03 ނޮވެމްބަރ 2025 - 06:44
ލަނޑުޖެހުމުގައި ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއްފެންވަރަށް މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ހާލަންޑް މިހާރު ވާސިލުވެއްޖެކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޕްރިމިއާ ލީގުގެ ލަނޑު ލިސްޓްގައި ހާލަންޑް ކުރީގައި ދަމަހައްޓަމުން ދަނީ 11 ގޯލާ އެކު އެވެ. ފަހައްތުން ވިއްދަން ތިބި ހަތަރު ކުޅުންތެރިންނަށް ވުރެ އިތުރަށް ފަސް ގޯލް ނޯވޭގެ ފޯވާޑް ވަނީ ޖަހައިފަ އެވެ. ސިޓީގައި 100 ލަނޑު ހަމަކުރަން އޭނާ އަށް ބޭނުންވަނީ ދެ ލަނޑެވެ.
މިދިޔަ ސީޒަނުގައި ދަށްކޮށް ދިޔަ ކްލަބް މި ސީޒަނުގައި ފޯމުގައި ދެމެހެއްޓުމުގައި އޮތީ ހާލަންޑްގެ މަސައްކަތެވެ. މުޅި ޓީމު އޭނާގެ ކޮނޑުގައި ޖަހައިގެން އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގަ އެވެ. ލީގުގައި އެއް ލަނޑަށް ވުރެ އިތުރަށް ގޯލް ޖެހުނު އިތުރު ކުޅުންތެރިޔެއް ސިޓީގެ ސްކޮޑްގައި އޭނާ ނޫނީ ނެތެވެ.
ލަނޑު ލިސްޓްގައި އޭނާ ދަމަހައްޓަމުންދާ ނުފޫޒާ އެކު ގާޑިއޯލާ ބުނީ ހާލަންޑް މިހާރު ހުރީ މެސީ އާއި ރޮނާލްޑޯއާ އެއްސަފެއްގައި ކަމަށެވެ.
"އާލިން [ހާލަންޑް] ފެންނަނީ ވަރަށް ނުރައްކާކޮށް. މިއީ މެސީ ނުވަތަ ކްރިޓިއާނޯ [ރޮނާލްޑޯ" ކުޅޭއިރު އަންނަ އިހްސާސެއް. އޭނާ [ހާލަންޑް] އާ އެކު ކުޑަކުޑަކޮށް އެ އިހްސާސް ކުރެވޭ. އޭނާ އެހާވެސް ނުފޫޒުގަދަ،" ގާޑިއޯލާ ބުންޏެވެ.
"އޭނާ އެ ފެންވަރަށް އާދެވިއްޖެތަ؟ އޭނާގެ ގޯލް ޖެހުމުގެ އަދަދުތައް ފެނޭތަ؟ ހަމަގައިމުވެސް އޭނާ އެހުރީ އެމީހުންގެ ފެންވަރުގައި ކްރިސްޓިއާނޯ [ރޮނާލްޑޯ] އާއި މެސީގެ އަދަދުތަކާ އެއްފެންވަރެއްގައި."
ގާޑިއޯލާ ބުނި ގޮތުގައި ހާލަންޑާ އަޅާކިޔާއިރު މެސީ އާއި ރޮނާލްޑޯގެ ތަފާތަކީ 15 އަހަރުވަންދެން އެއްގޮތެއްގައި އެ ދެ ކުޅުންތެރިން ލަނޑުޖެހުމުގެ އެ ފޯމުގައި ދެމެހެއްޓުމެވެ.
"ތަފާތަކީ ކްރިސްޓިއާނޯ [ރޮނާލްޑޯ] އަދި މެސީ އެ ދެ ކުޅުންތެރިން 15 އަހަރުވަންދެން އެގޮތުގައި ދަމަހައްޓާކަން. ފެންނާނެ މެސީ އަދިވެސް އެމްއެލްއެސް (އެމެރިކާގެ ލީގު) ގައި ކޮންމެ މެޗެއްގައިހެން އެކެއް ނޫނީ ދެ ލަނޑު އެބަޖަހާ. ސައުދީގައި ކްރިސްޓިއާނޯ [ރޮނަލްޑޯ] ވެސް ހަމައެހެން،" ގާޑިއޯލާ ބުންޏެވެ.
"އެކަމަކު އޭނާ [ހާލަންޑް] ވެސް މިހާރު އެ ހުރީ އެ ފެންވަރުގައި. އޭނާ ނެތި އަހަރެމެންނަށް މިކަންކުރަން ވާނީ ވަރަށް އުނދަގޫކަމަކަށް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެހެނަސް
03 November 2025
ދެން އޯކޭތާ! އެހެނަސް މިއަދުވެސް މާލޭގެ އަދި އަތޮޅުތެރޭގަ މަގުމަތީގަ ވޭޕް ބޮމުން ދޭ. ސައިކަލް ދުއްވަމުން ވޭޕް ބޯ މީހުން ގިނަ. އެޅޭނެ ފިޔަވަޅެއްނެތް. ކުޑަ މިނުން މިކަމާއި ނުރުހުން ފާޅުކުރާނެ ރައްޔިތެއް ނެތް! ގާނޫން ހެދިދާނެ، އެކަމަކު ގާނޫން ތަންފީޒްކުރާ އިދާރާތަށް، ވެރިން ގާނޫންއަށް ބޯ ނުލަބަންޏާ އަދި ރައްޔިތުން ކަލެކްޓިވްކޮށް ގާނޫން ދަމަހައްޓަން “ނުރުހުމުގެ ލޮލުން” ގާނޫން މުގުރާ މީހުންނަށް ނުބަލަންޏާ، ގާނޫނީ ވެރިކަމެއް ނުހިނގާނެ!