އެފްއޭއެމްގެ އެކްސްކޯ މެންބަރު އުމޭރު: އެ މަގާމާ ހަވާލުވެ އޭނާ އިއްޔެ ވަނީ ކުޅުން ހުއްޓާލާފަ
27 ޖުލައި 2025 - 13:17
އެފްއޭއެމްގެ އެކްސްކޯ މެންބަރުކަމާ ހަވާލުވެ، ވިކްޓަރީގެ ފޯވާޑް މުހައްމަދު އުމޭރު ކުޅުން ހުއްޓާލައިފި އެވެ.
އިއްޔެ ބޭއްވި އެފްއޭއެމްގެ އިންތިހާބުގައި ރައީސްކަމަށް ވަޑައިގެންނެވި އަހްމަދު ތޯރިގް (ޓޮމް) ގެ އެކްސްކޯ އަށް އުމޭރުގެ ނަން ހުށަހެޅި އިރު ވެސް އޭނާ ހުރީ ވިކްޓަރީގެ ކޮންޓްރެކްޓްގަ އެވެ.
އެންމެ ފަހުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ވިކްޓަރީ ގެންގޮސްދީ އެއްވަނަ ޑިވިޝަނަށް އެ ޓީމު އަލުން ޕްރޮމޯޓްކޮށް ދިނުމުގައި އުމޭރު މުހިންމު ދައުރެއް އަދާކުރި އެވެ. އަލުން އެއްވަނަ ޑިވިޝަނުގައި ވާދަކުރަން ވިކްޓަރީން ޓީމު އެކުލަވާލީ ވެސް އުމޭރު ހިމަނައިގެންނެވެ.
އުމުރުން 37 އަހަރުގައި އޭނާ އިއްޔެ ވަނީ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފަ އެވެ.
"މިއަދު އަހަރެން މި އިއުލާން ކުރަނީ ފުޓްބޯޅަ ކުޅުމުން ފަހަތަށް ޖެހިލަން (ނިންމިކަން). އެއީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރަން ފަށާތީ،" ސޯޝަލް މީޑިއާގައި އުމޭރު ލިޔެފައި ވެއެވެ.
ކަނާތު ބެކްގެ މަގާމުން ކުޅެން ފެށި އުމޭރު ވަނީ މިޑްފީލްޑަރު އަދި ފޯވާޑްގެ މަގާމުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ބުނީ ފުޓްބޯޅަ އަށް އާ ގޮތަކަށް ހިދުމަތް ކުރުމުގެ އާ ފެށުމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަމްރޫދު
27 July 2025
އެއް ކުލާހުގައި 3 އަހަރު އުޅުނު ރައްޓެއްސެއް. ވަރަށް ހެޔޮ ވަރަށް ރަނގަޅު. އެކަމު މިހާރު ފެންނަ ކަމަށްވެސް ނުހަދާ
ސައިންސް
27 July 2025
މިހާރު ނުކެރެނީ ކަމަށް ވެދާނެއްނު
ލަދުރަކި އުމޭ
30 July 2025
މިހާރު ބޮޑުވީމަ ވަރަށް ލަދުގަނޭ ޔޫ މެން ފެނުނީމަ ވާހަކަ ދައްކަން
އޮނަރަބްލް އަފީފު ދީދީ
27 July 2025
ދަނޑުމަތީގައި ހިތްވަރުކޮށް މޮޅުކުޅުމެއްދެއްކި އަޅްލާޤު ރަނގަޅު ކުޅުންތެރިޔާ މުޙައްމަދު އުމޭރުއަށް މަރުޚަބާ. ތަފާތުކުރުމެއްނެތި މަޤާމްގައިހުންނަވައިގެން ހިދުމަތް ކުރައްވާނެކަމަށް ހީކުރަން. އަދި ޒަމާނުއްސުރެން ތިތަނުގައިއޮތް ޤަބީލާވަންތަ ސިޔާސަތު ތިތަނުން ފުހެލުމަށްޓަކާ ކުރަންޖެހޭމަސައްކަތް ކުރުމަށް ޖެހިލުންވުމެއްނެތި ކުރަންޖެހޭ ކޮންމެކަމެއްކުރުމުގައި ސާބިތުވެ ހުންނަވާނެކަމަށް ހީކުރަން. ކުރީގެ ކަންކަން މުޅިން ހަދާން ނައްތާލާ އާފެށުމަކުން ފައްޓަވާ.