ޓެލެގްރާމް ބޭނުންކުރުން ރަޝިޔާގައި މަނާކުރަން މޮސްކޯ އަމުރުކޮށްފި
15 އެޕްރީލް 2018 - 06:35
މެސެޖިން އެޕްލިކޭޝަންތަކުން ކުރެވޭ މުއާމަލާތްތައް ބަލައި ފާސްކުރެވޭނެ ނިޒާމެއް ކަނޑައަޅައި، ރަސްމީ އިދާރާތަކުން ބޭނުންޖެހިއްޖެ ހިނދެއްގައި ފޯރުކޮށްދިނުމަކީ، ރަޝިއާގައި އެ މެސެޖިން ޚިދުމަތެއް ދަމަހައްޓާ ބަޔަކު ކުރުން ލާޒިމުކަމެކެވެ. އެ ނޫން ގޮތެއްގައި އެ ޚިދުމަތެއް ހުއްޓުވާލުމުގެ ބާރު ރަސްމީ އިދާރާތަކަށް ލިއްބައިދޭ ގާނޫނެއް 2016 ގައި ރަޝިއާގައި ފާސްކޮށްފައިވެ އެވެ.
ޓެލެގްރާމަކީ ރަޝިއާގައި ވަރަށް މަޝްހޫރު އެޕްލިކޭޝަނެކެވެ. ނަމަވެސް، ރަޝިއާގައި ޓެލެގްރާމް ބޭނުންކުރުން ހުއްޓުވުމަށް މިހާރު ވަނީ އަމުރުކޮށްފަ އެވެ. ޓެލެގްރާމް ބަންދުނުކޮށް ފަރުޖެހޭތޯ ކުރެވެހެން ހުރި ހުރިހާ ކަމަކަށް ފަހު ވެސް، ޓެލެގްރާމް މަނާކުރަން ޖެހުނީ ޓެލެގްރާމް ހިންގާ ގުރޫޕުން އެއްބާރުލުން ނުދިނުމުން ކަމަށް ވެ އެވެ.
ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން، ޓެލެގްރާމް މެދުވެރިކޮށް ބަދަލުކުރެވޭ މުއާމަލާތްތައް ބެލޭނެ ގޮތެއް ހަދައިދިނުމަށް ޓެލެގްރާމްގެ ކިބައިން އެދުމުން، "އެންކްރީޕްޓް"ކޮށްފައި ހުންނަ މެސެޖްތައް ކިޔުމަކީ އެ ކުންފުންޏަށް ވެސް ކުރެވޭ ކަމެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ. އަދި ރަސްމީ އިދާރާތަކަށް އެއްބާރުލުން ދިނުމަށް ޓެލެގްރާމަށް ދިން މުއްދަތު ހަމަވިއިރު ވެސް، އެއްބާރުލުން ދީފައި ނުވާތީ ޓެލެގްރާމް ބޭނުންކުރުން ކޯޓުން ވަނީ މަނާކޮށްފަ އެވެ.
ޓެލެގްރާމުން ބުނި ގޮތުގައި އެ ސަރަހައްދުގައި ޓެލެގްރާމް ބޭނުންކުރާ މީހުން 200 މިލިއަނަށް ވުރެ ގިނަ އެވެ. ރަޝިއާގައި ޓެލެގްރާމް ބޭނުންކުރުން މަނާކުރުމާ ގުޅިގެން، އެ އެޕްލިކޭޝަނަށް މަގުދައްކާ ހުރިހާ "އައިޕީ އެޑްރެސް"ތަކެއް، ރަޝިއާގައި އިންޓަނެޓް ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން ބަންދުކުރާނެ އެވެ. އެހެން ނަމަވެސް "ވީޕީއެން" މެދުވެރިކޮށް ޓެލެގްރާމް ބޭނުންކުރެވޭނެ އެވެ. ޓެލްގްރާމްގެ ބަންދުގެ މުއްދަތު އެ ކުންފުނިން އެއްބާރުލުން ދެންދެން ދެމިއޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަހަށްދޭދޭ
15 April 2018
ކޮބާ ރާކަނި މަސްކެވުނުތޭ. ރަޝިޔާ ގަތު ނެހެދޭނެ ބޭނުން ގޮތެއް. ތަމެން ދެން މަހަށް ދޭބަލަ. މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...
ރޯނު އަދުރޭ
15 April 2018
ޓެލެގުރާމް އަކީ ރަޝިއާގެ އުފެއްދުމެއް.
ފޮނި
15 April 2018
ކޮބާ އެއްކަލަ ރަޝިޔާ؟؟؟؟ އެމެރިކާގެ މިސައުލުތައް ސުރިޔާއަށް އަމާޒުކޮށްފިއްޔާމު ވައްޓާލާނަން އަދި މި ސައިލް ފޮނުވަން ބޭނުންކުރި ތަކެތި ނައްތާލާނަން <<<<<<< ފޮނި