ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓްސް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.
ލީގު ތާވަލުގައި މި ދެ ޓީމު އޮތީ ޖެހިޖެހިގެންނެވެ. އޮޑި އޮތީ ދެވަނައިގަ އެވެ. ނިއު ތިންވަނައިގަ އެވެ.
މެޗުގައި ވިދާލީ ނިއުގެ ޒުވާން ޑިފެންޑަރު އުމުރުން 19 އަހަރުގެ މުހައްމަދު ރޒާން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޭނާ އެވެ.
ލ. ގަމަށް ނިސްބަތްވާ ޑިފެންޑަރުގެ މަސައްކަތަށް ނިއުގެ ކޯޗު އަލީ ސުޒޭން މީގެ ކުރިން ވަނީ ތައުރީފުކޮށްފަ އެވެ. ޕްރެކްޓިހުގައި ވެސް ރާއްކޮގެ ފަރާތުން ފެންނަ މަސައްކަތު ސުޒޭން ބަލައިގަތީ ހިތްހަމަޖެހުމާ އެކު އެވެ.
އެކަމަކު މެޗުން ނިއު އަށް މޮޅު ނުވެވުމަކީ އެ ޓީމަށް ކުރިމަތިވާނެ ނުތަނަވަސް ކަމެކެވެ. ހަތަރު ވަނައިގައި އޮތް ބުރު ސްޕޯޓްސް އާއި ނިއުއާ ދެމެދު އޮތީ އެއް ޕޮއިންޓަށް ކުޑަ ވެފަ އެވެ.
ނިއު އާއި އޮޑި އަށް ވެސް މެޗުން މޮޅު ނުވެވުމުން އެ ހިތްހަމަޖެހުން ލިބޭނީ އެއްވަނައިގައި އޮތް މާޒިޔާ އަށެވެ. އެ ޓީމަށް މިހާރު އަށް ޕޮއިންޓްގެ ލީޑެއް އެބައޮތެވެ.