އާސެނަލްއިން އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ދިފާއުކުރުމަށް ކުރާ މަސައްކަތުގައި، ޓީމުގެ ފޯވާޑް ބުކަލޯ ސަކާގެ ފަރާތުން މިފަހަރު ތަފާތު ފެންނާޏެކަމަށް ކޯޗު މިކެލް އާޓާޓާ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން އާޓެޓާ ކުޅުން ދަށްވި އެވެ. ވޯލްޑް ކަޕް ސްކޮޑްގައި އިނގިރޭސި ގައުމީ ޓީމާ އެކު އޭނާ ދިޔަ އެވެ. އެކަމަކު ފުރަތަމަ 11 ގައި ހިމެނިގެން ކުޅުވުނީ ތިން މެޗެވެ.
ވޯލްޑް ކަޕްގެ ތިންވަނަ ހޯދި އިނގިރޭސި ޓީމުގެ އެހެން ކުޅުންތެރިންނަށް ވުރެ، އަވަހަށް ސަކާ ޗުއްޓި ކުރުކޮިށް ކްލަބާ ގުޅުނެވެ. އަދި ޕްރީ ސީޒަނުގައި އާސެނަލުން ކުޅުނު ތަމްރީނު މެޗުތަކުގައި ވެސް ސަކާ ބައިވެރިވި އެވެ.
އޭގެ ފައިދާ ކުރީ ކަމެއް ނޭނގެ އެވެ. ކޮވެންޓްރީ އާއި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި އޭނާ ވަނީ ލަނޑު ޖަހާފަ އެވެ. އެއީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް ފަހު، ވިދިވިދިގެން ދެ މެޗުގައި އޭނާ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
ޓްރާންސްފާ ބާޒާރުގައި އާސެނަލްއަށް މަތީ ފެންވަރުގެ ފޯވާޑެއް ނުގަނެވުމުން، ސާކާގެ ދައުރު މި ސީޒަނުގައި ވަނީ ކުރިއަށް ވުރެ ވެސް ބޮޑުވާޏެ ކަމަށް ބެލެވެ އެވެ.
އާޓެޓާ ބުނީ ސަކާގެ ކިބައިން ބަދަލު ފެނިފައިވާކަން އެންމެ ފުރަތަމަ ވެސް އޭނާ އަށް ފާހަގަ ކުރެވުނު ކަމަށެވެ.
"އަހަރެންނަށް އެކަން ވަގުތުން ފާހަގަކުރެވުނު. އޭނާ ބޭނުންވީ އެންމެންނަށްވުރެ ކުރިން ޓީމާ ގުޅެން. އެއީ ރަނގަޅު ނިޝާނެއް، އަދި ވިދިވިދިގެން ތައްޔާރުވި ގޮތްވެސް ވަރަށް ފުރިހަމަ،" އާޓެޓާ ބުންޏެވެ.
"ކެރިއަރުގައި ތަފާތު ކަންކަން ދިމާވާނ، އެއަށްފަހު ތަފާތު ލެވަލަކަށް ދިއުމަށްޓަކައި ހާއްސަ މޯޓިވޭޝަނެއް ނުވަތަ ކުޑަ ކޮށްޕާލުމެއް ބޭނުންވާނެ. ސާކާގެ ފަރާތުން މި ފެންނަނީ އެފަދަ ވަރަށް ރަނގަޅު ނިޝާންތަކެއް."
ސަކާ އާއި އާސެނަލްގެ ފެންވަރު ދައްކާލަން ލިބޭ ވަރުގަދަ ޓެސްޓަކަށް، މިއަދު ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު ވާނެ އެވެ. މެޗު ފަށާނީ ރާއްޖޭ ގަޑިން އިރާކޮޅު 8:30 ގަ އެވެ.