ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް އިތުރު ދައުރަކަށް ކުރިމަތިނުލެވޭ ގޮތް ހަދަން ހިިއުމަން ރައިޓިްސް ޖަމިއްޔާއެއް ކަމަށްވާ، ފެއާ ސްކެއާއިން ސިޓީއެއް ފޮނުވައިފި އެވެ. 

ފީފާގެ ގަވަނަންސް، އޮޑިޓް އެންޑް ކޮމްޕްލަޔަންސް ކޮމިޓީއަށް ފެއާ ސްކެއާއިން ފޮނުވި ސިޓީގައި ބުނެފައި ވަަނީ، ފީފާގެ ރައީސްކަމުގެ މަގާމު އެކަކަށް ފުރޭނީ ތިން ދައުރުގައިކަމަށް ބުނެފައިވާ މާއްދާގެ ދަށުން އިންފަންޓީނޯއަށް މިހާރު ކުރިމަތި ނުލެވޭނެ ކަމަށެވެ. 

ފީފާގެ މިހާރުގެ ގަވާއިދުގައި އޮންނަނީ، ފީފާގެ ރައީސްކަމުގައި އެކަކަށް ހުރެވޭނީ ގިނަ ތިން ދައުރުގައި ކަމަށެވެ. އުސޫލެއްގެ ގޮތުން، މިހާރު ހިނގަމުންދާ އިންފަންޓީނޯގެ ދައުރަކީ އޭނާގެ ތިންވަނަ ދައުރެވެ. 

ފީފާގެ ރައީސްކަމާ ފެބްރުއަރީ 2016 ގައި އިންފަންޓީނޯ ހަވާލުވީ، އޭގެ ކުރިން ފީފާގެ ރައީސްކަމުގައި ހުރި ސެފް ބްލެޓާގެ ދައުރުގެ ކުރީކޮޅު އޭނާ މަގާމުން އިސްތިއުފާ ދިނުމުން، ބޭއްވި އެކްސްޓްރާ އޯޑިނަރީ އިންތިހާބުގަ އެވެ. 

އިންފަންޓީނޯ 2022 ގައި ކުރި ވަކާލަތުގައި ބުނެފައިވަނީ، އޭނާ މަގާމާ ހަވާލުވާން ޖެހުނީ އެހެން ދައުރެއްގެ ވަކި ހިސާބަކުން ކަމަށްވާތީ، އެ ދައުރަކީ ފުރިހަމަ ދައުރެއްކަމުގައި ނުބެލެވޭނެ ކަމަށެވެ. ފީފާގެ މެންބަރުން ވެސް އޭރު އެގޮތަށް ރުހި ގަބޫލުވި އެވެ. 

އެކަމަކު ފެއާ ސްކެއާއިން ބުނީ އިންފަންޓީނޯގެ ތިންވަނަ ދައުރުގެ ފަހު ދުަވަސްތައް ގުނަމުންދާ ކަމަށެވެ. އެހެންވެ އޭނާ އަށް އިތުރު ދައުރަކަށް ކުރިމަތިލެވިގެން ނުވާނެ ކަމަށް އެ ޖަމާއަތުން ވަކާލަތު 

"އަޅުގަނޑުމެން ހުށަހަޅާފައިވާ ޝަކުވާއިން ސާފުކޮށް ދައްކުވައިދެނީ މިއީ ގަވާއިދާ ހިލާފު ސާފު މައްސަލައެއްކަން. މިއީ ވަރަށް ނުރައްކާތެރި އުސޫލެއް ގާއިމުވެގެންދާނެ ކަމެއް،" ފެއާސްކުއެއަރގެ ޑިރެކްޓާ ނިކޮލަސް މެކްގީހަން ރޮއިޓާސްއަށް ބުންޏެވެ.

"ގަވާއިދުގައި ސާފުކޮށް ބުނެފައިވަނީ ރައީސްކަމުގެ ތިން ދައުރު އެއީ އެންމެ ގިނަވެގެން ހުއްދަ އޮތް އަދަދު ކަމަށް؛ ރައީސްކަމުގެ ބާރު ކޮންޓްރޯލްކުރުމަށް އޮތް ބެލެހެއްޓުމެއްގެ ގޮތުގައި މި ގަވާއިދު ދެމިއޮތްއިރު، ފުރަތަމަ ދައުރު ނުހިމެނޭ ކަމަށް ބުނެ ފީފާއަށް މި ގަވާއިދު ދޫކޮށްލައިގެން ނުވާނެ."

ފީފާގެ އިންތިހާބު އޮންނާނީ އަންނަ އަހަރު މާޗް މަހު، މޮރޮކޯގެ ރަބާތުގައި ބާއްވާ ކޮންގްރެސްގަ އެވެ. އިންތިހާބުގައި ވާދަކުރައްވާނެކަން އިންފަންޓީނޯ ވަނީ އިއުލާން ކުރައްވާފަ އެވެ. އެކަމަކު އޭނާ އަށް ވަނީ މިވަގުތު ބޮޑު ޕްރެޝަރެއް ކުރިމަތިވެފަ އެވެ. އުތުރު އެމެރިކާ އާއި ޔޫރަޕް އަދި އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާތަކުން ވަނީ އިންފަންޓީނޯ އަށް މިހާރު އިތުބާރު ނެތްކަމަށް ބުނެފަ އެވެ.