ރިޕޯޓް / އިމްރާން އަބްދުﷲ، ހޯމް މިނިސްޓަރު

އިދިކޮޅު ކޯލިޝަނަށް އިމްރާން މަގާމުން ދުރުކުރެވިދާނެތަ؟

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ލީޑަރުންނާ އެކު ހޯމް މިނިސްޓަރު އިމްރާން: އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވަނީ ވައްދާފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ މަގާމުން ދުރުކުރުމަކީ އިދިކޮޅު ކޯލިޝަނުން މިހާރުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ފުރަތަމަ ވޯޓެވެ. މި މައްސަލަ މަޖިލީހަށް ވެއްދީ ނުވަ މެމްބަރެއްގެ ސޮޔާ އެކުގަ އެވެ. އިތުރު މެމްބަރުންގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަމާ އެކު އިދިކޮޅުން ހުށަހެޅި މައްސަލައިގައި މިހާތަނަށް ސޮއިކުރެއްވީ ޕީޕީއެމާއި ޕީއެންސީގެ ނުވަ މެމްބަރުންނާއި އަމިއްލަ ދެ މެމްބަރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަދުވެގެން 10 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހެޅިދާނެ އެވެ. އެކަމަކު މަޖިލީހުން އެ މައްސަލަ ފާސްކުރަން އަގުލަބިއްޔަތު ބޭނުންވާނެ އެވެ. މިހާރުގެ މަޖިލިހުގެ މެމްބަރުންގެ ނިސްބަތުން އެއީ 44 ވޯޓެވެ. އެވަރަށް ވޯޓު ލިބޭނެކަމުގެ ޔަގީންކަން އިދިކޮޅަށް އެބަ އޮތް ހެއްޔެވެ؟

އިމްރާން، މަގާމުން ދުރުކުރަން ހުށަހެޅީ މައިގަނޑު ދެ ކަމަކާ ގުޅުވަ އެވެ. އެއީ، މަރާލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ހެކި ހުރި ކަމަށް ވިދާޅުވެ އިމްރާން އިތުރުފުޅު ހައްދަވާފައިވާ ކަމުގެ ތުހުމަތާއި ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައަކީ އާދައިގެ ކަމެއް ކަމަށް، މިނިސްޓަރު ދެއްކެވި ވާހަކަތަކުން ދޭހަވުމެވެ. ޖިންސީ ގޯނާގެ މައްސަލައިގައި ދެއްކެވި ވާހަކައިގައި މިނިސްޓަރުގެ ނިޔަތަކީ އެއީ ނޫން ކަމަށާއި ނޫސްވެރިން އެ މައްސަލަ ކަވަރުކުރި ގޮތުން އޮޅުންއެރީ ކަމަށް ވިދާޅުވެ އިމްރާން ފަހުން މާފަށް ވެސް އެދިވަޑައިގަތެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާއިރު އަރިހުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނަޒީރު.---ފޮޓޯ: މަޖިލިސް

އެކަމަކު އިދިކޮޅުން ބުނިގޮތުގައި، ޖިންސީ ގޯނާއާ ގުޅޭ ގޮތުން އިމްރާން ދެއްކެވި ވާހަކަތަކަކީ ވަޒީރެއްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ގާބިލްކަމާއި ޒިންމާދާރުކަމާ މެދު ސުވާލު އުފެދޭ އަދި އެކަމުގެ ސަބަބުން ތަހުގީގަށް މިނިސްޓަރު ނުފޫޒު ފޯރުވުން ކަމަށް ބެލެވެ އެވެ. މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި، އިމްރާން ދެއްކެވި ވާހަކައިގެ ސަބަބުން، އޭނާ މަގާމުގައި ހުންނަވަނިކޮށް ޖިންސީ ގޯނާގެ މައްސަލަތަކުގައި އިންސާފު ލިބޭނެ ކަމުގެ އުއްމީދު ވަނީ ގެއްލިފަ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ އިމްރާންގެ އިތުބާރު ނެތްކަމުގެ ވޯޓަކީ، ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށެވެ. ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކަކީ ހައްލު ހޯދަން، އެމްޑީޕީން ވެސް ވަކާލާތުކުރި ކަންކަމަށް ވާތީ، އެފަދަ މައްސަލަތަކުގައި ހޯމް މިނިސްޓަރުގެ ބަސްފުޅާއި އަމަލުކުރައްވާ ގޮތުން އިތުބާރު ގެއްލުމަކީ އެމްޑީޕީއަށް ވެސް ކަންބޮޑުވުމަކަށް ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އެމްޑީޕީން މިކަމުގައި، އެއްބާރުލުން ދޭން ޖެހޭ ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، އެ ޕާޓީން ވަކާލާތުކުރަމުން އައި ގޮތަށް އަންހެނުންގެ ހައްގުތައް ހޯދައިދިނުމެވެ. އިދިކޮޅު މެމްބަރުންނަށް އެކަނި މި ވޯޓު ކާމިޔާބު ނުކުރެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެކަމަކު މައްސަލަ ހުށަހެޅުއްވީ، މައްސަލައިގެ ހައްސާސްކަމުން، އެމްޑީޕީން ވެސް މިކަމުގައި އެއްބާރުލުން ދޭނެ ކަމުގެ އުއްމީދާ އެކު ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް: އޭނާ ވިދާޅުވަނީ އިތުބާރު ނެތް ކަމުގެ ވޯޓުގައި އެމްޑީޕީގެ މެމްބަރުންނާ ވާހަކަ ދައްކަވަމުން އަންނަ ކަމަށް. --ފޮޓޯ/މިހާރު

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގެ އަމިއްލަ ދެ މެމްބަރަކު ސޮއިކުރެއްވުމަކީ ޕީޕީއެމަށް ލިބުނު ހިތްހަމަޖެހުމެކެވެ.

"މިއީކީ، ޕީޕީއެމް/ޕީއެންސީގެ މައްސަލައެއް ނޫން. އަޅުގަނޑުމެން ކުރި ކަމަކީ މި މައްސަލައިގައި އިސް ނެގުން. އަޅުގަނޑު ގަބޫލުކުރަނީ މިކަމުގައި، މަޖިލީހުގެ 75 ޕަސެންޓް އޮތް އެމްޑީޕީގެ މެމްބަރުން އެއްބާރުލުން ދެއްވާނެ ކަމަށް، އެ އުއްމީދު އެބަ އޮތް،" ޝިޔާމް ވިދާޅުވި އެވެ.

"މި ކަންތައް އަޅުގަނޑުމެންނަށް ކާމިޔާބު ނުވެއްޖިއްޔާ މިއީ، ދިވެހިރާއްޖޭގެ ކަނބަލުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ނާކާމިޔާބީއެއް ކަމަށް ގަބޫލުކުރަން."

އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ ކާމިޔާބުކުރަން، އެމްޑީޕީގެ އެންމެ އިސް ބޭފުޅުންނާ ހަމައިން ފެށިގެން ވަކިވަކި މެމްބަރުންނާ ވެސް ގެންދަނީ ވާހަކަ ދައްކަވަމުންނެވެ. އެއީ، މިކަމުގައި ފޭލްވެއްޖެ ނަމަ، އެއީ މުޅި 19 ވަނަ މަޖިލިސް ފޭލްވުން ކަމަށް ޝިޔާމް ދެކެވަޑައިގަންނަވަ އެވެ.

އެމްޑީޕީން އަދި ގޮތެއް ނުނިންމާ!

އަދާލަތު ޕާޓީގެ ރައީސް، އިމްރާނަކީ މި ވެރިކަމުގައި ހަމައެކަނި ހޯމް މިނިސްޓަރެއް ނޫނެވެ؛ ސިޔާސީ ޕާޓީތަކެއް ބައިއަތުން އުފެދުނު، މިހާރު ވެރިކަން ކުރާ ކޯލިޝަންގެ އެއް ލީޑަރު ވެސް މެ އެވެ. އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓުގައި، އެމްޑީޕީ ވިސްނުން ގެންގުޅޭ ގޮތަކުން، ކޯލިޝަނަށް ގުޑުން އެރުން ގާތެވެ. ކޯލިޝަން ވެރިކަމުގައި، ނަތީޖާ ނެރުން މާ ބޮޑަށް ލަސްކަމުގެ ޝަކުވާ އަބަދުމެ ކުރާ އެމްޑީޕީން މީގެ ކުރިން ވަނީ، އަދާލަތު ޕާޓީގެ ވަޒީރަކަށް ވަރަށް ބޮޑަށް ޕްރެޝަރުކޮށް، މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުކުރުވައިފަ އެވެ.

ޖެންޑަ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވީ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނެ ކަމުގެ އިންޒާރުތަކާ އެކުގަ އެވެ. އޭނާ މަގާމުން ދުރަށް ވަޑައިގަތުމުގެ ފަހަތުގައި އޮތީ ޒިންމާ އަދާނުކުރެވުން ނޫން ކަމަށާއި މަސްލަހަތު ހިފެހެއްޓުން ކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ. މި ފަހަރު އެމްޑީޕީއަށް ގޮތް ނިންމަން ޖެހިފައި މިއޮތީ އިމްރާނާ މެދުގަ އެވެ.

މަޖިލީހުގައި ސިޔާސީ ބާރެއް ނެތް އަދާލަތު ޕާޓީގެ އިމްރާން ސަލާމަތްކޮށްދިނުން އޮތީ އެމްޑީޕީގެ އަތްމަތީގަ އެވެ. އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނިމޭނީ 65 ގޮނޑިއާ އެކު މަޖިލީސް ކޮންޓްރޯލްކުރާ އެމްޑީޕީ ބޭނުންވާ ގޮތަކަށެވެ. ބައެއް މައްސަލަތަކުގައި، އެމްޑީޕީގެ ހިތްހަމަނުޖެހުންތަކެއް އެބަ ހުއްޓެވެ. އޭގެތެރޭގައި، ޚިޔާނާތުގެ ތަހުގީގު ލަސްވުމާއި، މަރު ކޮމިޝަން ފަދަ މުއައްސަސާތަކަށް އެދެވޭ ނަތީޖާއެއް ނުނެރެވުން ހިމެނެ އެވެ. އެކަމަކު ސަފާރީ މައްސަލައިގައި އިމްރާން ދެއްކެވި ވާހަކަތަކުން ވަރަށް ބޮޑު ފާޑުކިއުމެއް އަމާޒުވެފައި އޮތްއިރު، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ތިއްބެވީ ހިމޭނުންނެވެ.

އެކި މައްސަލަތަކުގައި ދެކޭ ގޮތް، ސޯޝަލް މީޑިއާގައި ހާމަކޮށް، ބަހުސްކުރާ މެމްބަރުން އިމްރާނާ އެއްކޮޅަށް އަދި ދެކޮޅަށް ވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންތަކެއް ޖަލްސާއެއްގައި.---ފޮޓޯ: މަޖިލިސް

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ އިމްރާންގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން އެ ޕާޓީން އަދި ގޮތެއް ނުނިންމާ ކަމަށެވެ. އެފަދަ ކަންކަމުގައި، ގޮތް ނިންމަނީ ޕާލަމެންޓްރީ ގްރޫޕްގެ މަޝްވަރާއަށް ފަހު ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީގެ ސްޓޭންޑް އަޅުގަނޑަށް ދަންނަވަން އެނގޭނީ، އެކަމުގައި ގޮތެއް ނިންމީމަ،" އާޒިމް ވިދާޅުވި އެވެ.

އެހެންކަމުން ކޯލިޝަނަކުން ވެރިކަން ހިންގުމާ މެދު އެމްޑީޕީން ނުރުހުން ވިޔަސް އިދިކޮޅު ޕާޓީތަކާ ގުޅި، އިމްރާން މަގާމުން ދުރުކުރުމަކީ އެ ޕާޓީއަށް މުހިއްމު ކަމެއްތޯ އެނގޭނީ ޕާލަމެންޓްރީ ގްރޫޕްގެ ނިންމުމުންނެވެ.

"އެއީ، ޔާމީނަށް ލުއި ހޯދަން ކުރާ ޕްރެޝަރެއް"

އިމްރާން ދިފާއުކުރައްވަމުން އަދާލަތު ޕާޓީގެ ފަރާތުން ވާހަކަ ދެއްކެވި، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ ގާނޫނާ ޚިލާފު އެއްވެސް ކަމެއް އިމްރާން ކުރައްވާފައިނުވާ ކަމަށާއި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ދާން ޖެހޭ ފަދަ މައްސަލައެއް އޮތް ކަމަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި، ސަރުކާރާ ވާދަވެރި ސިޔާސީ ފަރާތްތަކުން އިސްނަގައިގެން ކުރިއަށް ގެންދާ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިފައި ވަނީ، ނަޒީރު ވިދާޅުވި ގޮތުގައި، މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ޕްރެޝަރު ކުރުމެވެ.

"ކުރީގެ ރައީސް ޔާމީނަށް ލުއިތަކެއް ހޯދަން ސަރުކާރާ ވާދަވެރި ފަރާތްތަކުން ކުރާ ޕްރެޝަރެއް އިތުބާރު ނެތް ކަމުގެ ވޯޓަކީ. އެގޮތަށް މައްސަލަ ވައްދައިގެން ނުވަތަ އެހެން ގޮތްގޮތުން ޕްރެޝަރުކޮށްގެން މިނިސްޓަރު އިމްރާންގެ ފަރާތުން އެކަހަލަ ކަމެއްގައި އެއްބާރުލުމެއް ނުލިބޭނެ،" ނަޒީރު ވިދާޅުވި އެވެ.

"ރައްޔިތުންގެ މާލިއްޔަތުން ގެއްލިފައި ހުރި ފައިސާތައް ހޯދަން ސަރުކާރުން ކުރާ މަސައްކަތަކަށް ވެސް ބަދަލެއް ނާންނާނެ."

މިނިސްޓަރު އިމްރާން: ގާނޫނާ ޚިލާފު އަދި އިތުބާރު ނެތް ކަމުގެ ވޯޓަކަށް ދާން ޖެހޭ ސަބަބެއް ނެތް ކަމަށް އަދާލަތު ޕާޓީން ބުނޭ..---ފޮޓޯ: ނިޝާން އަލީ/މިހާރު

އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހަށް މި ވެއްދީ، ނަޒީރު ފާހަގަކުރެއްވި ގޮތުގައި، ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ، އެ ވިޔަފާރީގައި ބޮޑުން ހޯދަމުން ދަނިކޮށެވެ. މި ބޮޑުންގެ ތެރޭގައި، ވާދަވެރި ސިޔާސީ ފަރާތްތަކާ ގުޅިފައިވާ މީހުން ހިމެނޭކަމަށް އޭނާ ވިދާޅުވި އެވެ.

ދިފާއުގައި، ކޮންމެ ވާހަކައެއް ދެއްކިއަސް އިދިކޮޅު ކޯލިޝަނުން މައްސަލަ ދޫކޮށްލާކަށް ބޭނުމެއް ނުވެ އެވެ. މިހާތަނަށް އަމަލުކުރައްވާފައިވާ ގޮތުން، އިމްރާނަށް އެ މަގާމުގައި ނުހުންނެވޭނެ ކަމަށް ކޯލިޝަނުން ގަބޫލުކުރެ އެވެ. އެކަމަކު މަޖިލީހުގައި އިދިކޮޅުގައި ތިބި މަދު މެމްބަރުންނަށް އެކަން ވާނީ އެމްޑީޕީގެ މެމްބަރުންގެ އެހީ ލިބިގެންނެވެ.

23 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 0%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގަޓް ބްރޯ

27 October 2020

ބަޔަކު މިއީ ކޯލިޝަން ސަރުކާރެކޭ ކިޔައިގެން އުޅުނަސް ރައްޔިތުން ވޯޓުދިނީ ކޯލިޝަނަކަށް ނޫންކަން ކަށަވަރުވީ ރިޔާސީ އިންތިޚާބަށްފަހު ބޭއްވި ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުން. އެހެންކަމުން މިހާރު މުގޫ އޮތީ އެމްޑީޕީ ގެ އަތުގަ. އިދިކޮޅުން ކިތަންމެ ބޭނުންވިޔަސް އެމްޑީޕީގެ އެހީއާ ނުލާ މިހާރު އެއްވެސް ވަޒީރަކުވެސް ސަރުކާން ބޭރެއް ނުކުރެވޭނެ.

The name is already taken The name is available. Register?

ހިންދުކޮޅުު

27 October 2020

65 ލިބިގެން ތިހެން ހިތަކަށް ކަންތައް ކުރާތީ މިހާރު އާންމުންގެ ތެރޭ އެމްޑީޕީ ސަޕޯޓް ވަރަށް ކުޑަ ވެއްޖެ.

The name is already taken The name is available. Register?

މަޖިލިސް

27 October 2020

އެއީ މާމަތީ ބޭކަލަކީތަ. އޭނަ ދައްކާފަހުރިވާހަކައިން ރިލުވާނު މަރާލި މައްސަލައިގަ ހެކި އޭނާއަތުގަ ހުރީ. އެކަން ބެލެންޖެހޭ

The name is already taken The name is available. Register?

ހިންދުކޮޅު

27 October 2020

ޢިދިކޮޅަކައް އެކަނިނުވާނެ ނަމަވެސްތީ އެމްޑީޕީއިން އެމްޑީޕީގެ މީހަކުބަހައްޓަންޖެހޭ ވިޒާރާއެއް ފަހަރުގަ އިބޫސޯލިހު އިމުރާރާން އައްތިމަގާމުދިނީ އިބޫއައް އެހެންމީހަކު ނުފެނުނީކަންނޭގެ އޭނައައްވަފާތެރި

The name is already taken The name is available. Register?

އައިއެމްދަމެޑަމް

27 October 2020

އަވަހަށް ބޭރުކޮށްލާ! ދޮގު ހެދުން ނޫން ކަމެއް އެމީހާއަށް ނޭނގޭ!.

The name is already taken The name is available. Register?

އިސްމާލި

27 October 2020

އިދިކޮޅޭ ތިކިޔާ ބަަޔަކު ތި މައްސަލަ ވެއްދީ ކޮންމެހެން އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރާކަށް ނޫން. ހާލަތު އޮތް ގޮތުން އެމް.ޑީ.ޕީ އާއި މަޖްލިސް މެންބަރުން އުނދަގޫ ޕޮޒިޝަން އަކަށް ލައި އެއްޗެއް ޕްރޫވް ކުރަން. ރައްޔިތުންނަށް ހެޔޮ އެދޭ އެއްބަޔަކުވެސް ނޫޅޭ. ެެެެެެެެެެެެެެެެެ

The name is already taken The name is available. Register?

1828

27 October 2020

މިހާރު.ކޮމް މިއީ ސަރުކާރު ނޫހެއްތަ؟ ނުކުރެވޭނެ. ސަބަބަކީ ސުޕަ މެޖޯރުޓީ އޮތީ އެމްޑީޕީގައި. އެކަމަކު ރައްޔިތުން ކުރިމައްޗަށް އިމްރާންގެ ނަން އައިސިއްޔަ ބޮޑުތަނުން އިމްރާން ފެއިލްކޮށްލާނެ. ޔައުނީ މަޖިލިސްއިން ކަންކަން ނިންމަނީ ރައްޔިތުންގެ ވިންދާ އެއްގޮތަކަށް ނޫނޭ.

The name is already taken The name is available. Register?

ކެރަފާ މުނި ކާފަ

27 October 2020

ތިކަމެއް ނުވާނެ. ނަޝީދު ބޭނުންވާނީ ރަނގަޅު މީހަކު ހުރިއްޔާ އެ މީހަކު އުފުރާލަން. އެހެންވެ އެހާ ދޮންކޮށްފައި އަމީން އުފުރާލީ. ދެން ތިބީ ނަޝީދު ބުނެފިއްޔާ ކޮންމެ ގޮތަކަށްވެސް ނައްޓަވާނެ މީހުން. އެއީ މާ ބޮޑު މައްސަލައަަކަށް ނުވާނެ. މިހާރު އޭސީސީވެސް އޯކޭއެއްނު

The name is already taken The name is available. Register?

އަލީރާޖާ

27 October 2020

އިމްރާންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންޖެހޭ ވަރުގެ ކަމެއް ނެތް

The name is already taken The name is available. Register?

1828

27 October 2020

ނަގަން ނުޖެހޭ ވަރުގެ ކަމެއް ނެތް.

The name is already taken The name is available. Register?

ފަހަރި

27 October 2020

ސޯލިހުއަށް މީގައި ގޮތެއް ނިންމޭނީ، ސޯލިހު ގެ ތާއީދު ލިބިއްޖެއްޔާ އިމުރޭނު ސަލާމަތްވާނެ

The name is already taken The name is available. Register?

1828

27 October 2020

ނޯކޮންފިޑެންސް ވޯޑްގައި ބޭނުންވާނީ ރޫހާނީ ލީޑަރގެ އިތުބާރު. ޝެއިހެއް ހޯމްމިނިސްޓަރަކަށްލައިގެން ނަޝީދު އެކުޅެނީ ބޭނުން ކުޅިއެއް.

The name is already taken The name is available. Register?

ނަރުމަތި (އޮންލައިން)

27 October 2020

މިއީ އެންޑީޕީ އަޑީގައި އޮވެގެން ހިންގާ ކަމެއް، މީގެން ދެފައިދާއެއް އެންޑީޕީއަށް ލިބޭނެ، އެއީ ޕީޕީއެމްއަށް އިމުރާނު ކުރާ ނަފްރަތު އިތުރުވުމާއި، އިމްރާނު ބޭރުކޮށްލާފައި އެންޑީޕީ ކުއްޖަަކަށް ދާހިލީ ވަޒީރުކަން ދިނުން، އެންޑީޕީއަށް ނިސްބަތްނުވާ އެންމެން ވަޒީރުކަމުން ބޭރުކުރަން ވަނީ އަމާޒު ހިފާފައި

The name is already taken The name is available. Register?

1828

27 October 2020

މިހާރުވެސް ގިނަ ރައްޔިތުން އިމްރާނަށް ނަފްރަތު ކުރޭ. ކޮންމެހެން ޕީޕީއެމްގެ ނަން ގެންނަންވެސް ނުޖެހޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454