ވިކްޓަރީގެ މައްޗަށް 3-0 ގެ ނަތީޖާއަކުން މޮޅުވެ، އޮޑި ސްޕޯޓްސްއިން މާޒިޔާއާ ފަރަގުކުޑަކޮށްފި އެވެ. 

މި ހަފުތާގެ މެޗުތަކާ ހަމައަށް އައިރު، އޮޑި އާއި މާޒިޔާއާ ދެމެދު އަށް ޕޮއިންޓްގެ ފަރަގެއް އޮތެވެ. އެކަމަކު މާޒިޔާއިން ބުރު ސްޕޯޓްސްއާ އެއްވަރުވެ، އޮޑި ވިކްޓަރީ އަތުން މޮޅުވުމުން ވަނީ ހަ ޕޮއިންޓަށް ކައިރިކޮށްފަ އެވެ. 

ރޭގެ މޮޅާ އެކު އޮޑިން ވަނީ، އެ ޓީމުގެ ފަހަތުގައި ވިއްދައިފައި އޮތް ނިއު ރޭޑިއަންޓާ ވެސް ފަސް ޕޮއިންޓަށް ފެއަށް ޖެހިލާފަ އެވެ. 

މާޒިޔާއާ ގާތް ކުރެވުނަސް، އޮޑި އަށް ލީގު ލިބެން އޮތީ ކުރިއަށް އޮތް ދެ މެޗުން ވެސް މާޒިޔާ ބަލިވެ، އޮޑި އަށް ކުރިއަށް އޮތް ދެ މެޗުން ވެސް މޮޅުވެވިގެންނެވެ. ކުރިއަށް އޮތް ނިއު ރޭޑިއަންޓް މެޗު އެއްވަރުކޮށްލައިގެން ވެސް މާޒިޔާ އަށް ލީގު  ޗެމްޕިއަންކަން ހޯދޭނެ އެވެ. 

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި އޮޑީގެ ތިން ލަނޑު ވިކްޓަރީ ކޮޅަށް ޖެހީ ކިއާނޫ މާޝް ބްރައުން އާއި އަބްދުﷲ ލޫތު އިބްރާހިމްގެ އިތުރުން މުޒްދާން ހަސަނެވެ.