ޓެކްނޮލޮޖީ

ޖީމެއިލް ހެކްކުރަމުން އެބަދޭ؛ ސެކިއުރިޓީ ވަރުގަދަ ކުރަން އަވަހަށް ފިޔަވަޅު އަޅާ!

15 ޖުލައި 2025 - 22:10

2 comments

އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި އަޕްގްރޭޑްސް މެދުވެރިކޮށް، ޖީމެއިލް އެކައުންޓުތަކަށް މުޅިން އާ ނުރައްކާތަކެއް ކުރިމަތިވަމުންދާތީ އެކަމަށް ސަމާލުވާން ގޫގުލްއިން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ޖީމެއިލްއަކީ ގާތްގަނޑަކަށް ދެ ބިލިއަން އެކްޓިވް ޔޫސަރުން ތިބި އެންމެ މަގްބޫލު ހިލޭ އީމެއިލް ސާވިސްތަކުގެ އެއް ހިދުމަތެވެ. ޖީމެއިލް އެކައުންޓަށް އެކްސެސް ލިބެނީ ގޫގުލް އެކައުންޓެއް މެދުވެރިކޮށެވެ.

މީގެ ތެރޭގައި ގޫގުލް އެޑްސް، ޔޫޓިއުބް އަދި ގޫގުލް ޕްލޭ ވެސް ހިމެނެ އެވެ. އަދި މީގެ ސަބަބުން، ހެކް ކޮށްފައިވާ ގޫގުލް އެކައުންޓަކުން ހެކަރުންނަށް އީމެއިލްތަކާއި ޑޮކިއުމަންޓުތަކާއި ފޮޓޯތަކާއި އަދި މާލީ މައުލޫމާތު ފަދަ ގިނަ މައުލޫމާތުތަކަށް އެކްސެސް ލިބެ އެވެ. މި މައުލޫމާތު ބޭނުންކޮށްގެން، ހެކަރުންނަށް ސްޕޭމް، ފިޝިން އީމެއިލްތައް ނުވަތަ ނުރައްކާތެރި އެޓޭޗްމަންޓްތައް މެދުވެރިކޮށް މީހެއްގެ ކޮންޓެކްޓްތަކަށް އޮޅުވައިލުމުގެ ފުރުސަތު ލިބެ އެވެ.

ނަމަވެސް، ގޫގުލް އެކައުންޓް ހެކް ވެއްޖެ ނަމަ އެ އަނބުރާ ހޯދައި، ކުރިއަށް އޮތްތަނުގައި ރައްކާތެރިކަމާ އެކު ބެހެއްޓުމަކީ ކުރެވިދާނެ ކަމެކެވެ. ގޫގުލްއިން ވަރުގަދަ ސެކިއުރިޓީ ފިޔަވަޅުތައް އަޅާފައި ވިޔަސް، ހެކަރުންނަށް އެކައުންޓަށް އެކްސެސް ހޯދޭނެ ގޮތްތައް އެބަހުއްޓެވެ. އެންމެ އާންމުކޮށް މިކަން ކުރަނީ ޑޭޓާ ބްރީޗުތަކުން ވަގަށް ނަގާފައިވާ ކްރެޑެންޝަލްތައް ނުވަތަ ފިޝިން އީމެއިލްތައް ނުވަތަ މަލްވެއާ އަދި ރައްކާތެރި ނޫން ވައިފައި ކަނެކްޝަންތައް މެދުވެރިކޮށެވެ.

ފޯބްސް އިން އިއްޔެ ޝާއިއު ކޮށްފައިވާ ޚަބަރަށް ބަލާއިރު ވެސް، މިހާރު ހެކަރުން އާންމުކޮށް ބޭނުންކުރާ އުކުޅެއްގެ ސަބަބުން ޖީމެއިލް ބޭނުންކުރާ ދެ ބިލިއަން އެކައުންޓު ނުރައްކަލުގެ ތެރެއަށް ހުށަހެޅިފައިވާ ކަމަށް ވެ އެވެ. އެހެންކަމުން މިކަމުން ރައްކާތެރިވުމަށް އަވަހަށް ފިޔަވަޅު އަޅަން ޖެހެ އެވެ.

އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އެކައުންޓަށް ސައިން އިން ވެ، ސެކިއުރިޓީ ސިލެކްޓް ކުރުމަށް ފަހު، ރިވިއު ސެކިއުރިޓީ އިވެންޓްސް އަށް ގޮސް އެކައުންޓް ހެކް ކުރެވިފައިވޭތޯ ޗެކް ކުރުމެވެ. ހެކަރުންނަށް އެކްސެސް ނުދިނުމަށްޓަކައި ޓޫ-ސްޓެޕް ވެރިފިކޭޝަން އޮން ކުރަން ވާނެ އެވެ. އަދި މަލްވެއާ ހުރިތޯ ބަލައި، ހުރި ނަމަ ޑިލީޓް ކުރަން ވާނެ އެވެ. އެހެން އެޕްތަކާއި ސާވިސްތައް ވެސް ހެކް ކުރެވިފައިވޭތޯ ބަލަން ވާނެ އެވެ. ބޭންކް ނުވަތަ އެހެން މާލީ ހިދުމަތްތަކަށް މިކަން އެންގުމަކީ ވެސް ރަނގަޅު ވިސްނުމެކެވެ.

ގޫގުލް އެކައުންޓް ހެކަރުންގެ ކިބައިން ރައްކާތެރި ކުރުމަކީ އަސާސީ ސައިބާ ސެކިއުރިޓީއެކެވެ. މިހާރު ވެސް ހެކް ކޮށްފައިވާ ނަމަ މިއީ އެ ކަން އަލުން ނުހިނގާނެކަން ޔަގީން ކުރަންވީ ވަގުތެވެ. އެންމެ ފުރަތަމަ، ރިކަވަރީ އީމެއިލް އެޑްރެހާއި ފޯނު ނަންބަރު އަޕްޑޭޓް ކޮށްފައިވާކަން ޔަގީން ކުރާށެވެ. އަދި ދެން ބޭނުންކޮށްފައިވާ އީމެއިލް އެޑްރެސްތައް ހަނދާން ކުރާށެވެ.

ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުމަކީ ވެސް މުހިންމު ކަމެކެވެ. މީގެ ތެރޭގައި ކެޕިޓަލް އަދި ސްމޯލް ކޭސް އަކުރުތަކާއި ނަންބަރުތަކާއި ސިމްބަލްތައް ފަދަ ތަކެތި ހިމަނަން ވާނެ އެވެ. މިހާތަނަށް ޓޫ-ސްޓެޕް ވެރިފިކޭޝަން އޮން ކޮށްފައި ނުވާ ނަމަ މިހާރުން މިހާރަށް އެ ކަން ކުރާށެވެ.

އެކައުންޓް ރައްކާތެރިކުރުމަށް ކުރެވިދާނެ އެހެން ރަނގަޅު ކަންތައްތަކުގެ ތެރޭގައި އެންޓި-ވައިރަސް ޕެކޭޖް، އެޕްތައް، ބްރައުޒާ އަދި އޮޕަރޭޓިން ސިސްޓަމް އަޕްޑޭޓް ކޮށްފައިވާކަން ޔަގީން ކުރުން ހިމެނެ އެވެ. އެންމެ ފަހުގެ ސެކިއުރިޓީ އަޕްޑޭޓްތައް ލިބިފައިވާކަން ކަށަވަރު ކުރެވޭނެ އެވެ. ބޭނުން ނުކުރާ އެޕްތަކާއި ބްރައުޒަރު އެކްސްޓެންޝަންތައް ޑިލީޓު ކޮށްލާށެވެ. އެންމެ ފަހުން، ލިންކުތަކަށް ކްލިކް ކުރުމަށް އެދޭ ނުވަތަ އެހެން ވެސް ގޮތަކުން ޝައްކުވާ ކަހަލަ މެސެޖްތަކާ މެދު ވަރަށް ބޮޑަށް ސަމާލުވާށެވެ.

2 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 38%
icon wow icon wow 38%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮރަލް

16 July 2025

މިކަހަލަ ކަންކަން އޮފީސް ތަކުގަ އަޓީ ބަލަހައްޓަން ހުންނަ މީހުން އެބަ ކުރެ އެވެ. މައުލޫމާތު ލީކް ކުރެ އެވެ. ވީމާ ސަލާމަތެއް ނެތެވެ. ފައިސާ ހަަދު ކޮށްގެން ސެކިއުރިޓީ ވަރުގަދަ ކުރަން ވީ އެވެ.

The name is already taken The name is available. Register?

ރީކޯ

15 July 2025

ހެކް ކުރަމުން ދަނީ ކޮންތަާކަށް ތޯއެވެ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454