މެންޗެސްޓާ ޔުނައިޓެޑް 1 - 1 ފުލަމް
ފުލަމްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ޔުނައިޓެޑްގެ ކުޅުންތެރިން މާޔޫސް ވެފަ --- ފޮޓޯ: އޭއެފްޕީ
24 އޯގަސްޓް 2025 - 23:25
މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑްލައިން އަލުން ބިނާ ކުރަން އެ ކްލަބުން ކުރި 270 މިލިއަން ޑޮލަރުގެ ނަތީޖާ ނުފެނި، ދެވަނަ މެޗު ވެސް ނިމިއްޖެ އެވެ.
ފުލަމްއާ ދެކޮޅަށް އާދިއްތަ ދުވަހު ކުޅުނު މެޗުން ޔުނައިޓެޑް ފުއްދާލީ ޕޮއިންޓަކުންނެވެ.
މެޗުގައި ރަނގަޅަށް ކުޅުނީ ފުލަމް އެވެ. ފަހި ފުރުސަތުގެ ގޮތުގައި ޔުނައިޓެޑަށް ރަނގަޅު އެންމެ އެންމެ ހަމަލާއެއް ވެސް ނުއުފެއްދުނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ލެނީ ޔުރޯ ލަނޑު ޖެހިކަމަށް ހީކޮށް އުފާފާޅު ކުރި އިރު އެ ލަނޑު ވެސް އޭނާގެ ނަމުގައި ނުގުނި އެވެ. ވީއޭއާރްގެ އެހީގައި ކަށަވަރު ކުރި އެ ލަނޑު ހިމަނާފައި ވަނީ ފުލަމްގެ ރޮޑްރީގޯ މުނިޒް އަތުން ބައިކޮޅަށް ވަން ލަނޑެއްގެ ގޮތުގަ އެވެ.
ސްމިތު ރޯ، ފުލަމް އަށް ލަނޑު ޖަހައި ދިނުމަށް ފަހު އުފާފާޅު ކުރަނީ
ޔުނައިޓެޑަށް ލިބުނު އެންމެ ހުސް ފުރުސަތަކީ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީ އެވެ. ކެޕްޓަން ބްރުނޯ ފެނާންޑޭޒަށް ނާކާމިޔާބުވި ޕެނަލްޓީ އޭނާ ޖެހީ ހުރަސް ދަނޑިއަށެވެ.
ފުލަމް އަށް ނަތީޖާ ހަމަހަމަކޮށް ދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އެމިލް ސްމިތު ރޯ އެވެ. މެޗުގެ 73 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ ކުޅެން ނުކުތް ގޮތަށް އޭނާގެ ފައިގައި ޖައްސާލި ފުރަތަމަ ބޯޅައިންނެވެ.
އޭޕްރީލުން ފެށިގެން، ލީގުގައި ޔުނައިޓެޑް ކުޅުނު މެޗުތަކުގައި އެ ޓީމަށް ލިބުނީ އެންމެ ހަ ޕޮއިންޓެވެ. އެ ޓީމުގެ ފޯޥާޑްލައިން ވަރުގަދަ ކުރަން ކޯޗު ރުބެން އަމޯރިމް ބޭނުންވާ ކުޅުންތެރިން ގަންނަން 270 މިލިއަން ޑޮލަރު ހޭދަ ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފާގަސަން
25 August 2025
މަހައްދޭބަލަ، މިފަހަރުވެސް... ފެންވަރެއް ނެތޭ. ޗުއިންގަމް ބެއްޔާ ދިޔަފަހުން ތީ ޓީމެއް ނޫން.
ކޯމެންޓޭ
25 August 2025
އަދި ނުވޭ ދޯ އިސްރާފެކޭ ބުނާވަރު. ލީގު އޮތީ ކުރިއަށް
ސާމިހް ކެޕްޓަން
25 August 2025
މެންޔޫ މޮޅެއްނުވޭ. ޑެނީ ކެޕްޓަނަކަށްވަނީ. ޑޮލަރެއްނުދޭ. ލޭމައްޗަށްދަނީއޭ ހަމަ ސީރިއަސްކޮށް މިބުނީ.
ލެއްގި ކޮމިޝަނަރ ސިޓީ ފޭން
25 August 2025
އެފްބީގަ ވަރަށް ރޯނުއެދުރު ހެދިގެން އުޅޭނެ އަހުމަދު ނަސީރު ކިޔާ މީހެއް.މީނަ ބުނާ ގޮތުން މިސީޒަނުގަ ޔޫސީއެލް ، ޕްރިމިއަރ ލީގް ، އެފްއޭކަޕް އަދި ލީގް ކަޕް ވެސް ހޯދާނީ އޭނަ ސަޕޯޓްކުރާ މެންޔޫ.ރޭގަ ފެނާންޑޯ ޕެނަލްޓީ ޖެހި ބޯޅަ ފެނޭތޯ ފުލަމް ދަނޑާ އިންވެގެން އޮތް ކޯރު ބަލަން ނަސީރު ކަލޭ ދޭބަލަ .
ހޖުބޖ
25 August 2025
ދިވެހި ކޮމެންޓޭމެންގެ ބަސް ގަބޫލު ނުކުރާތީ ވާގޮތް