިލުން ވެސް މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ވަރަށް ބޮޑަށް ބޭނުންވާތީ ފްލެޓް އެޅުމުގެ ހުއްދައަށް އެދިފައިވި ނަމަވެސް އެކަމަށް ޖަވާބެއް ނުލިބޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެކަމަކު ކައުންސިލުން އެ މަސައްކަތް ކުރިއަށް ގެންދިއުމަކީ ވެސް ސަރުކާރަށް ލިބޭނެ ލުޔެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި ކަންތައްދާ ގޮތުން އެކަން ކުރެވޭނެ ކަމުގެ މާބޮޑު އުއްމީދެއް ނެތް. އެކަމަކު އަޅުގަނޑުމެން މިތިބީ މިކަމުގައި ބައިވެރިވާން،" ކައުންސިލް ބާކީ ނުކޮށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވި އެވެ.

މުއިއްޒުގެ އަނެއް ކަންބޮޑުވުމަކީ އޭނާ ތަކުރާރުކޮށް ވިދާޅުވާ ކަމެކެވެ. ގުޅީފަޅު މާލޭގެ ރައްޔިތުންނަށް ހާއްސަކުުރުމުގެ ބަދަލުގައި އެތަނުގައި ޕޯޓު އަޅާތީ ނުރުހުން ފާޅުކުރައްވައި އޭނާ ވިދާޅުވީ ރައީސްއާ ބައްދަލުކުރައްވާ އެކަމުގެ ކަންބޮޑުވުން ހިއްސާކުރެއްވި ކަމަށާއި އަދި ގުޅީފަޅުގެ ޕްލޭންގެ މަޝްވަރާކުރާނީ ކައުންސިލާ ގުޅިގެން ކަމަށް ވިދާޅުވިތާ އަށް މަސްވިއިރު ވެސް އެކަން ނުހިނގާ ކަމަށެވެ.

މާލޭގެ ރަށްވެހިންނަށް ގޯތި/ ފްލެޓް ދޭން ސަރުކާރުން ނިންމި ގޮތުގެ ތަފްސީލު:

- މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެެގެން 1،000 ގޯތި

- ޕޯޓު އެޅިޔަސް ގުޅީފަޅުން މަދުވެގެން 2،000 ގޯތި

- ގިރާވަރު ފަޅުން ހިއްކާ ބިމުން މަދުވެގެން 2،000 ގޯތި މާލޭ

- ހުޅުމާލޭގައި އަދި އިތުރު 2000 ފްލެޓް އަޅާނެ ކަމަށް ރައީސް ވިދާޅުވި

ދައުރު ނިމެންވާއިރަށް ވައުދު ފުއްދޭނެ!

މި މަޝްރޫއުތައް މާބާރު ސްޕީޑެއްގައި ކުރިއަށް ނުދާތީ ދައުރު ނިމޭއިރު ވައުދުވި އަދަދަށް ފްލެޓްތައް ނިމިދާނެތޯ އިދިކޮޅުން އުފައްދާ ސުވާލުތަކަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން، "މިހާރު" އަށް ވިދާޅުވީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ދަނީ ވަރަށް ބޮޑަށް ރޭވިގެން ރަނގަޅު ސްޕީޑެއްގައި ކަމަށެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުގެ ފްލެޓްތަކަކީ ރައްޔިތުންނަށް އަގު ހެޔޮކޮށް ތަނަވަސް ދިރިއުޅުމެއް އުޅެވޭނެ ގޮތަކަށް ކުރިއަށް ގެންދާ މަޝްރޫއުއެއް ކަމަށެވެ. އަދި ދައުރު ނިމޭއިރު ރައީސް ވިދާޅުވާ ގޮތަށް މަސައްކަތްތައް ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވަ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ވިނަރެސްގެ ޓަވަރުތަކެއް-- ފޮޓޯ؛ ފަޔާޒު މޫސާ/ މިހާރު

"މި މަޝްރޫއު ހިޔާ ފްލެޓްތަކަށް ވުރެ އަގު ހެޔޮވެފައި ތަނަވަސްވާނެ. ރަައީސްގެ ސިޔާސަތުގެ ދަށުން މިހާރު ކުރެވޭ މި ކަންކަމަކީ ރައްޔިތުންނަށް ތަނަވަސްކޮށް ދިރިއުޅެވޭނެ ގޮތަކަށް ފްލެޓާއި ގޯތި ދޫކުރުން. ގޯތި ދޫކުރުމުގެ އުސޫލު ހެދުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން. މި ތަންތަން އަގުހެޔޮވާނެ ސަބަބަކީ މިއީ މިކަން ކުރާ ބައެއްގެ ޖީބަށް ފައިސާ ވަންނަ ގޮތަކަށް މަސައްކަތްނުކުރާތީ،" އިދިކޮޅަށް ފާޑުވިދާޅުވަމުން އަކްރަމް ވިދާޅުވި އެވެ.

މި މަޝްރޫއު ހިޔާ ފްލެޓްތަކަށް ވުރެ އަގު ހެޔޮވެފައި ތަނަވަސްވާނެ. ރަައީސްގެ ސިޔާސަތުގެ ދަށުން މިހާރު ކުރެވޭ މި ކަންކަމަކީ ރައްޔިތުންނަށް ތަނަވަސްކޮށް ދިރިއުޅެވޭނެ ގޮތަކަށް ފްލެޓާއި ގޯތި ދޫކުރުން. ގޯތި ދޫކުރުމުގެ އުސޫލު ހެދުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން-- އަކްރަމް

މިހާރު މިދާ ގޮތަށް ގޮސްގެން، 13000-15000 ފްލެޓް މާލޭގައި ދައުރު ނިމޭއިރަށް ނޭޅުނަސް އެ މަޝްރޫއުތަކުގެ ބޮޑު ބައެއް ނިންމުމުގެ އަމާޒު ހިފާފައިވާ ކަމަށް ކުރިން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވިދާޅުވެ އެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް އެބަގެންދެ އެވެ. ސަރުކާރުގެ ބޭނުމަކީ ފްލެޓް އަޅައި އަސާސީ ހިދުމަތްތައް ގާއިމްކޮށްދީ ދަތުރުފަތުރުކުރުމުގައި ލުއި ފަސޭހަތަކެއް ހޯދައިދޭނުމުން މާލޭގެ ތޮއްޖެހުމަށް ހައްލެއް ގެނެސްދިނުމެވެ.

63 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 48%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުންދުސީ

15 February 2022

ރަނގަޅުވާހަކައެކެވެ. އުއްމީދު ކުރިވަރެއް އަދި ނުވެއެވެ. އެކަމަކު މިދިޔަ ސަރުކާރުން އެޅި ހިޔާފުލެޓުގެ ބިންގާ އެޅީ އެވެރިކަމުގެ އެންމެ ފަހު އަހަރުއެވެ. މާނައަކީ ބިންގާ އެޅިތާ އަހަރުވީއިރު ސަރުކާރު ވަނީ ބަދަލުވެފައެވެ.

The name is already taken The name is available. Register?

ވާނުވާ.

15 June 2022

އެެއީ ބިމެއް ހިއްކައިގެން ކުރި ކަމެއްކަން ނޭނގޭތޯ؟

The name is already taken The name is available. Register?

ޙިނި

14 February 2022

އަދިވެސް ހަމަ ރަށު ބަންދުގަ. މާލޭ މީހަކައް އަތޮޅުތެރެއަކުން ބިންމެއް ނުލިބޭ، އަތޮޅުތެރޭ މީހަކައް މާލެއިން ނޫނީ އެހެން ރަށަކުން ބިން ވަޅެއް ނުލިބޭ. މައްސަލަ ހައްލުވުމުގެ ބަދަލުގައި ހައްސަލަ ހައްތަހާގޯސް މިވަނީ

The name is already taken The name is available. Register?

މާސްޓަރު

13 February 2022

ގިރާވަރު ފަޅުގައި އެހާ 2000 ގޯތިދީގެން ކުޑައާބާދީއެއް އުފެއްދައިފިނަމަ، ލިބޭ ޚިދުމަތްތައް ވަރަށް މަދުވާނެ. 2000 ގޯއްޗާއެކު އެފަޅުގެ މުޅި މާސްޓަރޕްލޭން ހާމަކުރުން މުހިއްމު. ހައުސިން ޔުނިޓްތަކުގެ އަދަދާއި ގާއިމުކުރާނެ ހިދުމަތްތައް. ފަޅުހިއްކައިގެން ބާރު ސްޕީޑެއްގައި ހުޅުމާލެ ފޭސް 2 އެންމެ 8 އަހަރުތެރޭ ތަރައްގީވިޔަސް، ތިޔަ ފަޅު ތަރައްގީވާން 30 އަހަރަށްވުރެ ގިނަ ދުވަސް ނަގާނެކަމަށް ލަފާކުރެވޭ.

The name is already taken The name is available. Register?

ްަހަކްރަމް

13 February 2022

ރައީސްގެ އަމާޒަކީ ހިޔާ ފްލެޓަށްވުރެ ޖާގަ ތަނަވަސް އަދި އެތަނަށްވުރެ އަގު ހެޔޮ ފްލެޓްތަކެއް އެޅުން މިކަމަށް މިދަނީ ޕްލޭން ހަދަމުން ހީވަނީ ކުރިއަން އޮތް ދޮޅު އަހަރުތެރޭ ޕްލޭން ނިންމާލެވޭނެހެން

The name is already taken The name is available. Register?

ދޮންބެއަލީ

13 February 2022

މިދައުރުގައި އަގު ހެޔޮވާނެ، އެކަމަކު އަގަކީ 2.5 މިލިޔަން ..އެއްފަހަރާ 5ލައްކަ ދެއްކީމަ މަހަކު 20500ރ 20 އަހަރަށް ސަޅި..ސޯސަލް ހައުދިންނަށްކުރީ ސަރުކާރުން އެޅި ފުލެޓް ވިނަރެސް އަށް ބަދަލު ކޮށް މާކެޓްގައި 2.5 ވިއްކާ ބަޔަކަށް އިތުބާރު ކުރާނީ ކިހިނެތް.

The name is already taken The name is available. Register?

ޢިބޫ

13 February 2022

މިހާރު ތިހިރަ ހައުސިންގ މިނިސްޓަރ ހުރެގެން މާލެ މީހަކަށް ފްލެޓެއްވެސް ނުލިބޭނެ، ކުރީގަ އޭނަހުރިއިރުވެސް ވީހަމައެހެން.

The name is already taken The name is available. Register?

ޢަޙުމަދު.

25 February 2022

މާލެ މީހަކަށް ވީތީ އޭ ކިޔާފަ ފުލެޓް ދޭންޖެހޭ ސަބަބެއް ބުނެބަލަ.؟ ފުލެޓް އަލަނީ ދައުލަތުގެ ފައިސާއިން. މާލޭމީހުންގެ އެކަނި ފައިސާއަކުން ނޫން. މާލޭގެ ބިން މިއޮތީ ފުރިފަ. މާލޭގަ އުޅެވެން ނެތިއްޔާ ބިންއޮތް ރަށަކަށް ދާނީ.

The name is already taken The name is available. Register?

ޖެކް

13 February 2022

އިބޫ ސާލިހު ދުނިޔޭން ބޭރުގަ ފުލެޓަ އަޅަންޏާ އަހަރެމެންނަކަށް ނުފެންނާނެއެއްނު!

The name is already taken The name is available. Register?

ފަނަރަހާސް

13 February 2022

ޕްރީ ފެބްކޮށް އަޅާ ނިމިފަހުރީ. 2023 ޖެނުއަރީގައި އަންނަން ފަށާނެ. ކެތްކުރޭ

The name is already taken The name is available. Register?

ނައިކް21

13 February 2022

ޔާމީނު ވެރިކަމުގަ އެޅި އެއްވެސް ފުލެޓަކަށް މީހަކު ނުވަދޭ.. ހިޔާވެސް ނިންމާފަ ދިނީ މިވެރިކަމުގަ.. ހުޅުމާލޭ ޗައިނާ ފުލެޓާ މާލޭ ޓާތާ ފުލެޓުތަކަކީ ނަޝީދު ވެރިކަމުގަ އަދި ވަހީދު ވެރިކަމުގަ ފެށި ފުލެޓުތަކެއް.. އެހެންވީމަ ތާރީޙް ބުރަވަނީ 5 އަހަރުން ފުލެޓު ނުނިންމޭކަމަށް.. މަޢުމޫނު އެޅި ތަންތަން ފިޔަވާ..

The name is already taken The name is available. Register?

ޫުބައްޔާ

13 February 2022

ޔާމީނު ވެރިކަމާ ހަވާލުވިއިރު ހުޅުމާލޭގެ ދެވަނަ ފޭސް އޮތްބާ!

The name is already taken The name is available. Register?

ާއުނިމާ

13 February 2022

ކޮބާތަ ފުޅެޓް ދޮންބެ ވާހިތުން އުޅޭ ބޭފުޅާ؟ އޭނަވެސް ބައިވެރުކޮށްބަލަ

The name is already taken The name is available. Register?

އަޙުމަދު.

25 February 2022

ދޮންބެ މިހާރު ފުލެޓަކައިގެން ނޫޅެއެއްނޫ. މިހާރު އުޅެނީ ބަނޑުދަމާނީގަ.

The name is already taken The name is available. Register?

އިންތިއާއިއެކު

13 February 2022

ރައީސް ނަޝީދު ދައުރުގައި ހުޅުމާލޭގައި އެޅި ކޮރަލްވިލް، ޗައިނާ ޓައުންގެ 1000 ފްލެޓް އަދި މާލޭގައި ޓީޗަރުންނަށް ހާއްސަކޮށް އެޅި އެދުރުހިޔާ އެއީ 5 އަހަރުތެރޭ މީހުން ވައްދާފައިވާ ހައުސިންގތައް. ވެރިކަމުގައި ރައީސް ނަޝީދު ނެތަސް އެއީ އެމީހާގެ 5 އަހަރު. މާލެ ރައްޔިތުންނަށް ގޯތި ކަނޑާފަ ހުޅުމާލެއިން ދިނީވެސް އަންނި. ޔާމީނު ފެށި ތަންތަން ދެބައިކުޅަށް ވުރެން ބޮޑުބައެއް ނިންމަންޖެހުނީ މިސަރުކާރަށް. އެވެސް މަގުތަކާ ސްކޫލާ ފިހާރަ އަދި ސިއްހީ ތަންތަން ނެތި.

The name is already taken The name is available. Register?

އިންތިނެތަސް

13 February 2022

ނަޝީދުގެ ހުރި ގޮތްކުޑަކަން އެއީ ޗައިނާއާ ޖައްސާލާކަން އެހެންވީމަ. އޭނަގެ މަސައްކަތް ފުރިހަމަކޮށްދިނީ ޗައިނާ މީހުން. ޗައިނާ މީހުން ނުކުރިނަމަ ޔާމީނަށް އެތަންތަން ބަޔަކާ ހަވާލެއް ނުކުރެވުނީސް. ޔާމީން އެޅި ތަންތަނަށް މީހުންނަށް ނުވެދެވޭނެ އެއީ 7000 ފްލެޓްގެ ޕްރޮޖެކްޓެއްގެ ވާހަކަ ތި ދައްކަނީ. މަތިން މީހަކު ފޭބިއަސް އެއަށްވުރެ އަވަސް ސްޕީޑަކު ނުކުރެވޭނެ.

The name is already taken The name is available. Register?

ހަނދާނުން

13 February 2022

ޔާމީނު ފޭބިއިރު 7000 ފްލެޓްގެ ފިނިޝިންގ ނޫން ހުރިހާ ކަމެއް ނިމިފަ ހުރީ. އިބޫއައިސް އެތަން ތަޅާލަން ވިސްނައި، ފަހުން ގޮތެއް ނިންމަން 3 އަހަރު އިސްރާފަށްގޮސް އެއްކަމެއްވެސް ނުކޮށް، ހަވާލުކުރީ އާއްމުންނާ. މިހާރު އެތަން އެނިންމަނީ އާއްމު ރައްޔިތުން. ސޯ އިބޫސަރުކާރުން އެއްކަމެއްވެސް ކޮށްދީފައެއް ނެތް. ނުސީދާކޮށް ބަޔަކަށް ފްލެޓްތަކެއް ބެހި. ކޮމިޓީއަށް ދިރިއުޅުމުގެ ހާލަތު ބެލުނީ 2 އަހަރުން.

The name is already taken The name is available. Register?

9877

13 February 2022

ހަނދާނުން ތިހިރީ ގާފިލްވެފަ. އިބޫ އައިސް ތިޔަބުނާ ހިޔާ ފުލެޓްގެ 10 ޓަވަރު ބިމުން މައްޗަށް ނެގީވެސް. ޔާނު ދިޔައީ ކަޓުނަގައިގެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454