އަފްޣާނިސްތާނުގެ މައްޗަށް 2-0 ގެ ނަތީޖާއަކުން މޮޅުވެ. ދިވެހި ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމަށް މާލޭގައި ކުރިއަށްދާ ޑައިމަންޑް ޖުބިލީ މުބާރާތުގެ ފައިނަލުން ޕާކިސްތާން ޖާގަ ހޯދައިފި އެވެ.

މިއީ މުބާރާތް ބާއްވާ ގައުމު ރާއްޖޭގެ މައްޗަށް 3-0 އިން ހޯދި މޮޅަށް ފަހު، ފައިނަލުގެ އުއްމީދަށް ކުރި އެވެ.

ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގެ ފައިނަލުގައި ޕާކިސްތާނާ ވާދަކުރާ ޓީމެއް ކަށަވަރު ވާނީ، މިރޭ ރާއްޖެ އާއޮ ބަންގްލަދޭޝް ކުޅޭ މެޗަށް ފަހު އެވެ. 

ޕާކިސްތާނުން އެންމެ ފަހުން ފުޓްބޯޅައިގެ ފައިނަލެއްގައި ކުޅުނީ މީގެ 35 އަހަރު ކުރިން ކޮލަމްބޯގައި ބޭއްވި އޭރުގެ ސާފް ގޭމްސްގެ ފުޓްބޯޅަ އިވެންޓްގަ އެވެ.

ހެޑް ކޯޗު ނޮލްބާޓޯ ސޮލާނޯކުޅޭ ޕާކިސްތާން ޓީމު ވާދަކުރާ ފައިނަލް މެޗު އޮންނާނީ މި ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗު ފެށިގެން ޕާކިސްތާނުން ވަނީ ކުރީކޮޅު މެޗުގެ ކޮންޓްރޯލް ހޯދައި 1-0 އިން ލީޑް ނަގައިފަ އެވެ. ޕާކިސްތާނަށް ފުރަތަމަ ހާފުގައި ލީޑު ނަގައިދިނީ އެޓީމުގެ ފޯވާޑް އުމަރު ނަވާޒެވެ. ފުރަތަމަ ހާފު ނިމުނީ މި ގޯލާއެކު ޕާކިސްތާން ކުރީގައި އޮވެގެން އެވެ.

އަފްޣާނިސްތާނުން ކުރިއަށް އަރައި ހަމަލާ އުފައްދަން އުޅުނު ނަމަވެސް، ކޯޗު ސޮލާނޯގެ ވަރުގަދަ ޑިފެންސިވް ރޭވުންތެރިކަމާ އެކު ޕާކިސްތާނުން ވަނީ އެ ހަމަލާތައް ހުއްޓުވައި، ބައިކޮޅަށް ގޯލެއް ވަނަ ނުދީ ހިފަހައްޓާފާ އެވެ. ދެވަނަ ހާފުގައި އަފްޣާނިސްތާނުން ނަތީޖާ ހަމަހަމަކުރުމަށް ބާރުބޮޑުކުރި ނަމަވެސް، ޕާކިސްތާނުގެ ޑިފެންސް ފޫއަޅުވައެއް ނުލެވުނެވެ. އެވެ.

މެޗުގެ ފަހުކޮޅު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހާރޫން ހާމިދު ވަނީ ގޯލެއް ޖަހައި ޕާކިސްތާނަށް 2-0 ގެ ލީޑެއް ކަށަވަރުކޮށްދީފާ އެވެ.

ޕާކިސްތާނުން އެންމެ ފަހުން ބޮޑު ފުޓްބޯޅަ މުބާރާތެއްގެ ފައިނަލް މެޗަކުން މޮޅުވެ ރަން މެޑަލް ހޯދީ 1991 ވަނަ އަހަރު ބޭއްވި ސާފް ގޭމްސްގާ އެވެ. 

އެ ފަހަރު ކޮލަމްބޯގައި ރާއްޖެ 2-0 އިން ބަލިކޮށް އެޓީމުން ކާމިޔާބީ ހޯދި މަލްޓި ސްޕޯޓްސް ގޭމް މުބާރާތެކެވެ. 

ފުޓްބޯޅަ އިވެންޓް އެކަނި ހިމެނޭ މުބާރާތެއްގެ ފައިނަލަށް ޕާކިސްތާނު، ދަތުރު މިކުރީ 64 އަހަރަށް ފަހު އެވެ،

އެ ގައުމުން އެންމެ ފަހުން މިފަދަ މުބާރާތެއްގެ ފައިނަލެއްގައި ވާދަކުރީ 1962 ވަނަ އަހަރު މެލޭޝިޔާގައި ބޭއްވި މަޑީކާ މުބާރާތުގައި އެވެ. އެ ފަހަރު ކުޅުނު ފައިނަލް މެޗުގައި އިންޑޮނޭޝިއާ އަތުން ބަލިވެ ޕާކިސްތާނަށް ލިބުނީ ރަނަރަޕް މަގާމެވެ.