ރިޕޯޓް / ކ. ގުރައިދޫ

އެކަނިވެރިވެ ޒުވާން އުމުރު ގުރައިދޫ މަރުކަޒުގައި!

"ކުރި ހޯދަމުން ދިޔަ ވަޒީފާ އެކު އަމިއްލަ ނަފްސު ވެސް ގެއްލުނީ ހިތާމަތަކެއްގެ ތެރެއަށް. އެކަމުން އަރައިނުގަނެވި ދެން ކުރިމަތިވި ހާދިސާތަކުން އެކަނިވެރިކަން ވަށައިލީ،"

ގުރައިދޫ މަރުކަޒުގައި ނަފުސާނީ ފަރުވާ ހޯދަމުން އަންނަ ޒުވާނަކު އޭނާގެ ވާހަކަ "މިހާރު" އަށް ކިޔައިދެނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކ. ގުރައިދޫން،  އިފްރާޒް އަލީ، މިހާރު

05 މާޗް 2022 - 08:36

23 comments

ގުރައިދޫ މަރުކަޒުގައި ހަސަން ޖާވިދު އިނީ ގޮތް ހުސްވެ، މާޔޫސްވެފަ އެވެ. އުމުރުން 35 އަހަރުގައި މިއީ އޭނާގެ ދިރިއުޅުން ހުސްކޮށްލަން ޖެހޭ ތަނެއް ނޫނެވެ. މޮޅަށް ކިޔަވައިގެން ހުވަފެންތަކެއް ހުއްޓެވެ. ހިތްވަރާ އެކު ކުރިއަށް ދަނިކޮށް ކުއްލިއަކަށް ވަޒީފާ ގެއްލުމުން ކުރިމަތިވީ ފުން ހިތާމައެކެވެ. ހުރިހާ ކަމެއް ބަދަލުވެ، މީހާއަށް ވީ ގޮތެއް ނޭނގެ އެވެ.

ރަނގަޅަށް ވިސްނެން ފެށިއިރު، ދިރިއުޅުން ހަމަޖެހިފައި އޮތީ ގުރައިދޫ މަރުކަޒުގަ އެވެ. އިތުރު ދެރައެކެވެ. މިތަނުގައި ތިބީ، ހަސަން ވެސް ހިމެނޭ ގޮތުން، އެކަނިވެރިންނެވެ. ދައުލަތުގެ އެހީތެރިކަން ފިޔަވައި، އެ މީހުން ހޭދަކުރަނީ ލޯތްބާއި އަޅާލުމުން މަހްރޫމްވެ، އުއްމީދެއް ނެތް ދިރިއުޅުމެކެވެ.

އެހާ ޒުވާން އުމުރުގައި މިތަނަށް ގެނައީ ކީއްވެތޯ "މިހާރު"ގެ ޓީމުން އެހުމުން ހަސަން ބުނީ އެ ސުވާލު އެންމެ ރަނގަޅުވާނީ އޭނާގެ އާއިލާއާ ކުރިއްޔާ އެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާ އެތަނަށް ގެންނަން މެދުވެރިވި ހާލަތު ކިޔައިދޭކަށް ނޭނގުނެވެ. ވިސްނާކަށް ވެސް ފަސޭހައެއް ނޫނެވެ.

ހަސަން ކުރި ހޯދަމުން އައީ ޓެކްނޮލޮޖީގެ ދާއިރާއިންނެވެ. ވަކި ހިސާބަކުން ކުއްލިއަކަށް ވަޒީފާ ދޫކޮށްލަން ޖެހުމުން އަމިއްލަ ނަފްސަށް އުނދަގޫތަކެއް ކުރިމަތިވީ އެވެ. ގާތްކޮށް އުޅުނު އެންމެންނާ ވަރަށް ބޮޑަށް ދުރުވީ އެވެ. އާއިލާއާ ވެސް ދުރުވެ، ވަކިން ދިރިއުޅެން ފެށި އެވެ. އެކި ހިޔާލާއި ފިކުރުތަކުން އޭނާގެ ސިކުނޑި ފުރި، ބާރުވީ އޭގެ ފަހުންނެވެ.

އޭގެ މާ ގިނަ ދުވަސްތަކެއް ނުވެ، އޭނާ އަށް އާދަޔާ ހިލާފު ގޮތްތަކެއް ވާން ފެށި އެވެ.

"ކޮންމެވެސް ވަރަކަށް ދުނިޔެއާ އެކަހެރިވެވުނީ، އެގޮތަށް އެކަނި އުޅެން ފެށީމަ،" މި ބަލީގައި އުޅޭތާ ހަތަރު އަހަރުވެފައިވާ ހަސަން ކިޔައިދިނެވެ.

ގުރައިދޫ މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ މީހަކު އުނދޯންޏެއްގައި އިށީނދެލައިގެން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ނަފުސާނީ ބޮޑު ބައްޔެއް!

ސިކުނޑި ތެރޭގައި އެނބުރެނީ ބާރު އަޑުތަކެކެވެ. އަސްލެއް ނެތް އެ އަޑުތަކުން މީހާގެ ސިކުނޑި ފަޅައިގެންދާ ވަރުވެ އެވެ. އެއްވެސް ގޮތަކަށް ނުވެސް ހިނގާ ކަންތައްތައް ފެނެ އެވެ. ރުޅިގަދަވެ، އަމިއްލަ ނަފުސަށާއި އެހެން މީހުންނަށް ނުރައްކާވާ ހިސާބަށް ކަންކަން ކުރެވުނެވެ. މީހާ ކޮންޓްރޯލުން ނައްޓައިގެންދާ ކޮންމެ ފަހަރަކު، ރަނގަޅަށް ހޭވެރިކަންވާއިރު އޮންނަނީ ހޮސްޕިޓަލުގެ އެނދުމަތީގަ އެވެ.

ވީގޮތެއް ނުވަތަ ކުރެވުނު ކަމެއް ވެސް ހަނދާނަކު ނުހުރެ އެވެ.

ހަސަން ބުނި ގޮތުގައި، އޭނާއަށް ދިމާވި އެ ކަންކަމަކީ، ޑޮކްޓަރުން ބުނާ ގޮތުގައި، ވަރަށް ނުރައްކާތެރި ނަފްސާނީ ބައްޔެއް ކަަމަށްވާ "ސްކިޒޮފްރީނިއާ" އެވެ. އެއީ އެ މީހަކު، ހަގީގަތްތައް ދެނެގަންނަ ގޮތް ބަދަލުކޮށްލާ ނަފްސާނީ ބައްޔެކެވެ. އެ ހާލަތުގައި ވުޖޫދުގައި ނެތް ކަންކަން ފެނުމާއި އަޑުއިވުމާއި އަދި ހަގީގަތެއް ނެތް ގަބޫލުކުރުންތަކުން މީހާގެ ސިކުނޑި ވަރުބަލިކޮށްލަ އެވެ. އެ ބަލީގައި ބައެއް މީހުން އުމުރު ދުވަހު ބޭސް ކާން ޖެހެ އެވެ.

"ބޭސްކަމުން އައިސް އެއްކޮށް ރަނގަޅު ނުވަނީސް އަހަރެއް ވަރު ކުރިން ބޭސް ކެއުން އަމިއްލަ އަށް ހުއްޓާލީ. އެ ފަހުން، އަނެއްކާ ވެސް ގޯސްވީ،" ހަސަން ކިޔައިދިނެވެ.

ގުރައިދޫ މަރުކަޒުގައި ނަފުސާނީ ފަރުވާ ހޯދަމުން އަންނަ ބަޔަކު އެތަނުގައި މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"ފަހު ފަހަރު މާ ބޮޑަށް ގޯސްވީމަ، އާއިލާއިން ވާހަކަ ދެއްކީ މިތަނާ [ގުރައިދޫ މަރުކަޒާ]. އަމިއްލަ އަށް ވެސް ބޭނުންވި ރަނގަޅުވާން މިކޮޅަށް އަންނަން."

އޭނާ ކިޔައިދިން ގޮތުގައި މަރުކަޒަށް ގެންނަން ކައިރިވެފައި ވަނިކޮށް، އެއް ދުވަހަކު އޭނާ ވަރަށް ބޮޑަށް ސަކަރާތްވި އެވެ. އެ ފަހަރު، ރަނގަޅަށް ހޭވެރިކަންވި އިރު، އޮތީ މިތަނުގެ އެނދެއްގަ އެވެ.

މިތަނުގައި ދެމުން އަންނަ ފަރުވާ އިން އޭނާގެ ހާލު ކުރިއަށް ވުރެން މިހާރު ރަނގަޅެވެ. އޭނާ ބޭނުންވަނީ އާއިލާގެ ގާތަށް އެނބުރި ދާށެވެ.

"މިހާރު ހަމަ އައި ފީލް ނޯމަލް. މިކޮޅަށް އައިސް ތިން މަސްވި ފަހުން ބޭހެއް ވެސް ނުކަން. އެކަމަކު އަދި ވަރަށް ރަނގަޅަށް ހުރިހާ ކަމެއް މި ދަނީ،" އޭނާ ބުންޏެވެ.

"މޮޔައިންގެ މަރުކަޒެއް" ނޫން!

ގުރައިދޫ މަރުކަޒުން ލިބުނު އެހީތެރިކަމާއި، ފަރުވާ އަށް އޭނާ ޝުކުރުވެރިވެ އެވެ. އެކަމަކު އެތަނުގެ ދިރިއުޅުން އަމިއްލައަށް ތަޖުރިބާކުރަން ޖެހުމުން ދެން ތިބި މީހުންގެ ހާލު ގާތުން ފެނުނެވެ. އެހެންވެ އެ މީހުންގެ ހައްގުގައި އޭނާގެ ހުރި ކަންބޮޑުވުންތައް ގިނަ އެވެ. ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. އޭގެ ތެރޭގައި ނަފްސާނީ އެއްވެސް މައްސަލައެއް ނެތަސް އާއިލާ އިން ބާކީކޮށްލުމުން މަޖުބޫރުވެގެން އުޅެން ޖެހިފައި ތިބި މީހުން ވެސް އެބަތިއްބެވެ.

ހަސަންގެ ހިތްހަމަނުޖެހުން އޮތީ، ގައުމުގެ އިސް ސަފުގެ ހިންގުންތެރިންނާއި މުޖުތަމައުގެ ޒިންމާދާރު މަގާމުތަކުގައި ތިބި މީހުންނާ މެދުގަ އެވެ. ރާއްޖޭގައި ނަފުސާނީ ބަލިތަކަށް އަދިވެސް އެންމެ ރަނގަޅު ފަރުވާ ލިބެން ނެތުމުން އޭނާ ކުރި ޝަކުވާތައް ގިނަ އެވެ.

މިތަން، ކޮމިއުނިޓީގެ ތެރޭގައި ސިފަކޮށްފައި އޮންނަނީ "މޮޔަވީމަ" ގެންނަ ތަނެކޭ. އެހެންވެ، އެއް ކަހަލަ ނަފުސާނީ ބައްޔަށް ބޭސްކުރަން ބޭނުންވާ މީހާ ވެސް އަންނަން ޖެހިލުންވޭ. ނަފުސާނީ ވުމަކީ މީހާ މޮޔަވުމެއް ނޫން.

އައިޖީއެމްއެޗުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ދެ އެވެ. އެކަމަކު ރާއްޖޭގައި މި ބަލީގެ ހާލަތު ގޯސްކަމުން ބޮޑު ކިޔޫއެއް އަބަދުވެސް އޮންނަ އެތަނުން އެޕޮއިންޓްމަންޓެއް ލިބި ދެތިން ހަތަރުމަސްވާ އިރު ވެސް ނުދެއްކި ހާލަތު ގޯސްވާ ފަހަރު ވެސް އާދެ އެވެ.

ނަފުސާނީ ބަލީގައި އެންމެ ބޮޑުވަރުވާ މީހުންނަށް ކިރިޔާ ވެސް ފަރުވާ ލިބޭ ހަމައެކަނި ތަނަކަށް ހުރީ ގުރައިދޫ މަރުކަޒެވެ. އެކަމަކު މިއީ "މޮޔައިގެން މަރުކަޒެއް" ގޮތުގައި މުޖުތަމައުގައި ސިފަކޮށްފައި އޮންނާތީ އޭނާ ހިތްހަމައެއްނުޖެހެ އެވެ. ހޭލުންތެރި މުޖުތަމައުއެއް ބިނާކުރަން މަސައްކަތް ކުރާ އިރު، ހާއްސަކޮށް ޒުވާނުން އެ ވިސްނުން ދޫކޮށްލަން ވެއްޖެ ކަމަށް އޭނާ ބުންޏެވެ.

"މިތަން ކޮމިއުނިޓީގެ ތެރޭގައި ސިފަކޮށްފައި އޮންނަނީ "މޮޔަވީމަ" ގެންނަ ތަނެކޭ. އެހެންވެ، އެއް ކަހަލަ ނަފުސާނީ ބައްޔަށް ބޭސްކުރަން ބޭނުންވާ މީހާ ވެސް އަންނަން ޖެހިލުންވޭ. ނަފުސާނީ ވުމަކީ މީހާ މޮޔަވުމެއް ނޫން،" އޭނާ ބުންޏެވެ.

"އަޅުގަނޑު އާއިލާއިން ވެސް ޖެހިލުންވި މިތަނަށް ފޮނުވަން، ކިހިނެއްވާ ތަނެއް ކަމެއް ނޭނގޭއިރު. މިތަން ބަލާލިޔަސް އެނގޭނެ، ޒުވާން ކުއްޖަކު ވަރަށް ނުފެންނާނެ. ގިނައިން ތިބޭނީ ދުވަސްވީ މީހުންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުން."

ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު: އެ މަރުކަޒުގައި ނަފުސާނީ ބައްޔަށް ފަރުވާ ކުރާ މީހުންނާއި އަޅާލާނެ މީހަކު ނެތް އުމުރުން ދުވަސްވީ މީހުން ތިބޭ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މިތަނުގައި ނަފުސާނީ ބަލިތަކަށް އެންމެ ރަނގަޅު ފަރުވާ ނުލިބެނީ ވެސް މުޖުތަމައުގެ ސަބަބުން ކަމަށް އޭނާ ދެކެ އެވެ. ނަފުސާނީ ބަލީގެ ދާއިރާއިން ކިޔަވައިގެން ކޮންމެ އަހަރަކު އެތައް ޒުވާނަކު ގްރެޖުއޭޓްވާ އިރު، އެތަނުގައި މަސައްކަތް ކުރަން ދާނެ މީހަކު ނުވެ އެވެ. އެތަނުގައި ހުރި މައްސަލަތައް އަޑުއަހާނެ މީހަކު ނެތެވެ. ހިދުމަތް ރަނގަޅު ކުރަން އެހީވާނެ ވެރިޔަކު ނެތެވެ.

އޭގެ ނަތީޖާއަކީ، ހަސަން ދެކޭ ގޮތުގައި، މުޖުތަމައު އިން ބާކީވެފައި އޮތް މުޖުތަމައުއެއް ދިރިއުޅޭ ތަނަކަށް ގުރައިދޫ މަރުކަޒު ވުމެވެ. މިތަނަކީ މުހިއްމު ތަނެއްގެ ގޮތުގައި ނުދެކެ އެވެ. އާއިލީ ދިރިއުޅުންތަކުން ގަސްތުގައި ބާކީކޮށް އެއްލައިލާ މީހުންގެ ތަނެއްގެ ގޮތުގައި ވިސްނުން ވެސް ކުރިއަށް ނެރެނީ އެވެ.

"މިތަނުގެ ލައިބްރަރީގައި ހުރި ހުރިހާ ފޮތެއްހެން މިހާރު ކިޔައިފިން. މިތަނަށް ފޮތްތަކެއް ހަދިޔާކޮށްލުން ކަހަލަ ކުޑަކުޑަ ކަމެއް ކޮށްދޭނެ މީހަކު ވެސް ނުވޭ،" އޭނާ ބުންޏެވެ.

މި ޝަކުވާތަކާއި ކަންބޮޑުވުން ހުރީ އޭނާއަށް އެތަނުން ދެވޭ ދުވަހެއްގައި ވެސް ދެން ތިބި މީހުން މިތަނުގައި ދިރިއުޅޭނެ ގޮތް އިހްސާސްވާތީ އެވެ. މިތަނުން ނުކުމެ އަލުން ވަޒީފާއަކަށް ގޮސް ދިރިއުޅުމެއް ފެށޭވަރަށް، ހަސަން ގަބޫލުކުރާ ގޮތުގައި، އޭނާގެ ހާލަތު ރަނގަޅުވެއްޖެ އެވެ.

އޭނާގެ ދިރިއުޅުމުގެ ހިތްދަތި ހާދިސާތަކުން ބައެއް ކިޔައިދީ ނިންމާލީ އުއްމީދުތަކަކާ އެކުގަ އެވެ. އަހަރެމެންނާ ދެން ބައްދަލުވާނީ މިތަނުން ބޭރުން ކަމުގެ އުފާވެރި އިހްސާސް ހަސަންގެ މޫނު މަތިން އެ ވަގުތުކޮޅު ފެނުނެވެ. އެކަމަކު އެއީ، އާއިލާ އާއި މުޖުތަމައުން ވެސް އެހީގެ އަތެއް ފޯރުކޮށްދީފި ނަމަ އެވެ. މި މަރުކަޒުގެ ހަތަރު ފާރުގެ ތެރެއިން ފެންނަނީ، އަޑުއިވެނީ އުއްމީދުތައް މާޔޫސްކަމަށް ބަދަލުވެގެންދާ މަންޒަރެވެ.

23 ކޮމެންޓް, 116 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 92%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގައިސް

17 April 2022

ހަސަނުގެ ވޯތިގެދޮރުގެ ކަންތައް ހުރި ގޮތެއް ބަލަންވީ. އޭރުންއެގޭނެ އާއިލާއިން އޭނާ ގެންނާނެކަން ނޫންކަން. އޭނަނައްތާލާފަ ގޯތި ލިބެންޏާވަރަށް ނުގެންނަން އުޅޭނީ. މިކަހަލަގޮތަކަށް މުޖުތަމަޢު އޮތީ

The name is already taken The name is available. Register?

އަސަރު69

06 March 2022

ހަސަން އަށް ތިގޮތަށް ކަންތައްވިޔަސް، ގިނަމީހުންނަކީ ތިތަނަށް ލުމަށްފަހު ރަނގަޅުވާމީހެއްނޫން. ރަނގަޅަށް ހުންނަ މީހަކު ތިތަނަށްލިޔަސް އިތުރަށްވާނީގޯސް. ހަސަން ހަމަޔަކަށް އެޅުނީމާ ވަރަށް އުފާވެއްޖެ. މިހާރުގެ ހަސަންގެ އުންމީދަކީ އާއިލާއިން ހަސަން ބަލާއައުންދޯ؟ އެގޮތަށް އެކަން ނުހިނގައިފިނަމަ ހަސަންއާދޭ އަހަރެންގާތަށް. އެކަމަކު އަހަރެންނަކީވެސް ކުއްޔަށްއުޅޭ މީހަކަށްވީމާ ކޮޓަރިއެއް ނުދެވޭނެ. ސިޓިންގރޫމުގާ ނިދޭނެ. މަމަެންކައިގެން ތިބިއްޔާ ހަސަންވެސްކާނެ

The name is already taken The name is available. Register?

އަސަރޫ

06 March 2022

ގުރައިދޫ މަރުކަޒަށްލާ ގިނަ މީހުންނަކީ ފަރުވާ ލިބި ރަނގަޅުވުމަށްފަހު އާއިލާއިން ހަވާލުނުވުމުގެ ސަބަބުން އެތާންގައި ތިބެންޖެހިފައިވާ މީހުން. އެ މަރުކަޒުގައި ގިނައިން ތިބީ އާއިލާއަށް ނުބެލޭނެ ކަމަށް ބުނެ ގެންގޮސްފައިވާ އުމުރުން ދުވަސްވީ މީހުން. މިއީ ހިތާމަ ހުރި ކަންކަން. މައިންބަފައިން އުމުރުންދުވަސްވެ އާއިލާގެ ލޯތްބާއި އަޅާލުން އެންމެ ބޮޑަށް ބޭނުންވާ ދުވުހު ގެންގޮސް މިލަނީ އެ މަރުކަޒަށް. މި މުޖުތަމަޢު އިތުރަށްހޭލުންތެރި ކުރުވަންޖެހޭ.

The name is already taken The name is available. Register?

ނިންނިން

18 March 2022

ރަނގޅު ވެގެން ނިކުމެވެސް މީހުން ބުލީ ކުރާ ވަރުން އަލުން އަނބުރާ މަރުކަޒަށް ދާ މީހުންވެސް މަދެއް ނުން

The name is already taken The name is available. Register?

އެމްސް

06 March 2022

ޢުމުރުން ދުވަސްވީ މީހުނަށް ޚާއްސަ ނާރސިންގ ހޯމް އެއްވެސް މިޤައުމަކު ނެތް! ޖަޒީރާވަންތަ ޤައުމެއްގަ، އެފަދަ ތަނެއްވެސް ހުންނަންވާނީ ރިސޯރޓް ލެވެލްގަ! އެކިއެކި އިސްލާޙީ ޕްރޮގްރާމް ހިންގަންވެސް އޮންނަންވީ އެފަދަ ތަނެއް! ގުރައިދޫގަވެސް ތަނެއް ހުރީ އެކަމަށް އެކަށޭނަ ފެންވަރަކަށް ނޫން!

The name is already taken The name is available. Register?

އބތޞ

05 March 2022

ރާއްޖޭގެ މަހުޖަނުންނާ ސިއާސީ ވެރިން ވަރަށް ބޮޑަށް ކުށްވެރިވެއްޖެ. މިކަހަލަ ކަންކަމަށް ހަރުދަނާ ކުރިއެރުމެއް ނުގެނޭ، ފަންޑެއް ނުކުރޭ... އެކަމު ހަގީގަތަކީ މެޖޯރިޓީ އާންމު ރައްޔިތުން އަޅާނުލަންޏާ ސަރުކާރުވެސް، ފައިސާވެރިންވެސް އަޅައެއް ނުލާނެކަން. މިކަހަލަ ފެސިލިޓީތަކަށް ޑޮނޭޓްކުރުން ކަހަލަ ކަންކަންވެސް ރައްޔިތުންނަށް ސާފެއް ނުކޮށްދޭ، ފަންޑްރޭސިންގް ހިންގާކަށް ނޭނގެ ހަމަ ތިބެނީ. އެންމެން އިނގިލި ދިއްކުރަނީ ހިދުމަތްދޭންތިބޭ ކުދިންނަށް. ދެރަ

The name is already taken The name is available. Register?

ކިޔަމާ

05 March 2022

ލައިބްރަރީގަ ހުރި ހުރިހާ ފޮތެއް ކިއުމަށްވުރެ މާ ރަގަޅުވާނެ ގުރުއާން ކިޔަވައި އޭގެ މާނަ އެއްކޮށް ކިޔައި އޭގަ ހުރި ނޭނގޭ ކަންކަމުގެ މައްޗަށް ވިސްނައިގެން އޭގެ އިލްމު އިތުރަށް ހޯދަން އުޅުނިއްޔާ. ދުނިޔޭގަ ދިމާވާ ކަންކަމުގެ ބޮޑު ޕަސެންޓަކީ ބޭކާރު އަޅާލާން ނުޖެހޭ ކަންކަން އޭރުން އެނގޭނެ. ހަގީގީ ނޯމަލްއަކީ އަދި މިހާރު ތިޔަވާ ނޯމަލްއަށްވުރެ މާ އަރާމު އެއްޗެއްކަން ވިސްނޭނެ. އޭރުން ދުނިޔެމަތީގަ އެ އުނދަގޫވާ ހައްލު ނުވެގެން އުޅޭ ގިނަ ކަންކަން މަދުވެދާނެ.

The name is already taken The name is available. Register?

ސުނީތާސް

06 March 2022

ކަލެއަށް ކިހިނެއް އެނގެނީ ގުރުއާން ނުކިޔަވާ ކަމެއް؟ ގުރުއާނުގައި އޮންނަނީ ތައުލީމު އުނގެނެން. ހަމައެކަނި ގުރުއާން ކިޔަވާކަށް ނޫން. ބ މި ދިވެހިންނާއި ދިވެހިންގެ ވިސްނުމަކީ.

The name is already taken The name is available. Register?

ނިންނިން

18 March 2022

މާާބޮޑަށް އިނގެނީ

The name is already taken The name is available. Register?

ޙަނީ

05 March 2022

ޙަސަން، ތިޔައީ ހިތްވަރުގަދަ ޒުވާނެއް. ދުނިޔޭގަ ދިމާވާ ކޮންމެ ކަމަކީ އިމްތިހާނެއްކަމާ، އެއައްވުރެ ރަނގަޅުގޮތްތަކެއް ﷲ މިންވަރު ކުރައްވާނެކަން ގަބޫލުކޮށްގެން އެފަދަހާލަތްތަކުގަ ވީހާވެސް ބޮނޑަށް ހެއްދެވި ފަރާތަށް ވަކީލް ކޮށް އިތުބާރު ކުރޭ. އޭރުން އެފަދަ ބަލިތަކުން ދުރުހެލިވެތިބެ އަދި ބަލިވިއަސް ޝިފާ އަވަސްވާނެ. ޢިންޝާﷲ އަބަދުވެސް މަރު ހަދާންކޮށް ލިބޭ މިންވަރަށް ރުހި، ހިންހެޔޮ ހިތްތިރި ކެތްތެރި ބައެއްގެ ގޮތުގަ އަޅަމެން ލައްވާށި!އާމީން

The name is already taken The name is available. Register?

ގަރޫޑާ

05 March 2022

މިކަހަލަ ތަނެއް ރަނގަޅު ފެންވަރުގެ ހަދަލެވޭ ވަރުގެ މީހެއްނެތީތަ.ކޮބާތަ މިރާއްޖޭގެ މުއްސަދިން

The name is already taken The name is available. Register?

ޙައްވަ

05 March 2022

ވަރަށްް ރަނގަޅު އާޓިކަލް އެއް

The name is already taken The name is available. Register?

ސިމްޕަލް

05 March 2022

ތިޔަ ތަން ކޮމިއުނިޓީގެ ތެރޭގައި "މޮޔަވީމަ" ގެންނަތަނެއް ގޮތަށް ސިފަ ވެފައިވަނީ އަހަރުމެންގެ ބައެއް މީހުންގެ ވިސްނުމުގެ އުނިކަމުން، ރެޔާއި ދުވާލު ދިރިއުޅުމަށް އަމިއްލަ މަސައްކަތް ކޮށް، މިހާރު މިދުނިޔެ ދޫކޮށްފައިވާ ނާސިރާ ވެސް މި ކޮމިއުނިޓީގެ ތެރޭގައި ސިފަކޮށްފައިވަނީ "މޮޔަ ނާސިރާ" ގެ ގޮތުގައި. ހަސަން ތިޔަ މަރުކަޒުން ނިކުމެ ހިތްވަރާ އެކު އަނެއްކާވެސް ކުރިއަށް ދާނެ ކަމަށް އުންމީދުކުރަން. ވެއްޓުނީމަ ތެދުވެ ބާރަށް ހިގައިގަންނަންވީ.

The name is already taken The name is available. Register?

އެސް

05 March 2022

ސެންޓަރަށް ފޮތް ޑޮނޭޓް ކުރާނެ ގޮތެއް އިންނަމަ ވަރަށް ފުރިހަމަ ވިސް. ހޭންގ އިން ދެއަރ. ?

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454