އަލަށް ފެނުނު ގަހަކަށް މަޝްހޫރު ލިއޮނަލް މެސީގެ ނަމުން، ނަން ދީފި އެވެ. 

ޕެރޫގެ ދެކުނު ސަރަަހައްދުގައިވާ އެންޑީޒާ ފަރުބަދައިގައި ހެދޭ ގަހަކީ، ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ ގަހެއްކަމަށް ދިރާސާ ރިޕޯޓަކުން ވަނީ އާންމުކޮށްފަ އެވެ. 

ނެތިގޮސްދާނެކަމުގެ ބިރުބޮޑުވެފައިވާ ބާވަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ މި ގަހަށް ދިން ފުރިހަމަ ނަމަކީ 'ސަލްވިއާ މެސީ' އެވެ. 

މި ގަހުގައި އަޅާ މަޑު ނޫކުލަ އާއި ހުދުކުލައިގެ މާތަކުގެ ކުލަ ސިފަވަނީ އާޖެންޓީނާގެ ގައުމީ ޖޯޒީގެ ކުލައާ އެވެ.

ލެޓިން ބަހުން ސައިންސްގެ ނަންތައް ދިނުމުގައި ބޭނުންކުރާ ބައިނަލްއަގުވާމީ ގަވާއިދުތަކަށް ބަލައި، އެމީހެއްގެ ނަމުގެ ފަހަތަށް އަކުރު އިތުރުކޮށްފައިވަނީ އެއީ އެފަރާތަކަށް ނިސްބަތްވާ އެއްޗެއްކަން އަންގައިދިނުމަށެވެ. އެހެންކަމުން 'ސަލްވިއާ މެސީ' ގެ ސީދާ މާނައަކީ 'މެސީގެ ގަސް' އެވެ.

'ސަލްވިއާ މެސީ' ގަހަކީ ކާފޫރުތޮޅި ނުވަތަ މިންޓް އާއިލާ އަށް ނިސްބަތްވާ ގަހެކެވެ. އަދި މި އާއިލާގެ ގަސްގަހާގެއްސަކީ އެންޓިއޮކްސިޑެންޓް، އެންޓި އިންފްލަމޭޓަރީ އަދި ޖަރާސީމު ނައްތާލުމުގެ ބާރު އެކުލެވިގެންވާ ގަސްތަކެކެވެ.

މި ގަސް ގާތްގަނޑަކަށް 1.5 މީޓަރުގެ އުސްމިނަށް ބޮޑުވެ އެވެ. ފަރުބަދަމަތީގައި އަދި ހުސްބިންތަކުގައި ވެސް މި ގަސް ހެއްދުމަކީ އާދަޔާހިލާފުކަމެއް ކަމަށް ގަހާ ބެހޭޣޮތުން އެކުލަވާލި ދިސާރާގައިވެ އެވެ.  

މިދިޔަ ވޯލްޑް ކަޕްގައި ވިދާލި ކޭޕް ވާޑޭގެ ތަޖުރިބާކާރު ގޯލްކީޕަރު ވޮޒީނީގެ ނަމަމަށް ނިސްބަތްކޮށް އަލަށް ފެނުނު މަހަކަށް ނަންދީފައިވެ އެވެ.   އަލަށް ފެނުނު މަހަށް ވޮޒްނީގެ ނަން ދިނީ އެ މަހާބެހޭގޮތުން ދިރާސާކުރި ދީފައިވަނީ ސްޕެއިންގެ އޯވިއެޑޯ ޔުނިވަސިޓީގެ އެނިމަލް ބަޔޮލޮޖީ އަދި ޒޫއޮލޮޖީގެ ޕްރޮފެސަރެއްކަމަށްވާ ހާމުސް އޯޓެއާ އެވެ.

އަލަށް ހޯދި ބާވަތްތަކަށް ފުޓްބޯޅަ ކުޅުންތެރިއެއްގެ ނަމުން އޯޓެއޯ ނަންދިނީ މުޅިން އަކަށް ނޫނެވެ. މީ ފުރަތަމަ ފަހަރެއް ނޫނެވެ. ކަނޑުން ފެނުނު ކުޑަކުޑަ ބޮލީގެ ބާވަތަކަށް، ރެއާލް މެޑްރިޑް އަދި ކޮސްޓަރީކާގެ ކުރީގެ ގޯލްކީޕަރު ކޭލޯ ނާވާސްގެ ނަމުން ނަން ދިނެވެ.