13 މާޗް 2025 - 06:52
ޕެނަލްޓީ ޖަހައިގެން ވާދަވެރި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ރެއާލް މެޑްރިޑް ދަތުރުކޮށްފި އެވެ.
ދެވަނަ ލެގް މެޗުން އެތުލެޓިކޯ 1-0 ން މޮޅުވެގެން ނިމުމުން، ދެ ލެގްގެ ނަތީޖާ 2-2 ން އެގްރިގޭޓް ވެގެން ނިމުމުން ދެނަ ނަތީޖާ ނެރުމަށް ކުޅުނީ އިތުރު ވަގުތުގެ ދެ ހާފެވެ. އެ ދެ ހާފުގައި ވެސް ނަތީޖާ ބަދަލުނުވުމުން ޕެނަލްޓީޝޫޓް އައުޓްގައި ރެއާލް ކާމިޔާބު ހޯދީ 4-2 ންނެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ހޫލިއަން އަލްވަރޭޒް ޖެހި ޕެނަލްޓީ ރެއާލްގެ ކީޕަރު ޓިބޯ ކޯޓުއާ ބެލެހެއްޓި ގޯލަށް ވަން ނަމަވެސް ވީއޭއާރް މެދުވެރިވެ އެ ޕެނަލްޓީ ހުއްޓުވި އެވެ.
ޕެނަލްޓީއާ މެދު ސުވާލު އުފެދުމުން ވީއޭއާރް މެދުވެރިކޮށް ބެލި އެވެ. ވީއޭއާރުން ދެއްކީ އަލްވަރޭޒް ދެ ފަހަރަށް ބޯޅައިގައި ޓަޗްކޮށްފައިވާ ކަމަށެވެ. އެހެންވެ އެ ޕެނަލްޓީ ގަބޫލެއް ނުކުރި އެވެ.
އަލްވަރޭޒް ޕެނަލްޓީ ފޮނުވާލަނީ
އޭގެ ފަހުން އެތުލެޓިކޯގެ މާކޯސް ޔޮރެންޓޭ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ހުރަސް ދަނޑިއަށެވެ. އޭނާ އަށް ޕެނަލްޓީ ކާމިޔާބު ނުކުރެވުމާއި، ރެއާލުން ދެން ޕެނަލްޓީ ޖެހި އެންޓޯނިއޯ ރޫޑިގާގެ ޕެނަލްޓީ އެތުލެޓީކޯގެ ކެޕްޓަން އަދި ކީޕަރު ޔޭން އޮބްލެކަށް މަތަނުކުރެވުމުން އެތުލެޓިކޯ ކަޓައިގެން ދިޔައީ އެވެ.
ރެއާލްގެ ލޫކަސް ވަޒްކުއޭޒް ޖެހި ޕެނަލްޓީ ނާކާމިޔާބުވިޔަސް ކިލިޔަން އެމްބާޕޭ އާއި ޖޫޑެ ބެލިންހަމް އަދި ފެޑެރީކޯ ވަލްވާޑޭ ޕެނަލްޓީ ވައްދާލުމުން އޭރު ވެސް ރެއާލް އަށް އެޑްވާންޓޭޖް އޮތެވެ.
އަމިއްލަ ދަނޑުގައި އެތުލެޓީކޯ ކުޅުނު މެޗުގެ ފުރަތަމަ މިނެޓްގައި ކޯނާ ގަލެގާ އެތުލެޓީކޯ އަށް ލަނޑު ޖަހައިދީ އެގްރިގޭޓް ނަތީޖާ ހަމަހަމަ ކުރި އެވެ. ދެވަނަ ހާފުގައި އެ ލީޑް ނަގަން ޕެނަލްޓީއެއް ރެއާލް އަށް ލިބުނެވެ. ނަމަވެސް ވިނީޝިއުސް ޖޫނިއާ އަށް އެ ޕެނަލްޓީ ވައްދައެއް ނުލެވުނެވެ.
ޔޫރަޕްގެ ކުރިމަތިލުންތަކުގައި ރެއާލް އާއި އެތުލެޓިކޯ ބައްދަލު ކުރި މިއީ ހަ ވަނަ ފަހަރެވެ. އެއިން އެއްވެސް ފަހަރެއްގައި ރެއާލްގެ މައްޗަށް އެތުލެޓީކޯ އަށް ކުރި ހޯދިފައެއް ނުވެ އެވެ.
ކުއާޓާ ފައިނަލުގައި ރެއާލް ނުކުންނާނީ އާސެނަލްއާ ދެކޮޅަށެވެ. އާސެނަލް ކުއާޓާ އަށް ދަތުރު ކުރީ ޕީއެސްވީގެ މައްޗަށް 9-3 ގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ. އާސެނަލްގެ ދަނޑުގައި ރޭ އެ ދެ ޓީމު ކުޅުނު މެޗު ނިމުނީ 2-2 ންން އެއްވަރުވެގެންނެވެ.
އާސެނަލްގެ ކުރީގެ ކޯޗު އުނައި އެމެރީގެ އެސްޓަން ވިލާއިން ވަނީ ބެލްޖިއަމްގެ ކްލަބް ބްރާގާ ބަލިކުރުމަށް ފަހު ކުއާޓާ އަށް ދަތުރުކޮށްފަ އެވެ. ކުއާޓާގައި ވިލާ ވާދަކުރާނީ އެމެރީ ކުރިން ކޯޗުކޮށް ދިން ޕީއެސްޖީއާ ދެކޮޅަށެވެ.
ކުއާޓާ ފައިނަލު ކުރިމަތިލުންތައް:
ޕީއެސްޖީ – އެސްޓަން ވިލާ
ރެއާލް މެޑްރިޑް – އާސެނަލް
ބާސެލޯނާ – ބޮރޫޝިއާ ޑޯޓްމެންޑް
ބެޔާން މިޔުނިކް – އިންޓަ މިލާން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފުޅޫ
14 March 2025
ރެއާލް މެޑްރިޑް އެއީ ދުނިޔޭގެ އެންމެ ކޮރަޕްޓް ކްލަބް. ވައްކަން ނުކޮށް ހަމަ އެންމެ މެޗަކުންވެސް މޮޅެއްނުވޭ.
ޚސކކދކދޖދ
14 March 2025
100% އެއް ކަހަލަ ފައުލް ކުރީމަ މިމީހުނަށް ޔެލޯ އެމީހުނަށް ރެޑު. 1 2 ވާ ކަންކަމެއް ނޫން މީ
ކަބީރު ވަލް ބީޓާ
13 March 2025
ރެއާލް ބަލިވާނެ ރެފްރީގެ އެހީ ނެތްނަމަ.
ޚދކދކ
14 March 2025
100%
މުޅިންވެސް ނުހައްގު
13 March 2025
ހޯދާފަ ހުރި ހުރިހާ ޗެމްޕިއަންސް އެހެން ހަމަ ނުކަސިޔާރު މަގުން ހޯދާފ ހުރި އެއްޗެހި ތަކެއް.
ހަލަ މެޑުރިޑް
13 March 2025
ކަލޭމެން ބުނީމަ ދެންމަމެން ގަބޫލްކުރަންވީ؟
އިބިރަހިމާ
13 March 2025
ހެހެ. ހޯދި ގޮތަކަށް އެއޮތީ ހޯދާފައެއްނު. ކަލޭ އަޅެ ބުނެބަލަ 2009 ގަ ޗެލްސީ ބާސާ މެޗް އިންސާފުވެރިތަ؟ އެ މެޗް ނިމުނީމަ އެ ދުވަހުން ފެށިގެން މަ ގަބޫލުކޮށްފިން ފުޓުބޯޅައިގަ ބާސާއަށް ހަލާލު ވާނެކަން ކޮންމެފަދަ ނާއިންސާފެއްވެސް. ހެހެހެ
މެސީ އަމާ
13 March 2025
ތަބަކަކަށް ލާފަ މެސީ އަށް ވޯލްޑްކަޕް ދިންގޮތަށް ދޯ؟
އަލިހޮއްކޮ76
14 March 2025
ހަމަ ތެދެއް. ވަކިން ޚާއްޞަކޮށް 2016 އިން ފެށިގެން ހޯދި ހުރިހާ ޗެމްޕިއަންސް ލީގު ހޯދާފައިވަނީ ވަރަށް ބޮޑަަށް މަކަރު ހަދައިގެން ރޭވިގެން.
ޚސކކދކދ
14 March 2025
100 ގެ ވާހަކައެއް. މިހާރު ވީއޭއާރ އާ އެއްޗެހި ހުންނަ އިރު އެވަރަށް ފޭވާ ކުރާ އިރު 2000 ގެ ކުރިޔާ 1990 ގެ ކުރިން ބޭނުން އެއްޗެއް ދޯ ހަދާފަ އޮންނާނީ