17 ޖޫން 2025 - 14:14
ކްލަބް ވޯލްޑް ކަޕަށް އާންމުންގެ ޝައުގުވެރިކަން ބޮޑުކުރަން ފީފާއިން 50 މިލިއަން ޑޮލަރު ފެނަށް ވެއްޖެ އެވެ.
އެމެރިކާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އެކި ބައްރުތަކުން ބައިވެރިވާ އެންމެ ބޮޑު މުބާރާތަށް އާންމުން ޝައުގުވެރި ކުރުވަން ފީފާއިން އެކި އުކުޅުތައް ބޭނުން ކުރި އެވެ.
ޓިކެޓްގެ އަގު ބޮޑުތަނުން ދަށް ކުރި އެވެ. އެމެރިކާގެ ކޮލެޖް، ޔުނިވަސިޓީތަކުގެ ދަރިވަރުން ދަނޑަށް ވަންނަން ކެމްޕޭންތަކެއް ހިންގި އެވެ.
އެކަމަކު ކުރި ބޮޑު ހަރަދާއި ހިންގި ޕްރޮމޯޝަނަލް ހަރަކާތްތަކުން ދަނޑު ފުރާލެވޭ ގޮތެއް ނުވި އެވެ.
މުބާރާތުގައި ޗެލްސީން ކުޅުނު ފުރަތަމަ މެޗަށް ފަހު އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނީ ދަނޑު ފުރިގެން ނުދިއުމަކީ ހައިރާންވާން ޖެހޭ ކަމެއް ކަމަށެވެ.
ޗެލްސީގެ ފުރަތަމަ މެޗުގައި މިއަދު އެ ޓީމުން ކުޅުނީ އެމެރިކާގެ ލޮސް އެންޖަލިސްއާ ދެކޮޅަށެވެ. އަމިއްލަ ގައުމުގައި ކުޅުނު ލޮސްއެންޖަލިސްގެ ޓީމަށް ދަނޑު ފުރާލެވޭ ގޮތެއް ނުވި އެވެ.
"މި މާހައުލު އަހަންނަށް ފެންނަނީ ވަރަށް އާދަޔާހިލާފު ގޮތަކަށް ދަނޑުގެ ބޮޑުބައި މި އޮންނަނީ ހުސްކޮށް،" މަރެސްކާ ބުންޏެވެ.
އޭނާ ބުނީ ޕްރޮފެޝަނަލް ކްލަބްތައް ކޮންމެ ހާލަތަކަށް ވެސް ހޭނޭނެ ކަމަށެވެ.
"އަހަރެމެންނަކީ ޕްރޮފެޝަނަލް ޓީމެއް. ކޮންމެ ހާލަތަކަށް ވެސް އަހަރެމެން ޖެހޭނެ ހޭނެން. ސަޕޯޓަރުން ވަދެ ފުރާލާފައި އޮތް ދަނޑެއް ކަމުގައިވިޔަސް އަދި ސަޕޯޓަރުން ނެތް ހުސްކޮށް އޮތް ދަނޑެއްގައި ކުޅެން ޖެހުނަސް އަހަރެމެން މެޗަށް ނުކުންނާނަން،" މަރެސްކާ ބުންޏެވެ.
ލޮސްއެންޖަލިސްގެ ކޯޗު ސްޓީވް ޗެރުންޑޯލާ ބުނީ މުބާރާތުގެ އިންތިޒާމުތައް ރަނގަޅު ކަމަށެވެ. އެކަމަކު ދަނޑަށް ސަޕޯޓަރުން ނުވަންނަނީ ކޮން ސަބަބަކާ ހުރެ ކަމެއް ބުނަން ނޭންގޭ ކަމަށް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚސިއުސނ
18 June 2025
ފެނާ ނަރުދަނާ މުހިންމު ވާނެ ދޯ
އަހުމޭ
17 June 2025
ފުރަތަމަ ކަމަކަށް ފުޓްބޯޅައައް ޝައުގު ހުންނަ ގައުމެއްނޫން. ދެވަނަ ކަމަކަށް ޓުރަންޕު ވަނީ ގައުމުތައް އެމެރިކާއައް،ވަނުން މަނާކޮށް ވިސާ ލިބުން ދަތިކޮށްފައި. ދެން ކިހިނެއް ވޯލްޑްކަޕެއް ތިތާ ބޭއްވޭނީ؟
ޒައިކް23
17 June 2025
ފުރަތަމަ މުބާރާތް ބާއްވަން ވާނީ ފުޓުބޯޅަ ދަންނަ ބޯޅައަށް ޝައުގު ހުރި ބައެއްގެ ތެރޭގައި.. ފުޓުބޯޅައަށް ސޮކައޭ ކިޔާ ބައެއްގެ ތެރޭގަ ތިޔަ ކަންކުރަން ހިފީމަ ޗޮކުން ދާނި.. ފޯމެޓު ބަދަލުކޮށް ދުނިޔޭގެ ނަން މަޝްހޫރު ސަޕޯޓަރުން ގިނަ ޓީމުތަކުގެ ތެރޭގައި ތިޔަކަން ކުރެވޭނެ ގޮތެއް ބަލަންޖެހޭ.. ބުއްބޯ ޓީމުތަކާ ޔޫރަޕުގެ ގަދަ ބާރުތަކާ ވާދަކުރަން ޖެއްސީމަ 10 ލަނޑު 12 ލަނޑު ޖަހާ ފޯރިނެތް ކުޅޭ ކުޅޭ މުބާރާތަކަށް ބަދަލުވަނީ. ފީފައަށް މިވަރު ނުވިސްނުނީމަ ދެރައީ.
ޗޫޤީ
17 June 2025
ކުލަބު ވޯލްޑް ކަޕަށްވުރެ މެދުއިރުމަތި މާފޯރިގަދަ. ސާބަހޭ އީރާން. މިފަހަރު އިޒުރޭލު ،،ކ ފަލަސްތީނުގެ ބިމުން ފައްސާލާތި.