ރިޕޯޓް / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރެވޭނެ؟

މިއަހަރަށް މަޖިލިސް ހުޅުވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވައި ދެއްވަނީ. -ފޮޓޯ: ރައީސް އޮފީސް

ފާއިތުވި މަހެއްހާ ދުވަހު މުޅިންހެން ފެނުނީ ގާނޫނު ހަދާ މަޖިލީހުން ގާނޫނާއި ގަވާއިދު އެބަޔަކަށް ފަހިވާ ގޮތަކަށް މާނަކުރުމުގައި އަވަދިނެތި އުޅުނު މަންޒަރެވެ. އެ ކޯޅުމުގެ ތެރެއިން ދައުލަތް ހިންގުމުގެ އެއްބާރު ވެސް އެންމެ ފަހުން ހުއްޓުނީ އެވެ.

އެ ހާލެއްގައި އޮއްވައި އޭގެ މައްޗަށް މިދިޔަ ބުދަ ދުވަހު، މުޅިން އާ މާނަކުރުންތަކެއް އެކުލެވޭ، ޝައުގުވެރި މައްސަލައެއް ވަނީ މަޖިލީހަށް ވައްދައިފަ އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ހާޒިރުކުރުމެވެ. އެކަން އެ މަނިކުފާނާ ހިސާބަށް ގުޅުވާލަން ދެއްކި ހަމަޔަކީ މިއީ އެވެ؛

މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) އެ ދުވަހު ނޫސްވެރިންނަށް ހަނދާކޮށްދެއްވީ މަޖިލީހުގައި މަރުތަޅު އެޅުނުކަމަށް އިދިކޮޅުން ގަބޫލުކުރާ ފެށުމެވެ. އިދިކޮޅުގެ ތުހުމަތު ތަކުރާރުކުރައްވަމުން އޭނާ ވިދާޅުވީ މަޖިލިސް ހުއްޓުމަކާ ހަމައަށް ސަރުކާރުން ގެނައީ، ޗާގޯސް މައްސަލާގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔަ ނުދޭން ކަމަށެވެ.

ސަލީމް ވިދާޅުވީ ބަންޑާރަ ނައިބު މަޖިލިހަށް ހާޒިރުކުރި ހަމައެކަނި ދުވަހު ވެސް އޭނާ ދެއްކެވީ އަމިއްލަ ވާހަކަތަކެއް ކަމަށާއި ރައްޔިތުންގެ ފަރާތުން މެމްބަރުން ކުރެއްވި އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވާ ކަމަށެވެ.

"...އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވައި އަމިއްލަފުޅު ވާހަކަތަކެއް ދައްކަވާތީ، އެކަން ސިއްރު ކުރުމަށްޓަކައި ސަރުކާރުން މި ތަނުގައި ތަޅުއަޅުވައިގެން މި އުޅެނީ،" މަޖިލިހުގެ ޖަލްސާތައް ހުއްޓިފައިވާތީ، ތަޅު އަޅުވާފައިވާ މަޖިލިހުގެ ޗެމްބަރުގެ ކުރިމަތީގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

އެހެންވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ހާޒިރުކޮށްގެން ނަމަވެސް، އެ މައްސަލަ އިތުރަށް ސާފުކުރުމަށް މަޖިލީހުގެ އިދާރާގައި އެދިވަޑައިގެންފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދެކުނުގެ އިން ވަކި ކުރުމުގެ މައްސަލާގައި ވަރަށް ސީރިއަސް ތުހުމަތުތަކާއި ސުވާލުތަކެއް ސަރުކާރަށް އަމާޒުވެފައިވާއިރު، އެކަން ސާފުކޮށް ނުދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނުހުންނެވޭނެ އެވެ.

"ރައްޔިތުންގެ މިހިރަ ސުވާލުތަކަށް ޖަވާބު ނުދެއްވައި ރައީސުލްޖުމްހޫރިއްޔާއަކަށް ރައީސް ކަމައިގެން ކުރިއަކަށް ވަޑައެއް ނުގެންނެވޭނެ،" ސަލީމް އެ ދުވަހު ވިދާޅުވި އެވެ.

އިދިކޮޅުގެ މާނަކުރުން

އިދިކޮޅުން މަޖިލީހަށް ހުށަހެޅި ސިޓީގައި 10 ސުވާލެއް އޮތެވެ. އޭގެ ތެރޭގައި ޗާގޯސް މައްސަލައިގެ އިތުރުން އުތުރުތިލަފަޅު އިންޑިއާ ސަރުކާރަށް ދިނުމާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ފައިސާ ނެންގެވި ކަމުގެ ތުހުމަތާ ގުޅޭ ސުވާލު ވެސް ހިމެނެ އެވެ.

އެކަމަކު އެ ސުވާލުތަކަށް ވުރެ ޝައުގުވެރިކަން ބޮޑީ، ރައީސް ހާޒިރުކޮށްދިނުމަށް އެދި އިދިކޮޅުން ހަވާލާދީފައިވާ ގާނޫނުއަސާސީގެ މާއްދާތަކެވެ.

އެ ސިޓީގައި ހަވާލާދީފައިވަނީ މީހުން ހާޒިރުކޮށްގެން ސުވާލުކުރުމުގެ ބާރު މަޖިލީހަށް ދީފައިވާ ގާނޫނުއަސާސީގެ 98 އަދި 99 މާއްދާ އެވެ.

ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި މައިގަނޑު ގޮތެއްގައި ބުނަނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު ނުވަތަ ސަރުކާރުގެ އެހެން މަގާމެއްގައި ހުރި މީހަކު މަޖިލީހަށް ހާޒިރުކޮށް އެ މީހަކު އަދާކުރަންޖެހޭ ޒިންމާ އާއި މަސްއޫލިއްޔަތުތަކާބެހޭ ގޮތުން ސުވާލު ކުރެވޭނެ ކަމަށެވެ. އެއާ ވިދިގެން އޮންނަ މާއްދާގައި ވެސް މީހުން ހާޒިރުކުރުމުގެ ބާރު މަޖިލީހަށް ވަނީ ލިއްބައިދީފަ އެވެ.

"...ކޮންމެ މީހަކާ ކުރާ ކޮންމެ ސުވާލަކަށްމެ އެ މީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބު ދޭންވާނެ އެވެ،" ގާނޫނުއަސާސީގެ 99 މާއްދާގެ (ހ) ނިންމާލަމުން ބުނެފައި ވެ އެވެ.

އެ ދެ މާއްދާގައި ބުނާ "ކޮންމެ މީހަކާ" އާ ގުޅުވައި އިދިކޮޅުން ދެން ހަވާލާދިނީ ގާނޫނުއަސާސީގެ 20 ވަނަ މާއްދާ އާ އެވެ. އެ މާއްދާގެ ދަށުން ގާނޫނުގެ ކުރިމަތީގައި ކޮންމެ މީހަކު ވެސް ހަމަހަމަވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހާޒިރު ނުކުރުވޭނެ ކަމަށް ބަޔާންކުރާ އެއްވެސް މާއްދާއެއް ނެތް ކަމަށް އިދިކޮޅުން އެ ސިޓީގައި ބުންޏެވެ.

ބައެއް ވަކީލުންގެ މާނަކުރުން

ގާނޫނުއަސާސީއަށް ބަލާއިރު ރައްޔިތުންގެ މަޖިލީހަށް ރައީސަކު ވަޑައިގަންނަވަންޖެހޭ ދެ ހާލަތެއް ސާފުކޮށް ބަޔާންކޮށްފައި ވެ އެވެ. ފުރަތަމަ ހާލަތަކީ ކޮންމެ އަހަރަކަށް މަޖިލިސް ހުޅުވައި ދެއްވުމުގެ ގޮތުން ގައުމުގެ ހާލަތާއި އެ އަހަރަށް ސަރުކާރުގެ ތަސައްވަރު ހިއްސާކޮށް ދެއްވަން ރިޔާސީ ބަޔާން އިއްވައި ދެއްވުމަށެވެ. ދެން އޮންނަނީ ރައީސްގެ އިތުބާރުނެތް ކަމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިއްޖެ ހިނދެއްގައި ދިފާއުވުމަށް މަޖިލީހަށް ވަޑައިގެންނެވުމެވެ. އެކަމަކު އެއީ ވެސް އިހުތިޔާރީ ހައްގެއްގެ ގޮތުގައި އޮންނާތީ މަޖިލީހަށް ހާޒިރުވެ، ދިފާއު ހުށަހެޅުން ލާޒިމެއް ނޫނެވެ.

އިތުރު އެއްވެސް ހާލަތެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ކަމަކަށް ގާނޫނުއަސާސީއަކު ނެތެވެ. އެކަމަކު އިދިކޮޅުން ހުށަހެޅި ސިޓީގައި ފާހަގަކޮށްފައިވާ ފަދައިން، މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރެވޭ "ކޮންމެ މީހަކުން" ރައީސުލްޖުމްހޫރިއްޔާ އިސްތިސްނާވާ މާއްދާއެއް ނުވަތަ ހާލަތެއް ވެސް ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައެއް ނުވެ އެވެ.

އެއާ އެކު މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހާޒިރުކޮށްގެން ސުވާލު ކުރެވިދާނެތޯ ގާނޫނުއަސާސީ މާނަކުރުމަށް ޖާގަ ލިބެ އެވެ.

ކުރީގެ ޕްރޮސެކިޔުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އޮތް ގޮތުން އެ ސުވާލު އުފެއްދުމުގެ ޖާގަ ލިބުނަސް، މިއީ ތިން ބާރު ވަކިކޮށްފައި އޮތް ރިޔާސީ ނިޒާމެއްކަން ހަނދާން ކުރަންޖެހެ އެވެ.

"ތިން ބާރު ވަކިކޮށްފައި ރިޔާސީ ނިޒާމުތަކުގައި މި އޮންނަނީ އެއް ބާރުގެ ވެރިއަކު އަނެއް ބާރުގެ ވެރިޔާ ހާޒިރުކޮށްގެން ސުވާލުކޮށް ޖަވާބުދާރީ ކުރުވޭ ގޮތަކަށް ނޫން،" މުހުތާޒު ވިދާޅުވި އެވެ.

އޭނާ ދެން ފާހަގަކުރެއްވި އަނެއް ނުކުތާއަކީ ސަރުކާރު ހިންގުމަށް ވަޒީރުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރަންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި އޮންނަ އިރު، ވަޒީރުން މަޖިލީހަށް ޖަވާބުދާރީވާންޖެހޭނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައި އޮތުމެވެ. އޭގެ މާނައަކީ، އޭނާ ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ޖަވާބުދާރީވާން ތިބި ބަޔަކީ ވަޒީރުން ކަމަށް ވުމެވެ.

"އަޅުގަނޑު ޕާސަނަލީ ގަބޫލެއް ނުކުރަން މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހާޒިރުކޮށްގެން ސުވާލުކުރެވޭނެ ކަމަކަށް،" އޭނާ ވިދާޅުވި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުގައި ކުރިން މަސައްކަތް ކުރެއްވި ވަކީލަކު ވެސް މުހުތާޒުގެ ވިސްނުމަށް އެއްބަސްވެވަޑައިގަންނަވަ އެވެ. ނަން ނުޖެހުމަށް އެދި އޭނާ ވެސް ވިދާޅުވީ ވަޒީރުން ހާޒިރުކުރެވޭނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައި އޮތުމުން ވެސް ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށެވެ. އެހެންނޫން ނަމަ، ވަޒީރުންގެ ކުރިއަށް ރައީސުލްޖުމްހޫރިއްޔާ ވެސް 98 އާއި 99 ވަނަ މާއްދާއަށް އިތުރުކުރެވިފައި އޮތީސް ކަމަށް އޭނާ ފާހަގަކުރައްވި އެވެ.

"ދެން ހައުސިން މިނިސްޓަރު މިހާރު މަޖިލީހަށް ހާޒިރުކުރާހެން، ދެއިރު ދެ ދަޅައަށް ރައީސުލްޖުމްހޫރިއްޔާ ހާޒިރުކުރަން ވެއްޖެއްޔާ އިތުރު މަސައްކަތެއް ކުރާނެ ވަގުތެއް ނުލިބޭނެ ދެއްތޯ؟،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނަކުން ލިބިދީފައިވާ ބާރެއް ސީދާ ހަނިކޮށްފައި ނެތުމުގެ މާނައަކީ އެ ބާރު އެއްވެސް މިނެއް ނެތި ބޭނުންކުރެވުމެއް ނޫނެވެ. އެކަމުގައި ދުނިޔޭގެ އެހެން ގައުމުތަކާއި ރިޔާސީ ނިޒާމުތަކުގައި އަމަލުކުރާ ގޮތަށް ވެސް ރިއާއަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅުން ހުށަހެޅި ސިޓީއަށް މަޖިލީހުގެ އިދާރާއިން އަދި ޖަވާބެއް ނުދެ އެވެ. އެހެން ބަޔަކު ކޮންމެ ގޮތަކަށް މާނަކުރިޔަސް، މިކަމުގައި ގޮތެއް ނިންމާނީ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ގާނޫނީ ލަފާގެ މަތިން މަޖިލީހުގެ އިދާރާއިންނެވެ. އެކަމަކު ފަހަކަށް އައިސް މަޖިލީހުގައި ކަން ހިނގާ ގޮތަށް ބަލާއިރު، ކައުންސެލް ޖެނެރަލް ކޮންމެ ގޮތަކަށް ލަފާ ދެއްވި ނަމަވެސް، އެ އަޑު އައްސަވާނެ ކަމެއް ޔަގީނެއް ނޫނެވެ.

މިކަމުގައި ވެސް، ގާނޫނުއަސާސީން "ސިޔާސީ މާނަ" އެއް ނެރުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބަ އޮތެވެ.

16 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިކުރު

25 June 2023

ތިބުނާ ގާނޫނީ ބޭފުޅުން ވެސް ގާނޫނު މާނަ ކުރަން ދަސްކުރީ ކޮންތާކުންތޯ ؟ޑިމޮކްރަޓިކް އުސޫލަކީ އިޚުލާސްތެރިކަމާއި ތެދުވެރިކަން އަދި ރައްޔިތުން ހަވާލުކޮއްފައިވާ އަމާނާތްއެގޮތުގައި ޚިދުމަތްކޮށްދިނުމެވެ. އެގޮތަށް ކަންތަށްތަށް ވޭތޯއެވެ.އެމީހުން މާނަކުރަނީ ބޮޑު މަގާމުގައިތިބިއްޔާ ވައްކަންކުރިޔަސް ކުށްވެރިނުވާނޭ ގޮތަށެވެ. ރައީސްޔާމިން ރައްޔިތުންނަ ލިބެންއޮތްމަންފާ އަމިއްލައަށް ބޭނުކުރި،ރައީސް ސޯލިޚު މަޖުލިސްގެ މެޖޯރިޓީ އަދި ބާރުލިބިފައިކަމަށް ވިދާލުވިއެވެ

The name is already taken The name is available. Register?

އެސިސްޓަންޓް ޕްރޮފެސާރ ޝަމްސުލް ފަލާޙް

25 June 2023

މާނަ ކުރާން އިދިކޮޅުން ތި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ދާނެ. ރައީސުލްޖުމްހޫރިއްޔާ އަކީ ގާނޫނު ނުފޯރާ މިހަކަށް ވާނަމަ އެއީ މުޅި ނިޒާމުގެ ފެއިލް ވުމެއް. ހިތައް އަރުވާލާ، ފިރުއައުނު ދަރަޖާގެ މީހަކު ވެރިކަމަށް އަރާފިނަމަ ދެން ވެގެން ހިނގާދާނެ ގޮތަކާމެދު. ރައްޔިތުންގެ ހައްގުތައް ބޮޑުވާނެ ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ ހައްގުތަކަށް ވުރެ. ރައީސުލްޖުމްހޫރިއްޔާ މަޖްލީހަށް ހާޒިރު ކުރެވެންޖެހޭ ސަބަބަކީ ރައްޔިތުން ހޮވާފަ ހުރި ވެރިޔަކަށް ވާތީވެ.

The name is already taken The name is available. Register?

ޢަލީ ޢަލީ

25 June 2023

ރެޑްވޭވް ސަލީމް މޮޔަފުޅު ވީތޯ! ރައްޔިތުންނޭ ކިޔައިގެން ރައްޔިތުން ބޮލުގަ ނަން އަޅުވައިގެން އަމިއްލަ އެޖެންޑާ ކުރިއަށް ކުރިއަށް ގެންދިއުމުގެ ލާމަސީލު މިސާލެއްތީ!

The name is already taken The name is available. Register?

‫2654588

25 June 2023

‫އިދިކޮޅު ދެންމިހާ ގަމާރުވީމަ ކީއްކުރާނީ. ތިހާ ބުއްދިހަމަނުޖެހޭ ހުދުމުހުތާރު ބަޔަކަށް މަށަކުވޯޓެއް ނުދޭނަން.

The name is already taken The name is available. Register?

ެައަފްރާސިޔާބު

25 June 2023

ސަލީމަކަސް ކަލީމަކަސް ގާނޫނު އަސާސީގައި ނެތް ކަމެއް ކުރެވޭކަށް ނުއޮންނާނެ. ރިޔާސީ ނިޒާމެއްގައި ރައީސް މަޖިލީހަށް ހާޟިރު ކުރޭވޭ ގޮތަށް ނޫން އޮންނަނީ. ކޮންމެ މީހެކޭ ބުނުމާއި ރައީސް މަޖިލީހަށް ހާޟިރު ކުރުމާ މުޅިން ތަފާތު ދެކަމެއް. އެހެނެއް ނޫން މަޖިލީހުގެ މެންބަރުން މަޖިލީހުގެ ތެރޭގައި މީހުންގެ މައްޗަށް ސާބިތު ނުހިފޭވާހަކަ ދައްކާ މައްސަލަ ބެލޭނެ ބަލާނެ ބަޔަކު ތިބިނަމަ.

The name is already taken The name is available. Register?

ކިމް

25 June 2023

ނުގެންދެވޭނެ

The name is already taken The name is available. Register?

ދީމުގުރާތުސް

25 June 2023

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހާޒިރުކުންއުޅުމަށްވުރެ، ޕޕމ/ޕނސ/ޑިމޮކުރަޓްސް މަހަށް ދިޔައިއްޔާ މިގައުމަށް މާ ބޮޑު ފައިދާލިބޭނޭ. ލައްކައެއްހާ ރުފިޔާ މުސާރައިގެގޮތުގައި ނަގައިގެން ކުޑަކުދިންހެން އުޅޭކަށް ތިޔައީ މާ ތާހިރުގޮތެއްނޫނޭ. ސަލީމުމެން މާބޮޑޭވާނެކަމެއްނެތް. ރޖ ތިޔަތަނަށް ދެއިރުދެދަޅަޔަށް ހާޒިރުނުކުރެވޭނެ. ސަލީމުމެންގެ ފަރާތުން އެކްސްޕެކްޓުކުރެވެނީވެސް ތިފަދަ ބޭކާރުކަންތައް. މމޕރސ ދަވާލިއިރު ކަހާތަންހިރުވާވެސް ނުލި ގުރޫޕްތިޔައީ!

The name is already taken The name is available. Register?

ކިލަމަންބީ

25 June 2023

އެވެސް ރައްޔިތުން ހޮވި މީހެއް. ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭނެ

The name is already taken The name is available. Register?

ޙިނި

25 June 2023

ގެނެވެނެތަ އެމްޑީޕީން ވެރިކަމައް ގެނެއްސަ ތިހުރީ މައުމޫން 2.0 ވާށަން

The name is already taken The name is available. Register?

ކާތިބު

25 June 2023

ބަރުލަމާނީ ނިޒާމުގައި ސަރުކާރު ހިންގާ ބޮޑުވަޒީރު ކޮންމެ ދުވަހަކު މަޖިލީހަށް ގޮސް ސުވާލުތަކަށް ޖަވާބު ދިނުން އޮންނަނީ. އެއީ މުޅިން އެހެން ނިޒާމެއް. ދެން ކޮންމެހެން މަސްހުނި މޮޑެން ނޫޅުއްވާ. މަޖިލިސް ރައީސް މިހާރު އެކުރައްވާ ކަންކަމާ ޖަވާބުދާރީ ކުރުވަން، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާ ވެސް، މަޖިލިސްގެ ރައީސް ރައީސް އޮފީހަށް ހާޒިރުކުރަންވީ ނޫންތޯ؟ "ދައުލަތުގެ އެންމެ މަތީވެރިޔާ" އަށް މިކަން ކުރެއްވޭނެ ގައިމުވެސް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454