09 ނޮވެމްބަރ 2025 - 11:44
ސަންޑަލޭންޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅު ނުވެވުމުން ބަނޑުގައި ރިއްސާލި ފަދަ ވޭނެއް އިހްސާސް ކުރެވުނުކަމަށް އާސެނަލްގެ ކޯޗު މިކަލް އާޓެޓާ ބުނެފި އެވެ.
ހޮނިހިރު ދުވަހު ކުޅުނު މެޗުން އާސެނަލް 2-1 ން މޮޅުވާން ދަނިކޮށް ސަންޑަލޭންޑްގެ ބްރަޔަން ބްރޯބީ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓްގަ އެވެ.
މެޗުގައި ފުރަތަމަ ލީޑް ނެގީ އަމިއްލަ ދަނޑުގައި ކުޅުނު ސަންޑަލޭންޑުންނެވެ. އާސެނަލްގެ އެކަޑަމީގެ ކުރީގެ ކުޅުންތެރިޔާ ޑެނީ ބްލާޑް ސަންޑަލޭންޑަށް ލީޑް ނަގައި ދިނީ 36 ވަނަ މިނެޓްގަ އެވެ.
އެ ލަނޑަކީ ނުވަ މެޗަށް ފަހު އާސެނަލް ކޮޅަށް ވަން ފުރަތަމަ ލަނޑެވެ. ސެޕްޓެމްބަރު 28 ފެށިގެން އެ ޓީމު ކޮޅަށް ލަނޑެއް ނުވަދެ އިއްޔެއާ ހަމައަށް ހިފެހެއްޓި އެވެ. މެޗުގެ ވަގުތުން ބަލާނަމަ 881 މިނެޓް ވަންދެން ބައިކޮޅަށް ލަނޑެއް ވަނަ ނުދީ އާސެނަލުން ހިފެހެއްޓި އެވެ.
ދެވަނަ ހާފުގައި އާސެނަލް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ބުކަޔޯ ސަކާ އެވެ. އަދި 74 ވަނަ މިނެޓްގައި ލިއަންޑްރޯ ޓްރަސޯޑް އާސެނަލް ލީޑް ނަގައި ދިނެވެ.
އެކަމަކު މެޗު ނިމުނީ 2-2 ން ހަމަހަމަ ވެގެންނެވެ.
އާޓެޓާ ބުނީ އޭނާއަކީ ބައިކޮޅަށް އެންމެ ލަނޑެއް ވެސް ވަންނަން ބޭނުންވާ މީހެއް ނޫން ކަމަށެވެ.
"އަހަރެންގެ ބަނޑުގައި ރިއްސާލިހެން ހީވި،" ބައިކޮޅަށް ލަނޑު ވަނުމުން އޭނާ އަށް ކުރެވުނު އިހްސާސް އާޓެޓާ ކިޔައި ދިނެވެ.
"އަހަރެން ބޭނުމެއް ނޫން ބައިކޮޅަށް އެންމެ ލަނޑެއް ވެސް ވަންނާކަށް. އެ ލަނޑު ވަނުމުން މެޗު އުނދަގޫ ހާލަތަކަށް ވެގެންދިޔައީ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް / ކަމޯން ޔޫ ގަނާސް
09 November 2025
އާސެނަލް ހުއްޓުވަން ސަންޑަލޭންޑުން ކުރި ގިނަ މަސައްކަތް ކާމިޔާބްވި.ދަނޑުގަ ހުރި އިޝްތިހާރު ބޯޑުތައް ޓަޗްލައިނާ ވީހާވެސް ކާރިކޮށް ދިގު އެއްލުންތައް ހުއްޓުވި.2 ޕޮއިންޓް ގެއްލިގެން ދިޔައީމަ އެއީ ވާދަވެރި ލީގެއްގަ އާސެނަލަށް ލިބުނު ދެރައެއް.ކުރިއަށް ހުރީ އުނދާގޫ މެޗުތަކެއް.އިންޓަނޭޝަނަލް ބްރޭކަށް ފަހު ސްޕާސް އަދި ޗެލްސީ އާއި ދެކޮޅަށް ކުޅޭ މެޗު އެއީ ލީގު ރޭހުގަ ވާނެ ގޮތް ކަނޑައަޅަން ވަރަށް މުހިންމު 2 މަޗު.ވ.ވެދުން
މުލޭ
09 November 2025
ބައިކޮޅަށް ލަނޑު ވަންނާކަށް އެކަކުވެސް ބޭނުމެއް ނުވޭ. ބޭނުންވާގޮތަށް އަބަދަކު ކަންކަމެއް ނުވާނެ. ހަމަބިމަށް ފައިބަބަލަ. އާސެނަލަަށް ލީގު ލިބުމުގައި އޮތީ %1 ގެ ފުރުސަތެއް. ފަހު 10 ވަރަކަށް މެޗަށް ދާއިރު އާސެނަލް އޮވެދާނެ ޓޭބަލްގެ ކުރީގައި. ލީޑު ކުޑަވަމުން ގޮސް ދެންދާނީ ދަށަށް. މިއީ މިދިޔަ ދެތިން ސީޒަނުގައި ދެއްކި ޙަގީގަތް. ވަރަށް ސަލާން.
އަޅި އަލި
09 November 2025
އެލެފަންޓް ގަހުން ވެއްޓެނީ!
މަޑުކޮށްލާ
09 November 2025
އަދި މާއަވަހަށް ތިހެން ނުކިޔަގަ..