އައިފޯނަށް އޯލެޑް ޑިސްޕްލޭ އުފައްދަން ޝާޕުން އިންވެސްޓްކުރަނީ

އައިފޯނު 8 އަށް "އޯލެޑް" ޑިސްޕްލޭއެއް ބޭނުންވެ އެވެ. އެކަމަކު އެކަން މި ވަގުތު ވާކަށް ނެތެވެ. ބުނެވޭ ގޮތުގައި އައިފޯނު 8 މާކެޓަށް ނެރޭއިރު ވެސް، އެޕަލް އަށް "އޯލެޑް" ޑިސްޕްލޭތައް ތައްޔާރެއް ނުކުރެވެ އެވެ.


އައިފޯނު އާއިލާ އަށް އޯލެޑް ޑިސްޕްލޭ ގެނައުމަށްޓަކައި ޖަޕާނުގެ ޝާޕް ކުންފުންޏާ އެކު އެޕަލުން ވާހަކަތަކެއް ދައްކާ ކަމަށް ބުނާތީ އިވެ އެވެ. ޝާޕަކީ ވިޔަފާރީގައި ފޮކްސްކޮންއާ ގުޅިގެން މުއާމަލާތްކުރާ ކުންފުންޏެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެޕަލް އަށް އޯލެޑް ޑިސްޕްލޭ އުފައްދައި ދިނުމަށްޓަކައި ޝާޕުން 864 މިލިއަން ޑޮލަރު އިންވެސްޓްކުރާނެ އެވެ.

އައިފޯނުގައި އޯލެޑް ޑިސްޕްލޭ އަޅުވަން އެޕަލުން ބޭނުންވެ އެވެ. އޯލެޑް ޑިސްޕްލޭ އުފައްދައިދޭނެ ބަޔަކު ހޯދާ ހޯދާ ވެސް، މީގެ ކުރިން އެޕަލް އަށް ވަނީ ނުފެނިފަ އެވެ. ހަގީގަތަކީ އެއީއެއް ނޫނެވެ. އެޕަލް އިން ދަމަހައްޓަން ބޭނުންވާ ސިއްރުތައް ހިމާޔަތްކޮށްދޭނެ ބަޔަކު ހޯދަން އުނދަގޫވީ އެވެ. އެ ބަޔަކަށް އިތުބާރުކުރަން އެޕަލް އަށް އުނދަގޫ ބައެއްގެ ފަރާތުން ކަމަކަށް އެދެން ބޭނުންނުވީ ކަމަށް ވެސް ބެލެވެ އެވެ.

އެޕަލުން ސެމްސަންގާ އެކު ވެސް، އޯލެޑް ޑިސްޕްލޭ އުފައްދާ ވާހަކަތައް ދެއްކި އެވެ. ކޮޅެއްގައި ނުޖެހުނެވެ. ފެންވަރުގައި ތަފާތެއް ހުރެދާނެ ކަމަށް އެޕަލް އަށް ހީކުރެވުނީ ކަމަށް ވެދާނެ އެވެ. ސެމްސަންގް އަކީ ވެސް އޯލެޑް ޑިސްޕްލޭ އުފައްދައި، އަމިއްލަ ޑިވައިސްތަކުގައި އަޅުވާ ބަޔަކަށް ވާތީ އެވެ.

ސައުތު ކޮރެއާގެ އެލްޖީ ކުންފުންޏަކީ ވެސް އެހެން ބަޔަކަށް އޯލެޑް ޑިސްޕްލޭ އުފައްދައި ދެވޭ ފެންވަރުގެ ކުންފުންޏެކެވެ. އެޕަލް އިން އެލްޖީއާ އެކު މަޝްވަރާތަކެއް ކުރި ކަމަށް ވެސް ވެ އެވެ. ވިޔަފާރި އެއްބަސްވުމަށް އައިކަން އަދި އާންމެއް ނުވެ އެވެ. އެލްޖީ އަކީ ވެސް އައިފޯނަށް ބައިތައް އުފައްދައިދޭ ކުންފުންޏެއް ގޮތުގައި އެޕަލުން ފަހަރުގައި ބަލައިގެންފާނެ އެވެ.

މަސްރަހު މިހާރު އޮތް ގޮތުން އެޕަލް އަށް އޯލެޑް ޑިސްޕްލޭ އެންމެ ގިނައިން އުފައްިދައިދޭނެ ކުންފުންޏެއް ކަމަށް ބެލެވެނީ ޝާޕް އެވެ. އެއީ ޝާޕް، އެޕަލް އަދި ފޮކްސްކޮން ގުޅިންގެކް ކުރާ ބޮޑު ވިޔަފާރިއަކަށް ބަދަލުކޮށްލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.