ވޯލްޑް ކަޕްގައި ރެފްރީންނަށް ފާޑުކިޔައި، ފުޓުބޯޅައިގެ އަގު ވައްޓާލަން މަސައްކަތްކުރި ކުޅުންތެރިންނާއި ކޯޗުންނަށް، މުބާރާތް ނިމުމުން ފިޔަވަޅު އަޅަން ފީފާއިން ނިންމައިފަ އެވެ.

ފީފާއިން މިކަމާ ގޮތުން ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ދި އެތުލެޓިކް ނޫހުން ބުނީ، ވޯލްޑް ކަޕަށް ފަހު އެފަދަ ކުޅުންތެރިންާއި އޮފިޝަލުންނަށް ފިޔަވަޅު އަޅަން ނިންމާފައިވާކަމަށް ފީފާގެ އެތެރޭގެ  މަސްދަރުތަކުން ބުނެފައިވާ ކަމަށެވެ. 

ފީފާއިން އަޅާނެ ފިޔަވަޅެއް ބިނާވާނީ ރެފްރީންގެ ރިޕޯޓުތަކާއި އެހެނިހެން ހެކިތަކުގެ ބިނާކޮށް ކަމަށް ވެސް ދި އެތުލެޓިކް ނުހޫން ބުންޏެވެ. 

އިންގްލެންޑްގެ ކޯޗު ތޯމަސް ޓޫހުލް އާއި ސްވިޒަލެންޑްގެ ޑިފެންޑަރު މެނުއަލް އަކަންޖީ އަދި މިސްރުގެ ކޯޗު ހުސާމް ހަސަން، އިންގްލެންޑްގެ ކޯޗު ތީމަސް ޓޫހުލް ފަދަ ވޯލްޑް ކަޕްގައި ޝާމިލުވި މީހުން ވަނީ މެޗު އޮފިޝަލުންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވެސް ވަނީ ސެމީ ފައިނަލްގައި ސްޕެއިން އަތުން ބަލިވި މެޗުގައި ރެފްރީގެ ފެންވަރާ މެދު ސުވާލު އުފައްދާފަ އެވެ.

ފީފާގެ ރެފްރީންގެ ވެރިޔާ ޕިއެރްލުއިޖީ ކޮލީނާ ވަނީ ރެފްރީންގެ ދިފާއުގައި ވޯލްޑް ކަޕްގެ އެކި މަރުހަލާތަކުގައި ވާހަކަ ދައްކައިފަ އެވެ.

އިންގްލެންޑްގެ ޖަރެލް ކުއަންސާ ރަތް ކާޑު ދެއްކި މެޗަށްފަހު ތޯމަސް ޓޫހުލް ވަނީ ރެފްރީއަށް ފާޑުކިޔާފަ އެވެ.

އެންމެ ބޮޑު ފާޑުކިޔުމެއް އައީ މިސްރު އާޖެންޓީނާ އަތުން ބަލިވި މެޗަށްފަހު އެވެ.

"އަހަރެމެން ހުރިހާ ކަމެއްގައި ވެސް މޮޅު، އެކަމަކު ނަތީޖާ... އެއަށް ނުފޫޒު ފޯރުވި ކަންތައްތަކެއް ހުރި،" މިސްރުގެ ކޯޗު ހުސާމް ބުންޏެވެ.

ސްވިޒަލެންޑްގެ ޑިފެންޑަރު މެނުއަލް އަކަންޖީ ވެސް ވަނީ އާޖެންޓީނާ އަތުން ކުއާޓާ ފައިނަލްގައި ބަލިވި މެޗަށްފަހު ރެފްރީ ޖޮއާއޯ ޕިންހެއިރޯއަށް ފާޑުކިޔާފަ އެވެ.

"ރެފްރީ ދެކޮޅަށް ހުންނައިރު، އެއީ އުނދަގޫ ކަމެއް،" އަކަންޖީ ބުންޏެވެ. "ކޮންމެ ކުޑަކުޑަކމެއް އަޔަސް ނިންމީ އަހަރެމެންގެ ދެކޮޅަށް."