މާޒިޔާގެ ކުރީގެ ކޯޗު ލުއިސްމާ ހެނާންޑޭޒްގެ ކޮންޓްރެކްޓް ހަމަވެ، ކްލަބްގެ މަސައްކަތްތަކުން އަތް ދޫކޮށްލި ނަމަވެސް ރާއްޖޭން ނުފުރި ތާށިވެއްޖެ އެވެ.
މާޒިޔާގެ ކޯޗުކަމާ ހެނާންޑޭޒް ހަވާލުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އޭނާއާ އެކު ހެދި އެއް އަހަރުގެ ކޮންޓްރެކްޓް މިދިޔަ ޖެނުއަރީ މަހު ހަމަވި ނަމަވެސް، ފެބްރުއަރީ މަހުގެ ނިޔަލަށް ކޮންޓްރެކްޓް އާކުރި އެވެ. މިދިޔަ މަހު ކޮންޓްރެކްޓް ހަމަވުމުން، އެ އެއްބަސްވުން އިތުރަށް އާނުކުރަން ހެނާންޑޭޒާއި މާޒިޔާއިން އެއްބަސްވެ، އޭނާ ވަނީ މާޒިޔާގެ މަސައްކަތްތަކުން އެއްކޮށް އަތް ދޫކޮށްލާފަ އެވެ.
ކޮންޓްރެކްޓް ހަމަވި ނަމަވެސް އޭނާ އަށް އެނބުރި ގައުމަށް ނުދެ އެވެ. ހެނާންޑޭޒް ރާއްޖޭގައި ދިރިއުޅެނީ އޭނާގެ އާއިލާއާ ވެސް އެކުގަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާ އަށް ނުފުރި ރާއްޖޭގައި އިތުރަށް މަޑުކުރަން ޖެހުނީ އިޒްރޭލާއި އެމެރިކާއިން އިސްވެ އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގްވާމީ ފްލައިޓްތަކުގެ ދަތުރުތަކަށް ބުރޫ އަރާފައިވާތީ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާގެ ޓިކެޓްގެ ހަރަދު މާޒިޔާއިން ހަމަޖައްސައި ދިނެެވެ. އޭނާގެ އަންހެނުންނާއި ދަރިފުޅުގެ ޓިކެޓަށް ހަރަދު ކުރީ އޭނާގެ އަމިއްލަ ޖީބުންނެވެ. ކުރިން ކުވައިތުގައި ވެސް މަސައްކަތް ކުރި ހެނާންޑޭޒް ދަތުރު ކުރަން ނިންމީ މެދުއިރުމަތީގެ އެއާލައިނަކުންނެވެ.
އެނގިފައިވާ ގޮތުގައި ޓީކެޓް ހަމަޖެހި ދެ ފަހަރެއްގެ މަތިން ފުރަން އެއާ ޕޯޓަށް އޭނާ އާއި އާއިލާ ދިޔަ އެވެ. ނަމަވެސް ފްލައިޓް ކެންސަލްވުމުން އަނބުރައި އޭނާ އަންނަން ޖެހުނީ އެވެ.
އެކަމަކު މިހާރު މެދުއިރުމަތީގެ ބައެއް އެއާލައިންތަކުން އަލުން ވަނީ ދަތުރުތައް ފަށާފަ އެވެ. އެހެންވެ ކުރިއަށް އޮތް ހަފުތާގައި އޭނާ ދަތުރު "ކޮންފޯމް ކޮށްދޭނެކަމަށް އެއާލައިނުން އަންގާފައިވާ" ކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
ރެއާލް މެޑްރިޑާއި ބާސެލޯނާގެ އެކަޑަމީ މަރުހަލާތަކުގައި ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ހެނާންޑޭޒްގެ އިރުޝާދުގެދަށުން މާޒިޔާއިން ވަނީ ތިން ތަށި ހޯދައިފަ އެވެ.
ދިވެހި ޕްރިމިއާ ލީގާއި ޗެރިޓީ ޝީލްޑްގެ އިތުރުން މިދިޔަ އަހަރު އޮފް ސީޒަންގައި ކުޅުނު ނުރަސްމީ މުބާރާތް އެފްއޭއެމްގެ ލީގު ކަޕެވެ. އަދި ޕްރެޒިޑެންޓް ކަޕްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން މާޒިޔާ ބަލިވީ އޮޑި ސްޕޯޓްސް އަތުންނެވެ. އެއީ ރާއްޖޭގެ ޑޮމެސްޓިކް ފުޓްބޯޅައިގައި ހެނާންޑޭޒަށް ކުރިމަތިވި ހަމައެކަނި ބައްޔެވެ.
މި ސީޒަނުގައި ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ކުރިއަށް އޮތީ އަންނަ މަހު ކުޅޭ އެފްއޭ ކަޕް އެކަންޏެވެ. އެ މުބާރާތުގައި މާޒިޔާއގެ ޓީމަށް އިރުޝާދު ދޭނީ އެސިސްޓެންޓް ކޯޗު އަހްމަދު ޝުޒައިރެވެ. މީގެ ކުރިން ވެސް މާޒިޔާގެ އިންޓަރިމް ކޯޗެއްގެ ގޮތުގައި އެކި ފަހަރުމަތިން މަސައްކަތް ކޮށް އޭނާ ތަށި ވެސް ހޯދައި ދީފަ އެވެ.
މާޒިޔާގެ ކުރީގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް 2022 ގެ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގަށް ފަހު ކްލަބް ދޫކޮށްލުމުން ވަގުތީ ގޮތުން މަގާމާ ހަވާލުވެ ޝުޒައިރު ވަނީ އެ އަހަރު