އިޒްރޭލުގެ ކުރީގެ ސިފައިންގެ މީހަކު ބޭނުންކޮށްގެން އިޝްތިހާރެއް ހެދި މައްސަލައިގައި ކުޅިވަރު ސާމާނު އުފައްދާ ކުންފުނި "އެޑިޑާސް" އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ. 

ޖަރުމަނުގެ އެ ކުންފުނި ބޮއިކޮޓްކުރުމުގެ ހަރަކާތެއް ވެސް ވަނީ ފަށައިފަ އެވެ. 

އެ  އިސްތިހާރުގައި ދައްކައި ދެނީ 2021 ގައި އިޒްރޭލުން އިސްވެ ގާޒާ އަށް ދިން 11 ދުވަހުގެ ހަމަލާތަކުގައި ބައިވެރިވި އަސްކަރީ އޮފިސަރު ޝަލޭވް ބިޓޮން އެވެ. 

އެ ހަމަލާތަކުގެ ރައްދުގައި ހަމާސްއިން ދިން ހަމަލާގައި ޒަހަމްވެ، އޭނާގެ ފައި ބުރިކޮށްލަން ޖެހުނެވެ. 

އިޒްރޭލުގެ ފިހާރައަކުން، ބޫޓެއް ގަނެގެން ބޭރަށް ނުކުމެ ދުވަމުން ދިޔަ މަންޒަރު  އެޑިޑާސްގެ އިޝްތިހާރު ް ދައްކަ އެވެ. 

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް ޖަމާއަތްތަކުން، އެ އިސްތިހާރު ސިފަ ކުރީ "ފަލަސްތީނު މީހުންނަށް ފުރައްސާރަ" ކުރާ އިޝްތިހާރެގެ ގޮތުގަ އެވެ. 

އަ ޖަމިއްޔާތަކާއި ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުން ބުނާ ގޮތުގައި އެޑިޑާސް އަށް އަމާޒުކޮށް ހިންގާ ރުޅިވެރިކަމާއި އޮންލައިން ބޮއިކޮޓް ކެމްޕޭނަކީ އެ ކުންފުންޏަށް ހައިރާން ކުރުވަނިވި ކަމަކަށް ނުވާނެ އެވެ.

ޕަލެސްޓައިނިއަން ކެމްޕޭން ފޯ ދަ އެކަޑެމިކް އެންޑް ކަލްޗަރަލް ބޮއިކޮޓް އޮފް އިސްރާއީލް (ޕީއޭސީބީއައި) ގެ ކޯޑިނޭޓަރު ސްޓެފަނީ ވެސްޓްބްރޫކް ވިދާޅުވިގޮތުގައި މިއީ އިޒްރޭލް އަނިޔާވެރިކަމުގެ ސަބަބުން އާއިލާގެ މެމްބަރުންނާއި ގުނަވަންތައް ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންގެ މޫނުމަތީގައި ޖެހި ބޮޑު އެތިފަހަރެކެވެ.

"މިއީ އެޑިޑާސްއަށް އޮޅިގެން ނުވަތަ އިހުސާސްތައް ނުވިސްނިގެން ކުރެވުނު ކަމެއް ނޫން. މިއީ އިޒްރޭލުން މަރާލި އަދި ގުނަވަންތައް ވަކިކޮށްލި ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނަށް ގަދަރު ކުޑަކުރުމެއް،" އަލްޖަޒީރާ އަށް ސްޓެފަނީ ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިޒްރޭލުގެ ލާއިންސާނީ އަނިޔާވެރިކަމުގެ ސަބަބުން ގާޒާ 5،000 އާއި 6،000 ދެމެދުގެ އަދަދަކަށް މީހުންގެ ފައި ނުވަތަ އަތް ވަނީ ބުރިކޮށްލަންޖެހުނެވެ. 

އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީން ބުނާގޮތުގައި، ޣައްޒާއަކީ މިހާރު މުޅި ދުނިޔޭގައި ވެސް އާބާދީގެ ނިސްބަތުން އެންމެ ގިނަ ކުޑަކުދިންގެ ގުނަވަންތައް ބުރިކުރަންޖެހިފައިވާ ސަރަހައްދެވެ.

އިޒްރޭލުގެ ގާޒާގެ ހޮސްޕިޓަލްތައް ހަލާކުކޮށް، ބޭހާއި އާޓިފިޝަލް ގުނަވަންތައް (ޕްރޮސްތެޓިކްސް) އެތެރެކުރުން ހުއްޓުވާފަ އެވެ.

އެޑިޑާސްގެ މި އިޝްތިހާރާ ދެކޮޅަށް ސްޕެއިންގެ އެކްޓަރު ހާވިއޭ ބާޑެމް އާއި، ލިޔުންތެރިޔާ ސޫޒަން އަބުލްހަވާ އަދި ފާތިމާ ބުއްޓޯ ހިމެނޭހެން ގިނަ އަދަދެއްގެ އާންމުން ވަނީ އެޑިޑާސްގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ގޮވާލައިފަ އެވެ.