07 ނޮވެމްބަރ 2025 - 19:47
ތަޖުރިބާކާރު ކުޅުންތެރިން ގިނަ ވިކްޓަރީގެ މައްޗަށް ޒުވާން ކުޅުންތެރިންގެ މައްޗަށް ބިނާވެފައިވާ ވެލެންސިއާއިން ގަދަވެ ގަނެއްޖެ އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗު ވެލެންސިއާއިން ކާމިޔާބު ކުރީ 1-0 ންނެވެ.
މެޗަށް ވިކްޓަރީ ނުކުތީ އެ ފަހަރަށް ވިދިވިދިގެން މޮޅުވުމުގެ ރޭހުގައި ހިފެހެއްޓުމަށެވެ. ކުރިން ކުޅުނު ދެ މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ.
އެކަމަކު ވެލެންސިއާގެ ގޯލް ފޫއަޅުވާލުމަށް ވިކްޓަރީ އަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަހެއް ނުކުރެވުނެވެ.
ވެލެންސިއާ އަށް މޮޅު ހޯދައި ދިނުމުގައި ލީޑް ކުރީ އެ ޓީމުގެ ޒުވާން ކެޕްޓަން އުމުރުން 16 އަހަރުގެ އީތަން އިބްރާހިމް ޒަކީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ.
ވެލެންސިއާގެ ލަނޑު އަހްމަދު އަތުވާން އަލީ ޖެހީ އީތަން ނަގައިދިން ބޯޅައިންނެވެ.
ވިކްޓަރީގެ އޭރިއާގެ ބޭރުން ވެލެންސިއާ އަށް ލިބުނު ހިލޭ ޖެހުން އީތަން އޭރިއާ ތެރެއަށް ނަގައި ދިނުމުން އަތުވާން އެ ބޯޅަ ބޮލުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވާލި އެވެ.
އީތަން ނަގައިދިން ބޯޅަ ހޯދަން ވިކްޓަރީގެ ސީރީއާގެ ކީޕަރު މަހްމޫދު އަލް ޔޫސުފް ނުކުތް ދަނޑިވަޅު އަތުވާން އެ ބޯޅަ ބޮލުން ޖެހި އެވެ.
މިއީ ލީގުގައި ވެލެންސިއާއިން ހޯދި ދެވަނަ މޮޅެވެ. ޖުމުލަ ހަތް ޕޮއިންޓް ހޯދައި އެ ޓީމު ވަނީ ގަދަ ހަޔަކަށް ވަނުމުގެ އުއްމީދު ދަމަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމިއްޓެ
08 November 2025
ލިޔުންތެރިކަން ނެތް ޚަބަރެއް. ތިން ޕެރެގްރާފްގައި ގޯލްޖެހިގޮތް ކިޔައިދޭން ލިޔެފައިވާ ލިޔުމަށް.
ޖަމާލް
08 November 2025
މަހީކުރީ ޔަމާލް ކަމަށް.. ލޮލް
ގަރުދީ
08 November 2025
މެޗު ބަލައިލިން އަނެހެން ވިކްޓުރީ މާ ގަދަ، ކުޑަކޮށްވެސް މައްސަލައަކަށްވީ ވިކްޓުރީ ކުދިންކޮޅު ތަންކޮޅަކަށް ދުވެލާއިރަށް މައި ނެވޭ ލެވި ލެވި ތިބޭތީ. ފަހަރެއްގަ ވެދާނެ ވިކްޓުރީ ކުދިންގެ އުމުރުގެ ކަމަކަށްވެސް.
ދިރާސާ
07 November 2025
"ހޯޕް. ޙޯޕް ވެލެންސިޔާ" ނުވަދިހައިގެ އަހަރުތަކުގެ ކުޑަކުދިންގެ ދޫތަކަށް ވަރަށް ފަރިތަ ވާނެ.
ޕްރޮމްސީ
07 November 2025
ކްލަބް ތަކުގެ ނަންތައް އަސްލު މުހިންމެއް ނޫން. ފުޓްބޯޅަ ކުރިއަރާނީ މޮޅެތި ކުޅުންތެރިން މަޝްހޫރު ކޮށްގެން. ލިޔާކުދިންނަށް ހިޔާލެއް ހަމަ.