ކުޅިވަރު

ރެފްރީންގެ ކުރީގެ ނައިބުގެ ކުންފުނިތަކަށް ބާސާއިން ދިން 8.2 މިލިއަން ޑޮލަރުގެ ހަގީގަތް ސާފުވާންޖެހޭ: ޒަބީ

ސްޕެއިންގެ ރެފްރީންގެ ކޮމިޓީގެ ކުރީގެ ނައިބު ރައީސް ހޯސޭ މާރިއާ އެންރީކޭޒް ނެގްރޭރާގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބާސެލޯނާއިން ދިން 8.2 މިލިއަން ޑޮލަރުގެ ހަގީގަތް ސާފުވާން ޖެހޭނެ ކަމަށް ވާދަވެރި ރެއާލް މެޑްރިޑްގެ ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.

ނެގްރޭރާގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބާސާއިން ވަނީ 2001 ވަނަ އަހަރުން 2018 ގެ ނިޔަލަށް 8.2 މިލިއަން ޑޮލަރު ދީފަ އެވެ. އެ ފައިސާ ދީފައިވާކަން ބާސާގެ ރައީސް ޔޮއާން ލަޕޯޓާ ހުކުރު ދުވަހު ވެސް ކޯޓުގައި ވެސް ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ އެ ފައިސާއަކީ ބާސާގެ ކޮޅަށް ނަތީޖާތައް ބަރޯސާ ކުރުމަށްޓަކައި ދިން ފައިސާއެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ބާސާއިން ދިން އެ ފައިސާއަކީ އުމުރުން ހަގު ކުޅުންތެރިން ބާސާގެ އެކަޑަމީ އަށް ހޯދުމުގެ މަސައްކަތުގައި ސްކައުޓް ރިޕޯޓްތަކަށް ދައްކަންޖެހޭ ފައިސާ ކަމަށެވެ.

ސްޕެއިންގެ ކުޅިވަރު ނޫސް އެލް މުންޑޯއިން 2013 ގައި ބުނެފައި ވަނީ ކުރިން ބޯޑްގައި ހިމެނުނު ޑިރެކްޓަރަކުމައްސަލައިގައި ތަފާތު ގޮތަކަށް ވާހަކަ ދައްކާފައިވާ ކަމަށެވެ.

ނެގްރޭރާ

އެލް މުންޑޯއަށް މައުލޫމާތު ހިއްސާކޮށްފައިކަމަށް ބުނާ ބާސާގެ ކުރީގެ ޑައިރެކްޓަރު ބުނީ އެ ކްލަބްގެ ކުރީގެ ދެ ރައީސުން ކަމަށްވާ ސެންޑްރޯ ރޮސެލް އާއި ޖޯސެފް މާރިއާ ބާޓަމޮއު ރެފްރީންގެ ނައިބުގެ ކުންފުނިތަކަށް "ފައިސާ ޕަންޕު ކުރީ" ބާސާއާ ކޮޅަށް ރެފްރީން ބުރަވެ ތިބުމަށެވެ. އެކަމަކު އެ މައުލާުމާތު ދިން ކުރީގެ ޑައިރެކްޓަރުގެ ނަމެއް އެލް މުންޑޯއަކުން ހާމަކޮށްފައެއް ނުވެ އެވެ.

މި މައްސަލައިގައި ކޯޓުގައި ކުރިއަށްދަނީ ޝަރީއަތް ގެންދަންފެނޭތޯ ނިންމުމުގެ ކުރިން ގެންދަން ޖެހޭ މަރުހަލާ އެވެ. އެ މަރުހަލާ އެ ގޮތުގައި ކުރިއަށްދާތާ ވެސް މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.މައްސަލައިގައި ޖިނާއީ ދައުވާގެ ޝަރީއަތް ކުރިއަށްގެންދާނެތޯ ނުވަތަ ނޫންތޯ ނިންމާނީ ފަނޑިޔާރު އެލްހެންޑްރޯ ގިލް އެވެ.

މި މައްސަލަ، އެންމެ ބޮޑަށް ފެންމަތިކުރަނީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ. މިދިޔަ މަހު އޭނާ ވިދާޅުވީ ބާސާގެ ތާރީހުގައި އެ ކްލަބްގެ އެންމެ ކާމިޔާބު ދުވަސްވަރާއި، ނެގްރޭރާގެ ކުންފުނިތަކަށް އެ ކްލަބުން ފައިސާ ދިން ދުވަސްވަރާ ދިމާވުމަކީ ހަމަ އިއްތިފާގެއްތޯ ސުވާލު އުފެދޭ ކަމަށެވެ.

ޕެރޭޒްގެ ވާހަކަތަކަށް، ޒަބީ ވަނީ ތާއީދުކޮށްފަ އެވެ. ސްޕެނިޝް ކަޕްގައި މިރޭ ރެއާލުނު ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޒަބީ ބުނީ ފުޓްބޯޅައިގެ ރަނގަޅަށްޓަކައި އެ މައްސަލައިގެ ހަގީގަތް ސާފުވާން ޖެހޭނެ ކަމަށެވެ.

"އަހަރެމެން އެންމެންނަކީ އިންސާނުން. ކުށް ކުރެވޭނެ. އެކަމަކު މިތާންގައި މިއޮތް މައްސަލަ ތަހުގީގު ކުރެވެންޖެހޭނެ،" ޒަބީ ބުންޏެވެ.

"މިތަނުގައި [ސްޕެއިންގައި] ހިނގާދިޔަ ކަންތައްތަކާ މެދު އެހެން ގައުމުތަކުގެ މީހުން ވަރަށް ހައިރާންވޭ. އެހެންވެ އެކަން ވީ ގޮތް ދެނެގަތުން ވަރަށް މުހިއްމު. އެއީ އާދައިގެ ކަމެއް ނޫން."

ކުރީގެ ރެފްރީ ނެގްރޭރާ ވަނީ 1994 ން 2018 ގެ ނިޔަލަށް ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރެފްރީސް ކޮމިޓީގެ ނައިބު ރައީސްކަން ކޮށްފަ އެވެ. މިހާރު އުމުރުން 80 އަހަރުގެ ނެގްރޭރާ ހޭދަކުރަނީ ރިޓަޔާމެންޓް ދިރިއުޅުމެކެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލެއްގިކޮމިޝަނަރ

17 December 2025

ރެއާލް މެޑުރިޑުގެ ނަތީޖާތައް ގޯސްވެ މިކަލޭގެ ކޯޗްކަމުން ވަކިކޮށްފާނެކަމުގެ ބިރުހީވުމުން ބާސެލޯނާއޭ ކިޔައިގެން މީޑިއާތަކަށް ސުރުހީ އަރުވަނީ ވަޒީފާ ސަލާމަތްކުރަންދޯ؟ ކަލޯ ޒަބީ! ރެއާލްމެޑުރިޑް އޮފުސައިޑު ގޯލްތައް ޖަހައިގެން ހޯދި ޗެމްޕިއަންސްލީގު ތަކުގެ ހަގީގަތްވެސް އެގެން އެބަޖެހޭ. ލަލީގާގައި ރެއާލް މެޑްރިޑްއަށް ރެފުރީން އާދަޔާހިލާފަށް ފޭވާކުރާ ސަބަބުވެސް އެގެން އެބަޖެހޭ. ޥަގުންނަާް ހީވާނެ ދެންތިބީ ހުސްވަގުންނޭ. ޒަބީއާ ޕާޕާ ޕެރޭޒަށް ވ ސަލާމް

The name is already taken The name is available. Register?

ޖާބިރު

17 December 2025

ދިން ފައިސާގެ މައުލޫމާތު އެހެރީ ފެންނަން. އެއްޗެކޭ ކިޔައިން ރެފްރީންނަށް ބިރު ދެއްކުން ކަމަކީ. ތިޔައީ ފެޑެރޭޝަން ޓީމް. ޕެޕެ އާ ރާމޯސް މެން ގަސްތުގަ ދޭ ހަމަލާތަކަށް ކާޑު ނުދެއްކުނީ ބާސާއިން ދިން ލާރި މަދުކަމުންބާ. ލީގު ރައީސް އެހުންނަނީ އަމިއްލައަށް މެޑްރިޑް ފޭނެކޭ ކިޔާލަ ކިޔާލަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454