ޗެލްސީގެ މައްޗަށް ފަހަތުން އަރައި ހޯދި މޮޅާ އެކު އާސެނަލްގެ ކޯޗު މިކެލް އާޓެޓާ،  އޭނާގެ ޓީމުގެ ކުޅުމަކީ "އާދަޔާހިލާފު" ކުޅުމެއްގެ ގޮތުގައި ސިފަކޮށްފި އެވެ.

އެމިރޭޓްސް ސްޓޭޑީއަމްގައި ކުޅުނު މެޗުގައި މޯގަން ރޮޖާސް ޖެހި ލަނޑުން ޗެލްސީން ލީޑު ނަގާފައިވަނިކޮށް، އާސެނަލުން ވަނީ ކައި ހާވަޓްޒް އަދި މާޓިން އޮޑެގާޑްގެ ގޯލުތަކުން މެޗު 2-1 އިން ކާމިޔާބުކޮށްފައެވެ.

މެޗުގެ ކުރީކޮޅު ކުރިމަތިވި އުނދަގޫ ދަނޑިވަޅުން އަރައިގަނެ،  އާސެނަލް ވަނީ ޕްރިމިއާ ލީގުގެ ތާވަލުގެ ކުރީގައި މެންޗެސްޓާ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރެއްގައި ދަމަހައްޓާފަ އެވެ. 

"މިއީ އާދަޔާޚިލާފު ކުޅުމެއް،" މެޗަށްފަހު ވާހަކަދައްކަމުން އާޓެޓާ ބުންޏެވެ.

"ފެށުނުއިރު ވަރަށް އުނދަގޫވި. ނަމަވެސް މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ނިމެންދެން އަހަރެން އުފާކުރިން. ޓީމުން ރައްދު ދިނީ ވަރަށް ފުރިހަމައަށް. އެ ކުޅުންތެރިންގެ ޔަގީންކަމާއި އަޒުމާއި، އަދި ކުޅުމުގެ ފެންވަރުން. މިއީ ވަރަށް ރީތި ޝައުގުވެރި މެޗެއް."

އާސެނަލްގެ ފުރަތަމަ ލަނޑަށް ފަހު، ކައި ހަވާޓްޒް (ކ) ކްރިސްޓޯސް ޓްޒޮލިސް އާއި ގަބްރިއެލްއާ އެކު އުފާފާޅުކުރަނީ. — ފޮޓޯ: ޕޯލް ޗައިލްޑްސް | އެކްޝަން އިމޭޖަސް | ރޮއިޓާސް
އާސެނަލްގެ ފުރަތަމަ ލަނޑަށް ފަހު، ކައި ހަވާޓްޒް (ކ) ކްރިސްޓޯސް ޓްޒޮލިސް އާއި ގަބްރިއެލްއާ އެކު އުފާފާޅުކުރަނީ. — ފޮޓޯ: ޕޯލް ޗައިލްޑްސް | އެކްޝަން އިމޭޖަސް | ރޮއިޓާސް

އާޓެޓާ ބުނިގޮތުގައި މިދިޔަ ސީޒަނަށްވުރެ މަތީ ފެންވަރެއްގައި ކުޅުމުގެ ގާބިލުކަން ޓީމުގައި އެބަހުރިކަން، މެޗުން ސާބިތުކޮށްދިނެވެ. ނަމަވެސް އެކަން ދެމެހެއްޓޭނީ ކުޅުންތެރިން އެކަމަށް ފެންބޮވައިގެންފައިވާކަން ހާމަކޮށް ކެތްތެރިކަން ދަމަހައްޓައި ކޮންމެ ދުވަހަކުވެސް އިތުރަށް ރަނގަޅު ކުރަން މަސައްކަތްކޮށްގެން ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ގަބޫލުކުރަނީ މިއީ މިދިޔަ ސީޒަނަށްވުރެ ވެސް މަތީ ފެންވަރެއްގައި ކުޅުމުގެ ގާބިލުކަން އަހަރެމެންގެ ކިބައިގައި ހުރިކަން އަންގައިދޭ ހެއްކެއް ކަމަށް،" އާޓޭޓާ ބުންޏެވެ.

"އެކަން ބިނާވެގެންވަނީ ކުޅުންތެރިން އެކަމަށް އެދިއެދި ތިބި މިންވަރު ހާމަކުރުމާއި ކެތްތެރިކަންދަމަހައްޓައި، އަދި ކޮންމެ ދުވަހަކު ވެސް އަމިއްލަ ނަފްސާއި ޓީމުގެ އެންމެ ރަނގަޅު ފެންވަރު ނެރުމަށް މަސައްކަތް ކުރެވޭނެ ގޮތެއް ހޯދައިގެން އަދިވެސް މިއަށް ވުރެ ވެސް ރަނގަޅު ކުރެވޭ ވަރަށް ގިނަ ކަންކަން އެބަހުރި. މިއީ މި ټީމުގެ އަމާޒަކީ."

އާސެނަލަށް ލީޑު ނަގައިދިނުމާޓިން އޮޑެގާޑް (ކ) ޑެކްލަން ރައިސާ އެކު އުފާފާޅުކުރަނީ: ޗެލްސީގެ މައްޗަށް އާސެނަލް ކުރި ހޯދީ 2-1 ން — ފޮޓޯ: ޖޯން ވޯލްޓަން | ޕީއޭ
އާސެނަލަށް ލީޑު ނަގައިދިނުމާޓިން އޮޑެގާޑް (ކ) ޑެކްލަން ރައިސާ އެކު އުފާފާޅުކުރަނީ: ޗެލްސީގެ މައްޗަށް އާސެނަލް ކުރި ހޯދީ 2-1 ން — ފޮޓޯ: ޖޯން ވޯލްޓަން | ޕީއޭ

މި ސީޒަނުގައި ކުޅުނު ފުރަތަމަ ތިން މެޗުންވެސް މޮޅުވެފައިވަނީ އާސެނަލް އަދި މެންޗެސްޓާ ސިޓީ އެކަންޏެވެ. އާޓެޓާ ބުނި ގޮތުގައި މިއީ މި ސީޒަނުގެ ލީގު ކުރިއަށްވުރެ ވެސް ވާދަވެރި އަދި އުނދަގޫވާނެ ކަމުގެ ހެކިތަކެކެވެ.

"މިއީ ވަރަށް ވަރަށް އުނދަގޫ ސީޒަނަކަށް ވާނެ. މެޗުތަކުން މޮޅުވާނީ ވަރަށް ކުޑަކުޑަ ތަފާތަކުން. ކުރީ ދުވަހު ވިލާ ޕާކުގައި ކުޅުނު މެޗު ވެސް ވަރަށް އުނދަގޫވި. މިއަދު [އާދިއްތަ ދުވަހު] ވެސް އެހެން،" އޭނާ ބުންޏެވެ. 

ޕްރިމިއާ ލީގުގައި އާސެނަލަށް ކުރިއަށް ދެން އޮތީ ސަންޑަލޭންޑާ ދެކޮލަށް ކުޅޭ މެޗެވެ. އާޓެޓާ ލަފާ ކުރިގޮތުގައި އެ މެޗު ވެސް ވާނީ އުނދަގޫ މެޗަކަށެވެ. 

"ކޮންމެ ހަފުތާއަކުވެސް ކަންކަން އޮންނާނީ މިހެންކަން އަހަރެމެންނަށް އެނގޭ. އަދި އަހަރެމެން ތައްޔާރުވަނީ ވެސް އެކަމަށް،" ލީގުގެ ވާދަވެރިކަމާ މެދު އާޓެޓާ ބުންޏެވެ.