ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ އެލް ކްލެސިކޯ މެޗަށް އިސްކަންދޭން ހަދައި ކޯޗު ހަންސީ ފްލިކް ނިންމި ނިންމުންތަކުގެ އަސަރު ޕީއެސްޖީއާ ދެކޮޅަށް ރޭ ކުޅުނު މެޗަށް ކޮށްފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން 4-2 އިން ބާސާ ބަލިވި މެޗަށް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ރޮޑްރީ ހެނާންޑޭޒަށް ފުރަތަމަ 11 އިން ފުރުސަތެއް ނުދިނެވެ.
އަންނަ އާދީއްތަ ދުވަހު ރެއާލާ ދެކޮޅަށް ކުޅޭ ބޮޑު މެޗަށް ތައްޔާރުވުމުގެ ގޮތުން، ފްލިކް ވަނީ އޭނާގެ ޓީމުގެ މުހިންމު ކުޅުންތެރިންގެ ފިޓްނަސް ހިފެހެއްޓުމަށް އިސްކަމެއް ދީފަ އެވެ. މެޗަށްފަހު ވާހަކަދައްކަމުން ފްލިކް ވަނީ ކުރިއަށް އޮތް އެލް ކްލެސިކޯ މެޗުގެ ސަބަބުން، ޕީއެސްޖީ މެޗުގެ ފުރަތަމަ އެގާރަ ނެގުމަށާއި ކުޅުންތެރިން ބަދަލުކުރުމުގައި ސަމާލުވިކަމަށް އިއުތިރާފްވެފަ އެވެ.
"އާނ މިރޭ [ރޭ] ގެ މެޗަށް ޓީމު ނެގުމުގައި އެލް ކްލެސިކޯގެ އަސަރު ކުރި މި ހަފުތާ ބަންދުގައި އަހަރެމެން ވާދަކުރަން ޖެހެނީ ރެއާލް މެޑްރިޑާ. އެހެން ނޫންނަމަ [އެ މެޗު ކުރިމަތީގައި ނެތް ނަމަ]، މިއަށްވުރެ ތަފާތު ގޮތަކަށް މިރޭ މެޗަށް ކުރިމަތިލީމުސް،" ފްލިކް ބުންޏެވެ.
ރޮޑްރީ ފުރަތަމަ އެގާރައިގައި ނުހިމެނުމުން ބައެއް މީހުންނަށް ހައިރާކަން ލިބުނެވެ. ފްލިކް ވަނީ އޭނާގެ ބަދަލުގައި މާކް ބާނާލް ފުރަތަމަ އެގާރައިގައި ހިމަނައިގެން ކުޅުވާފަ އެވެ.
ރޮޑްރީ ކުޅެން ނެރުނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެވަނަ ހާފަށެވެ.