ކިޔުރެސޯއޯގެ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ކޯޗު އެޑްވޮކޭޓް އިރުޗާދު ދެނީ: އެ ގައުމު ވަނީ ވޯލްޑް ކަޕަށް ކޮލިފައިވުމާ ފިޔަވަޅަކާ ގާތަށް ޖެހިލާފަ
16 ނޮވެމްބަރ 2025 - 08:48
ކިޔުރެސޯއޯ (Curacao) ކިޔާ ގައުމެއްގެ ވާހަކަ ދުވަހަކު ވެސް އަޑުއެހިން ހެއްޔެވެ؟ ގިނަ ބަޔަކަށް ކުރިން އެ ކުޑަކުޑަ ގައުމުގް ނަން ނޭނގުނަސް މިހާރު އެ ކުޑަކުޑަ ގައުމުން އޮތީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ސްޓޭޖާ ފިޔަވަޅަކާ ކައިރީގަ އެވެ.
އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ޖާގަ އެއް ހޯދުމަށް، 156،111 މީހުންގެ އާބާދީއެއް އޮތް ކުޑަކުޑަ އެ ގައުމަށް ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބާމިއުޑާއާ ދެކޮޅަށް ކުޅުނު މެޗު 7-0 ން ކާމިޔާބުކޮށް ކިޔުރެސޯއޯ ވަނީ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުއްމީދު ދަމަހައްޓައިފަ އެވެ.
އުތުރު އެމެރިކާ ބައްރުގެ ކޮލިފައިންގެ ތިންވަނަ ބުރުގެ ގުރޫޕް ބީގެ އެއްވަނައިގައި ކިޔުރެސޯއޯއިން އެއްވަނައިގައި އޮތީ 11 ޕޮއިންޓާ އެކު އެވެ.
ކެރީބިއަން ކަނޑުގައި ކިޔުރެސޯއޯ އޮތް ތަން ފާހަގަ ކޮށްފަ
ދެވަނައިގައި އޮތް ޖަމައިކާއާ ދެކޮޅަށް ބުދަ ދުވަހު ކުޅޭ މެޗު އެއްވަރުކޮށްލިޔަސް ކިޔުރެސޯއޯ ވޯލްޑަ ކަޕަށް ކޮލިފައިވާނެ އެވެ.
އެހެންވެއްޖެނަމަ ގައުމު ވެގެންދާނީ ވޯލްޑް ކަޕްގެ ތާރީހުގައި އެ މުބާރާތުގައި ކުޅޭނެ އެންމެ ކުޑަ ގައުމަށެވެ.
ކެރީބިއަން ކަނޑުގައި ކިޔުރެސޯއޯ އަކީ ނެދަލެންޑްސްއިން ކޮންޓްރޯލު ކުރާ ޖަޒީރާ އެކެވެ. ނެދަލެންޑްސްގެ ރަސްކަމުގެ ފަރާތުން ބަލަހައްޓާ އެކަމަކު ވަކި ދައުލަތެއްގެ ގޮތުގައި ހިންގާ ގައުމެކެވެ. އެ ބާރު ނެދަލެންޑްސްއިން އެ ގައުމަށް ދިނީ 2010 ގަ އެވެ.
ކިޔުރެސޯއޯ އަށް ފުޓްބޯޅައިގެ ރައްމީ ހައިސިއްޔަތު ލިބުނީ 2016 ގަ އެވެ.
އެ ގައުމުގެ ކޯޗަކީ ނެދަލްންޑްސްގެ ކުރީގެ ކޯޗު ޑިކް އެޑްވޮކޭޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މެސީ1
16 November 2025
މި ރާއްޖެއިން ތިންލައްކަ އާބާދީން /// ގައުމައް //
ސަަގަރޭ
16 November 2025
ބާމިއުޑާ އެއީ ގައުމެއްތަ؟ މަހީކުރީ އެއީ ކަނޑެއްކަމަށް.
ރަދީފްއޮފިޝަލް / މެގްނެޓް
16 November 2025
ބާމިއުޑާ އެއީ 63000 މީހުންގެ އާބާދީއެއް އޮންނަ ބްރިޓިޝް އޯވަސީސް ޓެރިޓަރީއެއް.ބާމިއުޑާ ޓްރޭންގަލް އެއީ ފްލޮރިޑާ ، ޕުއަޓެރިކޯ އަދި ބާމިއުޑާއަށް ތިނެސްކަން ވާގޮތަށް އޮންނަ ކަނޑުގެ އޭރިއާއެއް.
ރަދީފްއޮފިޝަލް /
16 November 2025
ޑިކް އެޑްވޮކާޓް އެއީ މޮޅު ކޯޗެއް.
ސަލީމް އަހުމަދު
16 November 2025
ތީ ނެދަރލެންޑްސް ގެ ބައެއް.
ވަރަށްރަގަޅު
16 November 2025
ސަޅި ހަބަރެއް. އެހާ ސީރިއަސް ނޫން ހަބަރުތައް ވެސް އެބަޖެހޭ ފެންނަން ގިނަގިނައިން.