ކުޅިވަރު / ޓޭބަލް ޓެނިސް

ސްޕޯޓްސް ޓޫރިޒަމްގެ ތެރެއިން ޓީޓީގެ ހަބަކަށް ރާއްޖެ ވާނެ

ކޯލީ އާއި ޑރ. މައުސޫމް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ޓުއަރިޒަމް މިނިސްޓްރީ

ސްޕޯޓްސް ޓޫރިޒަމްގެ ތެރެއިން ޓޭބަލް ޓެނިސްގެ ހަބަކަށް ރާއްޖެ އަށް ވެވޭނެ ކަމަށް، ކޮމަންވެލްތު ޓީޓީ ފެޑްރޭޝަންގެ ޗެއާމަން، ވިވެކް ކޯލީ ވިދާޅުވެއްޖެ އެވެ.

ނުރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެން އޭނާ ވަނީ ރާއްޖޭގެ ކުޅިވަރުގެ ބައެއް އިސްފަރާތްތަކާ ބައްދަލު ކުރައްވައިފަ އެވެ. ހޮޓެލް ޖެންގައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ކޯލީ ވިދާޅުވީ އޭނާ އަށް ރާއްޖެ ފެނިވަޑައިގެންނެވީ ސްޕޯޓްސް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ކޮމަންވެލްތުގެ މުހިންމު އެއް ތަނބުގެ ގޮތުގައި ކަމަށެވެ.

ދަތުރުގައި އޭނާ ވަނީ، ޓޫރިޒަމް މިނިސްޓަރު، ޑރ. އަބްދުﷲ މައުސޫމްއާ ބައްދަލު ކުރައްވައިފަ އެވެ. ކޯލީ ވިދާޅުވީ ސްޕޯޓްސް ޓޫރިޒަމްގެ މުހިންމު އެއް ބައެއްގެ ގޮތުގައި ޓޭބަލް ޓެނިސް ޓޫރިޒަމްގެ ހަރަކާތް ރާއްޖޭގައި ކުރިއަށް ގެންދާތަން ފެންނަން ބޭނުންވާ ކަމަށެވެ.

"ކޮމަންވެލްތުގެ ޓީޓީގެ ކުރިއެރުމަށް ރާއްޖެއަކީ މުހިންމު ބައިވެރިޔަކަށްވާން އަހަރެމެން ބޭނުން. އަހަންނަށް ރާއްޖެ ފެންނަނީ ސްޕޯޓްސް ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ މަސައްކަތުގައި މުހިންމު އެއް ތަނބުގެ ގޮތުގައި،" ކޯލީ ވިދާޅުވި އެވެ.

ކޯލީ އާއި ޑރ. މައުސޫމް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ޓުއަރިޒަމް މިނިސްޓްރީ

"އަހަރެން ބެނުން ކޮމަންވެލްތުގެ ގައުމުތަކުގައި އެކަން ފެތުރިގެންދާން. ކޮމަންވެލްތު ގައުމުތަކުގެ ގޮތުގައި ވަރަށް ރީތި ގައުމުތައް އެބަހުރި. ރާއްޖެ އަކީ އޭގެއިން އެއް ގައުމު. އެ ހުރިހާ ގައުމަކަށް ވުރެ ރާއްޖެއަށް މިކަމުގައި އަދާކުރެވެން އޮތް ދައުރު މާ ބޮޑު. ސަބަބަކީ ރާއްޖޭގެ ޓޭބަލް ޓެނިސް މިދަނީ ފުޅާވެ ހެދި ބޮޑުވަމުން."

ކޮމަންވެލްތުގެ 72 ގައުމަށް ހާއްސަކޮށް ބާއްވާ ޓީޓީގެ ހަރަކާތްތަކުގެ ތެރެއިން ކޮންމެ އަހަރަކު ވެސް ކޮންމެވެސް އެއް އިވެންޓެއް ރާއްޖޭގައި ބޭއްވިދާނެކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބުން ރާއްޖޭގެ އާންމު ޓޫރިޒަމް ވެސް ޕްރޮމޯޓް ވެގެންދާނެކަން ކޯލީ ފާހަގަ ކުރެއްވި އެވެ. ޓޫރިޒަމް މިނިސްޓަރު މައުސޫމްއާ އެކު ކޯލީ ކުރިއަށް ގެންދެވި މަޝްވަރާތަކުގައި އެންމެ މުހިންމު ކަމަކަށް ވާހަކަ ދެކުނު އެއް ކަމަކީ ވެސް އެއީ އެވެ.

"ފައިނޭންޝިއަލީ ރާއްޖެއަށް ވާނެ ފައިދާތައް ހުންނާނެ. ޓޫރިޒަމަށް ފައިދާ ކުރާނެ. ކުޅުންތެރިންނަށް ވެސް ފައިދާ ކުރާނެ،" އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ކުޅުންތެރިން ބަައިވެރިކޮށް ކޮމަންވެލްތުގެ އެހެން ގައުމުތަކުގެ ޓީޓީ ކުޅުންތެރިން ވެސް ރާއްޖެ އަށް ޒިޔާރަތްކޮށް މިތާނގައި ކޯޗިން ކޭމްޕްތަކާއި ޓްރޭނިން ކޭމްޕްތައް ވެސް ބޭއްވުމުގެ ފުރުސަތު އެބައޮތް. އެހެންވީމާ އަހަންނަށް މިކަން ފެންނަނީ ކޮމަންވެލްތަށް ވެސް އަދި ރާއްޖެ އަށް ވެސް ހޯދޭ މޮޅެއްގެ ގޮތުގައި."

ރާއްޖެ އަށް ކުރެއްވި ދަތުރުގައި ކޯލީ ވަނީ، އޮލިމްޕިކް ކޮމިިޓީގެ ޖެނެރަލް ސެކްރެޓަރީ ތަމޫ ސައީދުއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ވެސް މައިގަނޑު ދާއިރާއަކީ ޓޫރިޒަމްގެ ތެރެއިން ޓޭބަލް ޓެނިސް ތަރައްގީ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ކުރެއްވި މަޝްވަރާ ކަމަށް ކޯލީ ވިދާޅުވި އެވެ.

ކޯލީ އާއި ޓުއަރިޒަމް މިނިސްޓަރު މައުސޫމް އަދި ޓީޓީގެ ރައީސް އަލީ ރަޝީދު (ވ) ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

"އެ ބޭފުޅުންގެ ގާތު އަހަރެން ދެންނެވިން ޓޭބަލް ޓެނިސް އަށް ތަފާތު ރަށްރަށް ހަމަޖެއްސުމަށް. ޓީޓީގެ ސްކޫލް ކުދިންގެ ހަރަކާތް ކުރިއަށް ގެންދިއުމަށް. އޭރުން ރާއްޖޭގެ ޓީޓީ ތިން ދަރަޖައަކަށް ބަހާލެވިދާނެ. ލޯކަލް ލެވަލް. ނެޝަނަލް ލެވަލް އަދި އިންޓަނޭޝަނަލް،" އިންޑިއާގެ ގައުމީ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ކޯލީ ވިދާޅުވި އެވެ.

"މިގޮތަށް ހެދީމަ އަހަންނަށް ފެނޭ ކުރިމަގުގައި ރާއްޖޭގެ ޓޭބަލްޓެނިސް ތަރައްގީ ވާނެތަން. އަދި އިންޓަނޭޝަނަލް ލެވަލްގައި ވެސް ރާއްޖޭގެ ޓީޓީ އަށް ބޮޑު މަގުބޫލު ކަމެއް ލިބޭނެ. ރާއްޖޭގެ ނެޝަނަލް ލެވަލްގެ ކުޅުންތެރިންނަށް ވެސް ރަނގަޅު އެކްސްޕޯޝާއަކަށް ވާނެ. ކޮމަންވެލްތުގެ 72 ގައުމަކީ ބޮޑު އަދަދެއް. ވަރަށް ގިނަ ފައިދާތަކެއް ރާއްޖެ އަށް ހޯދޭނެ."

އަންނަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް ފާހަގަ ކުރާ އަހަރެވެ. ރަން ޔޫބީލްއާ ދިމާކޮށް ކޮމަންވެލްތުގެ ޓޭބަލް ޓެނިސް މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ކޯލީއާ އެކު މަޝްވަރާ ކުރެވުނެވެ. ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު ވިދާޅުވީ ކޮމަންވެލްތުގެ އަންހެން އަދި ފިރިހެން ކުޅުންތެރިންގެ ތެރެއިން ޓޮޕް ރޭންކިންގެ ގަދަ އަށް ކުޅުންތެރިން ރާއްޖެ އަށް ޒިޔާރަތްކޮށް މުބާރާތެއް ބޭއްވުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުފޫޒުންފުރި

08 September 2021

ނުފޫޒުންފުރި 2 ، 3 މިީހަކު ހިސޯރުކޮއްފަ އޮންނަ ޓެނިސްކޯޓު ތަކެއް މާލޭގައިހުރީ. ޓޭބަލް ޓެނިސް ކުޅެވިދާނެ. ޓެނިހެއް ނުކުޅެވޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454