ކުޅިވަރުގެ މަޝްރޫތައް ހިންގުމަށް، ކުންފުނިތަކާ އެކު ސޮއި ކުރަން މިއަދު ސްޕޯޓްސް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
29 މާޗް 2025 - 23:01
ދަރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރުގެ 77 މަޝްރޫއެއް ހިންގަން، ސްޕޯޓްސް މިނިސްޓްރީން ކުންފުނިތަކާ އެކު ސޮއި ކޮށްފި އެވެ.
ސްޕޯޓްސް މިނިސްޓްރީން މިއަދު އިއުލާން ކުރި މަޝްރޫތަކުގެ ތެރޭގައި ހިމެނެނީ އައުޓްޑޯ ޖިމް، ފިޓްނަސް އާއި ރެކްރިއޭޝަން ސެންޓަރުތައް، ފުޓްސަލް އާއި ފުޓްބޯޅަ ދަނޑުތަކުގެ އިތުރުން ބެޓްމިންޓަން އަދި ވޮލީބޯޅަ ކޯޓުތަކެވެ.
ކުޅިވަރުގެ މަޝްރޫތައް ހިންގުމަށް، ކުންފުނިތަކާ އެކު ސޮއި ކުރަން މިއަދު ސްޕޯޓްސް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
މި މަޝްރޫތައް ހިންގަން އެ މިނިސްޓްރީން ހަވާލު ކުރީ، އެމްޓީސީ، އާރްޑީސީ އަދި ފެނަކަ އާ އެވެ.
އެ މިނިސްޓްރީން ބުނީ މިއަދު ސޮއި ކުރި އެ މަޝްރޫތަކަކީ ކުޅިވަރު މެދުވެރިކޮށް ރައްޔިތުންގެ މެދުގައި އެކުވެރިކަން އުފައްދައި މޮޅު ކުޅުންތެރިން އުފެއްދުމުގެ މަސައްކަތް، ދެ އަހަރުތެރޭ މަގުފަހ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
މިދިޔަ ދޮޅު އަހަރުތެރޭ އެ މިނިސްޓްރީން ވަނީ ވަކިވަކި ރަށްރަށުގައި ކުޅިވަރުގެ އެކި މަޝްރޫތައް ހިންގުމަށް ޕްރައިވެޓް ކުންފުނިތަކާ ހަވާލުކޮށްފަ އެވެ. މިއީ އެއްފަހަރާ މިހާ ގިނަ އަދަދެއްގެ ކުޅިވަރާގެ މަޝްރޫތައް ހިންގަން ހަވާލު ކުރި ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯކޮސް
30 March 2025
ކުރިން ކުޅިވަރުގައި އަރަމުން އައި ޒުވާން ކުޅުންތެރިން ތައް ވެސް މިހާރު ގެއްލިއްޖެ! އެކުދިން މިހާރު ކުޅޭކަމެއްވެސް ނޭންގޭ
ބެލެނިވެރިން
30 March 2025
ސްޕޯޓްސް މިނިސްޓްރީން މިއަދު އިއުލާން ކުރި މަޝްރޫތަކުގެ ތެރޭގައި ހިމެނެނީ އައުޓްޑޯ ޖިމް، ފިޓްނަސް އާއި ރެކްރިއޭޝަން ސެންޓަރުތައް، ފުޓްސަލް އާއި ފުޓްބޯޅަ ދަނޑުތަކުގެ އިތުރުން ބެޓްމިންޓަން އަދި ވޮލީބޯޅަ ކޯޓުތަކެވެ. ( ބާސްކެޓް ނެތް ) އެބަވިސްނޭ ވެރިންނައް ސޮޕިން ކޮއްލާފަ ވަކިބައެއްގެ އެއްޗެއް ކަން