ކުޅިވަރު / ބެޑްމިންޓަން އެސޯސިއޭޝަން

ކަންކަން ތަންފީޒު ކުރަން ޝަރުތުކޮށް، ފަހު ފުރުސަތު ތައިލެންޑު މުބާރާތުން ރާއްޖެއަށް ދީފި!

ތައިލެންޑްގެ ބީޑަބްލިއުއެފް ޖޫނިއާ ސީރީޒް މުބާރާތުގައި ވާދަކުރާ ދިވެހި ކުޅުންތެރިން ގުރުޕް ފޮޓޯއަކަށް ހުއްޓިލައިގެން

ރާއްޖެ އަށް ދޭ ފަހު ފުރުސަތެއްގެ ގޮތުގައި ތައިލެންޑުގެ ޖޫނިއާ ބެޑްމިންޓަން މުބާރާތުގައި ކުޅެން ހާއްސަ ހުއްދައެއް ދީފި އެވެ.

ރާއްޖެ އަށް ހާއްސަ ފުރުސަތެއް މިދިނީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަނުން ރާއްޖެ ސަސްޕެންޑު ކުރުމާ ގުޅިގެންނެވެ. މިދިޔަ ހަފުތާގައި ރާއްޖެ ސަސްޕެންޑު ކުރީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ކޮމިޝަނަރު އޮފް ސްޕޯޓްސްގެ ނުފޫޒު ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނަށް ފޯރާފައިވާތީވެ އެޅި ހަރުކަށި ފިޔަވަޅެއްގެ ގޮތުގަ އެވެ.

ރާއްޖެ ސަސްޕެންޑު ކުރިއިރު، ޖޫނިއާ އުމުރުފުރާގެ 12 ކުޅުންތެރިޔަކު ވަނީ ތައިލެންޑުގައި މާދަމާ ފަށާ ބެޑްމިންޓަން ސީރީޒް މުބާރާތުގައި ވާދަކުރަން ވާން ޖެހޭ ހުރިހާ ތައްޔާރީއެއް ވެފަ އެވެ.

އަމިއްލަ ގޮތުން ވާދަކުރާ މުބާރާތަކަށް ވުމުން، އެ މުބާރާތުގައި ވާދަކުރަން ހުރިހާ ހަރަދެއް ކުރީ ވެސް ކުޅުންތެރިންގެ ބެލެނިވެރިންނެވެ.

ބީޑަބްލިއުއެފް ޖޫނިއާ ރޭންކިން ސީރީޒުގެ ދަށުން ތައިލެންޑްގެ މެދުތެރޭ ޕްރޮވިންސް ޕަތުމްތާނީގައި ބާއްވާ މުބާރާތް ހާއްސަކޮށްފައި ވަނީ އުމުރުން 13 އަހަރުން ދަށާއި 15 އަހަރުން ދަށް އަދި 17 އަހަރުން ދަށުގެ އުމުރުފުރާގެ ކުޅުންތެރިންނަށެވެ.

ދިވެހި ކުޅުންތެރިން މުބާރާތަށް ފުރުމުގެ ކުރިން ރާއްޖެ ސަސްޕެންޑް ކުރިކަން ބީޑަބްލިއުއެފުން އޮލިމްޕިކް ކޮމިޓީ އަށް އެންގި އެވެ. އޭރު މުބާރާތުގައި ވާދަކުރަން ހުރިހާ ކަމެއް ކުޅުންތެރިންނާއި ބެލެނިވެރިން ފުރިހަމަކޮށްފައި ވުމުން، އެ މުބާރާތުގައި ދިވެހި ކުޅުންތެރިންނަށް ވާދަކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އޮލިމްޕިކް ކޮމިޓީން ބީޑަބްލިއުއެފްގެ ކިބައިން އެދުނުކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.

ތައިލެންޑްގެ ބީޑަބްލިއުއެފް ޖޫނިއާ ސީރީޒް މުބާރާތުގައި ވާދަކުރާ ދިވެހި ކުޅުންތެރިން މރާއްޖޭން ފުރުމުގެ ކުރިން އެއާޕޯޓްގައި

އޮލިމްޕިކް ކޮމިޓީން އެގޮތަށް އެދިފައިވުމުން ދިވެހި ޖޫނިއާ ކުޅުންތެރިންނަށް ފަހު ފުރުސަތު ދޭން ބީޑަބްލިއުއެފުން ނިންމީ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ހުއްދަ ބީޑަބްލިއުއެފުން ދިނީ އެ އިދާރާއިން އިލްތިމާސް ކޮށްފައިވާ ފިޔަވަޅުތައް ރާއްޖޭން ތަންފީޒު ކުރުމަށް ޝަރުތު ކުރުމަށް ފަހު އެވެ. އެ ފިޔަވަޅުތައް ތަންފީޒު ކުރާކަން އަމަލީ ގޮތުން ވެސް ދައްކަން ޖެހޭނެ ކަމަށް ވެސް ބެޑްމިންޓަންގެ މައި ފެޑެރޭޝަނުން ރާއްޖެ އަށް އެންގި އެވެ.

އެކަން ނުކުރާ ނަމަ އިތުރު އެއްވެސް ފުރުސަތެއް ރާއްޖެ އަށް ނުދޭނެ ކަމަށް ބީޑަބްލިއުއެފުން އެމްއޯސީ އަށް އަންގާފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ގަވާއިދު އިސްލާހު ކުރުމަށް ފަހު، އިންތިހާބު ބޭއްވުމަށް ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން ދިން މުހުލަތުތައް ފަހަނައަޅައި ދިއުމުން، އެ އެސޯސިއޭޝަން ހިންގުން ސްޕޯޓްސް ކައުންސިލުގެ ކޮމިޓީއަކުން ކުރިއަށް ގެންދިއުމަށް ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން އޮތީ ކުރިން ނިންމައިފަ އެވެ.

އެކަމަކު އަދި މިހާތަނަށް ވެސް އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދު އިސްލާހު ކޮށްފައެއް ނުވެ އެވެ. ދައުރު ހަމަވެގެން ގިނަ ދުވަސްތަކެއް ދިޔައިރު ވެސް އިންތިހާބު ބާއްވާފައި ވެސް ނުވެ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖެނިފަ

19 May 2025

ހަގީގަތުގައި މޫސަ ހަމަ ބާރު ގަދަކަން މި ފެނިގެންދަނީ. އެހެން ނަމަވެސް ބެޑްމިންޓަން ހަލާކު ކޮއްލީވެސް ހަމަ މޫސަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454